އައިރާ…..( 2 ވަނަ ބައި)
ކާމޭޒު ދޮށުގައި އެންމެން ވެސް ކަަމުން ގެންދިޔައީ ވަރަށް ހަމަހިމޭންކަންމަތީގައެވެ. އެހެންނަމަވެސް އައިރާ ދެތިން ފަހަރު ކަަލާފައި އޭނަ އިނީ ތައްޓާ ކުޅޭށެވެ. “އައިރާ މިހާރު ކިހިނެތްވެފަ ތިހިރީ” އިޔާޝާ ބުނެލިއެވެ.”މަންމާ އަޅުގަނޑު އަދި ބޭނުންވޭ އިތުރަށް ކިޔަވަން.” އިޔާޝާ ދިމާލަށް ބަލާލަމުން އައިރާ ބުނެލިއެވެ. އިޔާޝާ އާއި ފަޒީލް ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. “ދަރިފުޅާ މިރަށުން ދަރިފުޅށް ކިޔެވޭނެ އެންމެމައްޗަށް ކިޔަވާފަ ތި ހުރީ. އެކަމް އޭލެވް އާއި ހިސާބަށްނުން މިރަށުގަ ކިޔެވެން އޮތީ. ބައްޕައަށް ވެސް އިނގޭ ދަރިފުޅު އިތުރަށް ކިޔަވަން ބޭނުން ވާނެކަން. ދަރިފުޅާ ބައްޕައަށް މާފުކުރޭ. ބައްޕަ އަކަށް ނެތް ދަރިފުޅު ތަނަކަށް ފޮނުވާގެން ކިޔަވާދޭނެހާ ފެންވަރެއް. އެހެންނޫނަސް ބައްޕަމެންގެ ލޯމަތިން ދަރިފުޅު ފޮނުވަން ވެސް ފަސްޖެހޭ. އެކަމް ހީނުކުރާތި ދަރިފުޅަށް ބައްޕަމެން އިތުބާރު ނުކުރަނިއްޔޭ. ދަރިފުޅަށް ބައްޕަމެން އިތުބާރުކުރަން.އެހެންނަމަވެސް ދަރިފުޅު ވަށައިގެން މިވާ މީހުންނަކަށް ބައްޕައަކަށް އިތުބާރެއް ނުކުރެވޭނެ. ދަރިފުޅަށް ކަމެއްވެދާނެތީ ވަރަށް ބިރުގަނޭ. އެހެންވެތިން. މިކަން ދަރިފުޅު ޤަބޫލުކުރޭ” ފަޒީލް ދެރަވެލާފަ ބުނެލިއެވެ. އައިރާގެ މޫނުމަތީގެ ކުލަވަރު ވަގުތުން އޮއްސުނެއެވެ. “އެންމެ ރަނގަޅު އެހެންވެޖެއްޔާ އަޅުގަނޑު ވަޒީފާއަކަށް ދާން އެބަވިސްނަން.”އައިރާ ބުނެލިއެވެ. ” ބައަޕަ ދުނިޔޭގަ ހުއްޓަ ކީކުރަން ވަޒީފާއަކަށް ދާންވީ. ބައްޕަ އެއްވެސްވަރަކަށް ތިކަން ކުރާކައް ހިތްހަމައެއްނުޖެހޭ” ފަޒީލް ބުނެލިއެވެ. އައިރާ އިސްޖަހާލިއެވެ. ” ބަލަ ފަޒީލް އައިރާ އަކީ މިހާރު 18 އަހަރު ފުރިފަވާ އަންހެންކުޖެކޭ. މިހާރު އެއީ ދެން ކުޑަަކުއްޖެއް ނޫން ވިއްޔާ. އޭނައަށް ވެސް އޭނަ ބޭނުންވާކަމެއް ކުރުމުގެ ފުރުސަތު ދޭންވާނޭނުން”އިޔާޝާ ބުނެލިއެވެ. ” އެކަމް އޭލެވެލް އެކަނި ފުރިހަމަކޮއްގެންނެއް ރަނގަޅު ވަޒީފާއެއް މިޒަމާނަކު ނުލިބޭނެ” ބޯކަހާލަމުން ފަޒީލް ބުނެލިއެވެ.” ބައްޕަ ތިބުނީ ދޮގެއްވެސް ނޫން. އެކަމް ދެތިންތަނަކަށް ސިޓީ ލާފަ އިހަށް ބަލާނި ދޯ” އައިރާ ބުނެލިއެވެ. ” އެންމެ ރަނގަޅު” ފަޒީލް ބުނެލިއެވެ. އެންމެން ސައިބޯނިމުމުން އައިރާ އޭނަގެ މަންމައަށް ހަޑިވެފައި ހުރި ތަށިތަށް ދޮވެދިނުމަށް އެހީތެރިވެދިނެއެވެ.
