ހިތުގެ އެދުމޭތީ (3 ވަނަބައި)
އެއްއަތުން އާޔާގެ އަތުގަ ހިފައިގެން އަދި އަނެއްއަތް ފާރުގަ ވިއްދާލާފަ ޔާނިޝް ހުރިއިރު، އާޔާއަށް ދެވޭނެ އެއްވެސް ގޮތެއްނެތެވެ.
“ކީއްވެ އަހަރެން ފެއްނައިރަށް ފިލަށް ތިއުޅެނީ………. އަހަރެން ހަމަ އެހާ ބިރުވެރި ކޮންތަފެއްނަނީ……..”
ޔާނިޝް ވާހަކަ ދެއްކީ އާޔާގެ ލޮލަށް ބަލަށް ހުރެގެންނެވެ. އާޔާ އަދިވެސް މަސައްކަތް ކުރަމުންދަނީ ޔާނިޝްއާ ގުރަށްދާށެވެ.
“އެނގޭތަ………… މިއުޅެނީ އެރެއިންފެށިގެން ހިތަށް ތަދުވާތީ…… މާބާރަށް ޖެހިގަތީމަ ކަންނޭނގެ………”
ޔާނިޝް އިތުރަށް އާޔާއާ ގާތްވެލަމުން ބުނެލިއެވެ. އާޔާ ޔާނިޝްގެ ލޮލަށް ބަލާލިއެވެ. ޔާނިޝް ފެނުމުން ކުރެވޭ އިހްސާސް ހުދު އާޔާއަށްވެސް ނޭނގެއެވެ. އޭނަ ފެނުމުން ހުރިހާ ހިއްސުތަކެއްގެ ހިނގުން ހުއްޓޭހެން އާޔާއަށް ހީވެއެވެ. ޔާނިޝް އަދި އާޔާ އެއްފަހަރާހެން ދޮރާ ދިމާލަށް ބަލާލީ ދޮރުގަ މީހަކު ޓަކިދިން އަޑަށެވެ. ޔާނިޝްގެ ސަމާލުކަންގެއްލުން ވަގުތު އާޔާ އަވަސް އަވަހަށް ޔާނިޝްއާ ދުރަށްދިޔައެވެ. އެބުރި އާޔާއަށް ބަލާލާފަ ހިނިތުން ވެލަމުން ޔާނިޝް ދޮރާދިމާލަށް ހިގައިގަތެވެ. ދޮރު ހުޅުވާލިތަނާހެން މީޝާ އަތުގައިން މަލުގެ ފިޔައިން ފުރިފައިވާ ބާސްކެޓް ޔާނިޝްގެ އަތަށް ދިނެވެ. މީޝާ ހީކޮއްގެން ހުރީ ދޮރު ހުޅުވާނީ އާޔާ ކަމަށެވެ. މާނޭވާއެއް ލުމަށްފަހު މީޝާ ބަލާލިއެވެ. ދޮރުމަތީހުރި ޔާނިޝް ފެނިފަ މީޝާ ހައިރާންވިއެވެ. އަވަސް އަވަހަށް ޔާނިޝްގެ އަތުގައިން ބާސްކެޓްގަ ހިފިއެވެ. ހިނިތުންވެލަމުން ޔާނިޝް ކޮޓަރިން ނިކުމެގެން ދިޔައެވެ. ޔާނިޝްގޮސް އޮބާލިއިރުވެސް މީޝާއަށް ހުރެވުނީ ބަލާށެއެވެ. ޔާނިޝްގެ ރީތިކަމަށް ހިތާހިތުން މީޝާ ތައުރީފް ކޮއްލިއެވެ. އާޔާއައިސް މީޝާގެ އަތުގައިން ބާސްކެޓްގަ ހިފިއެވެ. މީޝާ ސިހިފަ އާޔާއަށް ބަލާލިއެވެ. ދެފަރާތަށް ބޯހޫރާލަމުން އާޔާ ކޮޓަރި ތެރެއަށްވަނެވެ.
“އޭނަ ހާދަ ރީއްޗޭ ދޯ………….”
އާޔާގެ ފަހަތުން އެތެރެއަށް ވައްނަމުން މީޝާ ބުނެލިއެވެ.
“ބައި ދަ ވޭ……. އޭނަ މިތާ ކީއްއެކުރަނީ………”
މީޝާ ހައިރާންވެހުރެ އަހާލިއެވެ.
