އާ ދުވަހަކަށް އިރުއަރަނީ އެވެ. ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ ކޮޓަރީގައި ހުރި ފެންލައިޓުން މަޑުމަޑުން އަލިކަން ކޮޓަރިތެރެއަށް ފޭދެމުން ދެއެވެ. ގަދަ ނިދީގައި އޮތް ޔާނާ އަށް ހޭލެވުމާއެކު އަވަސް އަވަހަށް ގަޑި ބަލައިލިއެވެ. ގަޑިން ހައެއް ޖަހަނީއެވެ. އިރު އަރައިފިކަން އެނގުމުން ކަންބޮޑުވިއެވެ. ފަތިސް ނަމާދަށް ހޭނުލެވުނީމައެވެ. ނަމާދު ޤަޟާ ކޮށްލުމަށްޓަކައި ފެންވަރައިލުމަށް އަވަސް އަވަހަށް ތުވާލި ނަގައިގެން ގޮސް ފާހާނާ އަށް ވަދެއްޖެއެވެ. ޔާނާ އަކީ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ކުއްޖާއަށް ވުމުން ޔާނާގެ […]