Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މަލަކާ- 4

ishko Level 110 Stories
June 24, 2025 3 Mins Read
0 Comments

ހަތަރުވަނަ ބައި

 

ޒާހިދާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. “އެންމެ ރަނގަޅޭ، އާޒިމް ނުބުންޏަސް ޑޮކްޓަރ ބުނެފައޭ އެ ދިޔައީ ޒާހި ކައިރީގައި މާދަން ޑިސްޗާރޖް ކުރާނަމޭ” ޒާހިދާ ފޮނިވެލާފައި ބުންނެޏެވެ. ދެމީހުންގެ ވާހަކައިގައި ޖެހިފައި ހުރުމުން ހައްވާމަނިކެ މަތިންވެސް އެކަކުވެސް ހަނދާނެއް ނެތެވެ. ހައްވާމަނިކެ އިނީ އެދެކުދިންގެ ދިރިއުޅުމާއިމެދު ހިންހަމަ ޖެހިގެންނެވެ. ކުރިން ނުގަބޫލުވި މޮޔަ ހިތައްއަރާފައެވެ. ނަމަވެސް އާޒިމް ކަހަލަ ހެޔޮ ފިރިއެއް އޭނާގެ ދަރިފުޅަށް ދެއްވިކަމަށް ޓަކައި މާތް ރަސްކަލާނގެ ކިބައަށް ހަމްދުކުރިއެވެ. އާޒިމްއަށް މަންމަ ވިސްނުމެއްގެ ތެރޭގައި އިންތަން ފެނުމުން އެމަންޒަރު ޒާހިދާއަށް ދެއްކިއެވެ. “މަންމާ” ، ޒާހިދާ ގޮވާލުމުން ހައްވާމަނިކެ ދިޔައީ ސިއްސައިގެންނެވެ. “ކިހިނެތްވީ ދަރިފުޅާ، ދަރިފުޅު ކަމެއް ބޭނުންވީތަ؟” ހައްވާމަނިކެ އެހެންއިނދެ ބުންޏެވެ. “ނޫން މަންމާ، މަންމަ ހިޔާލަކަށް ގެއްލިފަ އިނީމަ، މަންމަ މާބޮޑަށް ވަރުބަލިވީދޯ، ދެން ދޭ ގެއަށް މަންމަ، މިހާރު އާޒިމް ވެސް އައީނު. މަންމަ އެހާ ގިނައިރު ތިހެން ކޮޅަށް ނީންނާޝޭ ވެސް ޑޮކްޓަރު ބުންޏެއްނު. އަޅެ މަންމަ ކީއްވެ ތިއައީ. ” ޒާހިދާ ކަންބޮޑުވުން ފާޅުކޮށްލިއެވެ. ” ދަރިފުޅާ، މަންމަ މިހާރު ރަނގަޅޭ، ދެން ދާންވި ގެއަށް މިހާރު ބައްޕަ ހުންނާނެ ލަސްވެފަ. ދަރިފުޅު ދެކިލަން އެވަރަކުން މިއައީވެސް” ހައްވާ މަނިކެ ގޮޑިން ތެދުވަމުން ބުނެލިއެވެ. “މަންމަ ހިންގާ. އަހަރެންދާނަން މަންމަ ގެއަށް ލާން”. އެވަގުތު އާޒިމް ވެސް ތެދުވަމުން ބުނެލިއެވެ. “ނޫނޭ، ދަރިފުޅު މަޑުކުރޭ، މަންމަ ގޮސްދާނަމޭ އެކަނިވެސް. އެހެންނޫނަސް ގެ އެހާ ދުރެއްވެސް ނޫނެއްނު”. ހައްވާ މަނިކެ މަޑުމަޑުން ނިކުމެގެން ގޮސް އޮބާލިއެވެ.

ވޯޑުތެރޭގައި ޒާހިދާގެ އިތުރުން އިތުން ދެތިން މީހުން ވިހައިގެން އެޑްމިޓްކޮށްފައި އޮތެވެ. އިރު އިރު ކޮޅުން ވޯޑް ތެރޭގައި ގުގުމައިގެން ދަނީ އެތަނުން މައެއްގެ ދަރިފުޅުގެ ރުއިމުގެ އަޑުންނެވެ. މިގޮތުގައި އެރޭވޭތުވެގެން ދިޔަގޮތެއްވެސް ނޭނގެއެވެ.

