Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކޮންމެ ވިންދެއްގައި… (4 ވަނަ ބައި)

Mishal
May 21, 2016
2 Mins Read
46 Views
36 Comments

ފަތިހު މެސެޖްކުރިފަހުން ނާއިލްގެ ޚަބަރެއް އަދި ނުވެއެވެ. ހިތްނުތަނަވަސް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ތުންފަތައް ހިނިތުންވުން ވެރިވީ ނާއިލް އުޅޭނީ އަހަންނަށް ދޭންބުނި ސަޕްރައިޒް ތައްޔާރުކުރުމުގައި ކަމަށް ހިތައް އެރުމުންނެވެ. އެކި ޚިޔާލުގައި ހުރެ ގަޑި ޖެހުމުން ފްލައިޓަށް އަރާ ހަމަޖެހިލަމުން މޭގައި އަތް އަޅާލެވުނެވެ. ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުންދިޔަ އަހަރެންގެ ހިތްހަމަޖެހިލާތޯއެވެ.

އަހަންނަށް މާލެ ދެވުނީ ހަތަރެއް ޖަހަން ގާތްވެފައިވަނިކޮށެވެ. ދޮންތައާއި ދޮންތަބޭއާއެކުގައި އެމީހުންގެ އެޕާޓްމެންޓަށް އައިސް ވަދެވުނުއިރު އަހަރެންހުރީ ވަރަށް ވަރުބަލިވެފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓްގައި ދޮންތަގެ ދެމަފިރިންގެ އިތުރުން ދެން އުޅެނީ ކިޔަވަން އައިސް އުޅޭ އަހަރުމެންރަށު 2 ފިރިހެންކުދިންނެވެ. ވަގުތީ ގޮތުން ދެ ފިރިހެންކުދިންނަށް އެއްކޮޓަރިހަމަޖެއްސުމަށްފަހު ދޮންތަ ހުރީ އަހަރެން އަންނާތީ އަނެއްކޮޓަރި އަހަންނަށް ތައްޔާރުކޮށްދީފައެވެ.

ކޮޓަރިޔަށްވަދެވުމާއެކު ވެފައިހުރި ވަރުބައްޔާއެކު ވަރުދެރަ ލޮލަކުން އަހަންނަށް ބަލާލެވުނީ އެނދާދިމާއަށެވެ. އެހެނަސް ފުރަތަމަ އަހަރެން ވަނީ ފެންވަރާލާށެވެ. ނިކުމެ ތައްޔާރުވެލައިގެން ދޮންތައާއެކީގައި ބަދިގެޔަށްވަނީ ހައިވެފައި ހުރި ބަނޑަށް ކާއެއްޗެއްލުމަށެވެ. ސައިގެ ތެރެއިން އަހަރެން ބޭނުންވީ ދޮންތަކުރެން މިރޭ ބޭރަށް ދިޔުމުގެ ހުއްދަ އަތުލާށެވެ. އެހެނަސް ދޮންތަބޭ އިނުމާއެކު ފަސްޖެހެވުނު ނަމަވެސް ވަރަށް ހިތްވަރުކޮށްފައި މިރޭ ބޭރަށްދިޔުމުގެ ހުއްދައަށް އެދުނީމެވެ.

ހުއްދަ ދެމުން ދޮންތަ އަހަންނަށް ބަލާލީ ވަރަށް ތަފާތު ނަޒަރަކުންނެވެ. ހީވީ އަހަރެންގެ ކަންތައް އިނގިގެން ބަލާލިހެންނެވެ. އަހަރެންގެ ނިތްކުރިމަތިން ދާތިކިތައް ވިދަންފެށީ ހާސްވީވަރުންނެވެ. އެހެނަސް އެކަން ނުދައްކާވޭތޯ ވަރަށް މަސައްކަތްކުރީމެވެ. ކާމިޔާބުވާނެކަމުގެ އުންމީދެއްނެތަސް ވެހެވެ. އެހެނީ އަހަރެންގެ ދޮންތައަކީ އަހަރެންގެ މޫނުމަތީގެ ކުލަވަރު އަހަރެންގެ މަންމައަށްވުރެ މާ ރަނގަޅަށް ދެނެގަންނަ މީހެކެވެ. އަހަރެންގެ ކަންތައް ދުވަހަކު ދޮންތައަށް ފޮރުވޭކަމަކަށް ނުވެއެވެ. އެހާވަރަށް ދޮންތަ އެހުންނަނީ އަހަރެން ހިތުދަސްކޮށްގެނެވެ.

