“ސޮރީ އީމަން. އެކަމަކު މިރޭ ތި ދެމީހުންނަކަށް ގެއަކަށް ނުދެވޭނެ!” ރީމް ހަމަ ޖެހިލާފައި ބުނެލި ޖުމުލައިން އީމަން އަދި ޔާނާއަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ. އީމަން އަދި ޔާނާގެ މޫނުމަތީގައިވާ ހައިރާންކަން ފެނި ރީމް ހީގަތެވެ. “ހާދަ ސީރިއަސްވީ؟” ރީމް ވާހަކަ ދައްކަމުން ދިއްކޮށްލީ ކާޑެކެވެ. އީމަން އޭގައި ހިފަމުން ބަލައިލިއެވެ. ޔާނާވެސް އީމަންއާ ކައިރިވެލުމަށްފަހު ކާޑަށް ނަޒަރު ހިންގާލިއެވެ. ރީމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ތިއީ ރެސްޓޯރެންޓްގެ ފަރާތުން ދިން ހާއްސަ އޮފަރ އެއް. […]
“ސޮރީ އީމަން. އެކަމަކު މިރޭ ތި ދެމީހުންނަކަށް ގެއަކަށް ނުދެވޭނެ!” ރީމް ހަމަ ޖެހިލާފައި ބުނެލި ޖުމުލައިން އީމަން އަދި ޔާނާއަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ. އީމަން އަދި ޔާނާގެ މޫނުމަތީގައިވާ ހައިރާންކަން ފެނި ރީމް ހީގަތެވެ. “ހާދަ ސީރިއަސްވީ؟” ރީމް ވާހަކަ ދައްކަމުން ދިއްކޮށްލީ ކާޑެކެވެ. އީމަން އޭގައި ހިފަމުން ބަލައިލިއެވެ. ޔާނާވެސް އީމަންއާ ކައިރިވެލުމަށްފަހު ކާޑަށް ނަޒަރު ހިންގާލިއެވެ. ރީމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ތިއީ ރެސްޓޯރެންޓްގެ ފަރާތުން ދިން ހާއްސަ އޮފަރ އެއް. […]
“ވެއްޖެ ކޮޓަރީގަ!” އާއިޒު މަޑުމަޑުން ޖަވާބުދިނެވެ. އާއިޒު ނިކުތީ ބޭރަށެވެ. ޝަކީބު އާއި އެކީ މަސައްކަތުގައި އުޅުނު އިރުވެސް އިރުއިރު ކޮޅާ ގޭތެރެއަށް ނަޒަރު ހިންގާލެވެއެވެ. ޖާހަތު ކޮބައި ހެއްޔެވެ؟ ހިތް ތަކުރާރުކޮށް އެއް ސުވާލެއް ކުރަމުން ދިޔައެވެ. މަސައްކަތް ނިންމާލެވުނު އިރު ދިހަ ގަޑި ބައިވަނީއެވެ. ސައުދިއްޔާ ޖޫސް ތަބަކެއް ހިފައިގެން ނިކުތެވެ. ސައުދިއްޔާވެސް ޖާހަތު ނުފެނިގެން އެއްޗެކޭ ނުބުނުމުން އާއިޒުގެ ހިތް އިތުރަށް ބާރަށް ތެޅެމުން ދިޔަފަދައެވެ. “މަންމާ! ކޯއްޗެއްތަ މެންދުރަށް ކައްކަނީ؟” ވިސްނާލުމަށްފަހު […]
ޔާނާ ހުރީ ތައްޔާރު ވާށެވެ. ފަން ދިގު އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައިރު މޫނުމަތީގައި އުފާވެރި ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. އީމަންއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލަން ލިބުމުން ޔާނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ދޮރުގައި ޓަކި ޖެހި އަޑު އިވުމުން ޔާނާ ކައިރީގައި އޮތް ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ގޭގައި ގެންގުޅޭ މީހެކެވެ. ސަލާމް ގޮވާލުމަށްފަހު ދިއްކޮށްލީ ޕާރުސަލެކެވެ. ރަތްކުލައިގެ ކަރުދާހުން ޕާރުސަލް ކުރެވިފައިވީއުރު ކާޑެއްގެ އިތުރުން […]
