Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މަލަކާ – 3

ishko Level 110 Stories
June 23, 2025 4 Mins Read
0 Comments

ތިން ވަނަ ބައި

ވަގުތު ސިކުންތުން މިނެޓަށް، މިނެޓުން ގަޑިއިރަށް ބަދަލްވެގެން ދެއެވެ. މިހާރު އައި ސީ ޔޫ އަށް ޒާހިދާ ވެއްދިފަހުން ގަޑި އިރެއް ވަނީ އެވެ. އާޒިމް އައި ސީ ޔޫ ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

އިރު އޭގެ ވާޖިބް އަދާކުރުމަށް ފަހު މިދުނިޔެ އާއި އަލްވަދާއު ކިޔައިފިއެވެ. މުޅިދުނިޔެ ވަނީ އަނދިރި ވެފައެވެ. ނަމަވެސް އާޒިމްގެ ހިތް ބުނަނީ މި އަނދިރި ކަމުގެ އެއްވެސް މާނަ އެއް ނެތްކަމުގައެވެ. އެ ހިތުގައި ޒާހިދާ ހެޔޮ ހާލުގައި އަންނާނެ ކަމުގެ އުންމީދު ކުރެވެއެވެ.

 

ނަމާދު ކޮށްލައިގެން އާޒިމް އަވަސް އަވަހަށް އައި ސިޔު އާ ދިމާލަށް ދިޔައެވެ. އޭރުވެސް ޒާހިދާ އައި ސީޔޫ އިން ނުނެރެއެވެ. މީ ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ.؟ އާޒިމް ގެ ހިތް ވަނީ އަދިވެސް ނުތަނަވަސް ވެފައެވެ. ކުއްލިއަކަށް އައި ސީ ޔޫ އިން ނިކުމެގެން އައި ޑޮކްޓަރު ފެނުމުން އާޒިމް ސުވާލުކުރަން ފެށިއެވެ. ” ޒާހިދާ ކިހިނެތް؟ އަޅުގަނޑުގެ އަންހެނުން ..” އާޒިމް އަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. ” އިރާދަކުރެއްވީތީ އާޒިމްގެ އަންހެނުން މިހާރު އަންނަނީ ރިކަވަރ ވަމުން. އެކަމަކު އަޅުގަނޑުމެން އަދިވެސް ޒާހިދާ މިތާގަ ދެތިން ދުވަހު ބާއްވަން ޖެހޭނެ” ޑޮކްޓަރުގެ ބަސް އާޒިމް އަށް އިއްވިއެވެ. ” އަލްހަމްދު ލިއްﷲ. ” އާޒިމްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. ” އާޒިމް އަށް އަންހެނުންނާ ބައްދަލް ކުރެވިދާނެ. މިތާގައި މަޑުކުރެވޭނީ އެންމެ މީހަކަށް. މިވަގުތު އާޒިމްގެ އަންހެނުން އޮންނާނީ ނިދިފަ. ހޭ އަރާނީ އަދި ގަޑިއެއްހާ އިރު ފަހުން. ދެން އެންމެ ރަނގަޅު ވަނަސް” ޑޮކްޓަރ އާޒިމް އަށް ކިޔައިދިނެވެ. ޑޮކްޓަރ ދިއުމުން އާޒިމް އައި ސީ ޔޫ އަށް ވަނެވެ. ޒާހިދާގެ މޫނުގައި ވަނި މާސްކެއް އަޅާފައެވެ. ދެ އަތުގައި އައި .ވީ ގުޅާފައި ހުއްޓެވެ. . ޒާހިދާގެ ކައިރިއަށް މަޑުމަޑުން ހިނގާފައި އައިސް ގޮޑީގައި އިށީނދެ އެނދުގައި ބޯއަޅާލިއެވެ. އެވަގުތު އާޒިމްގެ ހަނދާނަށް އައީ އެދެމީހހުންގެ މާޒީގެ ސަފްހާގެ ތެރެއިން ސަފުހާއެކެވެ. …