ހަވީރުގެ ހިއްގައިމު ވަގުތެއެވެ. އައިރާ އެންމެ ގާތް ރަޙުމައްތެރިޔާކަމަށްވާ އީން އާއިއެކު ހިނގައިގަތީ ރަށުގެ ތުނޑީކޮޅަށެވެ. އެތަނަކީ ރަށުގެ ވަރަށް ގިނަބަޔަކު ހަވީރުގަޑީގައި ހިތްހަމަޖައްސާލަން ގޮސް އުޅޭ ސަރަޙަދެކެވެ. އެސަރަޙަދުގައި އެހެންދުވަސްދުވަހޭ އެއްފަދައިން މިއަދުވެސް މީހުން ފެންނަނީ ގިނަކޮށެއެވެ. އެއްބަޔަކު ހޭބޯނާރާ އެ ސަރަޙައްދުގައި ކުޅެމުންދާއިރު އަނެއްބަޔަކު ހަވީރުގެ ފިނީގައި ވާހަކަދައްކަން ތިއްބެއެވެ. ” އީން އަޅެ ހާދަ ފޫހިވޭ. އަދިވެސް އަހަރެން ބޭނުން އިތުރަށް ކިޔަވަން އެކަމް އެފުރުސަތެއް ނެތް ލިބޭކަށެއް” އައިރާ ދެރަވެލާފަ ބުނެލިއެވެ.” ލިބޭ މިންވަރަށް ޝުކުރުކޮށްލާ. އައްހެންކުއްޖެކޭޭ ކިޔާފަ ކަމެއްނުކޮއް ހުނާކަށެއް ނުޖެހޭނެ. ވަޒީފާ އަކަށް ވަންނަންވީނުން” އީން ބުނެލިއެވެ. ” ތިކަމާ ގޭމީހުން ކާރިވެސް ވާހަކަ ދައްކާފިން. ސިޓީލާންވެގެން މިއުޅެނީ. ވަޒީފާއެއް ލިބުނިޔާ ރަނގަޅު” އައިރާ ބުނެލިއެވެ. ” އީން ވަޒީފާއަކަށް ދާކަށް ނުވިސްނަންތަ” އައިރާ ބުނެލިއެވެ. “ނުވާނެ ތި ކަމެއް. މަބޭނުމީ ވީހާވެސް އަވަހަކަށް މީހަކާ އިންނަން. ފިރިމީހާއަށް ޙިދުމަތް ކޮށްދިނުމަށް މަ ބޭނުމީ. އެއީ މަގޭ ވަޒީފަ އަކީ. ދެން އައިރާވެސް އުޅެބަލަ ކުޖަކާ ރައްޓެހިވާން. ފިރެހެންކުޖަކު ރަށްޓެހިވާން އެހިޔަސް ފުރަތަމަވެސް އައިރާގެ ދުލުން ބޭރުވާނެ ބަހަކީ ނޫނެކޭ ވިއްޔަ” ބުމަ މައްޗަށް އްރުވާލަމުން އީން ބުނެލިއެވެ.
