“އެންމެ އަޑެއް ބޭރު ކުރިއަސް ވަޅިއަޅާނަން.” އަހަރެން ރޫރޫ އަޅައިގެން ދިޔައެވެ. އެއީ ފައިޒާންގެ އަޑެވެ. އަހަރެން ގުޑާވެސް ނުލާ ހުރީމެވެ. ލޮލުން ކަރުނަފައިބަމުން ދިޔައެވެ. ފައިޒާން އަހަރެން ގޮވައިގެން ގޮސް އަހަރެންގެ އެނދުމައްޗަށް ވައްޓާލިއެވެ. އަދި އޭނަ އަތުގަ އޮތް ރޯނުން އަހަރެން ގެ އަތާއި ފައި އެއްސިއެވެ. އަނދިރިކަމުން އަހަންނަކަށް އެއްވެސް ތަނެއް ނުފެނެއެވެ. ހަމައެކަނި އިވެނީ އަޑެވެ. ކުއްލިއަކަށް ދޮރު ލައްޕާ ތަޅުލި އަޑު އިވުނެވެ. ދެން ފެނުނީ ފައިޒާން އުއްބަތިއެއް ރޯކޮށްލިތަނެވެ. […]
ފައިޒާންއަކީ ރަށުގެ ނަންހިނގާ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. ހިތްކިޔާކަހަލަ ރީތި ޒުވާނެކެވެ. ނަމަވެސް ރީތިކަމާ އެއްވަރަށް އޭނަގެ ބޮޑާކަމެއްވެސް ހުރެއެވެ. މައިންބަފައިންގެ މުއްސަނދިކަން އެންމެނަށް ދައްކަމުން ދުވާ ޒުވާނެކެވެ. ރަށު ހުރިހާ އަންހެން ކުދިން ހުންނަނީ އޭނަޔާ ހެދި މޮޔަވެފައެވެ. އެކުދިންގެ ތެރޭގައި އަހަރެންގެ ދޮންތަވެސް ހިމެނެއެވެ. ރައްޓެހިންނާއެކީ ގެއިން ބޭރަށް ގޮއްސަ އަންނަދުވަހެއްގައި އަބަދު ދައްކާނީ ފައިޒާންގެ ކޮންމެވެސް ވާހަކައެކެވެ. އެވާހަކަތަކަށް އަހަރެން ދެނީ ބީރު ކަންފަތެކެވެ. އެހެން އަންހެން ކުދިންނަށް ފައިޒާންގެ ސޫރަ ރީތިވެގެން އުޅުނަސް […]
“ދޮންތަ މާފަށް އެދޭނީ ކިހިނެއްކަމެއްވެސް ނޭންގެ. ނަތާއާއި ދޭތެރޭ ދޮންތަކަންތައް ކުރީ ވަރަށް އިހާނެތިކޮށް. ނަތާގެ ވާހަކަ އަޑުނާހާ ދޮންތައަށް ގަބޫލު ކުރެވުނީ އެހެން މީހުންގެ ވާހަކަތައް. ޕްލީސް، ދޮންތަ އަށް މާފް ކުރޭ.” ރޮމުން ރޮމުން ދޮންތަ ވާހަކަ ދެއްކިއެވެ. އަހަރެން ލޮލުގެ އިޝާރާތުން އާމިރު ކައިރީގައި ބޭރަށް ދިއުމަށް އެދުނީމެވެ. އިތުރު ސުވާލެއް ކުރުމެއް ނެތި އޭނަ ނިކުމެގެން ދިޔައެވެ. “ދެން ހުއްޓާލާ،” ދޮންތަ ދުރުކުރަމުން އަހަރެން ބުނެލީމެވެ. ކަރުނަ ފުހެމުން އޭނަ އަހަންނާ […]
ފުންމައިގެން އަހަރެން ތެދުވީމެވެ. މައިނޭވާލަމުން އަހަރެން ވަށައިގެން ބަލާލީމެވެ. އަހަރެން އިނީ ހޮސްޕިޓަލް އެނދެއްގައެވެ. ޕްރައިވެޓް ރޫމްއެއްގައެވެ. ކައިރި އިން ގޮނޑީގަ ޝާޔާ ނިދިފަ އިނެވެ. އަތަށް ބަލާލިއިރު އައިވީ ގުޅާފަ އޮތެވެ. “ޝާޔާ،” އަހަރެން މަޑުމަޑުން ގޮވާލީމެވެ. ކަރުތެރެވަނީ އެއްކޮށް ހިކިފައިކަމުން ރަނގަޅަށް އަޑެއް ބޭރެއް ނުވިއެވެ. އެކަމު ޝާޔާއަށް އަހަރެންގެ އަޑުއިވުނެވެ. އޭނާ ތެދުވެ އަހަރެން ކައިރިއަށް ވަގުތުން އައެވެ. “މަންމަ އޯކޭތަ؟ ކިހިނެއް ހަދައިދޭންވީ؟” އޭނާ އަހާލިއެވެ. އަހަރެން ފެންބޭނުންވާ ވާހަކަ ބުނުމުން […]