 

އައު ދުވަހަކަށް އިރުއަރައިފިއެވެ. ކުދި ދޫނިތައްވެސް އެސޮރުމެންގެ ހާލިތަކުން ނިކުމެ އެސޮރުމެންގެ މަސައްކަތާ ދިމާލަށް މިސްރާބުޖަހަން ފެށިއެވެ. ދުނިޔެ މަތި ހަލަބޮލި ވެގެން ދިޔައެވެ. ފަތިސް ނަމާދުކޮށްލައިގެން މުނީރާ ނިކުތީ ބަދިގެ އަށް ކާއެއްޗެއް ތައްޔާރުކުރާށެވެ. އަހުސަން ހޭލަންވާއިރަށް އެއްޗެއް ތައްޔާރު ކޮށްލެވޭތޯއެވެ. ރޭގަވެސް އަހުސަން ދެތިން ބުރަށް ހޭލާފަ މަންމަ ހޯދަން އުޅުނެއެވެ. އަހުސަން ހޭލައިފިއްޔާ ގޭގަ މަޑެއް ނުވާނޭ ކަން އެނގުމުން މުނީރާގެ މަސައްކަތް އަވަސް ކޮށްލިއެވެ. ޒާހިދާއަށް ވެސް ތަށި ބަރިއަށް އެއްޗެހި އަޅާ ނިންމާލިއެވެ. ބަދިގެ މަސައްކަތް ނިމުނު އިރު ހަތްގަޑި ބައިވަނީ އެވެ. އަހުސަން ނުހޭލާ ކަން އެނގުމުން ގޭތެރޭގެ ކަންތަކުގައި މަސްއޫލުވިއެވެ. ޒާހިދާ އަންނަން ވާއިރަށް ގޭތެރެ ފޮޅާ ސާފުކުރިއެވެ. ކޮޓަރި ތެރެ ތައްޔާރުކޮށްލިއެވެ. ދެން މުނީރާ އަވަސް ވެގަތީ އަހުސަން ކޮބައިތޯ ބަލައިލާށެވެ. އަހުސަން ކޮޓަރި ދޮރުމައްޗަށް އަރާ ދޮރުހުޅުވާލިއެވެ. ފަންކާ އެނބުރި އެނބުރި ހުއްޓެވެ. ކޮޓަރީގެ ބޮކިވެސް ހުރި ދިއްލާފައެވެ. ނަމަވެސް އެނދުގަ އަހުސަން ނެތެވެ. “އަހުސަން، ދަރިފުޅާ” މުނީރާ ގޮވަމުން ގޮވަމުން ގޭ ހުރިހާ ތަނެއް ބަލާ ފާސްކުރިއެވެ. އެހެންނަމަވެސް އަހުސަން ފެންނާކަށް ނެތެވެ. މުނީރާ ގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. މަގުމައްޗަށް ދުވެފައި ކަހަލަ ގޮތަކަށް ނުކުތެވެ. ދޮރުމަތީގައި އިން އަހުސަން ފެނުމުން ހިންހަމަޖެހުމުގެ ނޭވާއެއްލިއެވެ. “މިތާދޯ މިއިނީ، ކޮން އިރެއް މާމަ ގޮވާތާ. އާދޭ ތިއްތިވެގެން ސައިބޯން ދާން” މުނީރާ އަހުސަން އުރާލަމުން ގޭތެރެއަށް ވަނެވެ. “މާމަ ބުނީމެއްނު މަންމި މިއަދު އަންނާނޭ، މަންމި އަންނަތަން ބަލަންޝޭ ކޮއްކި މި އިނީ. އެކަމަކު އަދިވެސް ނާދެ.” އަހުސަން އިނީ ފޫހިވެފައެވެ. އެފަކީރަށް ކިހާދިގު އިންތިޒާރެއް ކުރަން ޖެހޭނެ ބާއެވެ. “މަންމި ކައިރިއަށް ދަމާހިނގާ ދޯ. ދަރިފުޅަށް އެނގޭތަ. މިހާރު ތިއީ ދޮންބެއެކޭ”. މުނީރާ އަހުސަންގެ ހެދުން ބާލުވަމުން ކިޔައިދިނެވެ. “ކޮއްކޮ އަށް އެނގޭތަ؟ މިހާރު މަންމަ އަތުގަ ކުޑަކުޑަ ކޮއްކޮ އެއް އޮންނާނެ. އެ ކޮއްކޮގެ ދޮންބެ އަކީ ތީއޭ”. މުނީރާ އަހުސަން ފެންވަރުވަން ފެށިއެވެ. އަހުސަން އަށް ވާނުވާ ނޭނގެ ހާލު މާމަ ދައްކާ ވާހަކަ ކަނުލާ އަޑުއަހަން ހުއްޓެވެ. “އެހެންވިއްޔާ ކޮއްކޮ ، ކޮއްކޮ ބޮޑުވިދޯ. ކޮއްކޮ އަށް ދެން ކިޔާނީ ދޮންބެ ދޯ” އަހުސަން ހިނިގަނޑެއް ޖަހާލިއެވެ.

