ފަތިހު މެސެޖްކުރިފަހުން ނާއިލްގެ ޚަބަރެއް އަދި ނުވެއެވެ. ހިތްނުތަނަވަސް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ތުންފަތައް ހިނިތުންވުން ވެރިވީ ނާއިލް އުޅޭނީ އަހަންނަށް ދޭންބުނި ސަޕްރައިޒް ތައްޔާރުކުރުމުގައި ކަމަށް ހިތައް އެރުމުންނެވެ. އެކި ޚިޔާލުގައި ހުރެ ގަޑި ޖެހުމުން ފްލައިޓަށް އަރާ ހަމަޖެހިލަމުން މޭގައި އަތް އަޅާލެވުނެވެ. ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުންދިޔަ އަހަރެންގެ ހިތްހަމަޖެހިލާތޯއެވެ. އަހަންނަށް މާލެ ދެވުނީ ހަތަރެއް ޖަހަން ގާތްވެފައިވަނިކޮށެވެ. ދޮންތައާއި ދޮންތަބޭއާއެކުގައި އެމީހުންގެ އެޕާޓްމެންޓަށް އައިސް ވަދެވުނުއިރު އަހަރެންހުރީ ވަރަށް ވަރުބަލިވެފައެވެ. […]
އަހަރެންގެ މި ކަޅުއަނދިރި ހަޔާތް ބަދަލުކޮށްލީ ނާއިލްއެވެ. އެހެންބައިވެރިންނާ މުޅިން ތަފާތުކޮށް އޭނަ އަހަންނާ ދިމާވީވެސް އެފްބީ އިންނެވެ. އެހެންނަމަވެސް އެހެން އެއްވެސް މީހެއްގެ ފަރާތުން ނުލިބޭ އޯގާތެރިކަން އަހަންނަށް ނާއިލްގެފަރާތުން ލިބެން ފެށިއެވެ. އެހެންމީހަކު އަހަރެންދެކެ ލޯބިވާކަމުގެ އިހުސާސް އަހަންނަށް ނާއިލް ފުރަތަމަފަހަރަށް އިހުސާސް ކޮށްދީފިއެވެ. ރަހުމާ ކުލުނާއި ލޯބިންފުރިގެންވި ހިތްހެޔޮ މާތް ހިތެކެވެ. އަހަރެންގެ ހިތުގައި ނާއިލްގެ މަގާމު އިތުރަށް ހާއްސަވީ ނާއިލް ދީނީ ކަންކަމަށް ދޭ ސަމާލުކަން ފެނިފައެވެ. ނާއިލްއަށްޓަކައި ހިތުގައި އޮތް […]
އެހިޔާލު ދުރުކޮށްލައި ހިތައް ހަމަޖެހުމެއް ހޯދުމަށްޓަކައި މަރާލި ދެލޮލާއެކު އަހަރެންގެ ސިކުނޑިއަށް ބޮނޑިވެގަތީ އަހަރެންގެ ހިތްދަތި މާޒީއެވެ. ސިފަވެގެން އައީ އަނދިރީގެތެރޭގައިވި އަހަރެންގެ ހަޔާތައް އަލިކޮށްދިން ރަހުމާއި ކުލުނުން ފުރިގެންވި ބައްތީގެ ހުޅުކޮޅު އަހަރެންގެ ލޯ މަތީގައި ނިވިގެންދިޔަ ހިތްދަތި މަންޒަރެވެ. އަހަރެންގެ މުޅި ހަޔާތުގައިވެސް ކުރި ހަމައެކަނި އުންމީދު ފެނަށްވެގެންދިޔައީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެންގެ އުމުރުން އެންމެ 3 މަހުގައި އަހަރެންގެ އާއިލާ ރޫޅިފައިވުމުން އަހަރެން ބޮޑުވީ އާއިލާގެ ފުރިހަމަ ލޯބި ނުލިބިއެވެ. އާއިލާގެ މެމްބަރުންގެ […]
12:30 ގެ ބެލް ޖެހުމާއެކު އަހަރެން ކުލާހުން ނިކުމެ ސްޓާފްރޫމަށް ވަނީމެވެ. ސެޝަން ނިމުނު ކަމުގައިވިޔަސް ގެޔަށް ދެވޭނީ 2 ޖަހާއިރުކަމަށްވުމުން އެހެން ދުވަސް ދުވަހު އަހަރެންގެ މަސައްކަތަކީ އަނެއްދުވަހުގެ ފިލާވަޅުތަކަށް ތައްޔާރުވުމެވެ. އެހެންނަމަވެސް މިއަދު ވަރުބަލިކަން އިހުސާސް ވަމުން ދިޔުމުން އަހަރެން އައިސް ގޮނޑީގައި ހަމަޖެހިލައި މޭޒުގައި ބޯ އަޅާލީމެވެ. ހިތައް އައީ ހަމަ އެ ސުވާލެވެ. އަހަރެންގެ އެކުވެރިންނާއި ގާތްމީހުން އަބަދު ކުރަމުން އަންނަ ސުވާލެވެ. މިހާރަކަށް އައިސް އަހަރެންގެ ހިތަށްވެސް ތަދު އިތުރު […]