“މަންމާ. އަހަރެން ބޭނުމެއް ނޫން އާއިޒުއާ ގުޅޭކަށް. އަހަރެން އޭނަ ދެކެ ކުޑަމިންވަރަަކަށްވެސް ލޯތްބެއް ނުވަން. އެއީ ތިހީކުރާކަހަލަ ރަނގަޅުމީހެއް ނޫން. އޭނަ އެހުރީ މަންމަމެންގެ ލޮލުގައި އަނދުން އަޅުވާފަ. މަންމާ. ހެެޔޮނުވާނެ. މިކައިވެނި ހުއްޓުވައިދީ.” ޔާނާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު ހާމިޒާއަށް ހުރެވުނީ ދެލޯބޮޑުކޮށްލައިގެންނެވެ. އޭނޭގެ ފުރާނަފަދައިން ލޯބިވާ ދަރިފުޅުގެ ހިތަށް ކޮށްފައިވާ އަސަރު އިހްސާސްކުރެވި ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާނާ ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އާއިޒު ކަންކުރާ ގޮތުގެ ވާހަކައެވެ. މަންމަމެންގެ […]
“ކީކޭ؟ އެހެން މީހަކަށޭ؟ ކާކު؟ ކާކުހޭ އެއީ؟” އާއިޒް ޔާނާގެ ދެއަތުގައި ހިފައި ތަޅުވައިގަތުމުން ޔާނާ ސިހިގެން ދިޔައެވެ. ނަމަވެސް މިއީ އޭނާ ބިރުގަންނަންޖެހޭ ވަގުތު ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދީ ހިތްވަރު ކޮށްފައި ޖަވާބު ދިނެވެ. “އާނ. އެހެން މީހަކަށޭ. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. މިއީ އިއްޔެއަކު މިއަދަކު ވީކަމެއް ނޫން. އަހަރެން ސްކޫލް ދައުރުއްސުރެ އޭނާ ދެކެ ލޯބިވަން. މިހިތަކު އެހެން މީހެއްދެކެ ލޯބިވާކަށް އެއްވެސް ތަންކޮޅެއް ނެތް. މާފުކުރޭ އާއިޒު. އަހަރެންނަށް […]
ަރީނާ އެތައް ވާހަކަ ތަކެއް ދެއްކުމަށްފަހު އީމަން ކުޑަކޮށް ހަމަޖެހިލިހެން މޫނުމަތިން ހީވުމުން އެ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އީމަންވެސް ދެއަތުން މޫނު ފޮހެލުމަށްފަހު ވަށައިގެން އަނެއްކާ ނަޒަރު ހިންގާލިއެވެ. ‘އަހަރެން ބޭނުމީ ޔާނު އުފަލުގަ ހުންނަން. އަހަރެން ކިތަންމެ ލޯބިވިޔަސް ޔާނު އަހަރެން ދެކެ ލޯބި ނުވަންޏާ އެއްކޮށް އުޅުމުގެ އެއްވެސް އުފަލެއް ނެތް. އަހަރެން ޔާނުގެ ހިޔާލުތަކާ ދުރަށް ދާނަން. އަދި މިހިތުން އެލޯބި ފުހެލުމަށް މަސައްކަތްކުރާނަން. އަހަރެން ދެން ޔާނު ފެންނަ ހިސާބަކަށްވެސް […]
“އެކަނި މާއެކަނި ކޮންތަނަކުން؟ އަހަރެން މިއައީ ޔާނު.. އޯ ސޮރީ.. ޔާނާ ހޯދަން ގެއަށް ގޮސްފަ. ޔާނާ މަންމަ ބުނި ބޭރަށޭ ދިޔައީ. އެހެންވެ ހަމަ ނުކުމެ ހިނގައިގަތްތަނުން މި ދިމާވީ.” އާއިޒު ސުވާލު ކޮށްލިއެވެ. ނަމަވެސް ޔާނާ އެއްވެސް ޖަވާބެއް ނުދީ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ އާއިޒުއާ ވާހަކަދައްކަން ބޭނުން ނުވަނީއެވެ. “ޔާނާ. ކީއްވެ ތިހެން ތިހަދަނީ. އަހަރުމެން މިއީ ކުރިއަށް އޮތްތަނުގަ އެއްކޮށް އުޅެންތިބި ދެމީހުނެއްނު. ދެން ކީއްވެ މާ ބީރައްޓެހި ވެގެން ތިއުޅެނީ. […]
