އައިރާ (އެއްވަނަ ބައި…….1)
ރިޕޯރޓް ފޮތް އަތަށް ލައިގެން މަގުމަތިން ދުވަމުން ދުވަމުން އަންނަ އަންހެން ކުއްޖާގެ މޫނުމަތީ ވަނީ ފުޅާ ހިނިތުންވުމެކެވެ. އެފުޅާ ހިނިތުންވުމުން ވެސް އެ އަންހެންކުއްޖާ އުފާވެފައި ހުރި މިންވަރު ފެންނަ ކޮންމެ މީހަކަށް ޝައްކެއްނެތި އިނގިގެންދާނެތެވެ. އެ އަންހެންހެންކުޖާ ގޮސް ތިން ފޫޓަށް ވަށާފާރު ރާނާފައި ބޭރުދޮރެއް ނެތް ގޯތި ތެރެއަށް ވަދެގެން ދިޔައެވެ. އެ ގޯތި ތެރޭގެ އެއްފަރާތެއްގައި ކުރީޒަމާނުގައި އުވަގަލުން ރާނާފައި އިޓު ބޭނުންކޮށްގެން ހިޔާކޮށްފައިވާ އެ ކުޑަ ގޭތެރެއަށް ދުއްވާގަނެގެން ގޮސް އެ އަންހެންކުއްޖާ ވަދުނެނެވެ. އެގެއަކީ އާދައިގެ ގެއެއްކަމުން ގޭ ތެރޭގައި ދިހަފޫޓުގެ ތިން ކޮޓަރީގެ އިތުރުން އެއް ފާހަނާ ހުރެއެވެ. ފާހަނާ ހުންނަނީ ގޭތެރޭގެ އެންމެ ބިއްދޮށުގައެވެ.ގޭ އެންމެން ވެސް ބެނުންކުރަނީ އެ ފާހަނާއެވެ.ކުރީޒަމާނު ގެއެއްކަމުން ގޭގެ ފެންޑާ ފަޅި ގޭގެ ކޮޓަރިތަކަށް ވުރެން ބޮޑެވެ. ފެންޑާގައި އިށިންނަން އިންނަން ލަކުޑި ބޮޑު އުނދޯއްޔެއް ހުރެއެވެ.ގޭތެރެގައި ވަނީ ތަރަފާލި އަޅާފައެވެ.ގޭތެރެ ކިތަންމެ ކުޑަކަމަށް ދެއްކިޔަސް ގޭގެ ގޯތިތެރެ ކިތަންމެހައި ވެސް ތަނަވަސްވެފައި ބޮޑެވެ. އެ ބޮޑު ހުސްބިން ފަޅުފިލުވާދިނުމަށްޓަކައި އެކި ވަތަރުގެ މާގަސްތަކުގެ އިތުރުން ބޮޑެތި ގަސްގަހާއި ކުދިކުދި ގަސްގަސް އިންދާފައި ވެއެވެ. މި ހުރިހާ ގަސްތަކެއްގެ ސަބަބުން މުޅި ގޯތިތެރޭގައި ވަނީ ހިޔާ ފެތުތިފައެވެ. ރާނާފައިވާ ގޭ ކުރިމައްޗަށް ވާގޮތަށް ވިއްސަކަށް ފޫޓު ދުރުދައި ކުދަވަރެއްގެބަދިގެއެއް ހުރެއެވެ. އެ ބަދިގެ ފާރާއި އިންވެގެން ގިފިއްޔެއް ހުރެއެވެ. އެގޭގައި ދިރިއުޅެނީ ކުޑަކުޑަ އާއިލާއެއްގެ ހަތަރު މެންބަރުންނެއެވެ.