“އަހަރުމެންނަށް އަންހެން ކުއްޖެއް ލިބިއްޖެއްޔާ ކިޔާނީ މަލަކާ ދޯ؟” އާޒިމްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ޒާހިދާ މަޑުމަޑުން ބުނެލިއެވެ. “ފިރިހެން ކުއްޖެއް ލިބިއްޖެއްޔާ ޔޯ؟” އާޒިމް ޖަވާބު ދިނުމުގެ ބަދަލުގައި ކޮށްލީ ސުވާލެކެވެ. ” އާޒިމް ބޭނުން ނަމެއް ކިޔާނީ” ޒާހިދާ ހީލިއެވެ. އުމް، ކިޔާނީ މީކާއީލް. މަލަކާ، މީކާއިލް. ރަނގަޅު ދޯ؟ ގުޅުވާލެވިއްޖެ އެންނު.ހެހެހެހެ. ” އާޒިމް މަޑުމަޑުން ޒާހިދާ ގެ ކޮލުގައި ހިފާލިއެވެ. “ދެން ހިނގާ ނިދަމާ.” ޒާހިދާ ގާތަށް ނިދި އަންނަ ގޮތް ވުމުން ކޮޓަރި އާ ދިމާލަށް މިސްރާބު ޖެހިއެވެ. ޒާހިދާ ގެ ބަނޑުގައި މިދުވަސް ވަރު ވަރަށް ގަދައަށް ރިއްސައެވެ. ރޭގަނޑު އެފަކީރު އޮންނަނީ ނުނިދިފައެވެ. އާޒިމްގެ އެހީތެރި ކަމާއި އެކީ ޒާހިދާ އެނދުގައި އޮޝޯތެވެ. ބަނޑަށް ނުވަމަސް ވެ ވިހަން ކައިރިވެފައިވާ ޒާހިދާ އަށް އެ ބަނޑާ އެކީ ހިނަގަންވެސް ދައްޗެވެ. ދެވަނަ ދަރިފުޅަށް ބަލިވެ އިންއިރު ޒާހިދާ ފަލަވީ ކުރިއާ ޙިލާފަށެވެ. ވާނީ ވެސް އެހެންނެވެ. ޒާހިދާ އަށް މަސައްކަތެއް ކުރުމުގެ ފުރުސަތެއް އާޒިމް ނުދެއެވެ. މި ފަހަރު ޒާހިދާ ބަލިވެ އިނީއްސުރެ ހުރިހާ ކަމެއް ކުރަނީ އާޒިމް އަމިއްލައަށެވެ. އާޒިމް އަކީ ހެޔޮ ފިރިއެކެވެ. ރަނގަޅު ފިރިއެކެވެ. ޒާހިދާ ހުންނަނި އަބަދުވެސް އުފަލުގައެވެ. އަހުސަން ކައިރި ހުރުމަށް ޓަކައި އާޒިމްގެ މަންމަ ވެސް މިދުވަސް ވަރު އުޅުނީ އާޒިމްމެން ކައިރިގައެވެ.

ނިންޖަށް ގެނބެމުން ދިޔާ އާޒިމް އަށް ހޭލެވުނީ ޒާހިދާގެ ކުކުރުމުގެ އަޑަށެވެ. އޭރު ޒާހިދާ ބަނޑުގައި ރިއްސާތީ ތެޅިފޮޅެނީ އެވެ. އާޒިމް އަވަސް އަވަހަށް މަންމަ އަށް ގޮވިއެވެ. ޒާހިދާ ހީވަނީ ދެންމެ ދެންމެ ވިހާފާނެހެންނެވެ. އާޒިމް އަވަސް އަވަހަށް އެންބިއުލާންސަށް ގުޅިއެވެ. ” އާޒިމް ” ޒާހިދާގެ ރުއިމުގެ އަޑު މުޅިތަނަށް ގުގުމައިގެން ދިޔައެވެ.

 

އެވަގުތު އާޒިމް ފުންމައިގެން ތެދުވިއެވެ. އޭރު އާޒިމް ވަނީ ދާހިތްލާ ފޯވެފައެވެ. ތެދުވެ ބަލާލިއެވެ. ޒާހިދާ އެނދުގައި ނިދާފައި އޮތެވެ. މިހުރެވުނީ ހޮސްޕިޓަލުގައި ކަން އެނގުނީ ޒާހިދާ ފެނުމުންނެވެ. މިހާރު ގަޑިއިރެއް ވަނީ އެވެ. އަދިވެސް ޒާހިދާ ހެޔެއް ނާރައެވެ. އާޒިމް މަޑުމަޑުން ޒާހިދާގެ ނިއްކުރީގައި ބޮސްދިނެވެ. އެވަގުތު ޒާހިދާ ލޯ ހުޅުވާލިއެވެ. މަޑުމަޑުން އާޒިމް އަށް ލޮލުން އައުމަށް އިޝާރާތްކުރިއެވެ. އާޒިމް ޒާހިދާގެ އެނދުގެ މަގަތުގައި އިޝީނދެލިއެވެ. އެ ވަގުތަކީ ޑޮކްޓަރުވެސް އެތަނަށް އައި ވަގުތެވެ. އާޒިމް ޑޮކްޓަރަށް ތަން ދެއްކުމަށް ފަހު އެއްފަރާތަކަށް ޖެހިލިއެވެ. ޑޮކްޓަރ ޒާހިދާ ރަނގަޅަށް ބެލިއެވެ. އަދި އިތުރު ބޭސް ތަކެއް ލިޔުއްވާ ދެއްވުމަށް ފަހު ޑޮކްޓަރާ އެކީ އައުމަށް އާޒިމް އަށް ބުންޏެވެ. އާޒިމް ޑޮކްޓަރ ފަހަތުން ބޭރަށް ނިކުތެވެ. ” މިހާރު އާޒިމްގެ އަންހެނުންގެ ހާލު ރަނގަޅު.

