Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 2

BONDAY Level 210 Stories
April 30, 2015 4 Mins Read
15 Comments

“އެސްކިއުޒު މީ…! ” ފާޒިން އަނެއްކާވެސް ކުރިން ބުނިބަސް ތަކުރާރު ކޮއްލީ މައިޝާމެން ތިބިތަނުގައި ބަލަހައްޓައިގެން ތިބުމުންނެވެ.

“ސޮރީ…! ” ހިނިތުންވެލަމުން މައިޝާ އެއްފަރާތައް ޖެހިލިއެވެ. ބަދަލުގައި ފާޒިންވެސް ހިނތުންވުމެއް ރައްދުކުރަމުން ހިނގައިގަތީ ކައުންޓަރާއި ދިމާލަށެވެ. އޭނަ ނެގި ޓީސާޓަށް ލާރި ދެއްކުމަށްޓަކައެވެ. މައިޝާއަށްވެސް ވީ ފާޒިންނަށް ވީވަރެވެ. އެހާރީތި ފިރިހެނުން ދުނިޔޭގައި އުޅޭކަމެއް މައިޝާއެއް ނުދަނެއެވެ. އިސްކޮޅުގައި ހަފޫޓު ހަމަވާނެއެވެ. ގައިގެ ކުލަ އައްޔެވެ. ފަން އިސްތަށިގަނޑު ވަނީ ކަނދުރާއާއި ހަމަޔަށް ދިގުކޮއްފައެވެ. އަތްދިގު ގަމީހަކާއި ޖިންސެއްލާފައި ހުރި އިރު އެހައިބަތުފުޅާ ހަށިގަނޑު ވަކިން ފިރިހެންވަންތަކަމަށް ދައްކައެވެ. މައިޝާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އެމަޑު އަޅިކުލައަށްދާ ދެލޮލެވެ. ހީލާއިރު ދެކޮލަށް އެޅޭ ޑިމްޕަލްގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އަދި ޖަހާފައި ހުރި އަގުބޮޑު މީރުވަސް ދުވާ ސެންޓުން ފާޒިންގެ ފުރިހަމަކަން އިތުރު ކޮއްދެއެވެ.

“ކޮބާ..! ކަމުދާ އެއްޗެއް ފެނުނީތަ…؟ ” ފާޒިންގޮސް ކައުންޓަރ ކައިރީގައި މަޑުކޮއްލުމުން ސިރާޖު އަހައިލިއެވެ. ފާޒިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު ކައުންޓަރ ކައިރީގައި ތިބި ދެއަންހެން ކުދިންވެސް ތިބީ ފާޒިންނާއި ދިމާލަށް ބަލަހައްޓައިގެނެވެ. ފާޒިންއަކީ ފިރިހެނެއް ނަމަވެސް އެވަރަށް އެއަންހެންކުދިންތައް ބަލަންފެށުމުން ކުޑަކޮއް ލަދުގަންނަ ގޮތްވިއެވެ. ފާޒިންމެން ފިހާރައިން ނިކުމެގެން ދަންދެން ހަރުގަނޑެއްގެ ކައިރީގައި މައިޝާ ބަލަހައްޓައިގެން ހުއްޓެވެ.

މައިޝާއަށް ވިސްނެނީ ފާޒިންނާއި ދޭތެރޭގައެވެ. އެހާ ރީތި އިންސާނެއް ހުންނާނެ ކަމާއިމެދު މައިޝާއަށް ސައްކެވެ. ނަމަވެސް ދެވަނަ ފަހަރަށް އެނުދަންނަ ޒުވާނާއާއި ބައްދަލު ވާނީވެސް ކިހިނެއްހެއްޔެވެ. އެއީކޮންތާކުން އައި ކާކު ކަމެއް ވެސްނޭގެއެވެ. އެންމެ ކުޑަމިނުން ދިވެއްސެއް ކަމެއްވެސް ނޭގެއެވެ. ނަމަވެސް މައިޝާގެހިތް އެދެނީ އެނުދަންނަ ޒުވާނާ އަދި އެއްފަހަރުދެކިލުމަށެވެ. އެޒުވާނާގެ ފިރިހެންވަންތަ އަޑު އަހައިލުމަށެވެ.