“މިއުއްބައްތި އެކޮޅުގަ ބަހައްޓަބަލަ…………….”
އާޔާ ބޭނުންވީ ވާހަކަ އޮޅުވާލާށެވެ. ޔާނިޝްއާ އާޔާއާ ދޭތެރޭވީ އެއްވެސް ކަމެއް މީޝާއަށް އަންގަން ބޭނުންނުވާ ކަހަލައެވެ.
“ޔާނިޝް……… ކޮބާ މަގޭ ފޯނު………”
ހިނިތުންވެހުރެ ސިޑިންފައިބަމުންދިޔަ ޔާނިޝް ފެނިފަ އަޔާން އަހާލިއެވެ.
” އޯނ….. ސޮރީ……. ހަދާންނެތުނީ……. އެބައަންނަން ހިފައިގެން…….”
ޔާނިޝް އެބުރި ސިޑިއަށް އަރަން އުޅުމުން އަޔާން އޭނަ މަޑުކުރުވިއެވެ.
“ޔާނިޝް……. ރައުމެންގޭވެސް ވަރަށްގިނަ މަސައްކަތް ނުނިމިއެބަހުރި……. ޔާނިޝްދޭ ރައުމެންގެޔަށް……….”
އަޔާން މިހެންބުނުމުން ޔާނިޝް އިތުރު ދެކުއްޖަކާއެކު ރައުމެން ގެޔަށްދިޔައެވެ.
ހަވީރުގެ ވަގުތެވެ. މަސައްކަތުގަ އުޅޭ މީހުންނަށް ކޮފީ ދިނުމުގަ މީޝާއާއި އާޔާ އުޅުނެވެ. އާޔާ ޔާނިޝް ފެނޭތޯ އެކިދިމަދިމާ ހޯދިއެވެ.
” ކޮބާތަ އެއްކަލަ ރީތިކަމުގެ ވެރިޔާ…….. އައި އެމް މިސިން ހިމް ސޯ މަޗް…….”
މީޝާގެ ވާހަކަތަކުން އާޔާ ހީލިއެވެ. ހީޔީ އޭނާގެ ހިތް މީޝާގެ ސިފައިގަ ހުރެ ވާހަކަ ދެއްކިހެންނެވެ.
އިރުއޮއްސެމުން ދިޔައިރު ބަލާލާ ކޮއްމެ ދިމާލަކުން އަޔާއަށް ފެންނަނީ ޔާނިޝްއެވެ. ކޮންމެ މަންޒަރެއް ސިފަވަނީ ޔާނީޝްއާ އާޔާ އެކުގަވާ ތަނެވެ. ކޮންމެ މީހެއްވެސް ސިފަވަނީ ޔާނިޝްގެ ސިފައިންނެވެ.
“އަޅޭ…… ދެންކެތެއް ނުކުރެވޭނެ….. މިހާރު ކޮންމެ މީހަކު ފެނުނަސް ހީވަނީ އޭނަހެން…..”
މީޝާގެ މިޖުމްލައިން އާޔާއަށް ހޭންފެށުނެވެ. ރުޅިވެރިގޮތަކަށް މޫނުހަދާލާފަ މީޝާ ދިޔުމުންވެސް އާޔާއަކަށް ކޮންޓުރޯލް އެއްނުކުރެވުނެވެ. އާޔާ ހެމުން ފަހަތަށް އެބުރި ބަލާލިއެވެ. އެވަގުތު އޭނާ ސިހުނީ ކުރިމަތީ ހުރި ޔާނިޝް ފެނިފައެވެ. އާޔާ އިންޗިއެއް ކުރިޔަށް ޖެހިލިޔަސް ޖެހޭ ހިސާބުގައެވެ. އިސްޖަހާލަމުން އާޔާ ކުޑަކޮން ހީލިއެވެ. އާޔާ ހީކޮއްގެންހުރީ އެއީ އޭނައަށް ހީވިލެއްކަމަށެވެ.
“ކީއްވީ……. މިއަދު އަހަރެން ހީވަނީ ޖޯކަރެއް ހެންތަ………….”
އާޔާ އިސްއުފުލާ ބަލާލީ ޔާނިޝް ވާހަކަ ދައްކަން ފެށުމުންނެވެ. އެވަގުތު އެއީ ހީވިލެއް ނޫންކަން އާޔާއަށް ޔަގީންވިއެވެ.