“އައަޗީޑި. ފަކުރު. ލާފަހުރި ފަޤީރު ހެދުންގަނޑެއް ނިކަން ބަލާބަލަ.ލދެއްވެސް ނުގަނޭ އެކަހަލަ ބާ ހެދުންގަނޑެއް ލައިގެން މީހުންގެ ތެރެއަށް އައިސް އުޅޭކަށް. ފެންނަ މީހަކުވެސް ލަދުގަންނަވަރުވޭ” އައިރާމެން ކާރިން ލާފަ ދިޔަ އަންހެންކުދިންތަކުތެރެއިން އެކަކު ތުއި އަޑަކުން ބުނެލިއެވެ. އައިރާ ވަރަށް ދެރަވިއެވެ. އެއީ އޭނަ ދިމާލަށް ބުނި އެއްޗެއްކަން އޭނައަށް އެނގުނެއެވެ. “ހުއް… ވަރަށް ރުޅިއާދޭ ހަމަ ހުވާ. އޭނަ އެއް ނޫންތަ ފަޤީރީކީ. މިހާރުވެސް ފަޤީރުކަމުންނޭނުން އައުރަ ނިވާނުކޮށް އެއުޅެނީ. މަށަށް ފެންނަނީ ފޮތި ވިއްކާ ފިހާރައަކާށް ގޮސް ފޮތިރޯލެއް ހިފައިގެން އައިސް ގައިގަ ބަނދެދީފަ ބަހަށްޓަން. އޭރުން ރަނގަޅަށް ވެސް އިނގޭނޭ ކާކުކަން ފަޤީރީ” މަލާމާތުގެ ރާގަކަށް އީން ބުނެލިއެވެ. އައިރަ ދިމާލަށް މަލާމާތްކުރި އަންހެންކުއްޖަކީ ސަލީން އެވެ.އޭނަ އަކީ ރަށުގެ ގިނަ ފިރެހެނުންގެ ތެރެގައި މަޝްހޫރު އަންހެނެކެވެ. ފިރެހެނުން އޭނަ ގެންގުޅެނި ކުޅޭކުޅޭ ބުދެއްގެ އުސޫލުންނެއެވެ. ފޫހިވީމަ ބޭނުންކޮއްލާފަ ފޫހިފިލީމަ އެއްލާލާ އުސޫލުންނެއެވެ. މިކަމެއް ސަލީންއަކަށެއް ޤަބޫލެއް ނުކުރެއެވެ.ސަލީން އަށް ހީވެފަ އޮންނަ ގޮތުގައި ފިރެހެނުން އޭނަގެ ފަހަތުގައި އުޅެނީ އޭނަގެ ރިތިކަމުގެ އިތުރުން ޒަމާނީ ފެށަނަށް އުޅޭތީއެވެ.
“އީން .މީހުން ކޮއްމެ އެއްޗެއްކޭ ކިޔަސް އަޅާ ނުލާބަލަ.މީހުން ކޮންމެ އެއްޗެކޭ ކިޔަސް އަހަރެމެންނަކަށް ގޮސް އެމީހުންގެ އަނގައިގެއް ނުހިފެއްޓޭނޭނުން” ހިތްހަމަނުޖެހި ހުރެ އައިރާ ބުނެލިއެވެ. “އައިރާ….އެކަމް އައިރާ އަބަދަކު އަހަރެންނެއް އައިރާ ދެރަވާ ކޮންމެފަހަރަކު ކާރިއަކު ނުތިބޭނެ. ކުޑަމިނުން ސެލްފްޑިފެސް ކޮއްބަލަ.އަހަރެން މީ އައިރާ އެކު ކުޑައިރުން ފެށިގެން ވެސް އުޅެމުން އަންނަ މީހެއްނުން. އައި ނޯ ޔުއާރ ފީލިންގްސް.އައިރާ ދެރަވެއޭ ނުބުންޏަސް އަހަންނަށް އެނގޭ އައިރާ ދެރަވާކަން. އައިރާ ދިމާލަށް މީހަކު ކިޔާނެ އެއްޗެއް ކިޔަން ދީގެން ކުރާނެ ކަމެއް ކުރިޔަސް ހެޔޮކަމަށް ހުންނާކަށް ނުޖެހޭނެ. އެންމެ ކުޑަމިނުން ސެލްފްޑިފެންސްގަ އެމީހަކާއި ކުރިމަތިލާގެންނަމަވެސް ވާހަކަ ދައްކަބަލަ.ތިގޮތަށް ހަނު ހުންނަންޏާ މީހުންނަށް އައިރާދިމާލަށް ހިތުހުރިގޮތެއް ހެދުމަށް ހިއްވަރުލިބިގެން ދާނި” ވިސްނާ ދޭ ފަދަ ގޮތަށް އައިރާ ދިމާލަށް އީން ބުނެލިއެވެ. އައިރާ އޭނަގެ އިޙުސާސްތައް ފޮރުވުމަށްޓަކައި ލުއި ގޮތަކަށް ހޭން ފެށިއެވެ.”ވަރަށް ރީތި ވާޖެހޭ ދުވަހެއް ދޯ” ސަފު ރީތި އުޑަދިމާލަށް ނަޒަރު ހިންގަާލަމުން އައިރާ ބުނެލިއެވެ. ހީވާ ގޮތުން އީން ދައްކަމުން ދިޔަ ވާހަކައެއް އައިރާއެއް ޝައުގުވެރިއެއް ނުވެއެވެ.”އަހަންނަށް މާ ކުރިންވެސް އިނގޭ އައިރާ ގާތު މިވާހަކަ ދެއްކީމަ ހިތްހަމަނުޖެހޭނެކަން. ހަމަ އައިރާ އަކަށް ރަނގަޅަކަށް މި ވާހަކަ މި ދެއްކީ. ކޮންމެވެސް ދުވަހަކުން އައިރާ މިއީ ތެދެއްކަން ޤަބޫލު ކުރާނެ. ” އީން ބުނެލިއެވެ.