އަހަންނަށް ކޮޓަރިއަށް ވަދެވުނުއިރު މަޣްރިބްނަމާދު ބަންގީގެ އަޑުއިވެއެވެ. ސައިންނިމިގެން ރަށުކުދިންނާ ވާހަދައްކާލުމަށް ސިޓިންރޫމުގައި މަޑުކޮށްލެވުމުން މިހާ ވަގުތުދިޔައީއެވެ. އަވަހަށް ވުޟޫކޮށްލައިގެން އައިސް ނަމާދުކޮށްލީމެވެ. އެނދުގައި ކުޑަކޮށްހަމަޖެހިލަމުން އަހަރެންގެ ފޯނަށް ނަޒަރު ހުއްޓާލީމެވެ. އަހަރެން ހައިރާންވިއެވެ. ކޮންމެ ނަމާދަކަށް އަހަންނަށް ހަނދާންކޮށްދޭ އަހަރެންގެ ނާއިލް ކޮބައިހެއްޔެވެ؟ ގަޑިޔަކު އެއްފަހަރު އަހަރެން އުޅޭ ގޮތެއް ބަލައިލަން ގުޅާ އަހަރެންގެ ލޯބިވާ ކޮބައިހެއްޔެވެ؟ ފަތިހު އެކުރި މެސެޖަށްފަހު އެއްވެސް ހަބަރެއްނުވެއެވެ. އެންމެ ކުޑަމިނުން ގުޅާފައިނެއްތާނގައި މެސެޖެއްވެސް ނެތެވެ. އަހަރެން ވައިފައި ޖައްސާލުމަށްފަހު ވައިބަރ ކަނެކްޓް ކޮށްލީމެވެ. ރޭ 11 ޖެހިއިރު އޮންލައިންވިފަހުން އަދި އޮންލައިން ވެފައެއްނެތެވެ.

އަހަރެން ހާސްވާންފެށިއެވެ. އެހެނަސް ގޯސްގޮތަކަށް ނުވިސްނާވޭތޯ މަސައްކަތްކުރީމެވެ. ޔަގީނެއެވެ. އަހަރެންގެ ނާއިލްވާނީ މިރޭގެ ސަޕްރައިޒަށް ތައްޔާރުވުމުގައެވެ. އެހުންނަނީ މިރޭ ދިމާވުމުގެ ކުރިންނުގުޅާށެވެ. މައްސަލައެއް ނެތެވެ. އަހަރެންވެސް ނުގުޅާނަމެވެ. ކެތްކޮށްލައިގެން ހުންނާނީއެވެ.

“އީޝަލް” އެޚިޔާލުގައި އިންދަ އަހަރެން ސިއްސައިގެން ދިޔައީ ދޮންތަގެ އަޑުންނެވެ. އަހަރެން އަވަސްއަވަހަށް ހަމަޖެހިލަމުން ލައްބައޭ ބުނެލީމެވެ. “ދޮންތައަށް ކިޔައެއްނުދޭނަންތަ؟” މާތްކަލާކޯއެވެ. ހަމަ ރަނގަޅަށްވެސް ދޮންތަމިއައީ އަހަރެންގެ ސިކުނޑިއަށްވަދެ ހުރިހާއެއްޗެއް ކިޔައިގެންނެވެ. އަޅެފަހެ ޖިންނިއަކަށްވުރެ އެންމެ ތަންކޮޅެއްވެސް ދެރަހެއްޔެވެ؟ މިޖެހުނީ ހުރިހާވާހަކައެއް އަކުރުން އަކުރަށް ކިޔައިދޭށެވެ. އެނދު ހުރަހަށް ބަންޑުން އޮށޯވެލަމުން އަކުރުތަކަށް ބާރުލާފައި ދޮންތައަށް ގޮވައިލީމެވެ. ދޮންތައައިސް އަހަންނާއި ކައިރީގައި އިށީންދެ ހަމަޖެހިލިއެވެ.

“ދޮންތާ!” ހުރިހާ ވާހަކައެއްކިޔައިދީ ނިންމާފައި ދޮންތަ ފަރާތުން އެއްވެސް އިޝާރާތެއް ނުވެގެންބަލާލިއިރު ދޮންތަ ފާޑަކަށް ހައިރާންވެފަ އިނުމުން އަހަންނަށް ގޮވާލެވުނީ ތަންކޮޅެއްބާރަށެވެ. ދޮންތަ ސިހިފައި އަހަންނަށް ބަލާލިއެވެ. އަހަރެން ތެދުވެ ތިރިއަށް ދެފައިބާލައިގެން ދޮންތަކައިރީގައި އިށީންދެލީމެވެ. ދޮންތަ ބުނަން އުޅޭ އެއްޗަކަށް ސަމާލުވުމުގެ ގޮތުންނެވެ.

