
ތިޔައީ މަގޭ މިތުރާއޭ 11

ބައްޕާ..” ހަލީމްގެ ކޮޓަރިއަށް ވަދެލަމުން ސަހަރް ގޮވާލިއެވެ. ހަލީމް އިނީ ފޮޓޯ ގަނޑެއް އުނގަށް ލައިގެން އޭގައި ފިރުމާށެވެ. ލޮލުން ކަރުނަ ނައި ކަމުގައި ވިޔަސް ދެލޯ ވަނީ ފެންކަޅިވެފައެވެ. “ދަރިފުޅު.. އަދިވެސް ނިދާކަށް ނޫޅެންތަ..؟” ހަލީމް އެނދުމަތީގައި ފޮޓޯ ގަނޑު ބޭއްވުމުން އުވައިޝްގެ ނަޒަރު އެއަށް ހުއްޓުނެވެ. އެއީ ސަހަރްގެ މަންމަގެ ފޮޓޯއެއްކަން އުވައިޝަށް ވަގުތުން އެނގުނީ ސަހަރްއާ ވައްތަރު ކަމުންނެވެ. “ބައްޕަ ނުވެސް ކައި ދުރުވީމަ ވާނުވާ ބަލާލަން މި އައީ.. ވިވީވެސް ވެއްޖެ މަންމަގެ ކޮޓަރީގަ.. ބަލާލާފަ މި ދަނީ ނިދަން..” ބައްޕަ ހުރީ ހަމަޖެހިފައި ކަން އެނގުމުން ސަހަރް ހިތްހަމަ ޖެހުނެވެ. މަޑުމަޑުން ދިޔައީ މަންމަ ކޮޓަރިއަށެވެ. ދޮރު ހުޅުވާލިއިރު އެނދަށްއަރާ ދެފައި ކުރުކޮށްގެން މަންމަގެ ނަން ޖަހާފައިވާ ލަކުޑި ފޮށީގައި ބައްދާލައިގެން ނިދާފައި އޮތް ވިވިއަން ފެނުމުން ސަހަރްގެ ލޮލުން ކަރުނަ ހިލުނެވެ. ވިވިއަންގެ ގައިގަ ރަޖާ އަޅަން ސަހަރް ވަނުމުން އުވައިޝް އެތެރެއަށް ނުވަދެ މަޑުކޮށްލީއެވެ.
“ސީ.. އައި ޓޯލްޑް ޔޫ.. ދެއި ވިލްބޯ އޯކޭ އޭ..” ސަހަރް ނުކުމެ ދޮރު ލައްޕާލުމުން އުވައިޝް މަޑުމަޑުން ބުނެލިއެވެ. ގެސްޓް…