ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ…….
ދުވަމުން ދުވަމުން ދިޔަ ލީނާ ގޮސް ޖެހުނީ އެ ޒުވާނާ ގައިގައެވެ. ހަމަ ޖެހުމާ އެކު ލީނާ ދުއްވައިގަތީ އަޅައިގެން އިން ދޯޕައްޓާ ވީ ކޮންތާކުތޯ ވެސް ބަލާ ނުލައެވެ. ފަހަތުން އައި އަންހެން ގްރުޕް ވެސް ހީ ހީ ފަ ލީނާ އަތުލެވޭތޯ ދުވަމުން ދެއެވެ.
ދުވަސް ވަރަކީ ޗުއްޓީ ފެށުނު ދުވަސް ވަރުކަމުން ރަށުތެރޭގަ މީހުން ހޭލަމޭލަ ވެ އުޅޭލެއްވެސް ކުރިއާ ބަލާފަ ގިނައެވެ. އޮފިސް އިން ޗުއްޓީ ނަގައިގެން ލީނާ ވެސް މިފަހަރު ރަށަށް އައީ އާއިލާގެ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. ކަނޑު ދަތުރު ކުރުމަޚި އެހާ ފަސޭހަ ކަމެއް ކަމެށް ނޫންކަމުން ރަށަށް ނުދހެވެނީ އެވެ.
ދ.ކުޑަހުވަދޫ އަށް އުފަން ލީނާ ޒާހިރު ބޮޑުވީ މާލޭގައެވެ. ބައްޕަ އަލީ ޒާހިރު އަކީ ތަނަވަސް މީހެއްކަމުން އާއިލާ އެއްކޮށް މާލެއަށް ބަދަލްވީ އެވެ.
އަލީ ޒާހިރު އަދީ ދިޔާނާ މޫސާގެ އެންމެ ހަގު ދަރިފުޅަކީ ލީނާ އެވެ. ދެން އިންނަނީ ފިރިހެން ކުއްޖެއްކަމަށްވާ އިސްޙާގު ޒާހިރު އެވެ. އެންމެ ކުޑައީ ލީނާ ކަމުން ގޭ ރާނީ އަކީ ލޭނާ އެވެ. ޒާހިރު ގެ ދެމަފިރިން ލީނާ ދެކެ ފުރާނަ އަށް ވުރެއް ލޯބި ވެއެވެ. މަންމަ އާއި ބައްޕަ ލީނާ ދެކެ ލޯބި ވާކަން ޙުދު އިސްޙާގު ވެސް ގަބޫލް ކުރެއެވެ. އެއީ އޭނަ ވެސް ލީނާ ދެކެ އެވަރަށް ލޯބިވާތީއެވެ. ނަމަވެސް ދަރިންގެ މެދުގައި އެއްވެސް ތަފާތުކަމެއް ޒާހިރު ދެމަފިރިން ނުބަހައްޓައެވެ. އެއީ ދަރިންގެ މެދުގައި ޒަހަރް ދެވުން ކަހަލަ ކަމަކަށް ވާތީ އެވެ. އިސްޙާގް އަކީ މޮޅަށް ކިޔަވައިގެން ހުރި ޒުވާނެއްކަމުން ޒާހިރުގެ ކުންފުނި އިތުރަށް ކުރިއެރުވުމަށް މޭނޭޖަރުގެ މަގާމު ދިނެވެ. ކުންފުނި ދެން ކުރިއެރުވޭނީ ވެސް ދަރިންނަށްކަން ޒާހިރު ވެސް ގަބޫލު ކުރާތީޔާ ވެސް އެކުމެއެވެ.