” ދޮންތާ…! ކިހިނެއްވެފަތަ ތިހުންނަނީ…؟  ” މިސްރާ ކުރި ސުވާލަށް މައިޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މައިޝާގެ ކޮޑުގައި މިސްރާ ޖަހާލިއެވެ.

” ކަމެއްނުވޭ…! ” ހިނިތުންވެލަމުން މައިޝާ ބުނެލިއެވެ.

” އަޅެ އަހަރެމެންނަށްވެސް މިކަހަލަ ބޮޑު ގެއެއްގައި އުޅުމުގެ ފުރުސަތު ލިބޭނެނަމަ ކިހާރަނގަޅު…. ކިހާއަރާމުގަ އުޅެވޭނެ…! ” މައިޝާމެން ގޭގެ ކައިރީގައި ހުންނަ ރީތި ގެއަށް ބަލާލަމުން މިސްރާ ބުނެލިއެވެ.

” ދެން މިސްދައްކާ ވާހަކަ… ކިހިނެއް އެނގެނީ ތިގޭގައި އުޅުމުގެ ފުރުސަތު ނުލިބޭނެކަމެއް…! ” މައިޝާވެސް އެރީތި ބޮޑުގެއަށް ބަލައިލިއެވެ. އެގޭތެރޭގައި ހައްދާފައިވާ މާމެލާ މެލީގެ މީރު ވަސް މުޅިހިސާބައް ވަނީ ފެތުރިފައެވެ. އަދި ދިއްލާފައިވާ ކުލަ ކުލައިގެ ބޮކި ތަކުން ގޭގެ ޒީނަތްތެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

ފާޒިން އޮފީހަށް ނިކުންނަން ފެށިފަހުން އާމިރުގެ އެއްރިސޯޓާއި ގެސްޓް ހައުސްގެ އިތުރުން އެއް ސަފާރީވެސް ފާޒިންގެ ބެލުމުގެ ދަށުން ހިންގާގޮތަށް ހަމަޖެހުނެވެ. ދެން ހުރި ތަންތަން ހިންގަނީ ފަޒީލްގެ ބެލުމުގެ ދަށުންނެވެ.

ފާޒިން އުޅެންޖެހޭލެއް ބުރަކަމުން ނިންމަންޖެހޭ ގިނަ މަސެއްކަތްތައް އޮންނަނީ ނުނިންމިފައެވެ. އެހެންވެ ފާޒިންވެސް އޭނަގެ އެސިސްޓެންޓެއް ނެގުމަށް ނިންމީ ބަރާބަރަށް މަސެއްކަތްތައް ނިންމުމުގެ ބޭނުމުގައެވެ.

“ބައްޕާ…! އަހަރެންގެ އެސިސްޓެންޓަކަށް ކުއްޖަކު ނެގިޔަސް މައްސަލައެއްނެތްތަ…. ދުވަހުން ދުވަހަށް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ނުނިމޭތީ ވަރަށް އުނދަގުވޭ… އެހެންވެ…! ” ފާޒިންއައިސް އާމިރުގެ ކެބިންތެރެއަށްވަދެ ގޮނޑީގައި އިށީންދެލިއެވެ. އާމިރު ބަލަން އިން ފައިލް ލައްޕާލުމަށްފަހު ވާހަކަދައްކަންފެށިއެވެ.

