އީމަންއަށް ޔާނާގެ އެންމެ ކަމުދާ އެއްސިފައަކީ އެއީއެވެ. އެހެން އަންހެންކުދިންނާ ޔާނާ އާއި ހުންނަ އެއް ތަފާތަކީ އެއީއެވެ. ލަދުރަކިކަމެވެ. މިރޭ ދާނަމޭ ބުނަމުން އީމަން ޔާނާގެ އަތުން ދޫކޮށްލުމުން ޔާނާ ދުވެލާފައި ނުކުމެގެން ދިޔަ މަންޒަރު ބަލަން އިނީ ހެވިފައެވެ. އެދުވަހު ގޭގައި އުޅޭ ނޯކަރުންނަށްވެސް އީމަންގެ ތަބީޢަތަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. އެހެންކަމުން މުޅި މާހައުލަށް ވަނީ ހިނިތުންވުމާއި އުފާވެރިކަން ވެރިވެފައެވެ. ކަޅުފޮއިރޭގެ އަނދިރިކަމުން މުޅި ފަޒާއަށް އަނދިރިކަން ވެރިކުރުވާފައިވީ ނަމަވެސް އީމަންއާ […]
“ތިއީ ތަ ވީ ލޯތްބަކީ. ޗި.. ތިއީ ފިރިހެނަކަށް ވެސް ނުވިއެއްނު. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫންކަން ހަނދާން ކުރާތި.” ރުޅިވެރި ކަމާއެކީ މިހެން ބުނެލުމަށްފަހު އަނެއްކާވެސް އާއިޒު ކޮށްޕާލިއެވެ. އީމަން ތެދުވެގެން ޔާނާއާ ދިމާއަށް ހިނގައިގަތެވެ. އަދި މަޑުމަޑުން ޔާނާ އެ ބާރުގަދަ އަތްދަނޑި މައްޗަށް އުފުލާލީ ލޯތްބާއި އޯގާތެރި ކަމާއެކީއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ޔާނާގެ އަދިވެސް ހެއެއް ނެތެވެ. އެވަގުތު އެ ހަމަ ހިމޭން ފަޒާ ތެރޭގައި ގުގުމާލީ އާއިޒުގެ ރުޅިވެރި ބަސްތަކެވެ. […]
ހޮސްޕިޓަލަށް ގެންދެވުނު ހާމިޒައަށް ފަރުވާ ކުރެވެމުން ދިޔަނަމަވެސް އިތުރު އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ލިބިފައިވާ ޝޮކުގެ ސަބަބުން މީހާގެ ސިކުނޑި ވަނީ ހަރަކާތްކުރުމުގެ ބާރު ކަނޑުވާލާފައެވެ. ނަމަވެސް ޑޮކްޓަރުން ހިތްވަރުލާފައި ތަފާތު އެކި ފަރުވާ ދިނުމުގައި އަވަދިނެތިވެގަތެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޔާނާ އަށް ހިތްދަތިކަމާ ނިކަމެތިކަން ލިބެމުން ދިޔަ ދުވަސްތަކެކެވެ. އަބަދުމެ މަންމައާ ބައްޕަގެ ބެލުމުގެ ދަށުގައި ލޯބިން އުޅެމުން އައިސް ކުއްލިއަކަށް އެކަނިވެރިވުމުން ނަފްސާނީ ގޮތުންވެސް ވަނީ އަސަރުކޮށްފައެވެ. ޖާހަތު ޔާނާ ކައިރީ […]
މަޑުމަޑު ފިޔަވަޅު ތަކެއްގައި އެދިމާއަށް ހިނގައިގަނެވުމާއެކު އެތަނުގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި ހާމިޒާ އިންތަންފެނުނެވެ. ކައިރީގައި ޖާހަތު ހުއްޓެވެ. ހާމިޒާގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނު ވަނީ ދުޅަވެފައެވެ. ބޯއެއްފަރާތަކަށް އެލިފައި ހުރި އިރު ހީވަނީ ހުއްޓިފައި އިން މީހެއްހެނެވެ. އެއްވެސް ހަރަކާތެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ޔާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ‘މަންމަ މިހާލުގައި ވަނީ ނަމަ ކަފުން ކުރެވިފައި އެއޮތީ …’ ޔާނާގެ ހިތަށް ގެނެވުނީ މިހިސާބަށެވެ. ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅުތަށް ގަނޑުވެ […]
އުޅެމުންދަނިކޮށް އެންމެ ފަހުން އެމީހުންގެ މިއަދުގެ ހާލަތުގެ ޒިންމާދާރެއް ކަމުގައި ވެނިމިގެން ދިޔައީ ކޮންކުށެއް ކުރެވިފައި އޮތުމުން ހެއްޔެވެ؟ ދުނިޔެއިން ހަމައެކަނި އެދުނީ ލޯތްބަށެވެ. ސާފު ތެދުވެރި ލޯތްބަކަށެވެ. އެއީވެސް މައިންބަފައިންގެ ނުގަބޫލުގައެއް ނޫނެވެ.