ވަށައިގެން އަނދިރިކަމެވެ. އަހަރެންގެ ފައިދަށުގައި ފުނޑުފުނޑުވާ ހިކިފަތްތަކުގެ އަޑާއި އަހަރެންގެ ހިތް ތެޅިނަގާއަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. ވަލުތެރެއަށް އަހަންނަށް ވަދެވުނީ ކިހިނެއްކަމެއް ނޭންގެއެވެ. އިނގޭހާވެސް އެއްޗަކީ އަހަރެންގެ ފަހަތުން މީހެއް އަންނަކަމެވެ. އެއީ ކާކުކަމެއް އޭނަ ބޭނުންވަނީ ކޮންކަމެއްކަމެއް އަހަންނަކަށް ނޭންގެއެވެ. އެކަމު ހިތުގެ އުފެދިފަ ހުރި ބިރުވެރިކަމުންނާއި އަހަންނަށް މިދުވެވޭ ބާރު މިނުން އަހަރެން އޭނަގެ އަތުގަ ނުޖެހި ސަލާމަތްވާންޖެހޭނެކަން އިނގެއެވެ. ދުވަމުން އަހަރެން ފަހަތް ބަލާލީމެވެ. ކަޅުއަނދިރިކަން ފިޔަވާ އެއްވެސް އެއްޗެއް […]
އަތުގައި އޮތް ފޯނަށް އަހަރެން ބަލާލީމެވެ. މެންދަމުން އަލިވެ 1 ޖެހީއެވެ. ނާޝް ގެ ހަބަރެއް އަދިވެސް ނުވެއެވެ. ފޯން ހުޅުވާލާފައި ނާޝްގެ ނަމްބަރަށް ގުޅާލީމެވެ. 2 ފަހަރަކަށް ރިންގެވެލާފަ ދެން ދިޔައީ ވޮއިސް މެއިލް އަށެވެ. ހިތްހަމަނުޖެހިގެން މެސެޖެއް ކޮއްލީމެވެ. “ނަޝް ވެއާ އާރް ޔޫ؟ ކިހާ އިރެއް ވެއްޖެ މި އަންނަނީ އޭ ބުނިފަހުންވެސް.” މެސެޖް ފޮނުވާލާފައި ފޯން އެނދުމައްޗަށް އެއްލާލުމަށްފަހު އަހަރެން އެނދުގަ އޮށޯވެލީމެވެ. ނާޝް އާއި އަހަރެން ރައްޓެހިވެގެން އުޅޭތާ 2 […]
އަހަރެންގެ މާހައުލަށް ވަށާ ނަޒަރު ހިންގާލީމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ގައިމު ވަލުތެރޭގަ ވިއްޔާ ފަނިފަކްސާއާއި ގަހުގެ ފަތްތައް ހެލޭ އަޑުވެސް އިވެންޖެހޭނެތާއެވެ. އެކަމު އެއްވެސް އަޑެއް ނީވެއެވެ. މުޅި ތަން ހަމަހިމޭނެވެ. މަބްރޫކް ބުނާހެން ހީވަނީ ތޫފާނެއް އައުމުގެ ކުރިން އަންނަ ހަމަހިމޭންކަމެއްހެނެވެ. ކުޑަކޮށް ބޯކަހާލާފައި އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. ކަށިކެޔޮގަސްތަކާއި، ބިޔަ ހިރުނދުގަސްތަކާއި، މަދުގަސްތަކުން މުޅި ވަލު އޮންނަނީ ފުރާލާފައެވެ. ނަސްރިންތަ ދަރުތައް ބަހައްޓާފައި ހުރި ދިމާލަށް ނިކުންނާނެ […]
ވައިގަދަ ވިއްސާރަ ރެޔެކެވެ. ކުއްލިކުއްލިއަށް ވިދާލާ ވިދުވަރުން އަނދިރިކޮއް އޮތް ހޮސްޕިޓަލް ވޯޑް ތެރެ ދިއްލާލައެވެ. އަހަރެން މޯޅިއަކަށް ދެމިލާފައި ފާރުގަ އިން ގަޑިއަށް ބަލާލީމެވެ. މެންދަމުން 1:30 ވީއެވެ. އެނދުގައި އޮތް އަހަރެންގެ މެއިޑް އަށް ބަލާލިއިރު އޭނަ އޮތީ ނިދާފައެވެ. އަހަރެން އިން ގޮނޑިން ތެދުވެ ވޯޑް ތެރޭ ކުޑަކޮށް ހިނގާލީމެވެ. އެހާ ގިނައިރު ވަންދެން ޕްލާސްޓިކް ގޮނޑިގަނޑުގަ އިށީންދެގެން އިންނަން ޖެހުނީމަ މުޅި ގައިގަ ރިއްސައެވެ. ހޮސްޕިޓަލް އަށް އައި އިރު ފިރިމީހާ، […]
އަތުކުރީގައި އޮތް ގަޑިއަށް އަހަރެން ބަލާލީމެވެ. މެންދަމުން އަލިވެ 3 ޖެހީއެވެ. އަހަރެންގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. ހަމަހިމޭންކަމެވެ. އަހަރެން ސައިކަލްގަ މަޑުކޮށްލައިގެން ހުރީ ބްރިޖް-އެއަރޕޯރޓް ލައިޓް ކައިރީގައެވެ. ކުރިމަތިން ފެންނަން އޮތީ ހުޅުމާލެއަށް ދެވެން އޮތް ހައިވޭއެވެ. އެތަކެއް ރޭ ދަތުރުކުރި މަގެކެވެ. ނަމަވެސް މިރޭ އެހެންރޭރެޔާ ތަފާތެވެ. މިރޭ އެމަގު ފެންނަނީ އަނދިރިކޮށެވެ. ނާމާން ކޮށެވެ. ހޮޅިބުރިތައް ދިއްލިފަ ހުއްޓެވެ. ނަމަވެސް އަހަރެން ހުރި ހިސާބުން ހަމައެކަނި […]