“ދަރިފުޅު ކިޔަވައިގެން ތިއައީވެސް ބިޒްނަސް…! އެހެންވީމަ ދަރިފުޅަށް މިހާރު އެނގޭނެ ބައްޕަޔަށް ވުރެ ރަނގަޅަށް ވިޔަފާރި ހިންގަން… އަދި ދަރިފުޅަށް ހަމަ އެނގޭނީ ކުއްޖަކު ނަގަންވިޔަސް އަދި ކަނޑާލަން ވިޔަސް…! މިހާރުތީ ބައްޕަޔަކާ ބެހޭ ވިޔަފާރިއެއްނޫން… ދަރިފުޅުގެ ވިޔަފާރި ހިންގާނެ ގޮތެއް އެނގޭނީ ހަމަ ދަރިފުޅަށް…! އެކަމަކު ބައްޕަ ކައިރީގައި އަހާލީތީ ވަރަށް އުފާވެއްޖެ… ބައްޕަ ހަމައެކަނި ދަރިފުޅު ކައިރީގައި ބުނާނީ މޫނަށް ބަލާފައި ކަންތައްތައް ނިންމައިގެން ދުވަހަކުވެސް ދަރިފުޅަށް ރަނގަޅު ނިންމުމެއް ނުނިންމޭނެ…! ” ލޮލުގައި އިން އައިނު ނަގާ މޭޒު މަތީގައި ބާއްވާލަމުން އާމިރު ބުނެލިއެވެ. އާމިރުއާއި ވާހަކަ ދައްކަން އިނދެފައި ފާޒިން ސިރާޖާއި އެކު ކޮފީއަކަށް ދިޔައީ ފާޒިން ކުރަން އުޅޭކަންތަށް ސިރާޖާއި ހިއްސާކޮއްލުމަށެވެ.

ގަދަޔަށް ނިދާފައި އޮތް މައިޝާއަށް ހޭލެވުނީ ބޯކޮއް ވާރޭވެހެން ފެށުމުންނެވެ. އޭރު ކޮޓަރީގައި މިސްރާމެން އެކަކުވެސް ނެތެވެ. ތާޒާ ވެލައިގެން މައިޝާ ބޭރަށް ނިކުތްއިރު ސިޓިންގް ރޫމްގައި މުނީރާ ޓީވީ ބަލަންއިނެވެ. މިސްރާ ނިކުތުމުން މުނީރާ މައިޝާ ކައިރިން އެދުނީ ކައިރީގައި ހުރި ފިހާރައިން އެއްޗެއް ގަނެގެން ގެނެސް ދިނުމަށެވެ. މިޝްރާމެންވެސް ޓެރަސްމަތީގައި ތެމިގެން އުޅޭ ވާހަކަ ބުނެލާފައި މުނީރާ ގޮސްވަނީ ބަދިގެއަށެވެ. ކުޑައެއް ހިފައިގެން އަވަހަށް ފިހާރައަށް ދާން ނިކުތީ އަވަހަށް މިސްރާމެން ކައިރިއަށް ދިއުމުގެ ބޭނުމުގައެވެ. ވިޔަފާރި ކޮއްލައިގެން މައިޝާ ގެއާއި ދިމާލަށް ދަނިކޮއް އައި ބާރު ވައިރޯޅިއަކާއެކު މައިޝާގެ އަތުގައި އޮތް ކުޑަ އެއްލާލިއެވެ. އިސާހިތަކު މައިޝާވެސް މުޅިން ތެމިފޯވެއްޖެއެވެ. މައިޝާވެސް ކުޑަ ނެގުމައްޓަކައި ކުރިއަށް ދެތިން ފިޔަވަޅެއް އެޅިނަމަވެސް ހުއްޓެން މަޖުބޫރުވީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ތެމިފޯވެގެން ހިނގާފައި އައި ފާޒިން ވަޔާއެކު އައި ކުޑަ ނަގައިގެން ކުރިމަތީގައި ހުރި ކުއްޖާއާއި ދިމާލަށް ހިނގައިގަތްއިރުވެސް އެއީ މައިޝާ ކަމެއް ނޭގެއެވެ. ފާޒިންއަށްވެސް އެއީ އޭނަގެ ހިތުގައި ރަނިކަންކުރާ މަލިކާކަން އެނގުނީ ވަރަށް ކައިރީވީ ފަހުންނެވެ. ހީވެސް ނުކުރާ ކަހަލަ ގޮތަކަށް އެކުއްޖާއާއި ބައްދަލުވުމުން ފާޒިންއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. މައިޝާ ކައިރިއަށް ގޮސްފައިވެސް ބުނާނެ އެއްޗެއް ނޭގިފައިވެސް ފާޒިން އިރުކޮޅެއް ވަންދެން މައިޝާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