އީމަން މަޑުމަޑުން އެނދާ ދިމާއަށް ފިޔަވަޅުތައް އަޅަމުން ދިޔައެވެ. ނަމަވެސް ކަންފަތުގައި ހަރުލާފާ ހުރީ ދެންމެ އެދެމީހުން ދެއްކި ވާހަކަ ތަކެވެ. ކުއްލިއަކަށް ލޯ މައްޗަށް ސިފަވާން ފެށީ އާއިޒު ހުޅުމާލޭގައި ތައްޔާރު ކޮށްފައިވި ކޮޓަރިއެވެ. ބެޑްޝީޓްގައި ރޫޖެހިފައިވާ ހުދުކުލައިގެ އެ ބޮޑު އެނދެވެ. ބިންމަތީ ގަޔާއި އެނދުމަތީގައި ތިބި ފިނިފެންމާ ފިޔަތަކެވެ. އެނދުކަރީގައި އޮތް ކަޅުކުލައިގެ ޝޯލް އެވެ. އޭގެ ކުރިން އާއިޒު އާއި ޔާނާ މަގުމަތީގައި ބައްދާލައިގެން ތިބިރެއެވެ. އީމަން ކާރުގައި އިނދެ އެމަންޒަރު […]
އަނެއް ކޮޅުން އީމަންގެ މޫނުމަތިން ފެންނަން ހުރި އަސަރު ބަޔާން ކޮށްދޭން ދައްޗެވެ. ހީވަނީ މަރުވެފައިވާ ހިތަކަށް އާރޯކަމެއް ލިބެން އުޅޭކަމުގެ ފަހިމަގު ފެނިފައި ވާހެންނެވެ. “އީމަން!” ޔާނާއަށް ބުނެލެވުނެވެ. އީމަން މަޑުމަޑުން ޔާނާއާ ދިމާއަށް ހިނގައިގަތުމުން ޔާނާ ދުވެފައި އައިސް އީމަންގެ ގައިގައި އޮޅުލައިގަތެވެ. ކެތްނުކުރެވިގެން ބާރުބާރަށް ރޯން ފެށުނެވެ. އިތުރަށް ކަރުނަތަށް ނުހިފެހެއްޓުނީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. ނާމާންކަމުގެ ޖަންގައްޔެއްގައި ހަތަރު އުދަރެސް ފެނުޖެހިފައި ވަނިކޮށް ޔާނާއަށް އީމަން ފެނުމުން ސިފަވީ ސަލާމަތުގެ އައްސޭރި ޚުދު […]
އެތެރޭގައިވެސް ވަނީ ފުޅިބައްތީގެ ފަނޑު އަލިކަމެވެ. ފަނުން އަޅާފައިވާ ކޮޓަރިއެއް ކަހަލަ ތަނެކެވެ. ކޮޓަރީގެ މެދުން ފަނުންހުރި ޕާރޓިޝަނެއްކަހަލަ ބައެއް ހުރުމުން ދެބައިވަނީ ވަކިވެފައެވެ. ޕާރޓިޝަނުގެ އަނެއްފަރާތުން އަލިވަމުން ދިޔުމުން ފުޅިބައްތިފަދަ އެއްޗަކުން ދިއްލާލައިފައިވާކަން އެނގެއެވެ. ޔާނާ ހިނގާލާފައި ގޮސް ޕާރޓިޝަން ހުރަސްކުރުމާއެކު ދެފައި ގަނޑުވިކަހަލައެވެ. މެޔަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ވަށައިގެން ނަޒަރު ހިންގާލެވުނު އިރު މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ. ކުރިމަތީގައި ހުރީ ހުދުކުލައިގެ ބެޑްޝީޓްއަޅައި މަތީގައި ފިނިފެންމަލުގެ ފިޔައިން ޒީނަތްތެރިކުރެވިފައިވާ […]
. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އެތެރޭގައިވެސް ވަނީ ފުޅިބައްތީގެ ފަނޑު އަލިކަމެވެ. ފަނުން އަޅާފައިވާ ކޮޓަރިއެއް ކަހަލަ ތަނެކެވެ. ކޮޓަރީގެ މެދުން ފަނުންހުރި ޕާރޓިޝަނެއްކަހަލަ ބައެއް ހުރުމުން ދެބައިވަނީ ވަކިވެފައެވެ. ޕާރޓިޝަނުގެ އަނެއްފަރާތުން އަލިވަމުން ދިޔުމުން ފުޅިބައްތިފަދަ އެއްޗަކުން ދިއްލާލައިފައިވާކަން އެނގެއެވެ. ޔާނާ ހިނގާލާފައި ގޮސް ޕާރޓިޝަން ހުރަސްކުރުމާއެކު ދެފައި ގަނޑުވިކަހަލައެވެ. މެޔަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ވަށައިގެން ނަޒަރު ހިންގާލެވުނު އިރު މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ. ކުރިމަތީގައި ހުރީ […]