Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލާމާތް ލޯބި – 10

leafy Level 210 Stories100 Login
August 3, 2026 8 Mins Read
2 Comments

ޖޫނާގެ ގައިން ތުރުތުރު އަޅައިގެން ދިޔައެވެ. މިއީ އޭނާއަށް އެ ނަންބަރުން ގުޅި ދެވަނަ ފަހަރެވެ. ކުރީ ފަހަރުގައި އަޅައިނުލާ ބެހެއްޓީއެވެ. އެއީ ދެއްކި ވާހަކަ އެހާ މުހިއްމު ނުވީމައެވެ. ނަމަވެސް މިފަހަރު ލުބުނާގެ ނަން ބޭނުންކުރުމުން އެއީ އޭނާގެ ކަންތައްތަކަށް ފާރަވެރިވެ އުޅޭ މީހެއްކަން އޭނާއަށް ދޭހަވިއެވެ. އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ހަދާނެ ގޮތް ހުސްވިއެވެ. މިފަހަރު އޭނާ ރައްކާތެރިވުމަށް ފިލާނެ ބިތެއްވެސް ފެންނަ ހިސާބަކު ނެތެވެ. ބިރުން ހަށިގަނޑު އިންތަނުން ގުޑުވާލަންވެސް ނުކެރިފައި އިނެވެ. ގައިގެ މަސްތައް ހަރުވެ ހިލަވެފައިވާ ފަދައެވެ. އަދިވެސް އާގަމަވެފައި ފޯނުގެ ދިއްލިފައިވާ ސަތަހައަށް ބަލަން އިނެވެ. އެ ގުޅި މީހެއް އިނގޭތޯ މަސައްކަތް ކުރިއެވެ. ނަމަކަށް އަރަނީ ‘ގޮތް ނޭނގޭ މީހާ’އެވެ. އިރުކޮޅަކުން މީހާ ހަމައަކަށް އެޅިލަމުން ހަށިފުރާ ނޭވާއެއްލިއެވެ. ގޮނޑިން ތެދުވެ ވަދީލުގެ އޮފީހަށް މާލީކަންކަމާ ބެހޭ ކީސާ ހިފައިގެން ދިޔައެވެ. “އައްސަލާމު ޢަލައިކުމް. މިއޮތީ މާލީ ކަންކަމާ ގުޅުންހުރި ކީސާ. ރިޕޯޓުތައް ޚުލާސާކޮށްފައި ހުންނާނެ.” ޖޫނާ އަތުގައި އޮތް ކީސާއަށް އިޝާރާތް ކުރަމުން ބުންޏެވެ. “ހޫނ. ތީގައިވާ ތާވަލުތައް މޮނީޓަރަށް އެޅުމަށް އެ އޮފީހަށް ދޭ! މި ގަޑީގައި ތި ތާވަލުތައް އެއްކޮށް ނިންމާލާތި.” ވަދީލު ފޫހިވެފައި ބަރު އަޑަކުން ބުންޏެވެ.

ޖޫނާ އެއްވެސް އިދިކީލި ކަމެއްނެތި އަމުރަށް ކިޔަމަންވިއެވެ. ވަދީލު އޭނާގެ މޫނަށް ނުލަފާ ހިނިތުންވުމެއް ވެރި ކުރުވިއެވެ. ބުނިގޮތަށް ޖޫނާ އޮފީހުގެ މާލީކަންކަމާ ގުޅޭ ބަޔަށް ދިޔައެވެ. މޭޒުދޮށުގައި އިށީނދެ ފަހަރަކު ތާވަލެއް މޮނީޓަރަށް ނަގަމުން ދިޔައެވެ. ޖޫނާއަށް ކަމުގެ ތެރެއަށް ވަދެވުމުން ފަސޭހަވިއެވެ. ސަމަކާރި ގޮތުގައި މަސައްކަތް ކުރަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ގަޑިއަށް ލޯ ހިންގާލާ، އަތުގެ އިނގިލިތައް ކަސްރަތަށް ދަމާލައެވެ. އެއްކޮށް މަސައްކަތް ނިމުނު އިރު އޮފީހުގައި ތިބީ ދެތިން މީހެކެވެ. ޖޫނާ އޮފީހުގެ މާލީ އޮފީހުގެ ބަޔަށް ވަދެގެން ދިޔައެވެ. ދަބަހުގައި އޮތް އެއްޗެއް ވެއްޓި މޭޒުގެ ދޮށަށް ވާގޮތަށް ތިރިވިއެވެ. ކުޑަ ވަރެއްގެ ޗޮކުލެޓު އުރައެއް މޭޒު ތަންދޮށުން ނެގިއެވެ. މި ހުރިހާ މަންޒަރެއް ފާރުގެ ކަނުގައިވާ ކެމެރާއަކަށް ރިކޯޑުވަމުން ދިޔައެވެ. ނަމަވެސް ކެމެރާއިން ދެއްކި މަންޒަރުތައް ފެންނަމުން ދާ ގޮތް ވީ ކަންތައްތަކާ އެހާވެސް ތަފާތެވެ. ކީސާ މާލީ އޮފީހަށް ލުމަށްފަހު ނިމިފައިވާ ތާވަލުތައް ވަދީލުއަށް ފޮނުވާލުމަށްފަހު ގެއަށް ދިޔުމަށް ދަތުރު ފެށިއެވެ. ދަބަހަށް އެއްޗެހި ހަމަ ކުރުމަށްފަހު، ގެއަށް ދިޔުމަށް ނުކުތެވެ.