“ކާކު ބުނީ އަހަރެން އޮފީހަކަށް ނުދާނެޔޭ؟” އީމަން ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އީމަންގެ ހައިރާންކަން ފެނި އެމީހުންވެސް ފަސްޖެހޭ ގޮތްވިއެވެ. “މާން! އަހަރެން ގުޅާފަ ބުނީ!” އީމަންގެ ފަހަތުން އަރާ ހަމަވި ރީމް ބުނެލިއެވެ. “ރީމް؟ ކީއްވެ؟” އީމަން އޮޅުން ފިލުވަން ބޭނުންވިއެވެ. “މާން! އަހަރެންނަށް އެނގޭ އަހަންނަށް ޔާނާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ރޫޑް ކޮށްކަން. އައި ވޯންޓް އަ ފްރެޝް ސްޓާރޓް!” ރީމް ތަފްސީލު ކޮށްދިނެވެ. އީމަން ހުރީ އަދިވެސް ވާނުވާ ނޭނގިފައި […]
ޖާހަތު ހީކޮށްގެން އުޅެނީ ކީކޭ ހެއްޔެވެ؟ މިފަހަރު ޖާހަތުގެ ޕްލޭން ހަމަ ހިލާ ކާމިޔާބު ވިޔަކަ ނުދޭނަމޭ ހިތް ބުނަމުން ދިޔައެވެ. ތައްޔާރުވެލައިގެން ބަދިގެއަށް ދިޔައިރު ސައި ހުރީ ތައްޔާރު ކުރެވިފައެވެ. މަސްހުންޏާ ރޮށްޓާއެކު ބިސްގަނޑެއްގެ އިތުރުން ހަނާކޮށްފައިވާ ސޮސެޖެވެ. މިހުރިހައި އެއްޗަކަށް ފުރިހަމަކަން ގެނެސްދިނީ ކައިރީގައި ހުރި ހޫނު ކަޅުސައިތަށްޓެވެ. އާއިޒު އިށީނދެ ސައިބޯންފެށިއެވެ. ސައިތަށިން އެންމެ ފަހު ކޯވަރު ބޯން އިންދާ ޝަކީލާ އައެވެ. “ދަރިފުޅު ސައިބޮއެ ނިންމާލީތަ؟” ޝަކީލާ ގޮނޑީގައި އިށީންނަމުން ސުވާލު […]
ރީމްގެ މޫނުމަތީގައި ހުރި ހިތްހަމަ ނުޖެހުމުގެ އަސަރު ޔާނާއަށް ފާހަގަކުރެވުނު ހިނދު އެ ނުރުހުމުގެ ސަބަބަކީ ޚުދު ޔާނާކަންވެސް އިހުސާސް ކުރެވުނެވެ. އެހިނދު ހިތް އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ. ކުއްވެރިއަކީ ކާކުހެއްޔެވެ؟ ޔާނާ ހެއްޔެވެ؟ ދުނިޔެމަތީގައި ހާދަ ނުވިސްނޭ މީހުންވެސް އެބަ އުޅެއެވެ. އީމަން އެތައްފަހަރެއްގެ މަތިން ކަން ވީ ގޮތް ކިޔައިދީފިއެވެ. ނަމަވެސް އެކަން އެނގުނު އެކަކުވެސް ނެތްފަދައެވެ. ވިސްނުނު ނަމަ މިއަދު މި ނަފްރަތު އުފެދޭކަށް ނުޖެހޭނެއެވެ. ރީމް އީމަންއާ ދޭތެރޭ ކަންތައްކޮށްފައިވާ ނިކަމެތި […]
އީމަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މާން! ހައު ކުޑް ޔޫ ޑޫ ދިސް؟” ރީމް އީމަން ފެނުމުން ސުވާލު ކުރިއެވެ. “ކިހިނެއް ވެގެންތަ މިއުޅެނީ؟” އީމަން ސުވާލު ކޮށްލި އެވެ. “މާން އަދިވެސް ނުވޭތަ ހަޤީޤަތާ ކުރިމަތިލާކަށް! އަހަރެންނާ އިނދެގެން ހުރެ މާންއަށް އެހެން ކައިވެންޏެއް ނުކުރެވޭނެ!” ރީމް އަމުރުވެރި ރާގަކަށް ބުނެލިއެވެ. އީމަންއަށް ބަލައިލެވުނީ ޔާނާ އަށެވެ. ޔާނާ ހާސްވެފައިވާވަރު މޫނު މަތިން ހާމަވެއެވެ. އީމަން އަށް ހިން ދިރުވާލެވުނެވެ. ޔާނާއާ ކައިވެނިކޮށްގެން މިތަނަށް ގެނެވުނު […]
ރީމް ގެ ދެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އީމަންއާ ޔާނާ އެފަދަ ގާތްކޮށް ތިއްބައި ފެނުމުން ބުނެދޭން ނޭނގޭފަދަ ރުޅިވެރިކަމެއް ވެރިވެގެން ދިޔައެވެ. އީމަން އާއި އެކީ ރީމް ހޭދަކޮށްލަން ބޭނުންވެގެން ކެތްތެރިކަން ކޮޅުންލާފައިވާފަދަ ވަގުތުކޮޅެއް ގޭގައި ގެންގުޅޭ ނޯކަރަކަށް ލިބިގެން ދިޔުމަކީ ރީމްގެ ނަފްސަށް ލިބުނު ހުތުރެއް ފަދަކަމެއްކަމުގައި ހީވިއެވެ. ފަޔަށް ބާރުލާފައި އެތެރެއަށް ހިނގައިގަތެވެ. ޔާނާއާ އީމަންގެ ދެމެދުގައި ގާތް ގަނޑަކަށް ދެފޫޓުގެ ދުރުމިން ވީ އިރުވެސް ރީމްގެ ހިތް ހަމައެއް ނުޖެހުނެވެ. ޔާނާގެ […]