ތޭރަވަނަ ބައި އޮސްޓްރޭލިޔާ އަށް އާދެވުމާއި އެކު އަހުސަންގެ އުންމީދަކަށްވީ މަންމަ އާއި ބައްޕަގެ އުންމީދުތައް ފުރިހަމަ ކުރުމަށްޓަކއި މިންނަތާއި އެކު މަސައްކަތް ކޮށް އެދެމީހުން ފަޙުރުވެރިވާނޭ ދަރިއަކަށް ވުމަށެވެ. އެހެންނަމަވެސް އަހުސަންގެ ދިރިއުޅުން ބައްޓަންވީ ޙުދު އަހުސަން ވެސް ބޭނުންވިގޮތަކަށްނޫނެވެ. އޮސްޓްރޭލިޔާ ދެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަހުސަން އަށް އާ ރައްޓެހިންތަކެއް ލިބުނެވެ. ފޮނި އުއްމީދެއްގައި ކިޔަވަން އައި އަހުސަން އަށް، މިލިބުނު ރައްޓެހިން ވީ އައި މަގްސަދުވެސް ހަނދާންނައްތާލުވި ބަޔަކަށެވެ. އެހާވެސް މަޖަލުގައި […]
ބާރަ ވަނަ ބައި ރޭގަނޑުގެ އަނދިރިކަން ދުނިޔެ ރަސްކަން ކުރަމުން ދިޔައެވެ. އެހެންނަމަވެސް މިއަދު މަލަކާ އަށް ފެންނަނީ އެ އަނދިރިކަމުގެ ތެރެއިންވެސް އަލިކަމެވެ. ކުރިއަށް ދާން އޮތް މަގެވެ. ބާލީހުގައި ބައްދާލައިގެން އޮތް މަލަކާގެ ތުންފަތް މައްޗަށް އެތައް ދުވަހަކަށްފަހު މިއަދު ވެރިވެފައިވަނީ އާދަޔާހިލާފު ރީތި ހިނިތުންވުމެކެވެ. މަލަކާ ދެލޯ މަރާލީ މާދަމަޔަށް ކުރާ އިންތިޒާރެއްގެ ބޮޑުކަމުންނެވެ. މުނީރާ އާއި ހައްވާމަނިކެ ވާހަކަ ދައްކަމުން ދިޔައީ ހައްވާ މަނިކެ ގޭގެ ޖޯލިފަތީގައި ތިބެގެންނެވެ. އެތައްދުވަހަކަށްފަހު މުނީރާ […]
އެގާރަ ވަނަ ބައި ތަނަށްވެރިވެފައިވަނީ ހަނދުގެ ފަނޑު އަލިކަމެވެ. އަތިރިމަތީގައި ސަނާހް އާއި މަލަކާ ވާހަކަ ދައްކަން ތިބި އިރު އެދެމީހުންގެ ދެމެދުގައިވާ ބީރަށްޓެހިކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަނީ ރައްޓެހިކަމަށް ބަދަލުވެފައެވެ. އެކަކުގެ ދިރިއުޅުން އަނެކަކަށް ހިއްސާކުރުމުގައި ވަގުތު ގުނަމުން ދާ އިރު ގޭގައި އެކަނި މާ އެކަނި އައިމަން އިނީ ބަނޑުހައި ވެގެން ހަލާކުވާ ވަރުވެފައެވެ. މަލަކާގެ އިންތިޒާރުގައި އިން އައިމަން އިރު އިރު ކޮޅާ ދޮރާއްޓާ ދިމާލަށް ކަޅި ހިންގާލައެވެ. އެކަނި މާ […]
ދިހަވަނަ ބައި އާޒިމް ނިޔާވިފަހުން ގޭތެރޭގެ މާހައުލު ވަނީ މުޅިންހެން ބަދަލުވެފައެވެ. މަޖާކޮށް ، ހީސަކަރާތްޖަހަމުން ދިޔަ އާއިލާ މިހާރުވަނީ ހިތާމައިގެ ފުންކަނޑަކަށް ޢަރަޤްވެފައެވެ. އާޒިމް ނިޔާވި ޙަބަރު އަހުސަން އަށް ދޭނެ ގޮތަކާއި މެދު މަލަކާ ވިސްނަމުން ދިޔައިރު އެ ހިތް ވަނީ ފަޅައިގެން ދާން ކައިރިވެފައެވެ. އެންމެ ފަހުން ބައްޕަ މަރުގެ ހަބަރު އަހުސަން އަށް މަލަކާ ދިނެވެ. އެހެންނަމަވެސް އަހުސަންގެ ފަރާތުން މާ ބޮޑު އަޅާލުމެއް މަލަކާ އަކަށް ފާހަގައެއް ނުކުރެވުނެވެ. ފަހަކަށް […]
ނުވަވަނަ ބައި އޭގެ ފަސްއަހަރު ފަހެވެ. މަލަކާ ވެސް ކިޔަވާ ނިމުނު ފަހުން ދެ އަހަރު ފާއިތުވެގެން ދިޔައީ އެވެ. ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށްފަހު ރަށު ސްކޫލުން ވަޒީފާ އަށް ވަނެވެ. ކޮއްކޮ އާއި ބައްޕަ ދޫކޮށްލާފައި އިތުރަށް ކިޔެވުމަށް ދާނެ ހިތްވަރެއް މަލަކާ ގެ ނެތީމައެވެ. ގޭތެރޭގެ ކަންތައް ބަލަހައްޓަމުން ވަޒީފާ އަދާކުރަމުން މަލަކާ އައީ ވަރަށްވެސް ކެތްތެރިކަމާއެކީ ގައެވެ. އައިމަން އާއި އާޒިމްގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ […]