“ތިގޮތައް ނުވެސް ފެންނަ މީހަކަށް އިތުބާރުކުރަން ވެދާނެތަ؟ މިއީ ނުލާހިކު ގޯސްމީހުން އުޅޭ ޒަމާނެއް. ތިގޮތައް ނުދަންނަ މީހުންނާ ގުޅިގެން ބައްދަލުކުރަންދާތަނުން ކިތައްމެ ކުއްޖަކަށް އެބަހުރި ނުލާހިކު ދެރަގޮތް ދިމާވެފަ. ދޮންތައަކަށް ނުކެރޭނެ ކޮއްކޮ އެކަނި ފޮނުވާކަށް.” ދޮންތަ އެހެންބުނެލީ ހާސްވެފައި އިނދެއެވެ.

މިޖެހުނީ އަނެއްކަ އަނެއް ކަންތަކެވެ. އަހަރެން ދޮންތަ ރުއްސާނީ ކިހިނެއްހެއްޔެވެ؟ ދޮންތަ ނުކުރިޔަސް އަހަރެން އަހަރެންގެ ނާއިލްއަށް ފުރިހަމަ އިތުބާރުކުރަމެވެ. އަހަރެން ނާއިލްއާ ބައްދަލުކުރާނަމެވެ. ނާއިލް އެއީ އެހެންމީހުން ފަދަ ނުބައި މީހެއްނޫނެވެ. ކުޑަކުއްޖެއް ފަދައިން އަހަރެން ދޮންތަ ކައިރީގައި ކުސްތަޅަންފެށީމެވެ. ދޮންތަ އަހަންނަށް ވަރަށް ނަސޭޙަތްދިނުމަށްފަހު ދޮންތަބޭ އާއެކުގައި ފޮނުވަން އެއްބަސްވިއެވެ. އެހެނަސް ދޮންތަބޭ ހުންނާނީ މީހަކަށް ފާހަގަނުވާނެހާ އަހަންނާއި ދުރުގައެވެ. ދޮންތަ ގޮތްދޫނުކުރާނެކަން އެނގުމުން އަހަރެން އެއްބަސްވީމެވެ.

ޢިޝާ ނަމާދުކޮށްލައިގެން އަހަރެން ފެންވަރަންވަނީ ނާއިލްއާއި ބައްދަލުކުރަންދިޔުމަށް ތައްޔާރުވުމަށެވެ. ވަރަށް ގިނައިރުން ނަލަހެދިގެން އަހަންނަށް 9 ޖެހުމުގެ 15 މިނެޓްކުރިން ތައްޔާރުވެވިއްޖެއެވެ. ދޮންތަބޭ އަށް ގޮވާލުމަށްފަހު އަހަރެން ބޭރަށް ނިކުތްއިރު ދޮންތަ އެތެރޭގައި ހުރެ ހަނާއަޅާލިއެވެ. އަހަރެން ހިތްއަވަސްފައިހުރެ ޓެކްސީއަށް އެރިއިރު ދޮންތަބޭ ފަހަތުން ސައިކަލު ސްޓާޓް ކޮށްލިއަޑު އިވުނެވެ.

9 ޖެހިއިރު އަހަރެން އިނީ ފްލެމިންގޯ ރެސްޓޯރެންޓްގައެވެ. ނާއިލްގެ އިންތިޒާރުގައެވެ. އޭރު ދޮންތަބޭ އަހަންނާއި ދުރުގައި މީހަކަށް ކަމެއްފާހަގަ ނުވާނެހެން ހަމަޖެހިލަގެން އިނެވެ. އެހެނަސް އަދި ނާއިލްގެ ހަބަރެއް ނުވެއެވެ.

“އީޝަލް” މާޔޫސްވެފައި އިންދައި އަހަންނަށް ފަހަތް ބަލާލެވުނީ ފަހަތުން އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ.

-ނުނިމޭ-

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mishal

Other Articles

Previous

ވާނޭހެ ދުނިޔޭގާ (3)

Next

ހީލާފާނުދޭ ލޯބިވާ… (2 ވަނަ ބައި)

Next
May 22, 2016

ހީލާފާނުދޭ ލޯބިވާ… (2 ވަނަ ބައި)

Previews
May 21, 2016

ވާނޭހެ ދުނިޔޭގާ (3)

36 Comments

  1. Mishal says:
    May 21, 2016 at 10:56 am

    Hurihaa kudhinnah mi part kamudhaane kamah hykuran.. thankyou all.. 🙂

  2. Zaw ul says:
    May 21, 2016 at 11:28 am

    Haadha kurey… vaahaka varah reethii

    1. Mishal says:
      May 21, 2016 at 11:55 am

      Thnkyu Zaw ul,, 🙂

  3. sana says:
    May 21, 2016 at 11:31 am

    varah reethi mi part ves…. but adhives thankolheh dhigu kohlaane kamah ummeedhu kuran dhen nerey part eh…. keep up the good work