” އަހަރެންނަށް ކިޔަނީ ފާޒިން…! ” އެންމެފަހުން ހިނިތުންވެލަމުން ފާޒިން ސަލާމް ކޮއްލަން އަތްދިއްކޮއްލީ ތެޅިތެޅި އޮތް ހިތަކާއެކުއެވެ. އެންމެ ބޮޑަށް ބިރުގަތީ އެއަންހެންކުއްޖާ އެކައްޗެކޭ ނުބުނެވެސް ހިނގައިދާނެތީއެވެ.

” މައިޝާ…! ” ފާޒިންގެ ފިނި އަތްތިލައިގައި މައިޝާ ހިފައިލީ ފާޒިންގެ އެޖާދުވީ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އެވަގުތު މައިޝާގެ ހަށިގަނޑުގެ އެންމެ ހިމަނާރަށްވެސް އެނގުންވެގެން ދިޔަކަން މައިޝާއަށް އެނގުނެވެ. މައިޝާގެ އަތަށް ކުޑަ ދިނުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ ގެއާއި ދިމާލަށް ފާޒިން ހިނގައިގަތެވެ. އަންހެން ކުދިންނާއި އެގޮތަށް ވާހަކަ ދެއްކުމަކީ އެއްއިރެއްގައިވެސް ފާޒިން ކުރާ ކަމެއްނޫނެވެ. މައިޝާ ފަސްދީ ކުރިއަށް ދިޔަ ފާޒިންގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ހިނގާފައި ގެއަށް އައިކަމުން ނަސީބް އަތުގައި ހިފައިފިއެވެ. އެންމެ ފަހުން ނަންވެސް އެނގުނީއެވެ. ފާޒިން ދާތަން ބަލަހައްޓައިގެން މައިޝާ ހުއްޓެވެ. އެވަގުތު ޓެރަސް މަތީގައި ހުރެފައި މިސްރާ ގޮވައިލުމުން ހިތާއި ދެކޮޅަށް ގޭގެ ދޮރު ހުޅުވާލާފައި މައިޝާ އެތެރެއަށްވަނެވެ. ފާޒިންގެ އަތުގައި ހިފާލި އަތުގެ ވަސް މައިޝާއަށް ބަލާލެވުނީ ކީއްވެކަމެއް ނޭގެއެވެ. އޭރު ފާޒިން ޖަހާފައި ހުރި ސެންޓުގެ ވަސް މައިޝާގެ އަތުގައި ހިފާފައި ހުއްޓެވެ.

” ދަރިފުޅާ… ގުޅާލިނަމަ ގެއަށް އަންނަންވެގެން…! ” ސިޓިން ރޫމްގައި ތަރުކާރީ ކޮށަން އިން ވަދީފާއަށް ތެމި ފޯވެގެން އައިސް ގެއަށް ވަތް ފާޒިން ފެނުމުން ބުނެލިއެވެ.

” ދެން ވާރެއާއި ތެމިލާހިތުން އައީހަމަ ހިނގާލާފައި…! “ދަބަހުން ލެޕްޓޮޕް ނަގާ ގޮޑިމަތީގައި ބޭއްވުމަށްފަހު ކޮޓަރިއާއި ދިމާލަށް ފާޒިން ހިނގައިގަތެވެ.

