ހިތުގެ އެދުމޭތީ (4 ވަނަބައި)
ޔާނިޝް ދެލޯމަރާ ތަގުޅިކޮއްލިއެވެ. އަދި ދެއަތުން ބޮލުގެ އިސްތަށި ގަނޑުގަ ހިފާ ބާރުކޮއްލިއެވެ.
“މީޝާ………….”
ޔާނިޝް ދުވެފަ ކަހަލަ ގޮތަކަށްގޮސް މީޝާގެ އަތުގަހިފިއެވެ.
“މީޝާ………. އަހަންނަށް ވަރަށް ބޮޑަށް އޮޅުނީ………. އަހަރެންހީކުރީ ތީކަމަށް އާޔާއަކީ…….. ތީކަމަށް އަޔާންގެ ކޮއްކޮއަކީ…… އާޔާ މެސެޖް ކުރީމަވެސް އަހަރެންބުނިން އަހަރެން އާޔާދެކެ ވަރަށް ލޯބިވެޔޭ……. މިހާރު އަޔާންގާތުވެސް ބުނެވިއްޖެ……”
ޔާނިޝް އެއްނޭވާއިން ކަހަލަގޮތަކަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. މީޝާއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭނގިފަ ޔާނިޝްގެ ވާހަކަތައް އަޑުއަހާށެވެ. ޔާނިޝް މީޝާގެ ގައިގަ ބާރަށް ބައްދާލިއެވެ.
“އައި ލަވް ޔޫ މީޝާ….. އަހަރެން ލޯބިވަނީ މީޝާދެކެ….. އައި ލަވް ޔޫ ސޯ މަޗް…..”
ޔާނިޝްގެ ހިތަށް ކޮއްފައިވާ އަސަރު މީޝާއަށް އިހުސާސް ކުރެވުނެވެ.
“އައި ލަވް ޔޫ ޓޫ ޔާނިޝް…………”
ބޭއިހްތިޔާރުގައި މީޝާގެ ހިތުގެ އަޑު ޔާނިޝްއަށް އިއްވާލިއެވެ. މުޅިރޭހެން މިދެލޯބިވެރިން ހޭދަކުރީ އެކީގައެވެ. އެއްހިތެއްގެ އަޑުއަނެއް ހިތަށް ފޯރުކޮއްދިނުމުގައެވެ.
“އައި މިސް ޔޫ ސޯ މަޗް….. މުޅި ޕާޓީތެރޭ ހޯދުނީ ޔާނިޝް ފެނޭތޯ….. ވެލް… ގުޑް ނައިޓް…. ލަވް ޔޫ……”
ޔާނިޝް ފޯނުނަގާ މީޝާގެ މެސެޖް ކިޔާލިއެވެ. ޖަވާބުގައި ފޮނުވާނެ އެއްޗެއް ނޭނގެއެވެ. ޔާނިޝް ޖައްވުގެ ތެރެއަށް ފުންނޭވާއެއް ދޫކޮއްލިއެވެ.
“ޔާނިޝް ރޭގަ ކޮންތާކު އުޅުނީ…. ފޮޓޯނަގަށް ވަރަށް ހޯދިން……..”
އަޔާންއާއި ޔާނިޝްތިބީ ހެނދުނުގެ ނާސްތާ ކުރާށެވެ.
“އަހަރެންހުރީ ބޭރުގަ ހެދިކާތައް ހުސްވޭތޯ ބަލަށް……..”
ވިސްނާލަމުން ޔާނިޝް ބުނެލިއެވެ.
“ޔާނިޝް ދާންވީނު މިއަދު އާޔާ ކޮލެޖަށްލާން……. އަހަރެން ބޭނުމެއްނޫން މިއަދު ރައު ދޫކޮއްފަ އެއްތާކަށްވެސް ދާކަށް……….”