ކުންފުނީގެ އިމާރާތުގެ ބޭރުގައި ލުބުނާ ހުރިތަންފެނި ޖޫނާ ބާރަށް ދާން އުޅުނެވެ. “އަހަނ. ރައިޝާ؟! ގޮވައިވެސް ނުލަމެންމު!” ލުބުނާ ފޯނު ޖީބަށް ލަމުން ބުންޏެވެ. “ރަށަކަށް ނުދަންތަ؟” ލުބުނާ އިތުރުކޮށްލިއެވެ. “ހޫނ. ނުދަން.” ރައިޝާގެ ގައިން ތުރުތުރު އެޅިއެވެ. އޭނާގެ ޚަބަރު އާހިލުއަށް ދީފާނެތީވެ ބިރުގެންފައި ހުއްޓެވެ. ލުބުނާއަށްވުރެ އަވަހަށް އެތަނުން ދުރަށް ޖެހިލަން ޖޫނާ ބޭނުންވިއެވެ. “އާހިލު ކައިރީ އަހަރެންގެ ވާހަކަ ނަން ނުގަންނާތި!” ޖޫނާ މަޑުން ހުރެ އިސްދަށަށް ޖަހައިގެން ހުރެ ބުންޏެވެ. ލުބުނާ ދެ ލޯ ކުނާކޮށްލަމުން ހޫނ އަޅުވާލިއެވެ. އޭނާ އަވަހަށް ގޮތް ނޭނގޭ މީހާ ބުނި ހުޅެރި ގެއާ ދިމާއަށް ދިޔުމަށް އަވަސްވެ ގަތެވެ. ޖޫނާ ދިޔަތަން ބަލަން ހުރެ އޭނާގެ ހިތުގައި ރޭވުމެއް ރާވަން ފެށިއެވެ. ލުބުނާ އަވަސް އަވަހަށް ފޯނުނަގާ އާރިފުބެއަށް ގުޅިއެވެ. ރައިޝާއޭ ކިޔައިގެން ދެއްކުނުހާ ނުބައި ވާހަކަތަކެއް ދެއްކިއެވެ. ކުންފުނީގެ މުހިއްމު ފައިލުތަކެއް ވައްކަންކުރި ކަމަށް ބުންޏެވެ. ނަމަވެސް އެ ފައިލުތައް ހުރީ ލުބުނާގެ ދަބަަހުގައެވެ. އަދިވެސް ލުބުނާ މަސައްކަތް ކުރަމުން ދިޔައީ އާހިލުގެ ފަރާތުން ފުރުސަތެއް ލިބޭތޯއެވެ.

ޗާޓު ފޯނުން ބަލަމުން އެ ކިޔާ ގެއެއް ޖޫނާ ހޯދިއެވެ. އަވަސް ހިނގުމުގައި އިރުއޮއްސިފައި ވާތީވެ ހުޅެރި ގޭގެ ފެންޑާއަށް ވަދެ ސަލާން ގޮވިއެވެ. އިސްތައްޓެއް ވެއްޓުނަސް އަޑު ކިޔާހާ ހިމޭންކަން އެތާގައި ވެރިވެފައި އޮތެވެ. އެކަކުވެސް ފެންނަން ނެތުމުން އެ ބިނާރުގެ އެތެރެއަށް ވަނެވެ. ޖޫނާ މަޑުމަޑުން ހިނގަމުން ކޮޓަރިތަކަށް ނަޒަރު ހިންގަމުން ދިޔައެވެ. އިމާރާތުގެ ތިންވަނަ ބުރިއަށް އެރުނުއިރު މީހުން ވާހަކަދައްކާއަޑު އިވެންފެށިއެވެ. ހިންޏަކަށްވެސް ނޭނގޭހާ މަޑުން ޖޫނާ އެ ކޮޓަރީގެ ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޖޫނާއަށް އެ މީހުން ދައްކާ ވާހަކައަށްވުރެ ސަމާލުކަން ދެވުނީ އެ އަޑަށެވެ. އެ މީހާގެ އަޑު އޭނާއަށް ދަންނަ އަޑަކާ ވައްތަރެވެ. ކޮޓަރީގެ ދޮރު ހުޅުވާލިހެން ޖޫނާއަށް ފެނުނު މަންޒަރުން ދެ ލޯ ބޮޑުކޮށްލެވުނެވެ. “ދޮންބޭ؟…” މަޑު އަޑަކުން ބުނެވުނު އެ ބަސް މުޅި ކޮޓަރީގައި ގުގުމާލިއެވެ. އެ އަޑަށް ކޮންޕިއުޓަރަށް ގެއްލިފައިތިބި ޒާންއާއި އިބުރާހީމް ތެޅިގެންފައި ދޮރާ ދިމާއަށް ބަލައިލިއެވެ. ޒާން ޖޫނާއަށް ނަޒަރު ހިންގާލިއެވެ. ޖޫނާ ދުވެފައިގޮސް އޭނާގެ ދޮންބެ ގައިގަ ބައްދާލިއެވެ. “ދޮންބެ މިތާގައި ކީތްކުރަނީ؟”

