Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ފަސާނާ

MariyamSaula Level 1
July 15, 2020 2 Mins Read
20 Comments

ކަޅުފޮއި ރޭނގަޑެކެވެ. ފުދޭވަރަކަށް ވައި ޖެހެމުން ދިޔައެވެ. ހަމަ އެހެންމެ އުޑުމަތި ބައްދާލާފައިވަނީ ކަޅުކަން ގަދަ ވިލާތަކުންނެވެ. އިރުއިރުކޮޅާ ޖަހާލާވިދުވަރުތަކާއި ގުގުރިއެއްގެ ސަބަބުން މީހުންގެ ހިތްތަ ކަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ. ވިއްސާރަ ވުމުގެ އަލާމާތްތައް އުޑުމަތިން ދައްކަމުން ދާއިރު މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ނަގަމުންދާ ބިޔަ ރާޅު ތަކަށް ބަލައިގެން އަހަރެން ގޮޑުދޮށުގައި އިނީމެވެ. އެތޫފާނަށްވުރެ އަހަރެންގެ ހިތުގައި އުތުރި އަރަމުންދާ ތޫފާންތައް މާ ބާރުގަދަ އެވެ. ދެން އަންނާނީ ކޮން ކަހަލަ ތޫފާނެއް ކަމެއްވެސް ނޭނގެއެވެ. މިކަހަލަ ޙިޔާލުތަކުގެ ތެރެއިން އަހަރެންގެ މާޒީއަށް ފީނާލެވުނެވެ.

******************

އެއީ މީގެ 2 ވަރަކަށް އަހަރު ކުރިއެވެ. އަހަރެންނަކީ ދެރަ ނިކަމެއްޗެކެވެ. އާރެއް ބާރެއް ނެތް ބަލިކަށި މީހެކެވެ. ފަޅުކަމުގައި މިލަމުން ގޮސް އެކަހެރި ކަމުގައި އަހަރެންގެ ޙަޔާތުގެ ރޭތަކާއި މަސްތަކާއި އަހަރުތައް ވޭތުކުރަމުން ދިޔައީމެވެ. އެހެންނަމަވެސް އަހަރެންގެ ހަޔާތަށ ފާގަތިވި ބަހާތައް ގެނެސްދިނީ އެނިޔަނެތި އައިރާއެވެ. ހިތްހެޔޮ ދީންވެރި އަޅުވެރި ޒުވާނެކެވެ. އައިރާ އަކީ މަދުންނަމަވެސް ނުލިބޭނެ ފަދަ ލޮބުވެތި ނާޒުކު ޖިންސުއް ލަތީފެކެވެ. ދެމީހުން އެކުވެރިވެ ދެ ލޯބިވެރިންގެ ގޮތުގައި ގުޅިގެން ދިޔައީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެތަކެއް ރޭތައް އުފަލާއެކު އަހަރެމެން ހޭދަކުރަމުން ދިޔައީމެވެ. ދުވަސްތައް މާޒީއާއި އެކުވެގެން ދިޔައީ ދެހިތައް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުލިބިއެވެ.

ދެމީހުންގެ ޙިޔާލާ އެއްގޮތަށް ޒަވާޖީ ޙަޔާތެއްގެ ބިންގާ ދެމީހުންގެ މެދުގައި އެޅީމެވެ. އިނދެގެން މާގިނަ ދުވަސްތަކެއްނުވެ ލިބުނީ އަހަރެން އެންމެ އުފާވި ޚަބަރެކެވެ. އަހަރުމެންގެ އަލަތު ދަރިފުޅަށް އަނބިމީހާ ބަލިވެ އިންކަން އެނގުނީއްސުރެ އަހަރެންގެ ހުރިހާ ވަގުތެއް އަނބިމީހާއަށާއި ލިބެން އުޅޭ ދަރިފުޅަށް ހުސްކޮށް ލީމެވެ. މޫދުގެ ދިޔަވަރާއި ކަނޑުގެ  އޮއިވަރު ބަދަލުވާ ފަދައިން އަހަރުމެންގެ ހަޔާތައް އިތުރު އާރޯކަމެއް ލިބިގެންދިޔައީ އަހަރުމެންގެ އަލަތު ދަރިފުޅު އިއާރާ ދުނިޔެއަށް އުފަންވި ދުވަހުގައެވެ . އައިރާގެ އާއިލާ އަކީ ފޯރުންތެރި އާއިލާ އެއް ކަމުން އެއްވެސް ކަމަކަށް އަހަރުމެންނަށް ދައްޗެއް ނުވެއެވެ. އަހަރުމެން އުޅެމުން އައީ އުފަލާއި މަޖަލުގައެވެ. ތަނަވަސް ކަމުގެ ތެރޭގައެވެ.