“މަންމާ.. މަންމާ.. އަވަހަށް ކޮޓަރިން ނިކުމެބަލަ” އެއަންހެންކުޖާ އުފާވެފައި ހުރިވަރުން ވަހަކަދެއްކެނީ ވެސް ނުލާހިކު އަވަހަށެވެ. “ދަރިފުޅާ އައިރާ ހަމަޖެހިބަލަ. މަންމަ މި ނިކުންނަނީއޭ” އިޔާޝާ ބުނެލިއެވެ. އިރުކޮޅެއްތެރޭގައި އިޔާޝާ ނިކުތެއެވެ. ” ހޫމް ދަރިފުޅާ ކީއްތަވީ؟ ހާދަ މޫނުމަތި އުޖާލާކޮށް ތިހިރީ. އަނެއްކާ ރަނގަޅު ޙަބަރަކާއިގެން ދޯ ތިއައީ.” އަިރާގެ މޫނަށް ބަލާލަމުން އިޔާޝާ ބުނެލިއެވެ.” އާން މަންމާ. ހަމަތިހީވީ ރަނގަޅަށް. ނިކަން ބަލާބަލަ އަޅުގަނޑު އަތުގަ މިއޮތް ރިޕޯރޓް ފޮތް. މި އަލުގަނޑުގެ ބުރަ މަސައްކަތުގެ ނަތީޖާ”ރިޕޯރޓް ފޮތް ދައްކާލަމުން އައިރާ ބުނެލިއެވެ. އިޔާޝާ އައިރާ އަތުގަ އޮތް ރިޕޯރޓް ފޮތް އަތުލަމުން އައިރާގެ ނަތީޖާ ބަލަމުން ގެންދިޔައެވެ. އޭރު އިޔާޝާގެ މޫނުމަތީގައި ކުޅެލަ ކުޅެލާ ހުރީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެއެވެ. އިރުކޮޅެއްނުވަނީސް ފަޒީލް އަދި ފައިޒީން ވަދެގެން އައެވެ.” ދޮންތާ.. ކޮންގްރަލޭޝަން” ފައިޒީން ބުނެލިއެވެ. ” ޔޫ ޓޫ” އިއިރާ ހިނިތުންވެލަމުން ފައިޒީން ދިމާލަށް ބުނެލިއެވެ. ” މަރުޙަބާ ދުކުދިން ތި ހޯދި ކާމިޔާބަށް.” ފަޒީލް އޭނަގެ ދެ ދަރިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.” ދަރިފުޅުމެން ދެން ދޭ ޔުނީފޯރމް ބަދަލުކޮށްގެން ސައިބޯން އަންނަން” އިޔާޝާ އޭނަގެ ދެދަރިން ކާރި ލޯތްބާއެކު ބުނެލިއެވެ. ފަޒީނަ އާއި އައިރާ ދެމީހުން ހިނގައިގަތީ އެމީހަކެއްގެ ކޮޓަރިއާ ދިމާލަށެވެ.
އައިރާ ކޮޓަަރިއަށް ވަދެފައި ކޮޓަރި ތަޅުލިއެވެ. އަދި ފުންނޭވާ އެއް ބޭރުކޮށްލިއެވެ.އައިރާ އޭނަގެ ކޮޓަރި ވަށައިގެން ނަޒަރު ހިންގާލިއެވެ.އެ ކުޑަކޮޓަރިގަނޑު އައިރާ އަށް ފުދެއެވެ. އެހެން ކޮޓަރިތަކެކޭ އެއްފަދައިން އެކޮޓަރީގައި ވެސް ވަނީ ތަރަފާލި އަޅާފައެވެ.ދެމީހަކަށް ކިރިޔާ ނިދާލެވޭވަރުގެ އެނދަކާ، ކުޑަ އަލަމާރިއަކާއި އާދައިގެ ލަކުޑި ލިޔާމޭޒެއްގެ އިތުރުން މޭޒުކާރީގައި ގޮނޑި އެއް ހުޓެވެ. ސިމެންތިން އޮމާންކޮއަފައިވާ އިރު އެއްވެސް ކުލައެއް ފާރުތަކުގައެއް ލާފައެއް ނުވެއެވެ. ފާރުގައި އާދައިގެ ކުޑަ ލޯގަނޑެއް ހަރުކޮށްފައި ވާއިރު ލޯގަނޑާ ކުޑަ ތަންކޮޅެއް ދުރުގަ ހެދުން އެޅުވުމަށްޓަވައި ވަނީ ޕުލާސްޓިކް ބޮޑެތި ބުލިތަކެއް ލާފައި ހުރި އެއްޗެއް ހަރުކުރެވިފައެވެ. އިއިރާ ގޭތެރޭގައި ލާން އުޅޭ އާދައިގެ ފުޅާ ކަޅު ހަރުވާޅާއި ޕުލޭން ޕިންކްކުލައިގެ ޓީޝާރޓް ލިއެވެ. އެއަށްފަހު އައިރާ ކޮޓަރިން ނިކުތެވެ.