“ޔާނިޝް……… އާދޭ ސައިބޯން……………”
ޔާނީޝް އާޔާއަށް ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށްފަހު އަޔާންއާއެކީ ސައިބޯން ދިޔައެވެ.
ޔާނިޝް ނިދަންއޮވެފަ ފޯންބަލާލީ މެސެޖެއްއައި އަޑަށެވެ.
” މީގެ ކުރިން ހީކޮއްގެން ހުރީ ދިވާނާވާނީ ހަމައެކަނި ފިރިހެންކުދިންކަމަށް….. އަންހެން ކުދިން ދިވާނާވާވަރުގެ ފިރިހެން ކުދިން އުޅޭކަން މިއެގުނީ އަދިކިރިޔާ…….”
ސޭވް ނުކޮށްއިން ނަންބަރ އަކަށްވާތީ މެސެޖްކުރީ ކާކުކަމެއް ޔާނިޝް އަކަށް ނޭނގުނެވެ.
” ސޮރީ……… ތީ ކާކުކަމެއް ނޭނގެ…….”
ޔާނިޝް ރިޕްލައި ކޮއްލުމަށްފަހު އިތުރު މެސެޖް އަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ޔާނިޝްގެ ހިތް ބުނަމުން ދިޔައީ އެއީ އާޔާކަމަށެވެ.
މާގިނައިރެއްނުވެ އިތުރު މެސެޖްއެއް އައިއްސިއެވެ. ޔާނިޝް އަވަސްއަވަހަށް ބަލާލިއެވެ.
” މީ އާޔާ……… ތީ ޔާނިޝްދޯ………”
މެސެޖް ފެނިފަ ޔާނިޝްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
” ވަޓް…….. ހަމަތީ އާޔާތަ…………”
ވީއުފަލެއްގެ ބޮޑުކަމުން ލިޔާނެ އެއްޗެއްވެސް ޔާނިޝްއަކަށް ނޭނގުނެވެ.
” އައި ކާންޓް ބިލީވް އިޓް……… ވަރަށް ހެޕީވެއްޖެ……”
އާޔާގެ ރިޕްލައިނާންނަނިސް ޔާނިޝް އިތުރު މެސެޖްއެއް ކޮއްލިއެވެ.
” އައި ކާންޓް ބިލީވް އިޓް ޓޫ……. އަހަރެން މެސެޖް ކުރީމަ ޔާނިޝް ކީއްޔެ ހެޕީ ވާންވީ…….”
ޔާނިޝްއަށްވުރެ ބޮޑަށް ހައިރާންވީ އާޔާއެވެ.
” ކީއްވެހޭ…….. ތިމާ ލޯބިވާ މީހަކު މެސެޖް ކުރީމަ ހެޕީވާނެ ދޯ……”
ޔާނިޝްއަށް ހީވަނީ ދެ އީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެވެ.
” ވަޓް…….. ޔޫ ލަވް މީ……….”
އާޔާ އިތުރަށް އޮޅުން ފިލުވަން އުޅޭކަހަލައެވެ. ޔާނިޝް އޭނާގެ ހިތުގެ ހާލު އާޔާއަށް ކިޔައިދިނެވެ. ދެހިތުގެ ހާލަތުކިޔައި ދިނުމުގަ މިދެލޯބިވެރިން އެތަށް އިރަކު މެސެޖް ކުރަންތިއްބެވެ. ޔާނިޝް އެދުނީ މާދަމާ އެންމެ ފުރަތަމަ އާޔާގެ މޫނު ޔާނިޝްއަށް ދެއްކުމަށެވެ.
ޔާނިޝް އަވަސްއަވަހަށް ތައްޔާރު ވެލީ އާޔާ ދުށުމަށް ހިތްއެދޭވަރުންނެވެ. ޔާނިޝް ކޮޓަރި ދޮރު ހުޅުވާލި ވަގުތަކީ މީޝާ ދޮރުގަ ޓަކިޖަހަން އަތްހިއްލާލި އަގުތެވެ.
” ހައެ……………”
ޔާނިޝް ހިނިތުން ވެލަމުން ބުނެލިއެވެ. އާޔާއާ ވާހަކަ ދައްކާ ލެވުމުން ޔާނިޝްހުރީ ވަރަށް އުފަލުންނެވެ.