އަޔާންގެ ވާހަކަތަކަށް ޔާނިޝް ހީލަމުން އާނއެކޭބުނެ ބޯޖަހާލިއެވެ. ޔާނިޝް ބޭރުގައި މަޑުކޮއްލައިގެން ހުރީ އާޔާމެންގެ އިންތިޒާރުގައެވެ. މީޝާވެސް އަންނާނެކަން އެނގޭތީ ޔާނިޝްހުރީ އުފަލުންނެވެ.
“ހިނގާދާން……….”
ޔާނިޝް ސިހުނީ އާޔާ އައިސް އޭނާގެ އަތުގަ ހިފުމުންނެވެ. އަވަސް އަވަހަށް ޔާނިޝް އާޔާގެ މޫނަށް ބަލާލިއެވެ. އަދި ދުރުގަ ބަލަންހުރި މީޝާއަށް ބަލާލިއެވެ.
” ހިނގާ……”
އާޔާއަށް ހިނިތުންވެލަމުން ޔާނިޝް ކާރާދިމާލަށް ހިނގައިގަތެވެ. އާޔާއެރީ ޔާނިޝްގެ ކައިރިއަށް، ކުރީ ސީޓަށެވެ. މީޝާއިނީ ފަހަތު ސީޓުގައެވެ. ލޯގަނޑުކޮޅުން ޔާނިޝްއަށް މީޝާ ވަރަށް ރަގަނޅަށް ފެނެއެވެ. ދެވުންއިރުވެސް މީޝާއިނީ ބޭރުބަލާށެވެ. އާޔާ ޔާނިޝްއާ ގައިގޯޅިވެގެން އުޅޭތަން ބަލަންބޭނުން ނުވާތީ ކަންނޭނގެއެވެ.
ރޭގަނޑުގެ ވަގުތެވެ. ޔާނިޝް އިންތިޒާރު ކުރަމުން ދިޔައީ ޑުރައިވަރ މީޝާމެން ގޮވައިގެން އަންނާނެއިރަކަށެވެ. މީޝާ ދެކިލާފަނޫނީ ޔާނިޝްގެ ލޮލަށް މިހާރު ނިދިވެސް ނާންނަކަހަލައެވެ.
ޔާނިޝްއަށް ހޭލެވުނީ ދޮރުގަ މީހަކު ޓަކިދިން އަޑަށެވެ. ލޯއުގުޅަމުން ތެދުވެ ގަޑިބަލާލިއިރު 2 ޖަހަނީއެވެ. މަޑުހިގުމެއްގައި ޔާނިޝްގޮސް ދޮރު ހުޅުވާލިއެވެ.
“އާޔާ………..”
ޔާނިޝް ސިހުނީ ދޮރުމަތީ ހުރި އާޔާ ފެނިފައެވެ.
“ޔާނިޝް ދެކިނުލާ ނިދިނައިސްގެން މިއުޅެނީ……..”
އާޔާ މަޑުމަޑުން ޔާނިޝްގެ ގައިގަ ބައްދާލިއެވެ.
“އައި ލަވް ޔޫ ސޯ މަޗް………”
އެވަގުތު ޔާނިޝް އާޔާ ދުރުކޮއްލިއެވެ.
“ދެންދޭ ނިދަން މިހާރު ވަރަށް ލަސްވެއްޖެ އެއްނު……….”
އާޔާ ނުކުތުމުން އިތުރަށް އެއްޗެކޭ ނުބުނެ ޔާނިޝް ދޮރުލެއްޕިއެވެ.