” ދަރިފުޅާ..! އެއްޗިހި ބަދަލުކޮއްލައިގެން އާދެ އަވަހަށް ސައިބޯން…! ” ފާޒިން ކޮޓަރިއާއި ދިމާއަށް ހިނގައިގަތުމުން ވަދީފާ ބުނެލިއެވެ. ފާޒިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ކޮންމެ ދުވަހަކީވެސް ފާޒިންއަށް ވަރަށް ބުރަކޮއް މަސައްކަތް ކުރަންޖެހޭ ދުވަހެކެވެ. ވިޔަފާރި ކަމަކު އާމިރުއާއި އެއްކޮއް ފާޒިން ޗައިނާއަށް ފުރައިގެން ދަމުން ސިރާޖާއި ހަވާލުކުރީ ފާޒިންއަށް އެންމެ އިތުބާރުކުރެވޭ މީހަކަށް ހުރީ ސިރާޖު ކަމަށް ވާތީއެވެ.

” މަންމާ…! އަހަރެން ޖޮބަކަށް ދިޔަސް އޯކޭތަ…! ” ކާން އިނދެފައި މުނީރާ ކައިރީގައި މައިޝާ އަހައިލީ ކުޑަކޮއް ޖެހިލުންވެ އިނދެއެވެ.

” ވަޒީފާއަކަށް ގޮސްގެން ކިހިނެއް ކިޔަވާނީ…! މިހާރު ތިއުޅެނީ ކޯހަށްވެސް ލައިގެނެއްނު…! ” މައިޝާގެ މޫނަށް ބަލަހައްޓައިގެން އިނދެ މުނީރާ ބުނެލިއެވެ.

” އޭރުން އަހަރެންގެ ކޯހަށް ދައްކަންޖެހޭ އެއްޗެއް އަހަރެންނަށް ދެއްކޭނެއެއްނު… އަނެއްކާ ބައްޕަޔަށްވެސް ތަންކޮޅެއް ލުއިވާނެއެއްނު… މިހާރުވެސް ބައްޕަ އެއުޅެނީ ނުލާހިކު ބުރަކޮއް…! ” މައިޝާ ވާހަކަ ދެއްކީ މުނީރާއަށް ވިސްނައިދޭ ކަހަލަ ގޮތަކަށެވެ. މުނީރާވެސް ހާދީއާއި މެދު ވިސްނާލާފައި މައިޝާއަށް ހުއްދަ ދިނީ ހާދީ ކައިރީގައި އަހާފައި ނޫނީ އެއްވެސް ވަޒީފާއަކަށް ކުރިމަތި ނުލުމަށް ބުނެފައެވެ. މައިޝާ ވަރަށް އާދޭސްކޮއްގެން ހާދީ ގަބޫލްވީ ހިތާ ދެކޮޅަށެވެ. ހާދީ ގަދަވެ ސަލާމަތުން ހުއްޓައި އޭނަގެ އެއްވެސް ދަރިއަކު ކިޔަވާ ނުނިމެނީސް ވަޒީފާއަކަށް ދިއުމަކީ ހާދީ ގަބޫލް ކަމެއް ނޫނެވެ.

މައިޝާ ވަރަށް އުފަލުންހުރެ ދެތިން ހަތަރު ތަނަކަށް ސިޓީލުމުން ހުރިހާ ތަނަކުންވެސް އިންޓަވިއުއަށް މައިޝާއަށް ގުޅިއެވެ. ކޮންމެ ތަނަކުންވެސް ހަފްތާއެއްގެ ތެރޭގައި ގުޅާނެކަމަށް ބުނެފައި ހަފްތާއެއް ވިއިރުވެސް އެއްވެސް ތަނަކުންވެސް ހަބަރެއް ނުވެއެވެ. ސިރާޖުވެސް ވަޒީފާއަށް ކުރިމަތިލައިފައިވާ ހުރިހާ ކުދިންނަށްނާއި އިންޓަވިއު ކުރިއިރު ސިރާޖު އެންމެ ހިތްހަމަ ޖެހޭ އަދި ނަތީޖާގެ ގޮތުންވެސް މައިޝާއަށްވުރެ ރަނގަޅު އެހެން ކުއްޖަކު ވަޒީފާއަށްކުރިމަތިލާފައި ނެތުމުން ސިރާޖު ނަގަން ނިންމީ މައިޝާއެވެ. މައިޝާއަކީ މަޑުމައިތިރިކުއްޖަކަށް ވުމުގެ އިތުރުން އަހުލާގުވެސް ވަރަށް ރަނގަޅު ކުއްޖެއްކަން މައިޝާއާއި އިންޓަވިއު ކޮއްލުމުން ސިރާޖަށް އެނގުނެވެ.