އައިރާމެންނާއި ތަންކޮޅެއް ދުރުގައި ތިންވަރަކަށް އަންހެންކުދިންނާއި ހީހީފައި ވާހަކަދައްކަމުން ދިޔަ ސަލީން އައިރާގެ ލޮލުގައި އަޅާގަތެއެވެ.
ފަލަމަސްގަނޑުގެ ބޮޑު ބައެއް ފެނޮނަން ހުރި ކުރު މިނީ ސްކާރޓެއް ސަލީން ލާފައި ވާއިރު އުނަގަނޑާ ހަމަޔަށް އަންނަ އަތްކުރު ގަޔަށްފިޓް ޓީޝާރޓެއް ލާފަވެއެވެ. ލިބިފައިވާ ބުޅި އިސްތަށިގަނޑު ވަނީ ކަނދުރާ ހާމައަށް ފެންނަވަރަށް ކޮށާލާފައެވެ. މުޅ އިސްތަށީ ގައި ވަނީ އޮރެންޖް ކުލައެއްޖިއްސާފައެވެ. ލާފައިވާ ޓީޝާރޓްގެ ކަރުބޮޑުކަމުން މޭމަތިން ބައެއް ހުރީހާމައަށް ފެންނާށެއެވެ.އެކަމުގެ ސަބަބުން އައިބު ގޮތެއް ހުއްޓެއެވެ. އެއްލިކަޅިއަކުން ސަލީން ދިމާލަށް ބަލަހަށްޓައިގެއް ހުރި އައިރާ ފެނުނެއެވެ. ވަގުތުން ސަލީންގެ މޫނު ބަނަވެގެންދިޔައީ ވިސާރަ ދުވަހަކަށް ކަޅު ވިލާތައް ރުޅިއައިސް ބަނަކޮއްލާ އުސޫލުންނެއެވެ.ވަގުތުން އައިރާ ދިމާލަށް ކަޅި އަޅައިގަތެއެވެ. އައިރާ ދުރުބަލަންފެށިއެވެ. ސަލީން އޭނަދެކެ އޭހާ ރުޅިއަންނަ ސަބަބެއް އޭނައަކަށް އެއްގޮތަކަށްވެސް ނޭންގެއެވެ.