ޖެހިގެންއައި ދުވަހު އަޔާން އޮތީ ޕިކްނިކް ދަތުރެއް ރެޑީ ކޮއްފައެވެ. ޔާނިޝް އުއްމީދު ކޮއްގެންހުރީ މިދަތުރަކީ މީޝާ އަދި ޔާނިޝް އިތުރަށް ގާތްކޮއްދޭނެ ދަތުރަކަށްވާނެ ކަމަށްށެވެ. އަޔާންއާއި އާޔާ އަދި ޔާނިޝް މޫދަށް އެރިގެން އުޅުންއިރު މީޝާއާއި ރައުފާ ތިބީ ދޮންވެލިގަނޑު މަތީ އިށީދެލައިގެންނެވެ. ދޭތެރެއަކުން އަޔާންއައިސް ރައުފާ އުރާލައިގެން ކަހަލަ ގޮތަކަށް ގެންގޮސް މޫދަށް އެރުވިއެވެ. އިރުކޮޅެއްފަހުން ޔާނިޝް އެއްގަމަށް އަންނަތަންފެނިފަ މީޝާގެ ހިތްބާރު ބާރަށް ތެޅެންފެށިއެވެ. އަވަސް އަވަހަށް އެހެންދިމާލަކަށް ބަލަންފެށިއެވެ.
“ޑޯންޓް ވޮރީ……. ހަމައެކަނި ފެންފުޅި ބަލައި މިއައީ……….”
ހީލަމުން ޔާނިޝް ބުނެލިއެވެ. ޔާނިޝް ދިއުމުން ލަދުން މީޝާ މޫނުމަތީ އަތް އަޅާލިއެވެ. މުޅި ޕިކްނިކްގަ ޔާނިޝް އުޅެން ޖެހުނީ އާޔާއާއެކީގައެވެ. މީޝާއަށް އިންނަންޖެހުނީ އެކަނިވެރިވެފައެވެ. އެހެންކަމުން ޔާނިޝް އަދި މީޝާވެސް ހުރީ ފޫހިވެފައެވެ.
ދުވާލުގެ އަލިކަތުގެ މައްޗަށް ރޭގަނޑުގެ އަނދިރިކަން ބާރުފޯރުވަމުން އައިސް މުޅި ދުނިޔެމަތި އަދިރިކޮއްލައިފިއެވެ. އަޔާން އާއި ޔާނިޝް ތިބީ ސިޓިންރޫމް ގައި އެކިކަންކަމާ މަޝްވަރާކޮށް، ވާހަކަދައްކާށެވެ. މީޝާ އަދި ރައުފާ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގައި އުޅެއެވެ. ކާކޮޓަރި ހުންނަނީ ސިޓިންރޫމްއަށް ފެންނަގޮތަށް ކަމަށްވާތީ މީޝާ ދިޔައީ ޔާނިޝްމެންގެ ވާހަކަތައް ވަރަށް ރަގަނޅަށް އަޑުއަހަމުންނެވެ.
“ޔާނިޝްގެ ޗުއްޓީ ހަމަވަނީ ކޮންއިރަކުން…….”
އަޔާންގެ ސުވާލުން މީޝާ ޔާނިޝްއަށް ބަލާލިއެވެ. އެއީ މީޝާވެސް ޖަވާބު ހޯދަން ބޭނުންވާ ސުވާލަކަށް ވާތީއެވެ.
“ޗުއްޓީ މާދަން ހަމަވާނެ….. އެކަމަކު އަހަރެން މިގަސްތުކުރަނީ އަދި ދުވަސް ކޮޅެއްގަ ރައު ކައްކާ މީރު ކެއުން ކާން މަޑުކޮއްލަށް………”
ލާނެއްވެލަމުން ޔާނިޝް ބުނެލިއެވެ. ޔާނިޝްގެ ޖަވާބުން މީޝާ ކުޑަކޮން ހީލިއެވެ.
“އާނ…. އަހަރެންވެސް ބުނަން މިއުޅުނީ އަދި ދުވަސް ކޮޅެއްގަ މަޑު ކޮއްލާށޭ……”
އަޔާން ބޭނުންވިގޮތް ހާމަކޮއްލިއެވެ.
“އެއީ ކީއްވެ……………….”
އާޔާންގެ މަގްސަދު ނޭނގޭތީ ޔާނިޝްގެ ހިތް ނުތަނަވަސްވިއެވެ.