“ރައިޝާ؟ ދޮންބެޔޭ؟” ޒާން ޝައްކު ކުރަމުން ދިޔައެވެ. ‘އެއީ ރައިޝާއެއް ނޫންބާވައެވެ؟’ ޒާންގެ ހިތުގައި ދައުރުވަމުން ދިޔައެވެ. “އަހަންނަކީ ޖޫނާއޭ. ރައިޝާ އެއީ އަސްލު ނޫން ނަމެއް.” ޖޫނާ ކިޔައިދިނެވެ. ޖޫނާކަން އެނގުމުން ޒާން އިތުރަށް ބަދަހި ކޮށްލިއެވެ. “ޖޫނާ! ދޮންބެ ހީކުރީ ނަޒްލާ އޭރު މަރުވި ވާހަކަ ބުނުމުން ޖޫނާ މި ދުނިޔެއާ އަލްވަދާޢު ކީ ކަމަށް.” ޒާންއަށްވެސް ފެންކަޅި ވެވުނެވެ. ވޭތުވެދިޔަ ހަމަހުގައި އޭނާ ކުރި ހިތާމަ ހަނދާނަށް ގެނައެވެ. މަންމަ ވަޅުލުމަށްފަހު އާ ފެށުމެއް ލިބޭތޯ އޭނާ ކުރި މަސައްކަތެވެ. އާއިލީ ހުރިހާ އެންމެން މަރުވިހެން އޭނާ އެ ދަނގެތިން ހުޅުމާލެއަށް ބަދަލުވީއެވެ. ހަމައެކަނި އުޅެވޭ ވަރަށް ވަޒީފާއެއް ހޯދައިގެން އުޅުނެވެ. ޖޫނާ ކަމުގެ ހަގީގަތް ކިޔައިދިނެވެ. އޭނާ ރޭވި ރޭވުންވެސް އަކުރުން އަކުރަށް ކިޔައިދިނެވެ. އޭނާގެ ރޭވުން ކުރިއަށް ނުދިޔަ ވާހަކަވެސް ބުންޏެވެ. ނަމަވެސް އާހިލުއާ އެހެނިހެން ވާހަކަތަކެއް ބަޔާނެއް ނުކުރެއެވެ. “އަހަރުން މިހހުރީ ސަމާއަށްވެސް ގުޅާލަން ނުކެރިފައި. ޖޫނާގެ މަރުގެ ސަބަބުން އެންމެ ދެރަވާނީ އޭނާކަން މަށަށް އިނގޭ.” ޒާން ބުންޏެވެ. “އެކަމު މިހާރު އަހަންނަށް ކޮންމެވެސް ޔަގީންކަމެއް ލިބިއްޖެ.” ޒާން އިތުރަށް ޖޫނާ ގައިގައި ފިރުމާލަމުން ބުންޏެވެ. “ކޮންތާކު އުޅެނީ؟” ޒާން ޖޫނާ ދޫކޮށްލަމުން ބުންޏެވެ. “ދޮނޭ ގޭގައި. ނަޒްލާމެންނާއެކު. މިހާރު ވަޒީފާގައި އުޅޭތާ ފަސް މަސް ވީ.” ޖޫނާ ކިޔައިދިނެވެ.

“މިތަނަށް އަންނަން ގުޅީ ދޮންބެއެއް ނޫންތަ؟ މިއަދު މެންދުރުފަހު ގޮތްނޭނގޭ ނަންބަރެއް ގުޅާފައިބުނީ މި ގޯއްޗަށް ދާށޭ. އެހެންނޫނީ… އެހެންނޫނީ އަހަންނަކީ ކާކުކަން ލުބުނާމެންނަށް އަންގާލާނަމޯ…” ދެން ޖޫނާ މިއަދުގެ ފޯނުން ގުޅި މީހާ ހަނދާންވެ ވަރަށް އަވަހަށް ބިރުންހުރެ ވާހަކަދައްކަމުން ދިޔައެވެ. “އެކަމު ކާކުބާ އަހަރެމެން ތިބި ތަން އެނގޭނީ؟” އިބުރާހިމުއާ ދިމާއަށް ޒާން ސުވާލު ކުރިއެވެ. އިބުރާހިމް އަވަސް އަވަހަށް ކޮންޕިއުޓަރަށް ލޯ ހިންގާލުމަށްފަހު ގޮތް ނޭނގޭ ‘އައި.ޕީ’އަކުން އެ މީހުންގެ ހަރަކާތްތައް ބަލަމުން ދާކަމަށް ބުންޏެވެ. “ކޮން ވަޒީފާއެއް ތިޔަ އަދާކުރަނީ؟” ޖޫނާ ސުވާލު ކޮށްލިއެވެ. ޒާން ހަމަހިމޭންވިއެވެ. އިބުރާހިމުއަށް އެ މީހުން ތިބި ތަން ބަދަލުވާ ގޮތަށް ހެދުމަށް އަމުރު ކުރިއެވެ.