“މޫޑް ހަރާބުވެއްޖެ.އެހުރި މީހަކާއިހެދި. ފާޑަކަށް މަދިމާލަށް ބަލާފިއެއްނުން.ހާދަ ނައްޓައޭ ފެނުނަސް” ރުޅިއައިސް ރަރްވެފައިވާ ސަލީން އޭނަގެ ރައްޓެހިން ކާރި ބުނެލިއެވެ.” އޭ ސަލީ ކީއްކޮއްގެންތަ ތިހާ އޭނަ ދެކެ ރުޅި އަންނަނީ” ސެލީންގެ ރަޙުމަތްތެރިޔާކަމަށްވާ އޫޝާ ބުނެލިއެވެ.”ހެހެހެހެ… އޭނަދޯ. ޕިސް..ޕިސް…ބަލާބަލަ ފަޤީރުކަން.މިހާރުވެސްލާފަ އެހުރީ އަންޒަމާނުގެ ލާއުޅޭ ކުރުތާ އަކާއި ފުޅާ ހަރުވާޅުގަނޑެއް.އިސްތަށިގަނޑުވެސް އެހުރީ މާމަމެން ޖަހާ އުޅޭ ހުޅި ޖަހާގެން.މިއޮއްފަދަ ހަވީރުވެސް އެއްމެ މޭކަޕުކޮޅެއް ކޮއްފަ ނެތް. ޗީ..ޗީ..”އަނގައަށް ވައްތަރެއް ޖައްސަމުން ސަލީން ބުނެލިއެވެ.” އެކަމަކުވާދޯ ސަލީއަށް ބެހޭ ކަމެއް ނޫނޭނުން.އެމީހަކު އުޅޭގޮތަކަށްނުން އެމީހަކު އުޅޭނީ” އޫޝާ ބުނެލިއެވެ.”ބެހެވޭނެދޯ. މަ ރައްޓެހިވާ މިރަށު ފިރެހެނެއް ވެއްޖެއްޔާ އެ ފަޤީރުގަނޑުގެ ވާހަކަ ދައްކާނެ. މަހުންނަނީ ބޯ ހަލާކުވާވަރުވެފަ. އަޅެ މަ ކީއް އެމީހުންނަށް ނުކޮށްދެނީ.” ދެބުމަ ގޮށް ޖަހާލަމުން ސަލީން ބުނެލިއެވެ.”އޭނަ އެހެން ފަޤީރުކޮށް ހުއްޓސް ހާދަ ރީއްޗޭ.ދެން ފިރެހެންކުދިން އޭނަގެ ރީތިކަމުގެ ޖާދުގަ ޖެހެންވެސް ޖެހޭނޭނުން” ސަލީންގެ ދެންހުރި ރަޙުމަތްތެރިތެރެއިން މާޔާ ބުނެލިއެވެ.ސަލީންގެ ރުޅިގަނޑު ފަޅާގެންދާހާ ވަރުވިއެވެ.”ތެދެއް ސަލީ. އެމަންޖެ ވަރަށް ރީތި އެކަމް ސަލީއަކަށް ވުރެން ރީއްޗެއްނޫން.” ސަލީން ހަމައަކަށް އެޅުވުމުގެ ބޭނުމުގައި ސަލީންގެ ރަޙުމަތްތެރިޔާ އިނާ ބުނެލިއެވެ.ކަންވެގެންދިޔައީސް އިނާ ބޭނުންވި ގޮތަށެއެވެ.” ހުއް… އޭނަ އެއްވެސް ރީޗެއްނޫން. ތިމީހުން ކީވެގެންތަ އަހަރެން ކޮޅުގައި ނުހުރެ އެހެންމީހުންގެ ކޮޅަށް ބުރަވަނީ”ސަލީން ބުނެލިއެވެ.”ނުނޭ ސަލީ ކޮޅުގައި ހުންނާތީއޭނުން ސަލީއެކު މި އުޅެނީ. އެހެންނޫނަސް ސަލީ ރުޅިއަންނައިރު ހުންނަލެއް ކިޔުޓް ކަމުން ރުޅިއަރުވާހިތްވަނީ”މާޔާ އަދި އިނާ ދިމާލަށް އެއް ލޯ މަރާލަމުން އޫޝާ ބުނެލިއެވެ. ” ހަމަ އަސްލުވެސްތަ؟ އަހަރެން ރައްޓިސްވާ ކޮންމެ ފިރެހެންކުޖަކުވެސް ހަމަ ތިހެން ބުނަނީ” މޫނުގައި އަތް އަޅާލައިގެން ހުރެ ސަލީން ބުނެލިއެވެ. އޫޝާމެންނަށް ނުހެވި ހުރެވުނީ ހަމަ ކިރިޔާއެވެ.ސަލީންއާއެކު އެމީހުން އުޅެނީ ކޮންމެހެން އުޅޭހިތަކުންނެއް ނުނެއެވެ. ސަލީން އަކީ އެރަށުގެ ތަނަަވަސް އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމުން ސަލީން އާއިކު އުޅުމުން އެމީހުންނަށް އެއްޗެތި ލިބޭތީއެވެ.އެމީހުން ސަލީން ގެންގުޅެނީ އަމާޒުފަތްގަނޑަކަށް ހަދައިގެންނެއެވެ.ހިތުން ސަލީންގެ މޮޔަކަމާއިމެދު މަލާމާތް އެމީހުން ކުރެއެވެ. ސަލީންގެ އައިލާ މީހުންނަކީ ސަލީން ފަދަ އުޅުމެއް ހުންނަ ތިމާތިމާ އަށް ފެނިގެން އުޅޭ ބައެކެއެވެ.
