Skip to content
އެސްފިޔަ

ކޮންމެ ވިންދެއްގައި… (2 ވަނަ ބައި)

އެހިޔާލު ދުރުކޮށްލައި ހިތައް ހަމަޖެހުމެއް ހޯދުމަށްޓަކައި މަރާލި ދެލޮލާއެކު އަހަރެންގެ ސިކުނޑިއަށް ބޮނޑިވެގަތީ އަހަރެންގެ ހިތްދަތި މާޒީއެވެ. ސިފަވެގެން އައީ އަނދިރީގެތެރޭގައިވި އަހަރެންގެ ހަޔާތައް އަލިކޮށްދިން ރަހުމާއި ކުލުނުން ފުރިގެންވި ބައްތީގެ ހުޅުކޮޅު އަހަރެންގެ ލޯ މަތީގައި ނިވިގެންދިޔަ ހިތްދަތި މަންޒަރެވެ. އަހަރެންގެ މުޅި ހަޔާތުގައިވެސް ކުރި ހަމައެކަނި އުންމީދު ފެނަށްވެގެންދިޔައީ އަހަރެންގެ ކުރިމަތީގައެވެ.

އަހަރެންގެ އުމުރުން އެންމެ 3 މަހުގައި އަހަރެންގެ އާއިލާ ރޫޅިފައިވުމުން އަހަރެން ބޮޑުވީ އާއިލާގެ ފުރިހަމަ ލޯބި ނުލިބިއެވެ. އާއިލާގެ މެމްބަރުންގެ ފަރާތުން މާބޮޑު އަޅާލުމެއް ނުލިބިއެވެ. އެކަން އެގޮތައް އޮތަސް އަހަރެން އަހަރެންގެ އާއިލާދެކެ ލޯބިވަނީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ކުޑައިރުންފެށިގެން ގޭތެރެއިން އަބަދު އިވޭ އަޑަކީ މަންމައާއި ބައްޕަ ނޫނީ ބޭބެމެނާއި ބައްޕަގެ ޒުވާބުގެ އަޑުކަމަށްވިޔަސް އަހަރެން އެ އެންމެންނަށް އިޚްތިރާމްކުރަމެވެ.

އުމުރުން 19 އަހަރުވެފައިވީއިރު އަހަރެންގެ ހަޔާތުގައި އަހަރެން ވަރަށް ލޯބިވީމެވެ. އާހިލްގެ ގެ ލޯބީގައި ޖެހި މޮޔައަކު ފަދައިން ވީމެވެ. އޭނަ އަހަރެން ދޫކޮށްލީ އަހަރެންގެ އެއްވެސް ކުށެއްނެތި ކަމުގައިވިޔަސް އަހަރެން އޭނަކައިރީގައި ރޮއެ އާދޭސްކުރީމެވެ. އެހެނަސް ހަރުހިތުގެ ވެރިޔާ އަހަރެން ދޫކޮށްލާފައި ދިޔައީ އެވެ. އޭގެފަހުން ވެސް އަހަންނާއި 2 ބައިވެރިން ދިމާވިއެވެ. އެހެންސް ކޮންމެ މީހަކުވެސް އަހަރެން ދޫކޮށްލީއެވެ. އާހިލް ފަދައިން އަހަރެންގެ އެއްވެސް ކުށެއް ނެތިއެވެ.

މިހާ ހިސާބުން ފިރިހެނުންނަށް އަހަރެން ކުރާ އިތުބާރު ގެއްލިއްޖެއެވެ. ކޮންމެ މީހަކުމެ ވާނީ އެފަދައިންކަން ގަބޫލުކުރެވުނެވެ. ދެން އިތުރު ބައިވެރިއަކުހޯދުމަށް އަހަރެން ބިރުގަނެއްޖެއެވެ. ކޮންމެ މީހަކުވެސް ހަދާނީ އެހެންކަން އިނގޭތީއެވެ. އެކުވެރިން ތިބިކަމުގައިވިޔަސް އަހަރެންގެ ހަޔާތް ވޭތުކުރަމުން ދިޔައީ ކަނު އަނދިރީގައެވެ. އެއްވެސް ފަރާތެއްގެ ލޯބި ނުލިބިއެވެ. މާޔޫސްކަމާއެކުގައެވެ.