އެއްވެސް މައްސަލަ އެއް ނެތް. އިތުރު ކޮމްޕްލިކޭޝަން އެއް ނެތިއްޔާ މާދަން ވޯޑަށް ބަދަލުކުރާނަން”. ޑޮކްޓަރ މަޢުލޫމާތު ދެމުން ބުންޏެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ” އާޒިމް ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ. “ޑެޑީ” ކުއްލިއަކަށް އަހުސަން އައިސް އާޒިމްގެ ގައިގައި އޮޅުލައި ގަތެވެ. ކުޑަކުޑަ އަހުސަން ހުރީ އެނާގެ ޑެޑީ އާ ދިމާނުވެގެން ކުޑަތަންވެފައެވެ. އަހުސަން ގޮވައިގެން  އައީ  އެސޮރުގެ ކާފައެވެ. އަހުސަން އެއްގޮތަކަށް ވެސް ގޭގައި މައިތިރި ނުވެގެންނެވެ. މަންމި އާއި ޑެޑީ ކައިރިއަށް ދާން ހަމަ ރޮނީއެވެ. ” ކޮބާ މަންމި، ކޮއްކި ބޭނުން މަންމި ކައިރިއަށް ދާން” އަހުސަން ބޮޑާ ހާކާލިއެވެ. އާޒިމް ކުޑަކުޑަ އަހުސަން އުރާލިއެވެ. ” މަންމި ކައިރިއަށްވެސް ދެވޭނޭ ދަރިފުޅާ. ފުރަތަމަ ބުނެބަލަ، ދަރިފުޅު ޤުރުއާން ކިޔެވިންތަ؟ އާޒިމް އޭނާގެ 5 އަހަރުގެ ލޯބިވާ ދަރިފުޅު އަހުސަން އުރާލައިގެން ހުރެ ބުންޏެވެ. ” ލައްބަ އޭ ޑެޑީ، ކޮއްކި ކިޔަވައިގެން މިހުރީ ކާފަ އާއެއްކޮށް” އަހުސަން ފޮނިވެލާފައި ކާފަގެ މޫނަށް ބަލާލަމުން ބުންނެވެ. ” އާން ދަރިފުޅާ، މަންމަ ކައިރިއަށް ދެވޭނީ ކިޔަވައިގެން ބަސްއެހީމައޭ ބުނީމަ ވަރަށް ފަސޭހައިން އައިއްސި ކިޔަވަންވެސް”. އާޒިމްގެ ބައްޕަ މުޙައްމަދު ވަރުބަލި ކަމާއެކު ބުންޏެވެ.

އާޒިމްގެ ހިތައް ފިނިކަމެއް ލިބުނު ނަމަވެސް ވެފައިވާ ވަރުބަލިކަމާއި ހެދި މޫނުގައިވާ ތާޒާކަން ވަނީ ގެއްލިފައެވެ. މީހާ ވަނީ މުޅިން ލޮޑުވެ އަރާމް ކުރަން ބޭނުން ވެފައެވެ. އެހެން ކަމުން އަހުސަން އަށް ބަހަނާއެއް ދެއްކުމަށް ފަހު އެސޮރުގެ މަންމަ އާއި ފަހުން ބައްދަލު ކުރާނޭ ކަމަށް ބުނެ އަހުސަން ހަވާލުކުރީ މުނީރާއާއެވެ. އޭރު މުނީރާވެސް ކުޑަ ގޮއްޔެ ކައިރީ ހުރުމަށްފަހު ގެއަށްދާން ނިކުންނަނީ އެވެ. ގެއަށް ދިއުމުގެ ކުރިން އާޒިމް އައި ސީޔޫ އަށް ވަނެވެ. ނަމަވެސް ޒާހިދާ އަށް ނިދިފައި އޮތުމުން ގެއަށްދާން ހިނގައިގަތެވެ. ޒާހިދާ އާއި ބޭބީ ކައިރީ މަޑުކުރީ ޒާހިދާގެ މަންމަ ހައްވާ މަނިކެއެވެ. ހައްވާ މަނިކެ އައީ މުނީރާ ގުޅައިގެން ނެވެ. މުނީރާ އަކީ ވެސް ވަރަށް ބަލިކޮށް އުޅޭ މީހެއްކަމުން އެނޫންގޮތެއް ނެތިގެން ހައްވާމަނިކެ ގެނުވީއެވެ.