މަންމަ އާއި މާމަ ގެ އެދުމުގެ މަތިން މިފަހަރު ލީނާ ރަށަށް ދިޔައީ ބައްޕަ ލީނާ ގޮވައިގެންދާނެ ކަމަށް ބުނުމުންނެވެ. ރަށަށް ދުވުމާ އެކުހީވީ އަލަށް މީހަކު ފެނިގެން އުޅުނުހެންނެވެ. މާމަ ލޯބިން ފިރުމަމުން ވާހަކަ ދައްކަމުން ދިޔައިރު އެލޮލުން ކަރުނަ ފޭދިފަ ހުއްޓެވެ. މާމަ ހިތުގަ ކިހާ ޝަކުވާއެއް ހުންނާނެ ހެއްޔެވެ. އެގަޑީގަ ލީނާގެ ސިނކުޑި ތެރޭވެސް އެތަށް ސުވާލެއް ވިއެވެ. އަދި އެތަށް ޝަކުވާ އެއްވެސް މެއެވެ. އެގަޑީގައި ލީނާ ބައްޕަ އާ ދިމާލަށް ބަލާލަމުން ތުންކޮޅު އަބުރާލިއެވެ. އެތަން ހަމަ ރަނގަޅަށް ވެސް މާމަ އަށް ފެނުނުކަން އެގުމުން ލަދުގަނެ އިސްޖަހާލިއެވެ. ” ދަރިފުޅާ ކިހިނެއްވީ އަނެއްކާ” ލޯބިން ފުރިގެން ވާ ރާގަކަށް މާމަ ލީމާ ކައިރީގައި އަހާލިއެވެ. “އެއީ އެއީ ބައްޕަ، ބައްޕަ މިއޮށް ހުރިހާ ދުވަހު މާމަ ކައިރިއަށް އަޅުގަނޑު ނުގެނައީމަ” ވަރަށް ލަދުން ހުރެ ލީނާ ބުނެލިއެވެ. ޒާހިރު ލޯބިން ލީނާ ބޮލުގަ ފިރުމާލަމުން ބައްޕަ އުޅެންޖެހޭލެއް ބުރަކުމުން ނުގެނެވެނީ އޭ ބުނެ ޒާހިރު މަންމަ ކިބައިން މާފަށް އެދުނެވެ. ލީނާ މެންގެ ކުޑަ އާއިލާ ރަށަށް އައުމާ އެކު ހީވީ އާއިލާއަށް ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ.
އެކި ގޭން ގޭން ކެއުމަށް ދައުވަތު އަންނަމުން ދެއެވެ. ލީނާ މެން ރަށަށް އައިތާ ދެހަފްތާ ވަނީ އެވެ. އެންމެ ފަހުން ގޭ ކެއްކި ދުވަހެއް ހަނދާނެއް ނެތެވެ.
” ލަމް މިހެން ދަންޔާ ދުވަސް ކޮޅަކުން އަހަރެން ފަލަވާތަން ފެންނާނެ” ލީނާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ލަމްހާއާ ވާހަކަ ދައްކަމުން ދިޔައެވެ. ” އެހެން ދޯ ވާނީ ގަރުނެއް ކޮއްފަ ރަށަށް އަންނަންޔާ” ލަމްހާވެސް މަޖާވެފަ ލީނާ އާ އަގަތަޅަމުން ދިޔައެވެ.
ގަޑި އަކީ ހަވީރުގެ ވަގުތެއްކަމުން ޖެހެނީ އަރާމު ފިނި ވައިރޯޅިތަކެވެ. މަގުމަތިން ކުޑަކުދިންނާ ބޮޑެތި މީހުން ކުޅެންދާން ރެޑީވެގެން ނިކުމެ އެޅެއެވެ. ލީނާ އާއި ލަމްހާ ގެ މިސްރާބު ހުރީ ލީނާގެ ބޮޑުދައިތަ މެންގެއަށެވެ.
” ބޮޑުދައިތާ ކީއްކުރަނީ ތި؟” ހެނދުން ތަކެއް ނަގައިގެން އެޅޭތަން ފެނިގެން ލީނާ އަހާލިއެވެ.
” މީ ދަރިފުޅު މަންމަގެ ހެނދުންތަށް. އަލަމާރިން އެއްޗެއްނަގަން އުޅެނިކޮށް ފެނިގެން ނަގާލީ.
ކުރީގެ ހަނދާންތަށް. ހެހެހ” ބޮޑުދައިތަ ހެވިފަ އިނދެ ބުނެލިއެވެ.