ކުއްޖަކު ލިބުމުން އައިރާގެ ހަޔާތް ބަދަލުވެގެން ދިޔައެވެ. ގޭތެރޭގެ ކަންތައްތަކާއި އިއާރާ ގެ ކަންތައްތައް ކުރުމުގައި އާއި އަހަރެންގެ ކަންކަމުގައި އައިރާ އެކަނި އުޅޭތީ ގިނަފަހަރު ހުންނަނީ ވަރު ބަލިވެފަ އެވެ. ގިނަ ދުވަސް ތަކުގައި އުޅެން ޖެހޭނީ ބަލިވެ އެވެ. މިހެންކަންތައް ވުމުން އަހަރެން ވަރަށް ހިތްދަތި ވެއެވެ. ހަމައެހެންމެ އުފާވެސް ވެއެވެ. އެފަދަ ކިޔަމަންތެރި އަންބެއް ލިބުމުން ފަޚުރުވެރި ވެއެވެ. އެފަދަ ލޮބުވެތި އަންބެއް ލިބުނު ކަމަށްޓަކައި މާތް ﷲ އަށް ޝުކުރު ކުރަމެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް އެއްދުވަހަކު ޅިޔަނުބެ ދިން ޚިޔާލަކާއި މެދު ވިސްނާލީމެވެ. ހަމައެހެންމެ އައިރާ އާއި ވެސް މަޝްވަރާ ކޮށްލުމަށް ފަހު ގޭގެ ކަންތައްތައް ކޮށްލުމުގައި އަތް ގާތް ކޮށްލަ ދޭން ގެއަށް ކުއްޖަކު ގެނައުމަށް ނިންމީމެވެ. އެހެންކަމުން ޅިޔަނުބެ ގެ އަންހެން ދަރި ގެއަށް ގެނައީމެވެ.

އަންނަން އޮތް ރާޅުގެ ބޮޑުކަމާއި ނުރައްކާތެރި ކަމެއް ނޭނގެއެވެ. ކޮންމެއަކަސް ކަންތައް ވެގެންދާނެ ގޮތް އެނގޭނީ ފަހެ ކަމަށް ހެއްޔެވެ؟ ކޮންމެ މީހަކީވެސް އަމިއްލަ އުސޫލުތަކަކަށް އުޅޭ މީހެކެވެ. ނައިލޯނު ވަލުން މަރުދަން ޖެހުނަސް ގޮސް މަގަކުން ނުހިގާނެ ކަމަށްވެސް އަހަރެން ބުނީމެވެ. އެހެންނަމަވެސް ޝައިޠާނާގެ ވަސްވާހަށް ހެއްލި އަހަރެންނަށް ޅައެއްޗެއް އެޅުނެވެ. ގެއަށް ގެނައީ ޅިޔަނުގެ ދަރިޔާ ނަހަމަ ގުޅުމެއް ހިންގުނެވެ. ހަމައެހެންމެ އަނބިމީހާއަށް މިކަންތައް އެނގުމުން އަހަރެން ބޭޒާރުވިއެވެ. ކުރި އިތުބާރު އަހަރެންގެ މި ދެއަތުން ވެއްޔާ މޮޑެލީއެވެ. ހަމައެހެންމެ ދެމެދުގައި ވަރުގަދަ ހައިޖާނެއް އުފެދުނެވެ.

ދުވަސްތައް ހަލުވިކަމާއެކު ވޭތުވަމުން ގޮސް އެކަންތައް ހައްލު ނުވެ ކަންތައްތައް ގޯހުން ގޯހަށް ގޮސް ބޮއްސުންލައިގެން ދިޔައެވެ. ދެމީހުންގެ މެދުގައި ޒުވާބު ކުރުންތައް އިތުރުވިއެވެ. މިއާއެކު އަނބިމީހާ ރަށު ކޯޓަށް ގޮސް ސުލްހަވެރިކަމާއެކު ދެމީހުންގެ ކައިވެނި ރޫޅުނެވެ. ގޯއްޗަށް އަނބުރާ އަންނަން ޖެހުނީ އެކަންޏެވެ. އަނބިމީހާ ދިޔައީ އަހަރެމެންގެ ދަރިފުޅު އިއާރާ ގޮވައިގެންނެވެ. އަހަރެންނަށް އަނެއްކާވެސް މަރިޔަބު، ކަތިވަޅި އަދި ކޮށިދަނޑު ވެސް ގެއްލި ބާކީ ވެގެން ދިޔައީ ސިހުމެއް ގެނުވާފައެވެ.