ޔާނާ އެނދުމަތީގައި އޮތް ފޯނު ނަގައިގެން ޖާހަތުއަށް ޑަޔަލް ކޮށްލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އަރައިފިއެވެ. އަދި ޢިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުޢާން ކިޔަވަން އިނެވެ. ގަޑިން އަށެއް ޖަހަން ކައިރިވަނީއެވެ. ޔާނާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ފިޔަވަޅުތައް އަވަހެވެ. ޝޯލްއަޅައި ތައްޔާރުވެލައިގެން ހުރުމުން ބޭރަށް ދާން އުޅެނީކަން އެނގެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޔާނާ ދޮރާ […]
ކުރިމަތީގައި ލާނެއް ގޮތަކަށް ހިނިތުންވެލައިގެން ޖިންސުގެ ދެޖީބަށް އަތް ޖަހާލައިގެން އެހުރީ، އެހެން އެއްވެސް މީހެއް ނޫނެވެ. އާއިޒު އެވެ. ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިޒުވަނީ ހާމިޒާއާއި ނޫހުގެ ހިތް ފަތަހަކޮށްފައެވެ. އެމީހުންގެ ރުހުން ހޯދާފައެވެ. ފަތަހަ ނުކުރެވިފައި އޮތީ ހަމައެކަނި ޔާނާގެ ހިތެވެ. ޔާނާ ދެލޯ ބޮޑުކޮށްލައިގެން އާއިޒު އަށް ބަލަން ހުރި ގޮތުން އާއިޒު ހިނި އައިސްހުރެ ޔާނާ އާ ދިމާއަށް ހިނގައިގަތެވެ. އާއިޒު ކައިރިއަށް އަންނަތަން ފެނުމުން ޔާނާ ދުރަށް […]
“އީމަން” ޔާނާއަށް އަތް ދިއްކޮށްލުމަށްފަހު ގޮވާލެވުނެވެ. ކުލާހުގައި ތިބި ހުރިހާ އެންމެން އެއްކޮށް ޔާނާއަށް ބަލައިލިއެވެ. ޖާހަތު ޔާނާގެ ކޮނޑުގައި އަތް ބާއްވާލައިގެން ބަލައިލި ގޮތުން ޔާނާގެ ހިތުގެ ހާލަތު ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ފަދަ ނަޒަރަކުންނެވެ. އެވަގުތަކީ ލެކްޗަރަރ ކްލާސްވެސް ނިންމާލެއްވި ވަގުތެވެ. ޔާނާ އަވަސް އަވަހަށް ފޮތްބައި ހިފައިގެން ކިލާހުން ނުކުމެގެންގޮސް މަގުމައްޗަށް ނުކުތެވެ. ޔާނާގެ ފަހަތުން ޖާހަތު ދުވަމުން އައިސް ޔާނާ ހުއްޓުވިއެވެ. އެވަގުތު ޔާނާގެ ދެލޮލުން ހޯސްލާފައި މުތީތަކެއްފަދަ ކަރުނަ […]
ޔާނާ އީމަން ދެކެ ވާ ލޯތްބަށް އެއްވެސް ނުބައި ނަމެއް ލިބުނަކަ ނުދޭނެއެެވެ. އީމަން އާއެކީ އުޅެން ބޭނުމީ މުޅި އުމުރަށެވެ. އެހެން ކަމަށްވާނަމަ އަދި ޔާނާ ޖެހޭނީ ދުނިޔެއަށް އެކަން ސިއްރުކުރާށެވެ. މައިންބަފައިންގެ ރުހުމާއި މުޖުތަމައުގެ ރުހުމާއި ޤަދަރު ލިބޭ މާތް ގުޅުމަކަށް އެގުޅުން ހެދޭނީ އަދި އެ ގުޅުން ސިއްރު ކުރުމުންނެވެ. ނޫންނަމަ ޅަ ދުވަހުގެ މޮޔަ ލޯބީގެ ނަމުން އެ ގުޅުމަށް ނަންދެވިގެން ހިނގައިދާނެއެވެ. އަދި އޭގެ އިތުރުން ހާމިޒާމެންނަށް މިކަން އެނގިއްޖެނަމަ […]
މަޑުމަޑުން ލޯ ހުޅުވާލި އިރު ޔާނާއާ ދިމާލަށް މީހަކު އަތްދިއްކޮށްލައިގެން އެއަތުގެ އެހީގައި ތެދުކޮށް ދިނުމަށް އެދި ދަޢުވަތު ދީގެން ހުރިއެވެ. ޔާނާ އިސް އުފުލާ ބަލައިލިއެވެ. ކުރިމަތީގައި ހުރީ އީމަން އެވެ. ބޭއިޚްތިޔާރުގައި ޔާނާއަށް އަށް އީމަންގެ އަތުގައި ހިފައި ތެދުވެލިއެވެ. އަދި އަތުން ދޫކޮށްލަން ނޭނގިފައި ބުދެއްހެން އީމަންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. އަނެއްކޮޅުން އީމަންގެ ހާލަކީ ވެސް ހަމަ މިއެވެ. މިއޮށް ހުރިހައި ދުވަހު އީމަން އަށް ޔާނާގެ މޫނު މަތިން […]