ހަތަރުވަނަ ބައި ޒާހިދާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. “އެންމެ ރަނގަޅޭ، އާޒިމް ނުބުންޏަސް ޑޮކްޓަރ ބުނެފައޭ އެ ދިޔައީ ޒާހި ކައިރީގައި މާދަން ޑިސްޗާރޖް ކުރާނަމޭ” ޒާހިދާ ފޮނިވެލާފައި ބުންނެޏެވެ. ދެމީހުންގެ ވާހަކައިގައި ޖެހިފައި ހުރުމުން ހައްވާމަނިކެ މަތިންވެސް އެކަކުވެސް ހަނދާނެއް ނެތެވެ. ހައްވާމަނިކެ އިނީ އެދެކުދިންގެ ދިރިއުޅުމާއިމެދު ހިންހަމަ ޖެހިގެންނެވެ. ކުރިން ނުގަބޫލުވި މޮޔަ ހިތައްއަރާފައެވެ. ނަމަވެސް އާޒިމް ކަހަލަ ހެޔޮ ފިރިއެއް އޭނާގެ ދަރިފުޅަށް ދެއްވިކަމަށް ޓަކައި މާތް ރަސްކަލާނގެ […]
ތިން ވަނަ ބައި ވަގުތު ސިކުންތުން މިނެޓަށް، މިނެޓުން ގަޑިއިރަށް ބަދަލްވެގެން ދެއެވެ. މިހާރު އައި ސީ ޔޫ އަށް ޒާހިދާ ވެއްދިފަހުން ގަޑި އިރެއް ވަނީ އެވެ. އާޒިމް އައި ސީ ޔޫ ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އިރު އޭގެ ވާޖިބް އަދާކުރުމަށް ފަހު މިދުނިޔެ އާއި އަލްވަދާއު ކިޔައިފިއެވެ. މުޅިދުނިޔެ ވަނީ އަނދިރި ވެފައެވެ. ނަމަވެސް އާޒިމްގެ ހިތް ބުނަނީ މި އަނދިރި ކަމުގެ އެއްވެސް މާނަ އެއް ނެތްކަމުގައެވެ. އެ […]
ދެވަނަ ބައި ޒާހިދާ އަކީ ގެ ވެހި އަންހެނެކެވެ. އޭނާގެ ގެވެހި ކަމާއި ހެޔޮލަފާ ކަމުގެ ސަބަބުން އާޒިމް ގެ އާއިލާ ވީ ވަރަށް ވެސް އުފާވެރި އާއިލާ އަކަށެވެ. ޒާހިދާ އަކީ މަލަކާގެ މަންމަ އެވެ. އާޒިމްގެ އަންހެނުންނެވެ. އާޒިމް އާއި ޒާހިދާ ކައިވެނި ކުރީ މައިންބަފައިންގެ ނުރުހުމުގައެއް ކަމަކު މިހާރު އެދެމީހުން ވަރެއް ދެ އާއިލާ އަކުވެސް ނެތެވެ. ޒާހިދާ އަކީ ހިތް ހެޔޮ، ދީންވެރި ކިޔަމަން ތެރި އަންބެކެވެ. މިކަމާ އާޒިމް ފަހުރުވެރި […]
ފުރަތަމަ ބައި އިރުގެ ރަން ދޯދިތަކުން މުޅިދުނިޔެ ވަނީ އަލިކޮށްލާފައެވެ. ފިކުރެއް ހިޔާލެއްނެތި ޔަނާލް ދުވަމުން އެ ދަނީ އޭނާގެ މަންމަގެ ވަށައިގެންނެވެ. ޔަނާލް އަކީ އެންމެ 3 އަހަރުގެ މަލަކާގެ ދަރިފުޅެވެ. ޔަނާލް ދުވަމުން ދުވަމުން އެންމެ ފަހުން ވަރުބަލިވެގެން އައިސް އޭނާގެ މަންމަގެ އުނގައް ވެއްޓިގަތެވެ. ޔަނާލްގެ އެ މަޢުސޫމު ދެލޮލުން ފެންނަނީ ސަނާހް ގެ ސޫރައެވެ. ހަމަ އެ ދެލޮލެވެ. ހަމަ އެ ސޫރައެވެ. މަލަކާ އަކީ ރާއްޖެތެރޭގެ ފޯރުންތެރި އާއިލާ […]