 

އަހުސަން ރީތިކޮށް ކާންދީ ހެދުމަށްފަހު މުނީރާ ހޮސްޕިޓަލަށް ދިއުމަށް ހިނގައިގަތެވެ. މުނީރާ އަކީ މުރާލި އަންހެނެކެވެ. 3 ކުދިންގެ މަންމަ އެކެވެ. އެންމެ ދޮށީ ކުއްޖަކީ އާޒިމްއެވެ. ދެން ތިބެނީ އަންހެން ދެ ކުދިންނެވެ. މަތީ ތައުލީމު ހާސިލް ކުރަން މިދެކުދިން މާލޭގަ އުޅޭތާ ފަސް އަހަރުވަނީ އެވެ. އޭގެ ފަހުން މުނީރާގެ ދެމަފިރިން އުޅެނީ އެކަނިމާއެކަންޏެވެ. މުނީރާގެ ފިރިމީހާ އަކީ މަސްވެރިއެއްކަމުން ދެމީހުން ކައިބޮއެ ހަދާ ބާކީވެސް ވެއެވެ. އެވަރުން އާޒިމްވެސް ގެއަށް ހަރުދުކުރާތީ އެމީހުންގެ ދިރިއުޅެމުން އަންނަނީ ވަރަށް ވެސް ހަމަޖެހިގެންނެވެ. މުޙައްމަދު މަހަށްދާ ދުވަހެއްވިއްޔާ މުނީރާ ގިނަ ވަގުތު ހެދަކުރަނީ އާޒިމްމެންގެ ގޭގައެވެ. އާޒިމް ގެވަޅެއް ނެގީ ކުރިން ކައިވެންޏަށް ނުގަބޫލު ވުމާއެކު މަންމަމެން ކައިރި އުޅެން އުނދަގޫވެދާނެތީއެވެ. ނަމަވެސް މިހާރު މުނީރާވެސް ހުންނަނީ އާޒިމްގެ ކައިވެންޏާ މެދު ނުލާހިކު ހިންހަމަޖެހިގެންނެވެ. އެހެންނުވާންނީ ކީއްވެގެން ހެއްޔެވެ. އާޒިމްގެ އަންހެނުންނަކީ ހެޔޮ ދަނބިދަރިއެކެވެ. ކައިވެނި ކުރިތާ ގިނަ އަހަރުތަކެއް ނުވެ އެމީހުންގެ ހިތްތަކުން ޖާގަ ހޯދިއެވެ. ޒާހިދާގެ ހެޔޮކަމާއި ހިތްހެޔޮކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މުނީރާ ހޮސްޕިޓަލަށް ދެވުނު އިރު ނުވައެއްޖަހާ ބޮޑުވަނީއެވެ. މަންމަ ފެނުމާ އެކީ އަހުސަން ދުއްވައިގަތެވެ. މަންމި އޭކިޔާ ޒާހިދާ އޮތް އެނދަށް އަރަންވެގެން ތެޅިފޮޅިގަތެވެ. އެހެންނަމަވެސް އާޒިމް އެސޮރު ހިފެހެއްޓިއެވެ. “ދަރިފުޅު، މަންމި އަކަށް އަދި ނޫރޭނޭ ދަރިފުޅެއް. މަންމި އަދި ކުޑަކޮށް ބަލި. މަންމަ އަށް ތަދުވެދާނެ އެއްނު ދޯ” އާޒިމް ވިސްނަދިނެވެ. “މާމަ ބުނީ ކޮއްކި ދޮންބެ އަކަށް ވިއްޔޯ؟ ކޮބާތަ ދޮންބެގެ ކޮއްކި؟” އަހުސަން ވަށައިގެން ހޯދާލިއެވެ. “މިއޮތީނު ދޮންބެގެ ކުޑަކުޑަ ކޮއްކި. މިއޮތީ ފިލައޭ މިތާ. އާދެ މިފަޅިން”. ޒާހިދާ އަހުސަން އަށް ކޮއްކޮ ދައްކާލިއެވެ. ދޮންދޮން ޖަންބެއްހެން އޮތް ދަރުފުޅު ނަގާ އަހުސަންގެ އަތަށް ލައިދިނީ މުނީރާއެވެ. އަހުސަން ހުރީ އުފަލުން ފޮޅިފައެވެ. އަހުސަން އާއެއްކޮށް ކުޅޭނެ ބައިވެރިއަކު ގެއަށް އައީއެވެ. މި އައު މެހެމާން އައުމުން އާޒިމްމެންގެ އާއިލާ އަށް ވަނީ އިތުރު އުފާވެރިކަމެއް ލިބިފައެވެ. އާޒިމްގެ ދެ ކޮއްކޮވެސް އެކޮއެ ދެކޭ ހިތުން އިރުއިރު ކޮޅަކާ އާޒިމް އަށް ގުޅައެވެ. އަހުސަން ލިބުނު ދުވަހުވެސް އެދެބޭން ހީވީ އެހެންފަދަ ކަމެއްހެންނެވެ. މިފަހަރު ނާދެވުމުން ތިބީ ވަރަށް ވެސް މޮޅިވެފައެވެ.

