Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބިވެވުނީ 5

Lilac Level 1
April 1, 2023 7 Mins Read
0 Comments

އެދުވަހުގެ ސެޝަންވެސް ނިމުނީ ވަރަށް ކާމިޔާބުކަމައެކީގައެވެ. ދަބަހަށް ފޮތް އަޅަންހުރި ދީމާއަށް އެއްލި ކަޅިއަކުން ފެނުނީ ޒިލާލް އޭނަގެ ދަބަސް ކޮނޑުގައި އަޅުވަމުން ނުކުންނަންދާތަނެވެ. އައި ހިޔާލަކާއެކު ދީމާ އަވަސްއަވަހަށް ފޮތްތަށް ދަބަހަށް ގަޅާލާފައި ޔައިލީއާ އައިރާގާތު މި ދަނީއޭ ބުނެ ޒިލާލް ފަހަތުން ދުވެފައި ކަހަލަގޮތަކަށް ދިޔައެވެ. ދީމާ ކްލާހުން ބޭރަށް ނުކުތް ވަގުތަކީ ދީމާ ހީނުކުރާފަދަކަމެއް ދިމާވި ވަގުތަށެވެ.

♡ފަސްވަނަ ބައި♡

ދީމާ ކްލާހުން ބޭރަށް ނުކުތް ވަގުތު ވަރަށް ބާރަކަށް މީހެއްގައިގާ ޖެހިގަނެވުނެވެ. އައި ރުޅީގައި ދީމާ އޭނައާ ދިމާލަށް ހަޅޭއްލަވަން އަނގަހުޅުވާލި ވަގުތު އޭނަގެ މޫނުފެނިގެން ދިޔުމުން ދީމާ ހުއްޓުން އެރިއެވެ. “ޒިލާލް. މިތާ.. ކީއް.. ތިކުރަނީ؟” ދީމާ އަޅައަޅައިގަންނަމުން އަހައިލިއެވެ. “އާ ޔޫ ފޮލޮއިންގ މީ؟” ރައްދުގައި ޒިލާލްވެސް ކޮށްލި ސުވާލެކެވެ. ސީދާކޮށް ސުވާލުކުރުމުން ދީމާ ކޮޑަކޮށް ޖެހިލުންވާގޮތްވިއެވެ. ނަމަވެސް މޫނު މައްޗަކުން އެކަމެއް ނުދައްކައެެވެ. “ވަޓް. ވައި ވުޑް އައި ބީ ފޮލޮއިންގ ޔޫ؟ ދީ ކްލާހުން ބޭރަށް ނުކުތް ވަގުތު ހިޔެއްނުކުރަން ޒިލާލް ގައިގަ ޖެހިދާނެ ކަމަކަށް.” ދީމާވެސް ނުވާކަމަށް ހަދާފައި ބުންޏެވެ. “އެހެންމަ އޯކޭ ދޯ މީގެ ފަހުން ދީމާއަށް ދީ ކިޔަސް؟” ޒިލާލް ކުއްލިއަކަށް މައުޟޫ އޮޅުވާލުމުން ދީމާ ހައިރާންވިއެވެ. މިއީ ކޮންކަހަލަ ފިރިހިނެއް ބާއޭ ހިތަށްއެރިއެވެ. ނަމަވެސް ހިނިތުންވެލީ ވީ ހައިރާންކަން ނުދައްކަންވެގެންނެވެ. “ދީ ކިޔަނީ ހަމައެކަނި ކްލޯސް މީހުން. ދެން ފެމެލީ.” ދީމާ ބުންޏެވެ. “ވީ ކޭން ބީ ފްރެންޑްސް ރައިޓް؟” ޒިލާލް ސަލާމަށް އަތްދިއްކޮށްލަމުން އެއްސެވެ. ދީމާވެސް ފުޅާ ހިނިތުންވުމަކާއެކު އެއަތުގައި ހިފާ ސަލާމްކޮށްލީ ޒިލާލްއަށް ޖަވާބެއް ދިނުމުގެ ބޭނުމުގައެވެ. މި އަމަލުން ޒިލާލްގެ ހިނިތުންވުން ފުންވެގެންދިޔައެވެ. މިއާއެކު ކުރިންދުވަހެކޭ އެއްފަދައިން މިއަދުވެސް އެދެކުދިން އެއްކޮށް ވާހަކައިގައި ގެއްލިތިބެ ހިނގަމުންދިޔައެވެ. ދުވަސްކޮޅަކުން އަންނަންއުޅޭ ތުފާނުގެ އެއްވެސް ހިލަމެއްނެތިއެވެ.

