
ކޮންމެ ވިންދެއްގައި… (1 ވަނަ ބައި)
12:30 ގެ ބެލް ޖެހުމާއެކު އަހަރެން ކުލާހުން ނިކުމެ ސްޓާފްރޫމަށް ވަނީމެވެ. ސެޝަން ނިމުނު ކަމުގައިވިޔަސް ގެޔަށް ދެވޭނީ 2 ޖަހާއިރުކަމަށްވުމުން އެހެން ދުވަސް ދުވަހު އަހަރެންގެ މަސައްކަތަކީ އަނެއްދުވަހުގެ ފިލާވަޅުތަކަށް ތައްޔާރުވުމެވެ. އެހެންނަމަވެސް މިއަދު ވަރުބަލިކަން އިހުސާސް ވަމުން ދިޔުމުން އަހަރެން އައިސް ގޮނޑީގައި ހަމަޖެހިލައި މޭޒުގައި ބޯ އަޅާލީމެވެ.
ހިތައް އައީ ހަމަ އެ ސުވާލެވެ. އަހަރެންގެ އެކުވެރިންނާއި ގާތްމީހުން އަބަދު ކުރަމުން އަންނަ ސުވާލެވެ. މިހާރަކަށް އައިސް އަހަރެންގެ ހިތަށްވެސް ތަދު އިތުރު ކުރަމުން އަންނަ ސުވާލެވެ. އަހަރެން ދެން ހަޔާތުގެ ބައިވެރިޔަކު ނުހޮވާނީހެއްޔެވެ؟
އެހިޔާލު ދުރުކޮށްލައި ހިތައް ހަމަޖެހުމެއް ހޯދުމަށްޓަކައި މަރާލި ދެލޮލާއެކު އަހަރެންގެ ސިކުނޑިއަށް ބޮނޑިވެގަތީ އަހަރެންގެ ހިތްދަތި މާޒީއެވެ. ސިފަވެގެން އައީ އަނދިރީގެތެރޭގައިވި އަހަރެންގެ ހަޔާތައް އަލިކޮށްދިން ރަހުމާއި ކުލުނުން ފުރިގެންވި ބައްތީގެ ހުޅުކޮޅު އަހަރެންގެ ލޯ މަތީގައި ނިވިގެންދިޔަ ހިތްދަތި މަންޒަރެވެ. އަހަރެންގެ މުޅި ހަޔާތުގައިވެސް ކުރި ހަމައެކަނި އުންމީދު ފެނަށްވެގެންދިޔައީ އަހަރެންގެ ކުރިމަތީގައެވެ.
-ނުނިމޭ-
29 Comments!
Comments are closed.
hardha kurey….!!!
In Sha Allah,, next part dhigu koh genesdheynan,, thnkyu
Hahaha kurey… Kerry rest of the stry
Its my first story,, In Sha Allah next part dhigu kohdheynan,, thnkyu
Furathama bai v ma due ehaa kury… Dhn dhiguvaane kamah hyykuran… Aslu v v salhi feshun… Gud luck mishkko….
Thnkx thuhtha,, next part dhigu waane In Sha Allah,, 🙂
Gud… best of luck
Thnkyu maarsh,, 🙂
Rythi start eh.. waiting for more…
Thnkyu Marsha,, 🙂
Nice..next part dhigukolla
Thnkyu Anonymous,, yes, In Sha Allah,, 🙂
Yaarabbi mi meehun vaahaka genes dhey goiyy. Kurukamun nidhi thaayyaakiriya nujehuni. .
I’m swrii,, its my first story,, In Sha Allah next part dhigu kollaanan,,
Mee dhn ekam boduvar … kurukamun hyvany ehn kamey henn .
I’m swrii ifaa,, In Sha Allah next part dhigukollaanan,,
First part veema dhw kuree..goaheh noon..heevey reethi vaane hen…waiting nxt part ah
Labba Phy,, In Sha Allah i will upload next part tomorrow,,
thankolheh kury.. next prt dhigukohlachey.. keep it up mishal☺☺
thnkyu aff,, In Sha Allah next part dhigu waane.. 🙂
V reethi vaahakaige feshun… waiting for the next part
Thnkyu shue,, 🙂
Feshun salhi….
Thnkx deny,,
Varah salhi ingey.. ☺
thnkyu mimmi swyt
Make it more interesting by skipping unwanted descriptions. Good start.
V v rythi
Hama super