މަޑުމަޑުން ޔައިލީ އެދިމާލަށް ދިޔައިރު ހިތުގެ ތެޅުންވަނީ ދެގުނަވެފައެވެ. އެތާކައިރީ މަޑުކޮށްލާފައި އާކިންއާ ދިމާލަށް ބަލާލުމާއެކު ދެން ފެނުނު މަންޒަރަކުން ޔައިލީ މޭނުބައި ކުރާގޮތްވިއެވެ. ♡ހަތްވަނަ ބައި♡ ރަޝާ އާކިންއާ ގާތްވާން މަސައްކަތްކުރަން އުޅުމުން އާކިންއަށް އުނދަގޫވެގެން ދާންއުޅުނުގަޑީ ރަޝާ އައިސް އާކިންގެ ތުންފަތުގައި ބޮސްދިނެވެ. އެކަމުން އާކިންއަށް ސިހުންގެނުވިއިރު އެންމެ ހައިރާންވީ ދުރުގައި މަންޒަރު ބަލަންހުރި ޔައިލީއެވެ. އެ މަންޒަރުން ޔައިލީގެ ދެލޯ ބޮޑުވެގެން ދިޔައިރު އެ ބޮޑު ދެލޮލުގައި ކަރުނަ ހިލިގެންދިޔައީ ބަސްބުނާހާ ކުޑަ […]
ދީމާއަށް އަނގައިން ނުބުނެވެނީސް ކައިރާ ދުވެފައި ކަހަލަގޮތަކަށް ދިޔަތަން ބަލަންހުރެވުނީ ވެފައިވާ ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. އޭނަގެ ނަންބަރުވެސް ނުލިބެއެވެ. ކުޑަމިނުން ދީމާގެ ނަންވެސް ކައިރާގާތު ނުބުނެވެއެވެ. އެކަމާ ދީމާ ކުޑަކޮށް ދެރަވިއެވެ. ގިނައިރުނުވެ ޔައިލީއާ އައިރާވެސް ދީމާއަށް ގޮވިއެވެ. ♡ހަވަނަ ބައި♡ އިރުއޮއްސެން ގާތްވުމާއެކު ތިންކުދިންވެސް ގެއަށްދިޔައެވެ. އަދި ޕާޓިއަށްދާން އެއްޗެހި ތައްޔާރުކުރިއެވެ. ހުރިހާ އެންމެންވެސް ތައްޔަރުވީ ދީމާމެންގޭގައެވެ. ދީމާއާ އައިރާ ތައްޔާރުވެގެން އެގޭގެ ލިވިންރޫމަށް ނިކުތީ ފުޅާ ހިނިތުންވުންތަކާއެކުއެވެ. ދީމާހުރީ ކަޅުކުލައިގެ ދިގު ސީކުއިން ހެދުމަކާއެކު […]
އެދުވަހުގެ ސެޝަންވެސް ނިމުނީ ވަރަށް ކާމިޔާބުކަމައެކީގައެވެ. ދަބަހަށް ފޮތް އަޅަންހުރި ދީމާއަށް އެއްލި ކަޅިއަކުން ފެނުނީ ޒިލާލް އޭނަގެ ދަބަސް ކޮނޑުގައި އަޅުވަމުން ނުކުންނަންދާތަނެވެ. އައި ހިޔާލަކާއެކު ދީމާ އަވަސްއަވަހަށް ފޮތްތަށް ދަބަހަށް ގަޅާލާފައި ޔައިލީއާ އައިރާގާތު މި ދަނީއޭ ބުނެ ޒިލާލް ފަހަތުން ދުވެފައި ކަހަލަގޮތަކަށް ދިޔައެވެ. ދީމާ ކްލާހުން ބޭރަށް ނުކުތް ވަގުތަކީ ދީމާ ހީނުކުރާފަދަކަމެއް ދިމާވި ވަގުތަށެވެ. ♡ފަސްވަނަ ބައި♡ ދީމާ ކްލާހުން ބޭރަށް ނުކުތް ވަގުތު ވަރަށް ބާރަކަށް މީހެއްގައިގާ ޖެހިގަނެވުނެވެ. […]