“މިދޭތެރެ މާރާމާރީ ހިންގީ ކާކުކަން އިނގޭތަ؟” ޖޫނާ މައުލޫ ބަދަލު ކުރުމަށް އެހިއެވެ. ޒާން އަނގައިން ނުބުނެ ވިސްނުމެއްގައި ހުއްޓެވެ. “ކީކޭ؟… ކޮން… މާރާމާރީއެއް؟” ޒާން އިރުކޮޅަކުން ސުވާލު ކުރިއެވެ. “ދޮންބެއަށް ނޭނގޭތަ؟ ފާއިޒުއާ ޔައިމާ. އެއަށްފަހު ފާތިމަތުއާ އަހުސަނުއާ. ލުބުނާއަށްވެސް ގެއްލުންދިން ވާހަކަ އަޑުއެހިން.” ޖޫނާ ކިޔައިދިނެވެ. “އެ ފޮތުގައި އަހަރެން ލިޔެފައިވާ ވާހަކަތަށް ބައްޕަ ކީތަން ފެނުން. ދޮންބެ ކީންތަ؟” ޖޫނާއަށް އޭނާ ލިޔުނު ފޮތް މަތިން ހަނދާންވެ ސުވާލު ކުރިއެވެ. “ކޮން ފޮތެއް؟ އަހަންނަކަށް ނޭނގެ.” ޒާން ނޭނގޭ ކަމަށްހެދި ޖޫނާއާ ދުރަށް ޖެހެމުން ބުންޏެވެ. “ޒާން އަހަންނަށް ހީވަނީ އެ މީހުން މި ބިނާރާ ދިމާއަށް އެބައާދޭހެން!” ލެޕުޓޮޕުގެ ފިތްތަކަށް އޮބަމުން އިބުރާހިމް ބުންޏެވެ. “އަވަސް ކުރޭ އެ އެޕުލިކޭޝަނުގެ ޑާޓާ ރައްކާ ކުރެވޭތޯ ބަލާ! އަވަސް!!” ޒާން އަޑު ބާރުވަމުން ދިޔައެވެ.

އިރުކޮޅަކުން ބާރު އަޑުފަށްގަނޑެއް އިމާރާތުގެ ތިރީބައިން އިވުނެވެ. ބާރުބާރަށް މީހުންތަކެއް ހިނގާފައި އަންނަ އަޑު އިވެއެވެ. ޖޫނާ ހަށިގަނޑު ގުޑާލަންވެސް ނުކެރި ބިރުން ހުއްޓެވެ. ދާނީ ފަހެ ކޮންތާކަށް ހެއްޔެވެ؟ އުޑަށް ހެއްޔެވެ؟ އިމާރާތުން ފުންމާލާނީ ހެއްޔެވެ؟ ޖޫނާގެ ސިކުނޑީގައި ހަނގުރާމަކުރަމުންދިޔަ ޚިޔާލުތައް ފޫދުއްވާލީ ޒާން އޭނާގެ އަތުގައި ހިފައިގެން ދުވަން ފެށުމުންނެވެ. މަތީ ފަންގި ފިލައަށް ދެވޭތޯ އިބުރާހިމު ކުރިއަށް ސިޑިއަށް އަރައިގެން ދިޔައެވެ. މަތީގައި ފިލާނެ ވަކި ރަނގަޅުތަނެއް ނެތެވެ. ޖޫނާ ހަމަ ރަނގަޅަށްވެސް ހާސްވިއެވެ. އޭނާގެ ދޮންބެ ކުރަމުން ދިޔަ ވަކި ޚާއްސަ ކަމެއް ނޭނގުނުތާގައި މިހާރު އިމާރާތަށް ވަދެގަނެގެން އުޅެނީ ކޮންބައެއްތޯ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ޒާން އަނގައިން ނުބުނެ ޖޫނާގެ މަތަކުރުމަށް ފިރުމަމުން ދިޔައެވެ.

އެ މީހުން އައިސް ވަދެގަތީ ދޮރު ފަޅާލާފައެވެ. ފުރަތަމަވަނީ އާރިފުއެވެ. އެއަށްފަހު ޕޮލިހުންގެ ދެ މީހަކު ވަނެވެ. ޖޫނާ ހުރީ ހަމަ ރަނގަޅަށްވެސް އާގަމަ ވެފައެވެ. އާރިފު ސިހިގެން ދިޔައީ ކުރިމަތީގައި ފެންނަންހުރި ކުއްޖެއްގެ ސަބަބުންނެވެ. “ރައިޝާ؟” އާރިފު ހައިރާންވެ ސުވާލު ކުރިއެވެ. ޖޫނާ އަދިވެސް ބިރުން އަނގައިން ނުބުނެވި ހުއްޓެވެ. “އެ ތިން މީހުން ހައްޔަރުކުރޭ!” އާރިފުގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. “ޅީ ދަރިއަކަސް ކުންފުންޏަށް ހަމަލާ ދޭނަމަ ކުށުގެ އަދަބު އޮންނާނެ.” އާރިފު ބާރަށް ބުންޏެވެ. އެބުނި ބަސްތައް ޖޫނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ‘ހައްޔަރު؟ ކޮން ގެއްލުމެއް؟ ކޮން ކުށެއް؟ ކުށުގެ އަދަބު؟؟’ ޖޫނާގެ ހިތުގައި ފޮޅެމުން ދިޔައީ އެހާވެސް ގިނަ ސުވާލެވެ. ވަގުތުގެ ގޮތުން އެއްވެސް ސުވާލެއް އޭނާގެ އަނގައަކުން ބޭރެއް ނުވިއެވެ. ގެންފައިވާ ބިރުން ޒާންގެ އަތުގައި ހިފައިގެން ހުރީއެވެ. އަތްވެސް ފިނިވެ ގަނޑުވެގެން ދިޔަހެން އޭނާއަށް ހީވިއެވެ.