ހަޤީޤަތުގައިވެސް ސަލީން އާއި އައިރާ އަޅާ ބަލާއިރު ސަލީން އަކީ ސުމެކެއެވެ.އައިރާ އަކީ ފަންމިންޏެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.އައިރާ އަށް ލިބިފައިވާ ރީތި ވަރެއްގެ ދިގު އިސްކޮޅާއި، ލޫޅާފަތި ރީތި ހަށިގަނޑުގެ އިތުރުން ހަށިގަނޑަށް އަރާފައި ހުންނަ ހުދު ދޮން ކުލައެއްގެ ސަބަބުން ވައްތަރީ ބޭރު ކުޖަކާއެވެ.އެހުދު ދޮނުގެ ސަބަބުން ދެކޮލަށް މަޑުފިޔާތޮށި ކުލައެއް އަރާފަހުރެއެވެ. ލިބިފައިވާ ހިމަދިގު ބުމަޔާއި. ބޯ ދިގު އެސްފިޔަތަކުގެ ހިމާޔައް ހޯދަމުން ދާ ބޮޑު ދެ ލޮލުގައިވާ ފުން ދެލިކޮޅެއްފަދަ ތޫނު ކަޅުކަޅި ނުހަނު ރީޗެއެވެ. ލޮލުގެ ވަށާއިގެންވާ ކަޅުކަންގަދަ ކަޅިރަވައިގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.ލިބިފައިވާ ބަޓަން ނޭފަތުގެ އިތުރުން ލިބިފައިވާ ފިނިފެންމަލެއްފަދަ މަޑު ފިޔާތޮށި ކުލައި ތުންފަތުގެ ސަބަބުން އައިރާގެ ވަށް މޫނާއި ގުޅެއެވެ.ލިބިފައިވާ ރޭގަނޑެއްފަދަ ފަލަސްގަނޑާއި ހަމަޔަށް އަންނަ ފަންދިގު އިސްތަށިގަނޑުގެ ސަބަބުންނާއި އޭގެ އިތުރުން ހީލާއިރާއި އަނގަޔަށް ގޮގޮތް ހަދާއިރި ދެ ކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން ފެންނަ ކޮއްމެމީހަކުވެސް އަޖައިބުވެ އަންތަރީސް ވާވަރުވެއެވެ.އައިރާއަށް ޤުދުރަތުން ލިބިފައިވާ ރީތިކަމަށް ކޮންމެ މީހެއްގެ ދުލުން ތއުރީފް ބަސްތައް އޮހޭނެކަން ޔަޤީނެއެވެ.އެހެންނަސް މިއިން އެއްވެސް ކަމަކާއި އައިރާ ބޮޑަލެއް ނުވެއެވެ.
“އީން ހިނގާ ގެއަށް ދާން. މހާރު އިރުއޮސެން އެއުޅެނީ” އައިރާ ބުނެލިއެވެ. ” އާން ހިނގާ ދާން”އީން ބުނެލިއެވެ އަދި އައިރާ އާއި އީން އެކީ ގެއަށް ދާން ހިނގައިގަތުނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.



Hehe me first dhw.vvvv reethi mi part ves when next part layaaly.mi stry hama hanbu neyge dhn bunaane ecceh ves.i am out of vvv reethi.sifakurun ves hama ehvana.you’re a great writer thankyou scwl wirks aaignbuxy koh ulhemun vs upkohladineema.can i be your friend
ok. thanks a lot
varah reethi story… alah feshi kujhakaa balaafa hama best eyy buneveynee
thank u
alhey vrh salhi mi part vs…. next part vs avahah up kohlla dhehchey… cant wait! ❤️
inshaa allah
salhi
thank u
So amaxing story dear..luv it..avahah up kohdhehchey ingey In Sha Allah ?
inshaa alaah.
Varah reethi
thank u
When next part dear???can’t wait
Avahah part 3 liyelabala haadha salhi eyyyy mi story????
liyenimaafa save nuve indha mitake eh hedhigen vaahaka emefahun alun liyan jehunii. inshaa Allah maadhan up kohlaadheynan
Which school are u in , @layaaly? I am also gonna be 15 this year.
mihaaraku nei bunevey kah. but i’m happy u asked me that ur n e r same age right
Salhi kamo next part avahah up kohladheeba dhw
yeh