އެގޮތަށް އެ އެންމެން ކައި ނިންމާލީ މޫނުގައިވާ ހިނިތުންވުމަށް އެއްވެސް ބަދަލެއްނެތިއެވެ. ♡ހަތަރުވަނަ ބައި♡ އެދުވަހު ހަވީރު ޔައިލީ އައިރާމެންގެއަށްދިޔައީ ކުރިން ދުވަހު ބުނިހެން ގްރޫޕް ސްޓަޑީ ހަދާށެވެ. އެއީ ދާދި ފަހުން އައިރާމެން ބަދަލުވި ގެއެކެވެ. ޔައިލީ އެ ބޮޑު ގޭގެ 8 ވަނަ ފަންގިފިލާއަށް ގޮސް ދެވަނައަށް ހުންނަ ދޮރުގައި ބެލްއެޅިއެވެ. ބެލް އެޅިތާ އިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވާލީ 40 ގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. ބަލާބެލުމުން ވަރަށް ރައްޓެހި ވައްތަރު ޖަހައެވެ. […]
އެހުރިހާ އެންމެން ސަކަރާތްޖަހަން ހުރިއިރު އެމީހުންނަށް ނޭނގުނުކަމަކީ ޔައިލީއާ އާކިންއަށް ހަސަދައިގެ ނަޒަރަކުން މީހަކު ބަލާކަމެވެ. ♡ތިންވަނަ ބައި♡ މުޅި ސްކޫލު ދުވަސްދިޔައީ އެކަހަލަ ގޮތަކަށެވެ. ގަޑިއެއްނިމޭ ކޮންމެފަހަރަކު އަލާންއާ އައިރާ ކޮންމެވެސް އެއްޗެކޭ ކިޔާ ހިފައިގަނެއެވެ. އެއްފަހަރަކު އަލާންއެެވެ. އަނެއްފަހަރު އައިރާއެވެ. ބައެއްފަހަރު ދެމީހުން އެއްކޮށެެވެ. ބްރޭކް ގަޑީގައި ކެންޓީނަށް ގޮއްސަވެސް ދެމީހުން ކޮންމެވެސް އެއްޗެކޭ ކިޔަންފެށިއެވެ. އެއްވެސް މީހެއް އެކަން ހުއްޓުވާކަށް މަސައްކަތެއް ނުކުރިއެެވެ. އޭރުން އެކަމުގެ ތެރޭގައި އުޅެން ޖެހޭނީ އެމީހެއް ކަމުގައިވާތީއެވެ. […]
ފަސްގަޑި ބަޔަށް ފޯނު އެލާމްކޮށްފައި އެނދުކައިރީގައިވާ ސައިޑްޓޭބަލް މަތީ ބޭއްވިތާ އިރުކޮޅެއްގެ ތެރޭގައި ޔައިލީއަށް ފުން ނިންޖަކަށް ގެނބިއްޖެއެވެ. ♡ދެވަނަ ބައި♡ އާ ދުވަހަކަށް ފަތިސްވެއްޖެއެވެ. ގަދަ ނިދީގައި އޮތް ޔައިލީއަށް ހޭލެވުނީ ރޭގައި އެލާމްކޮށްފައި އޮތް ފޯނު އެލާމް އެޅުމުންނެވެ. އެލާމް ނިއްވާލާފައި ތެދުވެ މޯޅިއަކަށް ދެމިލާފައި އެނދުންފައިބާ ފާހަނާއަށް ގޮސް ދަތްއުނގުޅާ މޫނުދޮވެ ވުޟޫކޮށްގެން ނިކުމެ ފަތިސް ނަމާދު ކުރިއެވެ. އަދި ޤުރުއާނުން މިންވަރެއް ކިޔަވާލިއެވެ. ޔައިލީއަކީ އަބަދުވެސް ނަމާދަށް ފަރުވާތެރިވާ ކުއްޖެކެވެ. ކޮންމެކަމެއް […]
“ޔައިލީ. ނިކަން އަވަސްކޮށްބަލަ. މިހާރު ކިހާއިރެއް މިތާ މަޑުކުރާތާ. މިހާރު އެއޮއް ހަވީރު 4:30 ވަނީ. އަދިވެސް ގެއިން ބޭރަށް ނުކުމެވޭ ވަރެއް ނުވޭ. ރީތިވާށޭ ކިޔާފަވެސް ލޯގަނޑު ކުރިމަތީ ގަޑިއިރެއް ހޭދަކުރާނެ. އަދި ސެންޓު އެހާ ގިނައިން ޖަހާނެ. ހީވަނީ ސެންޓުން ފެންވަރާހެން. އެވަރުންވެސް މި މަންޖެގެ ހިތެއް ނުފުރޭނެ.” ޔައިލީ ރީތިވާލެއް ލަސްކަމުން އެންމެފަހުން އައިރާއަށް ކެތްނުކުރެވިގެން ހިތަށް އައިހާ އެއްޗެއް ގޮވަމުން ޔައިލީގެ ކޮޓަރިއާ ދިމާލަށް ދުވެފައި ކަހަލަގޮތަކަށް ދިޔައެވެ. ކޮޓަރީގެ ދޮރުގައި […]