އަރަޝް އަވަސްވެގަތީ ހަލީނާ ހައްޔަރުން ދޫކޮއްލާށެވެ. “ހަލީ އޯކޭ ދޯ ހަލީއަށް މަންޖެ ކިޔަސް” އަރަޝް ބުންޏެވެ. “މާދަމާ ބުނާނަން ޖަވާބު އިނގޭ” ހަލީނާ ދާން އަވަސްވެފައި ހުރިވަރުން ބުންޏެވެ. އަރަޝް ހަލީނާ ހައްޔަރުން ދޫވެއްޖެއެވެ. “މަންޖޭ ހަނދާންކޮށް މާދަން އަންނާތި!” އަރަޝް ހަލީނާ ގަސްތަކުގެ ތެރެއަށް ވަންނަން ދަނިކޮށް ގޮވާލިއެވެ. ހަލީނާ އެއްވެސް ޖަވާބެއް ނުދީ އެތަނުން ހިނގައްޖެއެވެ. “އަވަހަށް ނިދާކަމުގެ އެކްޓު ޖައްސަންވީ އެހެން ނޫނީ މަށަށް ބޮން އަޅައިލާނެ ނާހިދުމެން” އަރަޝް ހިތާހިތުން […]
“ހޫން . ދެން ތިހެން ނުކިޔަބަލަ ދޯ! ” އަރަޝް ނާހިދު ގާތުބުންޏެވެ. “ހަލީ . ކޮބާ ސެޓުވީތަ؟ އެ މަޖާ އިނގޭ! ކޮން ވާހަކައެއްތަ އެސޮރާ ދެއްކީ؟ ” ހަލީނާ ފާތުމަދައިތަގޭދޮށަށް ދިޔަ ގުރޫޕުން ކުރީ މި ސުވާލު ތަކެވެ. ނާހިދު އޭނާގެ ރައްޓެހިން ގޮވައިގެން ފެންކުޅެން ދިމާ އަކަށް ދާން ހިނގައިގަތެވެ. “ހަލީ ކޮބާ ފަށަމާ ދޯ! ” ސިނާ ބުންޏެވެ. “އާން ފަށާ . ފުރަތަމަ ނިޝާނަކީ ނާހިދުމެން. ދެން ރަށުތެރެއަށް ވަދެފަ […]
އެކަނި މާ އެކަނި ރަށުގެ މީހުން އާންމުކޮށް ދިރިނުއުޅޭ ހިސާބެއްގައި ހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯލިތަކުން އުނދޯޔެއްގައި ހަލީނާ އެބައޮތެވެ. އޭނާގެ މާޒީގައި ދިމާވި ހިތާމަވެރިކަންތައްތައް ހަނދާން ކުރާށެވެ. ހަލީނާ އަށް މިކަންތައް ދިމާވިތާ މިހާރު ބައިއަހަރު ވެއްޖެއެވެ. ހަލީނާ މިހެން އޮންނާކަށް ޖެހިލުމެއް އަދި ބިރެއްވެސް ނުގަނެވެ. މެންދަމުންއަލިވެ ދޭއްޖަހައިފިއެވެ. އަދިވެސް ހަލީނާ އޮތް އުނދޯލީގައި އޭނާ އެބައޮތެވެ. މީގެ ދޮޅުއަހަރެއްހާދުވަސް ކުރިއެވެ. ދުވަސްކޮޅަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަދިހައެވެ. ރަށުތެރެ ވަރަށްބާރަށް ޒީނަތްތެރިކުރަމުން އެބަދެއެވެ. […]