“ކޮން ހަމަލާއެއް؟” ޖޫނާގެ ފަހަތަށް އަތް ގެންގޮސް ބިޑި އެޅުވުމުން ބުންޏެވެ. “އަހަރެމެން ކުރި މަސައްކަތްތައް ވަގަށް ނަގައިގެން މީހުންނަށް ދިނުމަކީ ދެވޭ ހަމަލާއެއް ނޫންތަ؟” އާރިފުގެ އަޑު ވަރަށް ގަދައެވެ. ‘މީހުންނަށް ދިނުން؟’ ޖޫނާ އަނެއްކާވެސް ސުވާލު އުފެދުނެވެ. ނަމަވެސް މިފަހަރު ސުވާލު ކުރާން އަނގަ ހުޅުވާން ވާއިރަށް އާރިފުބޭ ވާހަކަ ދައްކަން ފަށައިފިއެވެ. “ރައިޝާ ވައްކަން ކުރީ ކުންފުނީގެ ފައިލުތައް.” ޕޮލިހުންނަށް ކިޔައިދެމުން ދިޔައެވެ. މުޅި ބިނާރު ތެރޭގައި އާރިފު ކީ އެއްޗެހި ގުގުމަމުން ދިޔައެވެ. ޒާން، ޖޫނާ އަދި އިބުރާހިމުވެސް ހައްޔަރުކޮށް މާލެ ޕޮލިހުންގެ ޖަގަހައަށް ގެންދެވުނެވެ.

ޖަލުގެ ކަޅު ދިގު ދަނޑިތަކުގެ ފަހަތުގައި ތިން މީހުން ބަންދުކުރެވުނެވެ. ޖޫނާ ޒާންއާ ކުރަން ބޭނުންވި ސުވާލުތައް ބައިވަރެވެ. ނަމަވެސް އޭނާގެ އަރަކުން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. މިހާރު ފާޑަކަށް ޒާން ކުރި ކަންތައް އޭނާއަށް ސިފަވަމުން ދިޔައެވެ. އާރިފު ބުނި ދެތިން ބަހަކުން ޖޫނާއަށް މުޅި މަންޒަރުގެ ކުޑަބައެއް ފެނުނެވެ. އިރުކޮޅަކުން އެ މީހުންނާ ސުވާލުކުރުމަށް ކޮންމެ މީހަކުވެސް ވަކިން ކޮޓަރިއަކަށް ގެންދިޔައެވެ. ޒާންއާއި އިބުރާހިމު ސުވާލުތައްކޮށް ނިމުމުން ޖޫނާ އެ ކޮޓަރިގަނޑަށް ގެންދެވުނެވެ.

ފުރަތަމަވެސް ޖޫނާ ކައިރި އެ މީހުން ސުވާލުކުރީ ފީރޯޒު ކުންފުނީގެ އެޕުލިކޭޝަނެއް ވައްކަން ކުރުމުގައި ބައިވެރިވިތޯއެވެ. “ނޫން. އަޅުގަނޑު އެ އިމާރާތަށް ދިޔައީ ފޯނުން މީހަކު ގުޅީމައި.” ޖޫނާ ފޯނުން އެ ނަންބަރު އެ މީހުންނަށް ދެއްކިއެވެ. “އަޅުގަނޑު ތި ކިޔާ އެޕުލިކޭޝަނުގެ އަޑުވެސް ނާހަން.” ޖޫނާއަށް ރޮވޭ ހާލަތުގައި ބިރުން ހުރެ ބުންޏެވެ. ސުވާލުތައް ނިމުމުން އަނެއްކާވެސް ޖަލު ގޮޅިއަށް ގެންދިޔައެވެ. ޖޫނާއަށް ޖަލަށް އާދެވުނު ގޮތަކާއި މެދު އަމިއްލަ ނަފުސަށް ސުވާލުކޮށް ކުދިކިޔަން ފެށިއެވެ. ނަމަވެސް މިހާރު އޭނާއަށް ޒާންމެން ކުރަމުން ދިޔަ ގޯސް ކަންތައް ދޭހަވިއެވެ. ދެން އޭނާގެ ހިތުގައި އުފެދެން ފެށީ އެހެން ސުވާލުތަކެކެވެ. ‘ދޮންބެ އެ ކަން ކުރަނީ ކޮން މަގުސަދެއްގަ ބާވައެވެ؟ އަދާކުރަނީ ކޮން ވަޒީފާއެއް ބާވައެވެ؟’ ނަމަވެސް މީގެން އެންމެ ސުވާލެއްވެސް މިހާރު އޭނާއަށް ކުރެވޭކަށް ނެތެވެ. އިބުރާހިމުއާއި ޒާން ޖަލުގެ ފިރިހެން ފަޅިއަށް ގެންދިޔައީއެވެ. އޭނާ ޖަލުގައި އެކަނިމައި އެކަނި އިށީނދެލައިގެން އިނެވެ. ހަމައެކަނި އޭނާއާއެކު ވަނީ ޚިޔާލުތަކާއި އަނަންތެއްހާ ސުވާލެވެ.

