ޔާނިޝް ދެލޯމަރާ ތަގުޅިކޮއްލިއެވެ. އަދި ދެއަތުން ބޮލުގެ އިސްތަށި ގަނޑުގަ ހިފާ ބާރުކޮއްލިއެވެ. “މީޝާ………….” ޔާނިޝް ދުވެފަ ކަހަލަ ގޮތަކަށްގޮސް މީޝާގެ އަތުގަހިފިއެވެ. “މީޝާ………. އަހަންނަށް ވަރަށް ބޮޑަށް އޮޅުނީ………. އަހަރެންހީކުރީ ތީކަމަށް އާޔާއަކީ…….. ތީކަމަށް އަޔާންގެ ކޮއްކޮއަކީ…… އާޔާ މެސެޖް ކުރީމަވެސް އަހަރެންބުނިން އަހަރެން އާޔާދެކެ ވަރަށް ލޯބިވެޔޭ……. މިހާރު އަޔާންގާތުވެސް ބުނެވިއްޖެ……” ޔާނިޝް އެއްނޭވާއިން ކަހަލަގޮތަކަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. މީޝާއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭނގިފަ ޔާނިޝްގެ ވާހަކަތައް އަޑުއަހާށެވެ. ޔާނިޝް މީޝާގެ ގައިގަ […]
އެއްއަތުން އާޔާގެ އަތުގަ ހިފައިގެން އަދި އަނެއްއަތް ފާރުގަ ވިއްދާލާފަ ޔާނިޝް ހުރިއިރު، އާޔާއަށް ދެވޭނެ އެއްވެސް ގޮތެއްނެތެވެ. “ކީއްވެ އަހަރެން ފެއްނައިރަށް ފިލަށް ތިއުޅެނީ………. އަހަރެން ހަމަ އެހާ ބިރުވެރި ކޮންތަފެއްނަނީ……..” ޔާނިޝް ވާހަކަ ދެއްކީ އާޔާގެ ލޮލަށް ބަލަށް ހުރެގެންނެވެ. އާޔާ އަދިވެސް މަސައްކަތް ކުރަމުންދަނީ ޔާނިޝްއާ ގުރަށްދާށެވެ. “އެނގޭތަ………… މިއުޅެނީ އެރެއިންފެށިގެން ހިތަށް ތަދުވާތީ…… މާބާރަށް ޖެހިގަތީމަ ކަންނޭނގެ………” ޔާނިޝް އިތުރަށް އާޔާއާ ގާތްވެލަމުން ބުނެލިއެވެ. އާޔާ ޔާނިޝްގެ ލޮލަށް ބަލާލިއެވެ. ޔާނިޝް […]
ޔާނިޝްއަށް އެރީތި ކުއްޖާ ފިޔަވައި އިތުރުމީހަކު ފެންނަހެންވެސް ހީނުވެއެވެ. “މީ ރައު…… އަހަރެންގެ ވާންއުޅޭ އަނބިމީހާ…….” ޔާނިޝް ސިހުނީ އަޔާންގެ އަޑަށެވެ. އަޔާންގެ އަތުގައި ހިފާލައިގެން ހުރި ރައުފާ ދަށްކާލަމުން އަޔާން ވާހަކަ ދެއްކިއެވެ. ހިނިތުންވެލަމުން ޔާނިޝް ރައުފާޔާ ސަލާމް ކޮއްލިއެވެ. ޔާނިޝް އެބުރި ބަލާލިއިރު އެރީތި އަންހެން ކުއްޖާ ފެންނާކަށްނެތެވެ. ޔާނިޝް އެކިދިމަދިމާލަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ފެންނަގޮތެއްނުވިއެވެ. ގޯތިތެރޭ އަތުރާލެވިފައިވާ ގޮނޑިތަކުގައި ޔާނިޝް އަދި އަޔާން ތިބީ ކޮފީބޯށެވެ. އެކިވާހަކަތައް ދެއްކުމުގައެވެ. ޔާނިޝްގެ ނަޒަރު […]
ބަހާރުމަގު ގުލްޒާރުގެޔަށް ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އެކިކުލަ ކުލައިގެ ބޯކިތަކުން މުޅިގެވަނީ ދިއްލާލާފައެވެ. އަދިވެސް ގޭތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތައިގެން އެކި ގުރޫޕް ގުރޫޕް ހަރަކާތްތެރި ވަމުންދެވެ. ކޮންމެމީހެއްވެސް އެމީހެއްގެ މަސައްކަތް ކުރަމުން ދަނީ ނުހަނު ހަލުވިކަމާއި، ފުރިހަމަކަމާއެކުގައެވެ. ކައިވެނި ޕާޓީގެ އިންވިޓޭޝަން ކާޑުތައް ބަލަށްހުރި އަޔާން އިރުކޮޅު ކޮޅުން ފޯންނަގާ ކަންފަތުގައި ޖައްސާލައެވެ. މީހެއްގެ އިންތިޒާރުގައި ހުރިކަހަލައެވެ. ކުޑައިރުކޮޅެއްފަހުން ގުލްޒާރުގޭ ދޮށަށް މަޑުކޮއްލި ކާރަކުން ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ފޭބިއެވެ. އިސްކޮޅުންދިގު ދޮން […]