” ކޮފީ…………………….”
ކޮފީތަށި ދައްކާލަމުން މީޝާ ބުނެލިއެވެ.
” އޯނ……….. ޓެންކްސް……..”
ޔާނިޝް ކޮފީތަށި ހިފައިގެން ދިޔައީ އޭނާގެ ހިތުގެ ބައިވެރިޔާ ފެނޭތޯއެވެ.
” ހަމައެކަނި ޓެންކްސްތަ………. ޔާނިޝްއަށް ޓަކައި އެހާފަތިހާ ހޭލައިގެން ކޮފީ ތައްޓެއް ގެނެސްދިނީމަވެސް………………”
މީޝާގެ ހިތް ބޮޑާހާކާލިއެވެ.
ކައިވެނި ކުރުމުގެ ވަގުތުދަނީ ކުޑަތަން ވަމުންނެވެ. ކަޅުކުލައިގެ ކޯޓަކާ، ކަޅުފަޓްލޫނެއް ލައިގެން އަޔާން ތައްޔާރުވަމުން ދިޔައީ ކައިވެނިކުރާ މާލަމަށް ނިކުތުމަށެވެ. ޔާނިޝްވެސް އަޔާންއަށް އެހީވުމުގަ އުޅުނެވެ.
“އަހަރެންގެ މެރީއަށްފަހު ދެން ޔާނިޝް އިނގޭ……………..”
އަޔާން ކުޑަކޮން ޔާނިޝްއާ ދިމާކޮއްލިއެވެ.
“އާނ……. އަސްލުވެސް…… މިހާރުވެސް މަމިހިރީ ލަސްވެފަ……. މިޔަދުމެރީ ކުރީޔާ ކިހިނެއްވާނީ………………….”
ޔާނިޝް ސީރިއެސްވެލިއެވެ.
“ކީއްވެ އަހަރެން ކައިރީ ތިއަހަނީ……… ޔާނިޝްއަށް ދޯ އެނގޭނީ…………”
އަޔާންވެސް ކުޑަކޮން ސީރިއެސްވެލިއެވެ.
“އަޔާން ވަލީ ދިނީމަދޯ މަށަށް މެރީ ކުރެވޭނީ………”
ޔާނިޝް ރަކިވެލަމުން ބުނެލިއެވެ.
“ޔާނިޝް……. ޔޫ މީންސް އާޔާ………..”
އަޔާން ޔާނިޝްކައިރީ އެނދުމަތީ އިށީނެވެ.
“ހޫން….. މަށަށް އޭނަ ވަރަށް ކަމުދޭ….. އަޔާން ގަބޫލީޔާ އޯކޭކުރަންވީ…….”
ޔާނިޝްގެ ވާހަކަތަކުން އަޔާން ވަރަށް އުފާވިއެވެ. އަޔާންގެ ހުރިހަމަ އެކަނި މީހަކީ އާޔާ ކަމަށްބުނެ، އާޔާ އުފަލުގަ ބެހެއްޓުމަށް ޔާނިޝްގާތު އަޔާން އެދުނެވެ.
މުޅިގެޔާއި ގެކައިރި ހިސާބު އެއްކޮން ދިއްލާލެވިފައިވަނީ އަޔާންއާއި ރައުފާގެ ކައިވެނީގެ އުފަލުގައެވެ. ގިނަ ބައިވެރިން އެކައިވެންޔަށް އައިސްތިއްބެވެ. ޔާނީޝްހުރީ އޭނާގެ ބައިވެރިޔާ އާޔާ ފެނޭތޯއެވެ. ޔާނިޝްއަށް އާޔާފެނުނީ ގެސްޓްރޫމް ކައިރިންނެވެ. އިތުރު އެއްވެސް މީހަކު ފެންނަށް ނެތުމުން ޔާނިޝް ވަގުތުގެ ބޭނުން ހިފިއެވެ.
“އާޔާ…………………..”
އާޔާ ހުއްޓުނީ ޔާނިޝްގެ އަޑަށެވެ. ޔާނިޝް އައިސް އާޔާގެ ދެކޮޑަށް އަތްވައްޓާލިއެވެ.