    1. Mishal says:
      May 21, 2016 at 11:56 am

      Thnkyu sana, 🙂

    2. Hawwa says:
      May 22, 2016 at 11:53 pm

      Eyna yakah neyngey dhigu koh liyaakah. Ehvves reehcheh noon mi waahaka
      Waanuvaa eh ves neyngey

  4. zee says:
    May 21, 2016 at 11:39 am

    Vaahaka v reethi kyvetha ehaa kury v kiyaahithun intha e nimeny next part avahah up kohdheeba

    1. Mishal says:
      May 21, 2016 at 11:57 am

      Thnkyu zee,, In Sha Allah awahah up kohdheweythoa try kuraanan inge,, 🙂

  5. saaaaa says:
    May 21, 2016 at 11:52 am

    Thy kuras dhen boaduvaru heevany vaahaka avahah nimidhaanethy ulheyhen

  6. Masw says:
    May 21, 2016 at 12:34 pm

    Neyvaahifahahtaigen mihiree waitting waiting

    1. Mishal says:
      May 21, 2016 at 12:49 pm

      Thnkx Masw,, 🙂

  7. aathu says:
    May 21, 2016 at 12:43 pm

    Konme faharaku bunaane dhigu kuraanamey ekamaku dhigeh nukurey dhogu thibunany

    1. Mishal says:
      May 21, 2016 at 12:51 pm

      Ehen part thakahwure mi part dhigeh noon tha aathu,, btw swrii for that,,

    2. Hawwa says:
      May 22, 2016 at 11:55 pm

      Kiyuntherin kairee dhogu hadhaa meeheh. Keehkuran nuvaa waru kanthah thi kirany?

  8. liu lew says:
    May 21, 2016 at 12:56 pm

    V v v reethi…

    1. Mishal says:
      May 21, 2016 at 1:47 pm

      Thnkx thuhtha,, 🙂

  9. azuu says:
    May 21, 2016 at 2:09 pm

    V v v v reethi…waiting for da next part…??

    1. Mishal says:
      May 21, 2016 at 6:36 pm

      Thnkyu azuu,, 🙂

  10. mimmi says:
    May 21, 2016 at 4:43 pm

    Lowbi ganda mi part vx varah habeys hama… ?

    1. Mishal says:
      May 21, 2016 at 6:37 pm

      Thnkyu mimmi dhooni,, 🙂

  11. Aish says:
    May 21, 2016 at 5:04 pm

    Ehen vaahaka liuntherin genesdhey hen dhigukoh vaahaka genes dhybala. Vaahaka reethi vaane hen heevany

    1. Mishal says:
      May 21, 2016 at 6:37 pm

      I’m trying Aish,, 🙂

  12. shahoo says:
    May 21, 2016 at 6:43 pm

    V salhiey mi baives koky…

    1. Mishal says:
      May 21, 2016 at 11:32 pm

      Thnkyu my best dhonthy,, 🙂

  13. ziu says:
    May 21, 2016 at 8:27 pm

    its good. dhem mi readers abadhu ulheyni kuru vegen. writers ves emeehunge dhuvahun vaguthu hus kohgen dhw e liyani. dhen ehen writers maa dhigu kon liyunas konme meehaku ehen neh nuvaane. everyone has different priorities. mishal alhaa nulaa. try writing as much as u can. meehun kiyaane ehen. good luck ❤️

    1. Mishal says:
      May 21, 2016 at 11:33 pm

      Thnkyu so much ziu,, :-)❤

  14. Faxoo says:
    May 22, 2016 at 9:12 am

    Mishal koba dhen oi bai 😀 waiting desperately to read the next part! pls pls pls pls pls avas koddhehey ingey 😀 🙂 i love this story!

  15. Mishal says:
    May 22, 2016 at 11:02 am

    Faxoo dhen oi bai In Sha Allah maadhan up kohdheynan inge,, thnkx for ur swyt comment,, 🙂

  16. Beybe says:
    May 23, 2016 at 12:07 pm

    i love this story faxoo ah vure bodah..ehen v ma alhugandah thankx bunefa up kohlahchey avaa dhn oiyh bai..

    1. Mishal says:
      May 23, 2016 at 1:31 pm

      thnkyu alot Beybe,, 🙂

  17. Liaa says:
    May 23, 2016 at 12:27 pm

    v reethi mi story… 🙂 waiting for the next part

    1. Mishal says:
      May 23, 2016 at 1:31 pm

      Thnkx Liaa,, 🙂

  18. rosy says:
    May 23, 2016 at 4:57 pm

    VVVVVV reethi

    1. Mishal says:
      May 25, 2016 at 8:07 am

      thnkx,,

  19. aish :* says:
    May 23, 2016 at 7:15 pm

    wahaka warah warah reeethi superb hama <3
    can't wait for the next part 😉

    keep it up <3

    1. Mishal says:
      May 25, 2016 at 8:07 am

      thnkyu so much aish,,

Comments are closed.

All Right Reserved!