އާހިލު ދުވަހުގެ މަސައްކަތްތައް ކުޑައަޑި ކޮށްލުމަށްފަހު ގެއަށްދާން ކުންފުނީގެ ބިނާއިން ނުކުތެވެ. ސައިކަލަށް އެރުމަށް ފައި ހިއްލާލިހެން އޭނާގެ ބައްޕަ ގުޅިއެވެ. “ކީކޭ ބައްޕާ!” އާރިފު ޕޮލިސް ޖަގަހައިން ބޭރުގައިހުރެ ވީ ކަންތައްތައް ކިޔައިދިނެވެ. “އެޕުލިކޭޝަން ވައްކަންކުރި މީހުން އެނގިއްޖެ. ޒާން، އިބުރާހިމު އަދި ރައިޝާ. މި ތިން މީހުން. މިހާރު އެ މީހުން ހައްޔަރުކޮށްފައި އެތިބީ.” ރައިޝާގެ ނަން އަޑު އިވުނުހެން އާހިލު އަސުރު މަލެއްހެންފޮޅި އެހާ އަވަހަށް ވިލުނެވެ. އޭނާއަށް އަސަރު ކުރުވި ވަރުން ފެންކަޅިވިއެވެ. ފޯނު ކަނޑާލިހެން އޭނާ ދަތުރުފެށީ ވައިގެ ބަނދަރާ ދިމާއަށް ދިއުމަށެވެ. އެ ވަގުތުން ވަގުތަށް ޓިކެޓުނަގައި ހެދިއެވެ. ރޭގަނޑު އިޝާގެ ފަހުން އޮތް މަތިންދާ ބޯޓުން ދަތުރު ފެށިއެވެ. މިފަހަރު އޭނާގެ ހިތުގައި އޮތީ ރައިޝާއާ ގުޅުން އާކޮށްއ ރަށަށް ގެނައުމަށެވެ. މަތިންދާ ބޯޓުގައި އިށީނދެ އިނދެގެންވެސް އޭނާ ބަލަން އިނީ ރައިޝާއާއެކު ނަގާފައިވާ ތަސްވީރަކަށެވެ.

ޖޫނާއަށް ޖަލުގެ ތެރެއިން ދުވި ކުނި ވަސްގަނޑުން މޭނުބައިކޮށްފައި ހުއްޓެވެ. މިއިން ދުވަހަވެސް ސާފުނުކޮށްހުރި އެ ޖަލު ގޮޅީގައި އެކި ބާވަތުގެ ކުދި ސޫފިތައް އުޅުނެވެ. އިށީނުމުން އަޑުކިޔާ ދިގުގޮނޑިއެއްގައި ލެނގިލައިގެން އިނދެ ޖޫނާ ވިސްނަމުން ދިޔައީ ‘ކޮންމެވެސް މީހަކު އޭނާ ސަލާމަތްކުރަން އަންނާނެ ނަމައޭ’އެވެ. ކޯތާފަތްމަތިން ކަރުނަތައް ހިލެމުން ދިޔައިރު އޭނާއަށް އަދިވެސް ހިތުގައި ސުވާލު ކުރެވެމުން ދިޔައީ އޭނާގެ ދޮންބެ އަދާ ކުރަމުންދިޔަ ވަޒީފާއާ މެދުއެވެ. ދެން އޭނާއަށް ހަނދާންވަމުން ދިޔައީ އާހިލުގެ ހަނދާންތަކެވެ. އޭނާ ކުރި މަލާމާތްވެސް މިހާރު އޭނާއަށް ހަނދާން އާވެއެވެ. އާހިލުގެ ފިރުމުންތައް އިހުސާސްކުރަން މިހާރު އޭނާ ބޭނުންވެއެވެ. ނަމަވެސް މިހާރު އޭނާ މިއޮތީ ގުރައެއްހެން ކޮއްޓަށްލައި ބަންދުކޮށްފައެވެ. އާހިލު ދެން ދުވަހަކުވެސް އޭނާއަށް ނުފެންނާނެކަން އޭނާއަށް ޔަގީންވާން ފެށިއެވެ. ޖޫނާ ކޯޓަށް ހާޒިރުކޮށް ވަރިވެސް ކޮށްފާނެއެވެ. ކުށްވެރިޔަކާ ކައިވެނިކޮށްގެން އުޅޭނީ ފަހެ ކާކު ހެއްޔެވެ؟ ޖޫނާގެ ހިތް ވަގުތުކޮޅަކަށްފަހު ވަގުތުކޮޅެއް ނުތަނަވަސް ވަމުން ދިޔައެވެ. އާހިލުގެ ހަނދާންތަކުން އޭނާއަށް ސަލާމަތްވެވޭނެ ގޮތެއް ޖޫނާއަކަށް ނުފެނުނެވެ. އެހެން އިނދެ ހިތުގެ އުދާސްތައް ބޭރުކުރުމަށް ރޮމުން ރޮމުން އެންމެފަހުން ދެ ލޮލަށް ނިދި ލޮލަށް ސަވާރުވިއެވެ.