ރޭގަނޑުގެ ހަމަހިމޭންކަން ދުނިޔެ މައްޗަށްވަނީ ވެރިވެފައެވެ. މުޅި ދުނިޔެ ނިދާފައިވާ ކަހަލަ އެވެ. ހޮސްޕިޓަލް ތެރެ ވަނީ ހަމަހިމޭންވެފައެވެ. ދޭތެރެ ދެތެރެއިން މީހެއްގެ ކެއްސާލުމުގެ އަޑު އިވެއެވެ. ޒާހިދާ ލޯ ހުޅުވާލީ މީހެއްގެ ހިލަމެއްވެގެންނެވެ. ކައިރީގައި ނަރުސްކުދިން ތިއްބެވެ. އެތަނުން އެއްކުއްޖެއްގެ އަތުގައި ޒާހިދާގެ ދަރިފުޅު އޮތެވެ. ބަލި އެނދުގައި ދެ ދުވަސް ވީއިރު ޒާހިދާ އަށް ހީވީ އެތަކެއް އަހަރުތަކެއް ކޮށްފަ ނިންޖަކުން ހޭލެވުނު ހެންނެވެ. ޒާހިދާ ވަށައިގެން ހޯދާލިއެވެ. އޭނާ އެ ހޯދަނީ އާޒިމްއެވެ. އޭނާގެ ލޯބިވާ އާޒިމްއެވެ. ” ދަރިފުޅާ، އާޒިމް ވީ ގެއަށް ގޮސް. އެސޮރު އަންނާނެ މިހާރު” ހައްވާމަނިކެއަށް ޒާހިދާ އެ ހޯދަނީ އާޒިމްކަން އެނގުމުން ބުންޏެވެ. އިރުކޮޅަކުން ޑޮކްޓަރުވެސް ދުރުވެއްޖެއެވެ. އަދި ޒާހިދާ ވޯޑަށް ބަދަލުކުރުމުގެ ހުއްދަ ދީފިއެވެ. ވޯޑަށް ބަދަލުކުރުމާއި އެކު ޒާހިދާ އޭނާގެ ލޯބިލޯބި ދަރިފުޅު ފުރަތަމަ ފަހަރަށް ގަޔާލާ ފިއްތާލިއެވެ. އެހިނދު އުފާވެރި ކަމުގެ ކަރުނަ ފާއްދާލިއެވެ. ޒާހިދާ ވޯޑަށް ބަދަލުކުރިތާ ބައިގަޑިއިރު ނުވަނީސް އާޒިމްވެސް އައިއްސިއެވެ. ޒާހިދާ އަށް އާޒިމް ފެނުމުން ވެފައިވާ އުފާވެރިކަން ދެގުނައަށް ބަދަލުވިއެވެ. “އަޅެ ކޮން އިރަކުންތަ ގެއަށް ދެވޭނީ” އާޒިމް އައިސް ހަމަ ވަނުމާއެކު ޒާހިދާ ކުޑަކުއްޖެއް ފަދައިން ބުންޏެވެ. “ހެހެހެ، ސާބަހޭ ލޯބިވާ ޒާހީ، ކެއްތެރިވޭ، އަދި ގެއަށްވެސް ދެވޭނެ އިރާދަކުރެއްވިއްޔާ. ޑޮކްޓަރ ބުނި ދެން މިތާގަ ބޭއްވުމުގެ ބޭނުމެއް ނެތޯ،. އެނދުވެސް މަދުކަމުންނާ އެއްކޮށް.. އާޒިމް ސަމާސާ ކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

ލޯބި-1

Next

އޭލިއަން ސިލްސިލާ: ވަރަ – 14

Next
June 23, 2025

އޭލިއަން ސިލްސިލާ: ވަރަ – 14

Previews
June 22, 2025

ލޯބި-1



All Right Reserved!