Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރަށް ތިޔަނަމުގައި……….(2ވަނަ ބައި)

maahil Level 110 Stories
August 11, 2016 2 Mins Read
12 Comments

“ހޫން . ދެން ތިހެން ނުކިޔަބަލަ ދޯ! ” އަރަޝް ނާހިދު ގާތުބުންޏެވެ. “ހަލީ . ކޮބާ ސެޓުވީތަ؟ އެ މަޖާ އިނގޭ! ކޮން ވާހަކައެއްތަ އެސޮރާ ދެއްކީ؟ ” ހަލީނާ ފާތުމަދައިތަގޭދޮށަށް ދިޔަ ގުރޫޕުން ކުރީ މި ސުވާލު ތަކެވެ. ނާހިދު އޭނާގެ ރައްޓެހިން ގޮވައިގެން ފެންކުޅެން ދިމާ އަކަށް ދާން ހިނގައިގަތެވެ. “ހަލީ ކޮބާ ފަށަމާ ދޯ! ” ސިނާ ބުންޏެވެ. “އާން ފަށާ . ފުރަތަމަ ނިޝާނަކީ ނާހިދުމެން. ދެން ރަށުތެރެއަށް ވަދެފަ ފިލާނީ. އެ ގުރޫޕު އަހަރުން ވަޅަށް ލިޔަދީގެން ނުވާނެ! ” ހަލީނާ ހުރިހާ ކުދިންނަށް އޭނާގެ ވިސްނުން ކިޔައިދިނެވެ.

ނާހިދުމެން ގުރޫޕަށް ފުރަތަމަ ހަމަލަ ދިނީ ދީނާމެން ގެއިންނެވެ. އެގޭދޮށުން ސަލާމަތް ވެވުނީ ހަމަ ކިރިޔަކިރިޔާ އެވެ. ރަށުގެ ތުނޑިޔާ ދިމާލަށް މި ގުރޫޕު މިސްރާބުޖަހައިފި އެވެ. “ކޮބާ ފާ އައްސެއް ލިބުނުތަ؟ ކޮބާ ބިސް ކުލަ ކޮތަޅުތައް؟” ޢަރުޝި ސިނާ ގާތު އެ އެއްޗެހި ގެނައިތޯ އެހިއެވެ. “އާން . ޢަރް ބުނި އެއްޗެއްވިއްޔާ ހުންނާނީ ގެނެސްފަ . އާން ހަލީ ބުނި ކަންތައްވެސް ބަލައިލިން . އެ ގުރޫޕު ވީ ތުނޑިޔާ ދިމާލަށް ދާން މިސްރާބުޖެހާފަ.” ސިނާ ޢަރުޝިއަށް ޖަވާބު ދެމުން ބުނެލިއެވެ.

“ކޮބާ ގުރޫޕު ރެޑީ؟”ހަލީނާ ކޮމާންޑެއްދިން ފަދައެވެ. ހަލީނާމެން ތުނޑިޔާ ދިމާއަށް ދިޔައީ ގަސްތަކުގެ ތެރެއިންނެވެ.” އެންމެންވެސް އަތުން އެއްޗެހި ހުސްވާ އިރަށްދުވާފިލާ! އަތުވެއްޖެޔާ ސީދާ ވަޅަށްކަން ހަނދާންކުރާތި. ދެން އެންމެން ދިމާވާނީ މިޔަދު މެންދުރު ފަހު ކެއްކުމަށް ގޮސް.” ސިނާ ތުނޑިޔާ ހަމަޔަށް ދެވެންދެން މިހެން ކިޔަމުން ދިޔައެވެ.

“އޭއި ރޯމިޔޯ މިޔަދު ބިޓެއްނެގީޔޯ !”ނާހިދު އެ ގުރޫޕު އެންމެންގާތު އެހެން ބުންޏެވެ. ” ދެން ކިހާ ބޮޑު ކަމެއް ދޯ! ނާހިދަށް އެނގޭނެ އެ ކޮން މަންޖެ އެއްކަން. ވަރަށް ލޯބި ފިޔޮކެއް އެއީ ކަލޭމެންވެސް ހައިރާން ވާނެ އެ މަންޖެ ފެނުނީމަ” އަރަޝް އިރުކޮޅަކަށް މަޑުވުމަށް ފަހު ބުންޏެވެ. “އޭއި ރޯމިޔޯ ކަލޭ އޭނަފަހަތުން ނޫޅޭ! އެއީ މިރަށު ހުރިހާ ބިޓުން ރައްޓެހިވާން އަހައި ރައްޓެހި ނުވި ކުއްޖެއް. ވަރަށް ވަހުޝީ ވާނެ.” ނާހިދު އަރަޝް އަށް ހަލީނާގެ ކުޑަކުޑަ ތައާރަފެއް ކިޔައި ދިނެވެ.