އަހަރެންގެ މި ކަޅުއަނދިރި ހަޔާތް ބަދަލުކޮށްލީ ނާއިލްއެވެ. އެހެންބައިވެރިންނާ މުޅިން ތަފާތުކޮށް އޭނަ އަހަންނާ ދިމާވީވެސް އެފްބީ އިންނެވެ. އެހެންނަމަވެސް އެހެން އެއްވެސް މީހެއްގެ ފަރާތުން ނުލިބޭ އޯގާތެރިކަން އަހަންނަށް ނާއިލްގެފަރާތުން ލިބެން ފެށިއެވެ. އެހެންމީހަކު އަހަރެންދެކެ ލޯބިވާކަމުގެ އިހުސާސް އަހަންނަށް ނާއިލް ފުރަތަމަފަހަރަށް އިހުސާސް ކޮށްދީފިއެވެ. ރަހުމާ ކުލުނާއި ލޯބިންފުރިގެންވި ހިތްހެޔޮ މާތް ހިތެކެވެ. އަހަރެންގެ ހިތުގައި ނާއިލްގެ މަގާމު އިތުރަށް ހާއްސަވީ ނާއިލް ދީނީ ކަންކަމަށް ދޭ ސަމާލުކަން ފެނިފައެވެ. ނާއިލްއަށްޓަކައި ހިތުގައި އޮތް ލޯބި އިތުރުވީ ދީނުގެ ކަންކަން އަހަންނަށް ހަނދާންކޮށްދީ އެކަންކަމަށް ބާރުއަޅާތީއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ކޮންމެ ނަމާދެއްގެ ވަގުތުގައި ހަނދާން ކޮށްދިނުމަށް ގުޅާތީއެވެ. އަހަރެން އެކަންކަން ބަރާބަރަށް ކުރަމުން އަޔަސް ނާއިލް އަބަދު ހަނދާންކޮށްދޭތީ ހިތައް ލިބެނީ ބަޔާންކުރަން ދަތި އުފަލެކެވެ. ނާއިލްގެ އެ އަޚްލާޤަށްޓަކައި އަހަރެންގެ ހިތް ނާއިލްއަށް އިޚްތިރާމުން ފުރި ބަންޑުންވިއެވެ. ހަގީގީ ހަޔާތުގެ ބައިވެރިޔަކީ އެއީކަމުގައި ގަބޫލުކުރީމެވެ. އިންތިހާއަށް ލޯބިވީމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. Daniel

    Nice… Vaahaka v rythivaanehen hyvany..

    1. Mishal
      Daniel

      Thnkx 🙂

  2. Maree

    Wow.. Varah reethi..whn is nxt part..thakolheh dhigu koh next part..mi part varah kuru..keep it up..waiting

    1. Mishal
      Maree

      Thnkyu Maree,, 🙂 next part dhugukoh genesdheynan,, In Sha Allah tomorrow,,

  3. aathu

    Haadhakurey kiyaahithun indhaa thi ninmaaly dhw. adhi dhigukon genes dheyne kamah heekuran,

    1. Mishal
      aathu

      Next part dhigu koh genesdheynan inge aathu,, 🙂 thnkyu,,

  4. sweetiepie

    haadha kurey.. komme dhuvahaku up nukuriyas ragalhu vaane. thankolheh dhigu koh liyefa upload kohba

    1. Mishal
      sweetiepie

      In Sha Allah next part dhigu waane inge,, 🙂

  5. Phy

    V reethi vaanehen heevey…knmme dhuvahaku tha mi vaahaka up kuranee…v kiyaahiy vey

    1. Mishal
      Phy

      Thnkx Phy,, friday noon konme dhuwahaku In Sha Allah up kohdheynan,, 🙂

  6. loooseee

    Adhi ithura vaahaka dhiguko genaun edhen
    Feshun v nice

    1. Mishal
      loooseee

      Yes loooseee,, In Sha Allah,, 🙂

  7. shahoo

    Varah reethivaanehen heevey… v salhi feshun..

    1. Mishal
      shahoo

      Thnkx shahoo,,

  8. Ellie

    Meedhn meehun vaahaka liyaathi liyaa meeheh v foohi … Vaahaka nuliye veneyaa thivaru thankolheh up nukurun rangalhu vaane… Mi site ga vaahaka liyaa kudhin eg.balaabala ( marsha. Ushaali. Shax. Aasi Fantasy. )

    1. mal
      Ellie

      shut up ellie….ahrn vx bunaany ellie thi myhun coment kuraathy kuraa myhekey…myhun vahaka kiyaathy kiyaa myhekey

  9. aishoo

    dhen haadha kurey dho…plx dhigu koh genes dhee…ekam story reethi

    1. Mishal
      aishoo

      Thnkyu aishoo,,

  10. Ellie

    Ma liyaane ehcheh ingeyni mashah. U shut up ok

  11. mimmi

    Mishal meehun kiyaa ehchehsah alhalaane kameh neih ingey.. Just keep writing..

    1. Mishal
      mimmi

      Thnkyu my swyt besty mimmi,, 🙂

  12. soru

    It’s a bit sort than expected. Hope you do it better

Comments are closed.