ދަންވަރުގެ ވަގުތު ޖެހޭކަށް މާދުރެއް ނޫނެވެ. މަތިންދާ ބޯޓުން ފޭބި އެންމެން ގިމަތައިން ނުކުންނަން ފެށިހެން އާހިލުވެސް ވައިގެ ބަނދަރުން ނުކުންނަން ދިޔައެވެ. އާހިލު ގަޑަގަޑަލައިފައި ދެވުނުހާ ބާރަކަށް ހުޅުލެއިން ހުޅުމާލެ ޕޮލިހާ ދިމާއަށް ކުއްޔައް ހިފާ ކާރެއްގައި ދިޔައެވެ. މަގަތުގައި ބެހެއްޓިފައިހުރި ކޮށިގަނޑުގައި ތިބި ދެ ކުދިންނާ ސުވާލު ކުރަންފެށިއެވެ. “ރައިޝާ ކޮބައި؟” އާހިލު ހާސްވެހުރެ ސުވާލު ކުރިއެވެ. އެތަކުން އެ ކުއްޖަކު ޖަލާ ދިމާއަށް ގެންދިޔައެވެ. “އޭނާ ޖަލުން ދޫކޮށްލާނީ ކޮން އިރަކުން؟” އާހިލު ނިދިފައިވާ ޖޫނާއަށް ބަލަންހުރެ ބުންޏެވެ. “މިހާރުވެސް ދޫކޮށްލާނެ. އޭނާ އަހަރެމެންނަށް ލިބުނު ހެކިތަކުން ކުށުގެ އަމަލެއް ހިންގާފައެއް ނެތް. އެކަމު އާރިފުބެ ބުނުއްވީ ޖަލުގައި ބާއްވަން.” އެ ކުއްޖާ ބުންޏެވެ. “އޭނާ ނެރޭ.” އާހިލު އޭނާގެ ބައްޕަގެ ނިންމުމާމެދު ހިތްހަމަ ނުޖެހިފައިހުރެ ބުންޏެވެ. ތަޅު ހުޅުވިހެން އާހިލު ނިދިފައިވާ ޖޫނާ އުރާލައިގެން ނުކުތެވެ. ކާރުގެ ބައިގައި ބޭންދުމަށްފަހު ކަމަރު އެޅުވިއެވެ. އެއަށްފަހު މަޑު ދުވެއްޔެއްގައި ކުއްޔަށް ދޫކުރާ ތަނަކަށް ދިޔައެވެ. އޭރު ރޭގަނޑު ދަންވަރު ބާރަ ޖަހާ ބޮޑު ވެއްޖެއެވެ. ކޮޓަރިއަށްވަދެ ޖޫނާ އެނދުގައި ބޭއްވިއެވެ. އާހިލުވެސް މޫނު ދޮވެލުމަށްފަހު ޖޫނާ ކައިރީ އޮށޯތެވެ. ވޭތުވެ ދިޔަ ހަމަހުގައި އޭނާއަށް ނުފެނި އުޅުނު ރައިޝާ ފެނުމުން ހިތުގެ ފުނުން އޭނާއަށް ހިނިތުންވެވުނެވެ. ރައިޝާގެ އަތުގައި ހިފައިގެން އާހިލު އޮތެވެ. ނިދިފައިވާ ޖޫނާގެ މޫނަށް ބަލަންއޮވެ އާހިލުއަށްވެސް ނިދިއެވެ.

އާ ދުވަހަކަށް އިރު ފެނުން ހިއްލާލާފިއެވެ. ކާޅުތަކާއި ކޮވެލިތައް އެކައްޗެއް އަނެކައްޗަކާ ވާދައަށް ގޮވަމުން ދިޔައެވެ. ފަތިހުގެ ފިނިކަން ހުޅުމާލޭގެ މަގުތަކުން ފިލަން ފެށިއެވެ. ކުޑަދޮރުން އެޅިފައިވީ ފަނޑު އަލިކަމުން ޖޫނާއަށް ހޭލެވުނެވެ. އެއީ އޭނާ ރޭގައި އޮތް ޖަލެއް ނޫނެވެ. ފުރަތަމަވެސް އޭނާއަށް އަޅައިގަތީ މީހެއްގެ ގައިގައި ބައްދައިގެން އޮވެވުނު ކަމެވެ. ކާކުތޯ ބެލުމަށް ބޯ ހިއްލާލިއެވެ. ޖޫނާގެ ހިތުގައި އުފާވެރިކަން އަށަގަތެވެ. އަދި ހަމަ އެއާއެކު ލަދުވެސް ގަތެވެ. އާރިފުބޭގެ ބަސްތައް ހަނދާންވެ ޖެހިލުންވިއެވެ. ބިރުވެސް ގަތެވެ. ހީވަނީ ހުރިހާ އިހުސާސެއް އޭނާގެ ހަށިގަނޑުގައި ހިފާފައިވާ ހެންނެވެ. އޭނާއަށް ވަމުންދިޔަ އިހުސާސްތައް ފެނަށްލައިފިނަ ރޯފަންޏަށް ބަދަލުވާހާ އުފަލާއި ފޮނިކަންވެއެވެ. ނަމަވެސް އެއަށްފަހު ޒަހަރުގެ ރަހަވެސް ހުންނާނެ ފަދައެވެ.