 

މެންދުރުން އަނބުރާ ދޭއް ޖަހަނީ އެވެ. ޑޮކްޓަރުގެ އިންތިޒާރުގައި އެންމެން ތިބީ ކުޑަތަން ވެފައެވެ. އަވަހަށް ގެއަށްދާން ބޭނުންވެފައެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ޑޮކްޓަރު ދުރުވީ ހަވީރު ހަތަރެއް ޖެހިފަހުންނެވެ. ނަރުހުންގާތު އެތައްފަހަރަކު އާޒިމް އަށް އެހުނު ފަހުންނެވެ. ޑޮކްޓަރުގެ ބަހަކަށް އިންތިޒާރުކުރަމުން އައިވަގުތު ޖެހިއްޖެއެވެ. ޑޮކްޓަރު އައިސް ޒާހިދާ ރަނގަޅަށް ބެލުމަށްފަހު ކުޑަދަރިފުޅުވެސް ބެލިއެވެ. އެއަށްފަހު ހިންހަމަ ޖެހުމުގެ ނެވާއެއްލިއެވެ. “އަހަރެން ހިޔެއްވެސް ނުކުރަން ޒާހިދާ މިހާ އަވަހަށް ގެއަށް ފޮނުވާލަން ޖެހޭނެކަމަކަށް. މިކަހަލަ ކޭސް އަކަށް ބަލާފަ ޒާހިދާ ރިކަވަރ ވަމުން އައި ވަރު ވަރަށް އަވަސް. އެހެން ވީމާ ދެން ގެއަށްދިޔަސް އެންމެ ރަނގަޅު. ” ޑޮކްޓަރުގެ މިބަސްތައް އަޑުއިވުމުން އެންމެ އުފާވި އެކަކީ އާޒިމްއެވެ. އާޒިމް ބޭނުންވަނީ ވީހާވެސް އަވަހަށް ގެއަށް ދާށެވެ. ގެއަށްވުރެ ވަކި ރަނގަޅު މާހައުލެއް މިކުޑަކުޑަ އާއިލާއަކަށް ނެތް ކަން އެނގޭތީއެވެ. މުޅި އާއިލާ ފުރިހަމަ ވަނީ އެތާނގަ ކަމަށް ވާތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

އޭލިއަން ސިލްސިލާ: ވަރަ – 15 (ފަހުބައި)

Next

އަބަދަށް-22

Next
June 24, 2025

އަބަދަށް-22

Previews
June 24, 2025

އޭލިއަން ސިލްސިލާ: ވަރަ – 15 (ފަހުބައި)



All Right Reserved!