އެންމެ ކުރިން ސުރެން ދޯޕައްޓާ ހެނދުންލާ ހިއްވާ ލީނާ މޮޅު ޙިޔާލެއް އައެވެ. ބޮޑުދައިތަގެ ހުއްދަ އެހުމަށް ފަހު މަންމަގެ ހެދުން ހެޔޮވަރު ކޮއްލިއެވެ.
” ވާވް. ވަރަށް ސަޅި” ލަމްހާ އަނގަ ހުޅުވައިގެން ހުރިތަން ފެނުމުން ލީނާ އަށް ހެވުނުވެ. ” ދަރިފުޅު ހަމަ ހީވަނީ މަންމަ ގެ ޅައިރުގެ ކޮޕީ އެއްހެން ” ބޮޑުދައިތަ އެހެން ބުނުމުން ކުޑަކޮއް ބައްދާލަމުން ޝުކުރިއްޔާ އޭ ލީނާ ބުނެލިއެވެ. އަދި އަވަސް ކޮއް މަންމަ އަށް ދެއްކުމަށް ޓާކާ ލަމްހާއާ ދެމީހުން މިސްރާބު ޖެހިއެވެ.
“ލީނާ” ވަރަށް ބާރަށް މީހާކު ގޮވާލި އަޑަށް ލީނާ އާއި ލަމްހާ އަށް އެއްފަހަރާ ފަހަތް ބަލާލެވުނެވެ. އައިންތު އަދި ދެތިން އަންހެން ކުއްޖެއް ފެނުމުން ވީ ގޮތް އެގުނެވެ.
“ލަމް ހިނގާ ދުއްވައިގަންނަމާ” ލީނާ އަށް ރަނގަޅަށް އެހެން ނުބުނެވެނީސް ލަމްހާ ދުއްވައިގަނެފިއެވެ. ލީނާ ވެސް ހެމުން ހެމުން ލަމްހާ ފަހަތުން ދުއްވައިގަތެވެ.
ދުވަމުން ދުވަމުން ދަނިކޮށް ގޯޅި އެޅި ޒުވާނެއްގަގައި ލީނާ ޖެހުނެވެ. އެކަކު އަނެކަކު ގައިގަ ޖެހި ދެމީހުން ވެސް ވެއްޓިނީއެވެ. އަވަހަށް އައިންތު އަށް ފިލަން ހަދައިގެން ވެއްޓިފައޮތީ ކާކުތޯވެސް ބަލާ ނުލާ ލީނާ ދުއްވައިގަތީއެވެ.
“ހޭ ޔޫ” ފިރިހެން ވަންތަ އަޑުން ގޮވާލީ އެޒުވާނާކަން ޔަގީނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.




Me first???v reethi….avaha up kuraathy???
Salhi
Yeyy. Heheh. Yes i will try my very best. Thnk u mal ??
Thnkx nisha ??
Vara salhi
V v reethi avahah aneh baivex up kurahchey best of luck
Vaahaka liyan vara forihunnAne ekam up eh ahvahaka nukuraane vara foohivey. Ah vaha up kurachey ingey
Thnkx sanmu nish ham. Insha allah up kohdhynan varah avahah. Mondayga up koh dheynan. Thnkxx ???
varah reethi, waiting for next part 🙂
Thnkxx faxoo ??
Varah reethi 🙂 but baeh thantanugai leenage nan badhalu vefa ebain 🙁 take care of that….. gd lck….. 🙂 😉
Thnkx ira. I will take care of tht. Thnkxx again ??
Avahvaplode kohdhehcheyy… V.reethi maasha allah:-);-)
Yes insha allah mondayga. ??thnk yu
Typing mistakes adhi bahuge mistakes ves aarah faahagavi…. pls try to correct… story varah salhi…
Thnkxx maryy. I will keep tht in mind. Thnkx for liking my stry ??
V salhi ? daily koh up kohdhehchey
Heheh thnk u. Bt nt daily ingeyy. Tmrw up kohdheynan insha allhah
Masha Allah v reethi.v v ufaave thiha zuvaan kujjaku thikahala dhaaira akun kuriah dhaathyve.sukuriyya v v bodah.
thank u :*
adhi mihaa hadi story eh nukiyan.
lol. just for fun. vrh lwbi story
Heheh thnk u ?
Wow salhi story eh