ނިދިފައިވާ އާހިލުގެ ތުނބުޅި އިސްތަށިގަނޑުގައި ޖޫނާ އަތްފުނާ އަޅާލަމުން މެއާ ދިމާއަށް ގާތްވިއެވެ. އާހިލުގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކުރަންް އުޅުނުހެން އޭނާގެ ފޯނުން އަޑު ކިޔަން ފެށިއެވެ. އަޑު ގަދަކަމުން ޖޫނާ ދިޔައީ ތަޅުއްވައި ގެންނެވެ. އަވަސް އަވަހަށް އޭނާގެ ފޯނު ނެގުމަށް އެނދުގައި އިށީނެވެ. އަވަހަށް ފޯނު ފިތަށް އޮބާލުމަށްފަހު “މަރުހަބާ”އޭ ބުންޏެވެ. “އާނ. ރޭގައި ތަންކޮޅެއް ބުރަވީ. އޮފީހުގައި ނިދުނީ. މި ދަނީ އިރުކޮޅަކުން.” ޖޫނާ ނަޒްލާއަށް އެހެން ބުނުމަށްފަހު، އެނދުން ތެދުވިއެވެ. އޭރުވެސް އާހިލު އޮތީ ގަދަ ނިދީގައެވެ. ޖޫނާގެ ހިތުގައި އާދަޔާ ޚިލާފު އިހުސާސްތަކެއް ވިއެވެ. ހިތުގެ އެއްފަޅި މަޑު ކުރާށޭ ކިޔާ އާދޭސް ކުރާއިރު އޭގެ އަނެއްފަޅި ގޮވަމުން ދިޔައީ އާހިލުއާ ދުރަށް ދިޔުމަށެވެ. ޖޫނާގެ ފޯނު ހިފައިގެން ތަޅަށް ޖަހާފައިވާ ތަޅުދަނޑިން ދޮރު ހުޅުވުމަށްފަހު އެ ކޮޓަރިން ބޭރަށް ނުކުތެވެ. މަޑު ހިންގުމެއްގައި ހޮޓަލުން ބޭރަށް ދިޔައެވެ. އަދި ދޮނޭމެންގެއަށް ދާން މިސްރާބު ޖެހިއެވެ.

އާހިލުއަށް ހޭ އެރީ ޖޫނާ ދިޔަތާ އިރުކޮޅެއް ފަހުންނެވެ. “ރައިޝާ…” ލޯ އުނގުޅަމުން ނިދި އަޑުގައި އާހިލު ގޮވާލިއެވެ. ލޯ ހުޅުވާލާ އެނދުގެ ހުސްބަޔަށް ބަލަން އޮތެވެ. “އަނެއްކާ ފިލީ؟” ރައިޝާ ދިޔައީ ކޮންތާކަށްތޯ ބަލަން އާހިލު މުޅި ކޮޓަރިތެރެ ބެލިއެވެ. އެހެން އަންނައުނު ބަރިއަކަށް ބަދަލުވެގެން އާހިލު ހުޅުމާލޭގެ އޮފީހަށް ދިޔައެވެ. ތަހުގީގީ ހަތަރު މީހުންނާ ބައްދަލު ކުރިއެވެ. “ކެމެރާގެ ތަސްވީރުތަކުން ދައްކާ ގޮތުގައި ވައްކަން ކޮށްފައިވަނީ ހުޅުމާލެ ކުންފުންޏަށް މަސައްކަތްކުރާ މީހެއް.” އެތަނުން މީހަކު ބުންޏެވެ. “އެއީ ކާކު؟” އާހިލު އެ މީހަކަށް އަދަބު ދިނުމަށް ހިތުގައި ރާވަމުން ދިޔައެވެ. އޭރު ވަދީލުއާ ނަޒުރާނާ ތުނބުން ނުލަފާ ހިނިތުންވުމެއް ދައްކައިގެން ތިއްބެވެ. ލެޕުޓޮޕުގެ ތަސްވީރުތައް ހާވަމުން ތަހުގީގު ކުރާ އިސް މީހާ ބުންޏެވެ. “އޭނާގެ ނަމަކީ…

(ނުނިމޭ)

މި ބައި ދިގުކޮށްލާފައި! ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދު ކުރަން!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ހިޔަނި – 7

Next

އާއެކޭ ލޯބިވޭ… ފަންސާސްފަސްވަނަބައި (ފަރިހީގެ ބަހާރުން ފޮޅުނު މާތައް)

Next
August 3, 2026

އާއެކޭ ލޯބިވޭ… ފަންސާސްފަސްވަނަބައި (ފަރިހީގެ ބަހާރުން ފޮޅުނު މާތައް)

Previews
August 3, 2026

ހިޔަނި – 7

2 Comments!

  1. Aami says:
    August 3, 2026 at 12:14 pm

    VARAH REETHI

    1. leafy says:
      August 3, 2026 at 1:09 pm

      Thank you for reading

Comments are closed.

Next Episodeމަލާމާތް ލޯބި – 11←


All Right Reserved!