އަށްވަނަ ބައި ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ ބާރުމިނެއްގައެވެ. ކިޔެވުމުގެ ދުވަސްތައް ފަހަނައަޅާގޮސް އިންތިޒާރުގެ ދުވަސްތައް ގުނަންފެށިއްޖެއެވެ. އަހުސަން އިންތިޒާރުކުރަމުން އައި ވަގުތު ޖެހިއްޖެއެވެ. ސްކޫލް ހޯލްތެރޭގައި އަހުސަން އެއްކޮޅުން އަނެއްކޮޅަށް ހިނގަމުން ދިޔައިރު މީހާ ވަނީ ހިތްއަވަސް ވެފައެވެ. ނަތީޖާ ނަގަން ސްކޫލަށް އައިސް ތިބި ކުދިންގެ ތެރެއިންވެސް އަހުސަން ފެންނަމުން ދަނީ މުޅިން ތަފާތުގޮތަކަށެވެ. ނަތީޖާ ނަގައިގެން ނިކުމެގެންދާ ކުދިންގެ މޫނުމަތިން ފެންނަމުން ދާ ކުލަވަރުގެ ސަބަބުން އަހުސަންގެ ހިތަށްވެސް ވަނީ ހާސްކަމެއްވެރިކުރުވާފައެވެ. އެއްބައިކުދިން […]
ހަތްވަނަ ބައި ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެހިތާމަވެރި ދުވަސްތައް ވެސް މަޑުމަޑުން ނެތެމުން ގޮސް އެންމެންވެސް ހަމަޔަކަށް އެޅިއްޖެއެވެ. ޒާހިދާ ނިޔާވިފަހުން މިހާރު އަށްއަހަރު ފާއިތުވެގެން ދިޔައީ އެވެ. އެހެންނަމަވެސް ޒާހިދާގެ ހަނދާންތައް އާޒިމްގެ ހިތުން ފިލައިގެންނުދެއެވެ. އެހަނދާންތައް އަބަދުވެސް އާވެއާވެ ހުރެއެވެ. އާޒިމް ތިންކުދިން ބަލަމުން ގެންދިޔައީ ކެތްތެރިކަމާއެކީ ގައެވެ. ލޯބިވާ ތިން ކުދިންގެ މަންމަގެ ހައްގުގައެވެ. އެކުދިންނަށް ޓަކައެވެ. ފުރާވަރަށް އަޅަމުން އައި އިރު މަލަކާ ހީވަނީ މަލަކާގެ މަންމަ ހެންނެވެ. […]
ހަވަނަ ބައި ޑޮކްޓަރުން މަސައްކަތް ކުރަމުންދަނީ ޒާހިދާ އާއި ދަރިފުޅު ސަލާމަތްކުރެވޭތޯއެވެ. ނަމަވެސް ޒާހިދާގެ ހާލު ދަނީ ސީރިއަސް ވަމުންނެވެ. ޒާހިދާގެ ރިޕޯޓްތަކުން ޑޮކްޓަރުންނަށް މާބޮޑު ކަމެއް ފާހަގަ ނުކުރެވުނު ކަމުގައި ވިޔަސް ޒާހިދާގެ ބައްޔަކީ މީގެ އެތަކެއް އަހަރެއް ކުރިން ޖެހިފައިވާ އެއަށް ފަރުވާ ނުލިބިފައިވާ ބައްޔެކެވެ. ޑޮކްޓަރާއި ނަރުހުން އެމީހުންގެ އުއްމީދު ކަނޑާލީ ދެން އިތުރަށް ކުރެވޭނެ މާބޮޑުކަމެއް ނެތީމައެވެ. ޒާހިދާ އޮޕަރޭޝަން ކުރެވުނެވެ. ދަރިފުޅުގެ ފުރަތަމަ ރޮއެ ލެވުނު ވަގުތާ ޒާހިދާ މިދުނިޔެ […]
ފަސްވަނަ ބައި އަސަރީގެ އަށް ހީވަނީ ބޮޑު ޢީދެއް އައިސްގެން އުޅޭހެންނެވެ. ގޭތެރެއަށް އެއްވެފައިވާ މީހުންނާ މުޅިމާހައުލުގައި އުފެދިފައިވާ ވަހުން އަންގައިދެނީ އެގޭގައި ވަރަށް ޙާއްޞަ ކަމެއް ކުރިއަށް ދާކަމެވެ. ތިޔަ ހީފުޅު ކުރެއްވީ ހަމަ ރަނގަޅަށެވެ. މިއަދު އާޒިމް އާއި ޒާހިދާގެ ދަރިފުޅަށް ނަން ކިޔުމުގެ ހަފްލާ ކުރިއަށް ދަނީއެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އާޒިމް އާއި ޒާހިދާގެ ދެމަފިރިންނަކީ ރަށުގައި ނަމޫނާ އަކަށް […]