މިޚިޔާލުތަކުގެ ތެރެއިން ބޭރުވެވުނީ ޖަހާލި ހޮނު ގުގުރިއެއްގެ ސަބަބުންނެވެ. އަހަރެން ވިސްނާނުލާ ކުރި ކަމަކުން އަހަރެންގެ ހަޔާތް ކުދި ކުދިވި ގޮތް ހޯދައި އެގޮތަށް ނޫޅުމަކީ މިއަދުގެ މުޖުތަމަޢުގެ މީހުން ކައިރިން އެދޭ ވަރަށް ބޮޑު އެދުމެކެވެ. މިކަހަލަ އެތައް ހާދިސާއެއް ދިމާވެ އެތަކެއް ބައެއްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން ދެއެވެ. އެފަދައިން އަހަރެންނަކީ މިއަދު، އޭރު އުޅެވުނު ގޮތަކުން އެކަނިވެރިވެ ދެރަވާ މީހެކެވެ. އެހެންނަމަވެސް އަދިވެސް ހިތްވަރާއެކު ދިރިއުޅުމާއިގެން ކުރިއަށް ދާނަމެވެ. މިއީ އަހަރުމެން އިބްރަތް ލިބިގަންނަންޖެހޭ ކަންތައްތަކެވެ.

Share Article

Follow Me Written By

MariyamSaula

Level 1

I'm a 15 years old girl who loves to read dhivehi stories since childhood... And wanted to write stories.... U may find some mistakes in my stories...if then comment below... So that I can correct them in next ...

Other Articles

Previous

ލޯތްބައްޓަކައި(18ވަނަ ބައި)

Next

މަންޒިލްްްް 3

Next
July 16, 2020

މަންޒިލްްްް 3

Previews
July 15, 2020

ލޯތްބައްޓަކައި(18ވަނަ ބައި)

20 Comments!

  1. MariyamSaula says:
    July 15, 2020 at 3:43 pm

    Salaam ❤️ dear all readers ❤️ here is a new story of mine ❤️hope you all will like it tooo❤️❤️✨ feel free to comment ur views ❤️❤️✨

  2. Shiunee says:
    July 15, 2020 at 4:13 pm

    Masha Allah, beautiful ♥️✨

    1. MariyamSaula says:
      July 29, 2020 at 9:21 am

      thank you 🙂

  3. MariyamSaula says:
    July 15, 2020 at 5:00 pm

    auto correction ge 3 varakah minutes ebaulhey story ga ❤️ just saw them ❤️ so sorry for that ? next time will make it better ❤️❤️ insha Allah ❤️✨

  4. Eekko says:
    July 15, 2020 at 5:22 pm

    Luv the stry bruh❤..keep writing more …lysm❤

    1. MariyamSaula says:
      July 29, 2020 at 9:22 am

      thanks bruh:) lym

  5. Anonymous says:
    July 15, 2020 at 6:04 pm

    Wow…vvv reethi…dhua akee molhu vaahaka theriyakan vun…thikura masaikathugai barakai lenvvun….
    ❤ u

    1. MariyamSaula says:
      July 16, 2020 at 6:08 am

      Thanks ♥️??

  6. dhen inge ehnu says:
    July 15, 2020 at 7:39 pm

    LOVE THE PLOT BRUH

    1. MariyamSaula says:
      July 16, 2020 at 6:29 am

      Thanks bruh ?❤️

  7. autti_quin._ says:
    July 16, 2020 at 11:55 am

    Masha allah Vrh vrhhh vrhhhhhhh rythi mi stry..???
    adhivx mi kahala rythi stories kiyaalan libeyne kamah ummeedhu kuran…???❤️❤️❤️
    Ur stories are awesome???
    Best of luck☺️☺️☺️
    Stay safe dear???❣️❣️❣️

    1. MariyamSaula says:
      July 29, 2020 at 9:24 am

      thanks you dear, insha allah soon u will get to read one of my story, keep waiting, stay safe u too,

  8. ކަލާ123 says:
    July 16, 2020 at 5:23 pm

    އަލަށް ލިޔަން ފަށއިގަންނަ ސާދަފަނަރަ ފުރައިގެ ކުއްޖަކާ އަޅައިބަލާއިރު ވާހަކަ ހަމަ ވަރަށް ރަނގަޅޭ ބުނެވޭނީ. މަރިޔަމް ސައުލާޢަށް މިރޮނގުން ކުރިއެރުމާއި ކާމިޔާބީ އެދެން!

    1. MariyamSaula says:
      July 17, 2020 at 8:17 am

      Thank you so much ކަލާ123 ❤️❤️✨

  9. Yan♥️ says:
    July 16, 2020 at 11:27 pm

    Sau vaahaka varah reethi Masha Allah ?

    1. MariyamSaula says:
      July 17, 2020 at 8:16 am

      thank you so much Yan❤️✨

  10. No one says:
    July 17, 2020 at 5:42 pm

    Wooow… Mi story varah reethi ????
    I have read all Ur stories… Comment eh nukurevunu… But all the stories were so beautiful..????
    Nd varah ibraitheri..???
    I think you should start writing a long story now…
    Looking forward to read another story…
    ♥️♥️♥️♥️♥️♥️

    1. !y@@d# says:
      July 19, 2020 at 1:21 pm

      That’s right no one

  11. Anonymous says:
    July 19, 2020 at 3:31 pm

    Vvv.salhi

    1. MariyamSaula says:
      July 29, 2020 at 9:25 am

      thanks 🙂

Comments are closed.



All Right Reserved!