އާދައިގެ މަތިން ހެނދުނު ސައިބޮއިލައިގެން ގޮސް ޓީވީބަލަން މައިޝާ ޖައްސާލީ ފޫހިވެފައި އޮވެއެވެ. ހަފްތާއެއް ވެގެން ދިޔައިރުވެސް އެއްވެސް ތަނަކުން ހަބަރެއްވެސް ވެނުލައެވެ. އަތުގައި އޮތް ފޯން ރިންގުވާންފެށުމުން ފޯންނަގާ ބަލައިލިއިރު ގުޅަނީ އޮފީސް ނަންބަރަކުންނެވެ. މައިޝާ އަވަސް އަވަހަށް ފޯނު ނަގާ ހަލޯއޭ ބުނެލިއިރު ހިތްދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.

” ހަލޯ…! މައިޝާތަ..؟ ” އެކޮޅުންވެސް ވާހަކަ ދެއްކީ އަންހެންކުއްޖެކެވެ.

” ލައްބަ..! މައިޝާ ވާހަކަ ދައްކަނީ…! ” މައިޝާ ވަރަށް އަދަބުވެރިކަމާއެކު ބުނެލިއެވެ.

” މިގުޅާލީ ޓުރައި ހިލްސް ކޮންޕެނީގެ ފަރާތުން މައިޝާއަށް ވަޒީފާ ހަމަޖެހުނު ވާހަކަ ބުނެލަންވެގެން… އެހެންވީމަ މިއަދު މެންދުރު ފަހު ދެއެއް ޖަހާއިރު މިކޮޅައް ދުރުވަންވީނު ކޮންޓުރެކްޓްގައި ސޮއިކުރަން…! ” އެކޮޅުން ވާހަކަ ދެއްކި އަންހެންކުއްޖާ ބުނެލިއެވެ. އެކޮޅުން ފޯނު ބޭއްވުމާއެކު މައިޝާއަށް އުފަލުން ފުންމައިގަނެވުނެވެ. އަދި ދުވެފައި ގޮސް ބަދިގެއިން ނިކުމެގެން އައި މުނީރާ ގައިގައި ބައްދައިލުމަށްފަހު ވަޒީފާ ހަމަޖެހުނު ވާހަކަ ބުނެލި އިރުވެސް މައިޝާއަށް ހުރެވުނީ ފުންމަ ފުންމައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 1

Next

ހިތަކުން ނުފިލާނެ 3

Next
May 1, 2015

ހިތަކުން ނުފިލާނެ 3

Previews
April 29, 2015

ހިތަކުން ނުފިލާނެ 1

15 Comments!

  1. nonni says:
    April 30, 2015 at 5:09 pm

    V reethi adhi kuriah dhaagoy

  2. pretty angle says:
    April 30, 2015 at 5:56 pm

    varah reethi avahah up kohla dhehchey

  3. nathaa says:
    April 30, 2015 at 7:06 pm

    mashah hama heevee aisha naseemge vaahakaeh kiyaalevunuhen…..mee aisha liyaa vaahakehtha noonee aisha copy kuraa kujjehtha…ekam copy kuriyas midhen boduvaru…amilla hunaru netheema vaagoiy…

  4. xam says:
    April 30, 2015 at 7:16 pm

    nice…waitin 4 da next part….