ހަލީނާމެން ގުރޫޕުން އަރަޝްމެންނަށް ހަމަލަދިނީ އެކުދީން އޮލަވާހަކައިގަ ތިއްބައެވެ. ހަމަލަ ދިނުމަށްފަހު އެންމެން ފިލައިރައްކާވީއެވެ. ނަމަވެސް ހަލީނާއަށް ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. ހަލީނާ ޖަހައިގަތީ އަރަޝްއަށް ހަމަލަދީފަ ފިލަން ދުއްވައިގަން ތަނުން ނާހިދު އެވެ. ކަމަކުދާކަށް ނެތެވެ. ހަލީނާ މިއޮތީ އެ ގުރޫޕުގެ ބެލުމުގެ ދަށުގައި ހައްޔަރުވެފައެވެ. ނާހިދުމެން ގުރޫފުން ނިންމީ މޫދަށް އެރުމަށްފަހު ހަލީނާއަށް ހަމަލައެއް ދޭށެވެ. އަރަޝް ނިންމީ މޫދަށް ނޭރުމަށެވެ. އެއީ ހަލީނާ ހައްޔަރުން ދޭތޯ ބެެލުމަށެވެ. “ހަލީ. ކޮބާ ބޭނުންތަ ސަލާމަތް ވާން؟” ނާހިދުމެން ގުރޫޕު މޫދަށްއެރެން ދިޔުމުން އަރަޝް ބުންޏެވެ. ހަލީނާ ދިޔައީ ސިހިގެންނެވެ. އޭނާގެ ނަން އަރަޝް އަށް އެނގުމުންނެވެ.

“ވަޓް ދަ! މިސޮރަށް ނަންވެސް އިނގޭތާ. ޔަޤީން މީ އެ އަނގަގަދަ ނާހިދުގެ ކަމަކަށް. އެކަމު މިމީހުންގެ ފަރާތުން ސަލާމަތްވާންވެސް އެބަ ޖެހޭ. މިސޮރުގެ ބޭނުން ރަނގަޅަށް ހިފާނަން. ” ހަލީނާ ހިތާހިތުން ބުނެލިއެވެ. “ހޭއި ބޯއީ. މަ ބޭނުން ސަލާމަތްވާން. ތަ މަ ސަލާމަތް ކޮށްދޭނަން ދޯ!” ހަލީނާ ފިލަން ބޭނުންވެފައި ވާވަރު އަރަޝް އަށް އޭނާ އެހެން ބުނުމުން އެނގުނެވެ. “އޯކޭ. ގޮތެއްގެ މަތިން .” އަރަޝް ބުންޏެވެ. “ހޫން ނިކަން ބުނެބަލަ ކޮޕީއެއްތަ؟ .މަށަށް ދެވޭކަހަލަ އެއްޗެއް އިނގޭ ބުނާނީ!”ހަލީނާ ބުންޏެވެ. “މަންޖެ މާދަމާ ހަވީރު އާދޭ ނާހިދުމެން ގެއަށް ނާހިދުގެ ބިޓު ގޮވައިގެން . އޯކޭ؟ . އަރަޝް ބުންޏެވެ. ޖަވާބުގައި ހަލީނާ “އާން” މިހެން ބުންޏެވެ.
ތިންވަނަބަޔައް އިންތިޒާރުކޮށްލައްވާ!!!!!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maahil

Level 110 Stories

Hi Im Maahil

Other Articles

Previous

އާވާރާކަން …(ހަތަރުވަނަބައި)

Next

ވާލޯބި އެނގޭނަމަ….

Next
August 12, 2016

ވާލޯބި އެނގޭނަމަ….

Previews
August 11, 2016

އާވާރާކަން …(ހަތަރުވަނަބައި)

12 Comments!

  1. Ssss says:
    August 11, 2016 at 11:19 pm

    Salhi

  2. Afy says:
    August 11, 2016 at 11:31 pm

    Salhi ekamaku maakuree thankolheh dhigukoh up kolladheebala aneh part avahah up kolladhee keh madhu vefaa

  3. soabi says:
    August 11, 2016 at 11:54 pm

    Salhi story Maa lahey up kuraaleh adi Maa kuru tahkoleh digukoahlaa keep going

  4. its me says:
    August 12, 2016 at 8:48 am

    Vaahaka salhi ekm maa bodah vess kury. Kon dhuvas thakehga mi vaahaka genes dheny

    1. lihaam says:
      August 13, 2016 at 7:53 am

      Monday and Thursday night ga

  5. sinaa says:
    August 12, 2016 at 8:58 am

    Vaahaka namaka daan v nun kurukamuge inthihaa….??????

  6. nishu says:
    August 12, 2016 at 9:47 am

    Varah kuru mi vaahaka ekam reethi

  7. Aanaa says:
    August 12, 2016 at 3:22 pm

    Mi dhen koacheh! Dhe folhuvathaa falhi

  8. Darkangle says:
    August 12, 2016 at 5:56 pm

    Haadha kurey

  9. miny says:
    August 12, 2016 at 7:39 pm

    Too short

  10. Mexxo says:
    August 13, 2016 at 10:07 am

    haadha kurey…………… v v reethi

  11. meesha says:
    August 13, 2016 at 12:52 pm

    maaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaakuru

Comments are closed.

Next Episodeއުމުރަށް ތިޔަނަމުގައި………(ތިންވަނަބައި)←


All Right Reserved!