
ތިޔައީ މަގޭ މިތުރާއޭ 2

ކަލޭ ކައިވެނި ނުކުރާންވެގެން ބައްޕަ ކައިރީ ކުޓުވަނީދޯ!!!!” ހަލީމް ނުކުމެގެން ދިއުމުން ވައުޒާ ސަހަރްއާ ދިމާލަށް ބުންޏެވެ. “ނޫން… އަހަރެން ކައިވެނި ނުކޮށްފާނެތީ ނަސޭހަތްދޭން ބައްޕަ އައީ.. އަހަރެން ކައިވެނި ކުރާނަން…” ބައްޕަވެސް ނުބުނީތީ އެ ސިއްރު ސިއްރެއް ގޮތުގައި ބޭއްވުމަށް ގަސްތު ކުރަމުން ސަހަރްވެސް ވައުޒާ އަށް އޮޅުވާލީ، ކޮންމެވެސް ދުވަހަކުން ބައްޕަ ދައްކަން އުޅުނު ވާހަކަ ފުރިހަމަ ގޮތުގައި ދެއްކޭނެ ކަމުގެ އުންމީދުގައެވެ. ވައުޒާ ނުކުތްއިރު މޫނުމަތިން އެވާހަކަ ގަބޫލުކުރިކަން ފާހަގަވާން ހުއްޓެވެ.
ގަޑީގެ ކަށި ހިނގަމުން ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް ސަހަރްގެ ހިތްވެސް އަވަސްވަމުން ދިޔައެވެ. މެންދުރުގެ ކެއުމަށްފަހު ކޮޓަރީގައި ސަހަރްއިނީ އޮށޯވެލަންވެސް ނުކެރިފައެވެ. ނިދިޖެހިގެންދާ ވަގުތުގައި އެމީހުން ގެއަށް އައިސްދާނެތީއެވެ.
”އެތިބީ އައިސް… އާދޭ ބޭރަށް..” ވިވިއަން އައިސް ކޮޓަރި ދޮރު ހުޅުވާލަމުން ބުނެލިއެވެ. ލައިގެން ހުރި ހުދުކުލައިގެ މާޖެހި މަޑުނޫކުލައިގެ މެކްސީއަށް ދަމާލަމުން ވިވިއަންގެ ފަހަތުން ކަހަލަ ގޮތަކަށް ސަހަރް ނުކުތެވެ. ގަނޑުތަކެއް ބިއްލޫރި މޭޒުމަތީ ބަހައްޓައިގެން އެއްފަރާތުގައިހ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
masha allah vrh reethi vaahaka yeh…kiyaa hithun indha nimijje..vrh majaa vaahaka 😂..kon dhuvahakun next part..
saturday. insha allah