“އާޔާވީ ރޫމްގަ……. އަހަންނަށް ކިޔަނީ މީޝާ…….”
ޔާނިޝްގެ އަތް ދުރުކޮއްލަމުން މީޝާ ބުނެލިއެވެ.
“ވަޓް……………………………”
މީޝާގެ ޖުމްލައިން ޔާނިޝް ހައިރާންވިއެވެ. ޔާނިޝްއަށް އިތުރަށް ވިސްނާލަން މަޖުބޫރުވިއެވެ. އެވަގުތު ޔާނިޝްއަށް ކުރެވުނު ކުށް އިހްސާސްވިއެވެ. މީޝާއާ އާޔާ ވަކިކުރީ ހުދު ޔާނިޝްއެވެ. ލޯބީގެ މެސެޖްތައް ކުރަންބޭނުންވީ މީޝާއަށްށެވެ. ނަމަވެސް ކުރެވުނީ އާޔާއާއެވެ. ކޮފީ ހިފައިގެންއައީ އާޔާއެވެ. ފުރަތަމަ އާޔާގެ މޫނު ޔާނިޝްއަށް ދެއްކުމަށް ޔާނިޝް އެދިފައިވާތީއެވެ. އަޔާންގާތުވެސް މިހާރު ޔާނިޝް އާޔާދެކެ ލޯބިވާ ވާހަކަ ބުނެވިއްޖެއެވެ. ޔާނިޝް ދެލޯމަރާ ތަގުޅިކޮއްލިއެވެ. އަދި ދެއަތުން ބޮލުގެ އިސްތަށި ގަނޑުގަ ހިފާ ބާރުކޮއްލިއެވެ.
ނުނިމޭ
1021 Comments
Comments are closed.
Yaanish furathamawex nanahaalaagen ulhununama. Dhn kihineh baa vaani. v nice..
Thanks މަރްޔަމް……………
Vara salhi
Thanks Shifa…………
Maahee kufuraa vaakahala ehches nuliyeba.. beyru meehunge Quotes thah aharun copy kuran vaaany ebunaa ehcheh rangalhah balaafa. In your bio you have written ” I Am single bcx god is writing the best story for me” mi kiyaalymaves eba ingeydhw aharun muslimun mikahala ehcheh copykohgen nuvaanekan. ekam bunevidhaanedhw i am waiting for the one god has planned for me ey. Ekam bxy with writing best story inyma varah ehnkahala.. just saying.. Story isso beautiful.. Keep it up dear
Thanks v Bodah thi Comment ah vx……… Inshaa Allah I will take care of all those things…..
Yes aharen vx varah hairaan vi ethan fenifa
Haha kada vaane… ????
hehe……
Varah liyumuge kuh gina ekumves story varah reethi
Thanks Thaa………. will Try to improve…….
Thivy vaan vi gothah dhurun dhehkky ma vaani ehen aayan gaathu vess bunefi aga gadha kamun
HeHe…
Hahaha thiothee kanthakaa jehifa lobi hushehelhee ehen meehakah dhenvaanee kihineh avahah aneh paat genes dhee maahee thanks ????
Thanks Khadheeja……..
vrh salhi mi part ves…waiting for the next part….next part avahah up kolladhehchey…
Thanks aysh……….
ގުރަށްދާށެވެ
ހީޔީ އޭނާގެ
ހީވިލެއް
ޓެންކްސް
avahah up kuriyas eh faharu kiyaalaafa mistake thah rangalhukohlaafa upkurahchey… vrarah undhagu mistakethah gina v ma kiyan.. alhey haadha dhera gothekey dhw e v.. meeshaa & yaanish ingey gulhuvaany
v bodah sry igey Unknown…… mistake thah ignore kureveythov try kuraanan…
Dhen varah foohi vey bro and sis forbidden love dheke. Emme furathama egothah dhivehi bro and sis forbidden love story akah kee aishaa ge naadhaan vaahaka. Reeny ves mihaaru aisha kairin edhuru vee tha dhen varah hadi ekahala forbidden love stories. Aisha ge sababun emmen hithah reethivegen tha miulhenee ekahala story line???? Kamaku nudhey. Ey maa reethi kameh kamah emmena heevany dho. Emme fahun ves aisha liyunu vaahakaiga ves ammar marry kury ves eyna ge sis aa
Aisha ge vaahaka thah kiyany kon thaakun?