އައިރާ ގޯތިތެރެއަށް ނިކުތްއިރު ގޯތި ތެޜޭގައި ހުރި ބަނބުކެޔޮ ގަސްދޮށުގައި ސިމެންތިޓިނުން ހިޔާކޮއްފައިވާ ތަނުގައި ބަހަށޓާފައި ހުރި ބޮޑު ލަކުޑި މޭޒުކާރި ގޭ އެންމެން ތިއްބެވެ.އެތަނަކީ އެގޭ އެންމެން ކެއުމަށްޓާކައި ބޭނުންކުރާ ތަނެއެވެ.
” ދޮންތަ ހަމަ ގަސްދުދައި ލަސްކުރީ..މިހާރު ބަނޑުހަވެގެން ހުރެވެނީކީ ނޫން” ފައިޒީން ޝަކުވާ ކޮއްލިއެވެ.”ދޮންތަ ނަޔަސް ފައި އަށް ކެވޭނުން. ދޮންތަ މިހުރީ ފައި އަނގާގަ ހިފަހަށްޓައިގެންނެ ނޫން ވިއްޔާ” ތުން އަނބުރާލަމުން އައިރާ ބުނެލިއެވެ. “ހަމަ ނޭންގިގެންތަ ތިހެންތިބުނަނީ. އިނގޭނުން މަންމާޔާ ބައްޕަ ވެސް އެންމެން ހަމަނުވަނީސް ކާއެއްޗެއްގައި އިނގިލި ކުރިޖައްސާލަން ވެސް ނުދޭނެކަން” ފައިޒީން ބުނެލިއެވެ. ” ނޫނޭ ނޭންގެ ތިކަމެއް” ހެމުން އައިރާ ބުނެލިއެވެ.”ސާބަސް ދެ މީހުންނަށް. ކާން ފަށާ ދެންވެސް” އިޔާޝާ ޕިސްތަޅަމުން ބުންޏެވެ. “އައިރާ ތިން ރޮށި ހުސްކުރާތި” ފަޒީލް ބުނެލިއެވެ. އައިރާ އެއަކަށް ޖަވާބެއް ނުދެއެވެ. “މަންމަ އާއި ބައްޕަ އަބަދުވެސް ދޮންތަ ނުކާގެން ނުނީ ކާލެއް މަދުވެގެން އުޅެނި.” ފައިޒީން ބުނެލިއެވެ. “އިނގޭ ވިއްޔަ ނުބުންޏަސް ފައިޒީން ކާނެކަން އެހެން ވީމަ ނުބުނާނޭނުން” އެއްބުމަ އަރުވާލަމުން އައިރާ ބުނެލިއެވެ.”އޯހް ރިއަލީ.. މަށަށް ރަނގަޅީ ވެސް ދޮންތަ ނުކެއިޔާ. އޭރުން މަށަށް ގިނައިން ކާން ލިބޭނޭނުން” ފައިޒީން ވެސް އޭނަކޮޅު ގަދަކުރަނުމުން ބުންޏެވެ. “ދެން ހުޓާލާ. ތިދެމީހުން އޮޅުނުލާ ދުވަހެއް ނުދޭ” ފަޒީލް އައިރާ އަށާއި ފައިޒީން ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ބައްޕާ ދެން އެއީ ސަމާސާ އޭ. ދޯ ފައި” އައިރާ ފަޒީން ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެކަމާ އެއްބަސް ވުމުގެ ގޮތުން ފައިޒީން ބޯޖަހާލިއެވެ.”ދެންތީ ކުޑަކުދިންތަ ކޮންމެ ދުވަހަކު އޮޅުލަން” ބޯ ހޫރުވާލަމުން ފަޒީލް ބުނެލިއެވެ.