” އަހަރެން މިވިސްނަނީ ޔާނިޝްގެ ޗުއްޓީ ހަމަވާން ވާއިރަށް ތިދެމީހުން މެރީ ކުރުވަށް……”
އަޔާންގެ ޖުމްލައިން މީޝާގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އަޅާލިހެންނެވެ. ޔާނިޝްގެ ހާލަކީވެސް އެއީއެވެ.
“ވަޓް…. މެރީއޭ……. އަދިމާ އަވަހެއްނު….. އާޔާގެ ކިޔެވުންވެސް އަދި ދެބައިނުވޭ….. ސޯ…”
ޔާނިޝް ކުޑަކޮން ހަމަޖެހިލަމުން ބުނެލިއެވެ.
“ކިޔެވިދާނެ އެއްނު މެރީ ކޮއްފަވެސް….. އާޔާވެސް ބޭނުންވަނީ އަވަހަށް މެރީ ކުރަން…”
އަޔާން އިތުރަށް ބުނެލިއެވެ. ޔާނިޝްއަށް ދޭނެޖަވާބެއް ނޭނގުނެވެ.
“އެކަމަކު އަދި އަހަރެން ރެޑީއެއްނޫން މެރީއަކަށް……..”
ވިސްނާލަމުން ޔާނިޝް ބުނެލިއެވެ.
“ޔާނިޝް އެއްވެސް ރެޑީއެއް ވާނެކަމެއްނެތް… އަހަރެން ހުންނާނީ ހުރިހާކަމެއް ހަމަޖައްސާފަ…. އެކަމަކު ޔާނިޝް އާޔާއަށް ދެރައެއް ދީގެން ނުވާނެ…… ޔާނިޝް… ޕުރޮމިސް މީ ޔޫ ވިލް ނޮޓް ހާރޓް ހެރ…….. ޕުރޮމިސް މީ…….”
ޔާނިޝްއަށް ބޭއިހްތިޔާރުގައި މީޝާއަށް ބަލާލެވުނެވެ. އަޔާން އިނީ ޔާނިޝްއާ ދިމާލަށް އަތްދިއްކޮށް ލައިގެންނެވެ.
“ޔާނިޝް…. ޕުރޮމިސް ކުރޭ ދުވަހަކުވެސް އާޔާ ދޫކޮއްނުލާނަން ކަމަށް…… ދުވަހަކުވެސް އާޔާއަށް ދެރައެއް ނުދޭނަން ކަމަށް……”
އަޔާން އަނެއްކާވެސް ބުނެލިއެވެ. ޔާނިޝްއަށް އިނީ އަދިވެސް ދޭނެ ޖަވާބެއް ނޭނގިފައެވެ. އެއްފަހަރު އަޔާންގެ އަތަށް، އަނެއްފަހަރު މީޝާގެ މޫނަށް ޔާނިޝް ބަލާލިއެވެ. ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.



Vanuvaa naygai
adhi egeyne…
varah reethi…..
Thanks Anonymous……
Yaarahbee…????
Dhn vanee kihinehbaa..
Vaahaka varah reethi..?❤
Thanks Brainless……
Vaahaka kiyanmun dhiyairu heevany v avas aruvaalaafa vaahaka liyefa hurihen. Anyway vaahaka v reethi
Baeh thankolhu kolhu ignore kohfa huryma kanneyge….. Thanks G. .
Vaahaka v reethi
Wow varah reethi.avahah next part up kohdhehcheyy ??
Thanks leesa………
Hey maahee! Can you tell me what is happening in the story? I didn’t understand anything! I jux want to know what is happening in the story. Fashaigen story read kuri iruves didn’t know anything! Hope you tell me!???
adhi kudakon confusing gothakah gendhaathy kanneyge dhw…… fahuge baithakun egeyne kamah ummeedhu kuran……
Oh! Ok waiting for the next part! Story is really very nice!???
Thanks Someone…….
You’re most welcome! Next part kon irakun maahee??
Insha Allah next Tuesday ga……..
Thankx? Jux waiting for the next part?
vrh rythi
Thanks aysh………
wowwww,,,,habeys hama ???????????
Thanks 404 Error!……..