  5. same says:
    April 30, 2015 at 8:49 pm

    V rythi no vahaka vx… Next part warah awahah up khachey ngey…

  6. mufff says:
    April 30, 2015 at 9:38 pm

    Mihaarakah ais mi.site ga mulhin ves hunnany beyrun kiyavaigen ahnna viyafaari veri eh noonee doctor eh nooniy Male’ ge kommeves mussanjehge ehen vaahaka . Ekam ves heevey mivahaka ves reethivaan…

  7. iraa says:
    April 30, 2015 at 9:43 pm

    dats true nathaa.. iraa ah ves heevey mivaahaka adhi feshun midhaa gothun mivaahaka kiyaa levunu hen.. noony konmes vaahaka akaa v ehgoi gotheh hurey… ekamxx v reethi mivaahaka.. keep it up.

  8. liusha says:
    May 1, 2015 at 3:16 am

    އައިޝާގެ ވާހަކަތަކާއި މި ވާހަކަ ކައިރިވެސް ނުކުރޭ… އައިޝާ ލިޔާ ވާހަކަތަކައް ވުރެ ހުރިހާ ގޮތަކުންވެސް މި ވާހަކަ ފުރިހަމަ އޭ އަހަރެން ބުނާނީ.. އައިޝާ ގެ ވާހަކަތައް ހުންނަނީ ޔޫރަޕް ސްޓއިލް އަށް. މިވާހަކަ ވަރަށް ރީތި.

  9. reesh says:
    May 1, 2015 at 8:12 am

    vvvvv nice. .. waiting waiting. ..

  10. nathaa says:
    May 1, 2015 at 9:27 am

    މިވާހަކައިގެ ސިފަކުރުންތައް މުޅިންވެސް މިހުރީ އައިޝާގެ ވާހަކަތަކުގަ ހުންނަގޮތަކަށް…ބައެއް ޖުމްލަތައްވެސް ސޭމް ޓް ސޭމް….ދެން އެއްގޮތްވެގެން ވާނީ މިވަރުކަންނޭނގެ…މަ ނުބުނަން މިސްޓޯނީ މީ އައިޝާގެ އެކޭ….އެކަމަކު ހަމަގައިމުވެސް އައިޝާގެ ސްޓައިލް މިއޮތީ ކޮޕީކޮށްފަ..ރީތި މީހަކު ފެނިގެން އާޝާޚޫވުން….އެންމެން އަނގަނަގައިގެން ބަލަން ތިބޭގޮތް….އެއީ ވަރަށް ގިނައިން އައިޝާގެ ވާހަކަ ތަކުގަ އަންނަ ސީންއެއް….އަދި އެއީ ދިވެއްސަކަށްވުރެ ބޮޑަށް ޔޫރަޕް މީހަކާ ވައްތަރުކޮށްފަ….އިންތިހާއަށް ރީތި،،އިންތިހާއަށް މުައްސަނދި ފިރިހެނުން އުޅޭނީ….ކޮންމެހެން މަށަށް އައިޝާ ކަމަކުވެސް ނުދޭ. އެެހެންވެ މިހެން މިކިޔަނީ. އައިޝާ ލިޔާފާޑަށް ވާހަކަ ނުލިޔުނިއްޔާ ވަރަށް ރަގަނޅު. އޭރުން ވާހަކަ ވަރަށް ރީތިވާނެ.

  11. woody says:
    May 1, 2015 at 12:46 pm

    Waiting for the next part

  12. naba says:
    May 2, 2015 at 8:38 am

    Varah reethi

  13. nai says:
    May 3, 2015 at 8:19 am

    aisha ge copy eh mee hama , neygenya nuliah veenu va hadi fake stylege vaahaka thah.

  14. zilaa says:
    May 3, 2015 at 8:58 am

    wow vrh salhi keep it up

  15. jean says:
    May 5, 2015 at 8:23 pm

    salhi ekm kurin ehn kuddhin vx buni fadhain aisha style ebahuri vara boda ekm vx vara salhi ingey

Comments are closed.

Next Episodeހިތަކުން ނުފިލާނެ 3←


All Right Reserved!