އައިރާ މިހާރު ވަނީ 18 އަހަރު ފުރިފައިވާއިރު ފައިޒީން އަށް 16 އަހަރު ފުރިފައެވެ. ދެމީހުންގެ ދެމެދުގައި ދެ އަހަރުދެ ތަފާތެއްވުމުން ދެމީހުން ބޮޑުވަމުން އަަީ އެކީގައެވެ.އެހެންކަމުން ކޫސަނި ކަންކަމާވެސް ދެ މީހުން އޮޅުލާނެއެވެ.
****************************************************************************
ނޯޓް: މިއީ އަޅުގަނޑު އަލަށް ލިޔާ ވާހަކެއްކަމުން ބައިވަރު މިސްޓޭކް ހުރެދާނެ. މސްޓޭކް ހުރިނަމަ ބުނެލާތި. އުންމީދު ކުރަން
ވާހަކަ ކަމުދާނެކަމަށް.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.



Vvv salhi ekm kudhi kudhi mistakes Eba huri..e mistakes rangalhu kohlanikoh ithurah salvo vaane…waiting for the next???❤❤❤❤???☝☝??✋✋?btw me first dhw
jiji thanks.
vaahaka upload kuraa dhuvasthah buneba
week aku 2 faharu. termtest duvaskolhu v ma.
Vhk feshun vrh salhi… Dhn oi part avahah up kohdhehchey
inshaa aallah
Layaaly!! hw old r u Darla✋
im 15 in may
kuda kujeh dhw. ekam sty liyaa hiy vaathy. GR.8 ga sty liyan feshy ekam frnds bunii syte ga liyan so ehenve liyanfeshi. I’m happy ur so friendly.
Alheyy ??. ..not so kuda ey..jiji vec hama gaiygandakah thivaru vaany…nd jiji sis ge friend akah hedhyma vvv happy vehje???
vvvv reethi feshun layaaly
❤❤❤❤❤❤
thank u
Masha Allah. vara reethi feshume layaali????
thank u
Varah reethi mi part vx and good luck for the next part. And I hope mi story varah reethi vaane kamah
yeh readers ah reethi vaane gothakah stry genesdheyn beynumii
thanks a lot let’s see
Wow layaaly vv nice mi stry ge feshun. Luv u daral allah may bless u insha allah i will give my full support to u when next part avahah up kohladehchey dear pls ingey dear more luv from me
Hehe its me ingey.i want bet u a friend
thanks a lot
thanks a lot. reader ah reethi vaanegothakah stry genesdheveytho balan.
Sis dhn kuda eh nooney inge?????..jiji vec thankolheh hama sis ah vires kuda vaany..lol???..hehe ..nd v ufaa vehje sis ge friend akah jiji hedhyma..luv ya bodukoh ingey hama????
ehen .thanks. jiji ves vaahakaeh liyan v nun.
Dhw???kurin liyunin. .hehe..ekm parents permission libunyma liyaany..Adhi kiyevumah focus kuran jeheyne dhw..??….?????????????ehnve
ok. good. hw old r u.
Secret eh ingey??..siss aa private koh tlk kohlan libunyma bunaanan In Sha Allah?
Grade 7 13 years zaage stry ga buneemenun
Grade 7 13 years zaage stry ga buneemenun
Grade 7 and 13 years zaage stry ga buneemenun
No..13 years ekey nubunan..ib@ ey grade buny eyna ge..not me ey @ikleel?
*Age buny
yeah but adhi ibaayah nuvey 13 eh ekm same grade dhw jiji
“Wadhunewe.”
Miee kuhbaheh . Rangalhu gothaky “Wanewe”
Waahaka warahwes reethi?
ok thanks. i’m happy kuhbas hunanaa bunelaati
when is next part or minimuny tha mivaahaka
olhulun..mibas beynumeh nukureveyne angain dhekevemundhaa dhebas vumege haalathehgaeh…gayah bolah nara hindhaku..so avoid it..anyways gud startup
ok