ޒިލާލްއާއެކު ދީމާ ހުރުމުން މިއަދުވެސްވީ ކުރިންދުވަހު ވީ ގޮތެވެ. ނަމަވެސް މިއަދު ގިނަބައެއްގެ މޫނުމަތިން ފެންނަނީ ރުޅިއާއި ހަސަދަވެރިކަމެވެ. ހާއްސަކޮށް އަންހެން ކުދިން ދީމާއަށް ބަލާބެލުމެވެ. ފިރިހެންކުދިން ޒިލާލްއަށް ބަލާބެލުމެވެ. ދީމާ އެކަމާ އަޅާނުލާ ހުރީ އެދެކުދިންނަކީ ހަމައެކަނި ރައްޓެހިންކަން ހަނދާންކޮށްގެންނެވެ. އަނެއްކޮޅުން ޔައިލީއާ އައިރާވެސް ވީ އަދި ކްލާހުގައެވެ. ދިމާކުރާނެ ބައެއް ނެތުމުން ދީމާއަށް އިޚްތިޔާރަކާނުލާ ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އެދެކުދިންގެ ވާހަކަ ދައްކާއިރު، ކްލާހުގައި ޔައިލީދިޔައީ އެވަގުތުވެސް މިއަދު އާކިން ކްލާސްތެރޭގައި އުޅުނުގޮތުން މާޔޫސްވެފައެވެ. އެކަން ޔައިލީގެ މޫނުމަތިން ފެނިގެންދިޔަ އައިރާއަށް އެއްފަހަރު އާކިންއަށް އަނެއްފަހަރު ޔައިލީއަށް ބަލަމުންދިޔައެވެ. އައިރާގެ އިތުރުން އަލާންވެސް ދިޔައީ އާކިން އުޅުނު ވައްތަރުން ކުޑަކޮށްނަމަވެސް އާކިންދެކެ ހިތްހަމަ ނުޖެހިފައެވެ. މިއަދަކީ އަލާންގެ ބައްޕަ އަލާންއަށް ބާއްވައިދޭ ވަރަށް ޚާއްސަ ޕާޓިއަކަށް ވުމުން އަލާން ބޭނުންވީ އެންމެންގެ މޫނުމަތީގައިވެސް ހިނިތުންވުމެއް ގެނުވާށެވެ. އެންމެން ލައްވާ އެ ޕާޓީގެ ވާހަކަ ދައްކުވާށެވެ. އަލާންގާތު ޕާޓިއަށްދާން ކެތްމަދުވެޔޭ ބުނާއަޑުއަހާށެވެ. ނަމަވެސް ކަން މިދިމާވިގޮތުން އަލާންއަށް މިޖެހުނީ އަލާންގެ ‘ޕްލޭން ބީ’ ކުރިޔަށް ގެންދާށެވެ. އޭގެ ކުރިން އަލާންއަށް އައި މޮޅު ހިޔަލާއެކު އެއްމިޔަނަކުން ހިނިތުންވެލެވުނެވެ.

ދަބަހަށް ފޮތްއެޅުން ލަސްވެފައިވާ އާކިން ހުރީ ހަދާނެގޮތް ހުސްވެފައެވެ. އެންމެ ހިނދުކޮޅަކަށްވިޔަސް ޔައިލީގެ ހިޔާލުތަކުން ދުރުނުވެވުނީތީ އާކިން ހުރީ އަމިއްލަ ނަފްސަށް މަލާމަތްކޮށްލަކޮށްލައެވެ. މިހެން ވިސްނަން ހުއްޓާ ކުއްލިއަކަށް ވީކަމަކުން އާކިންއަށް ނޭވަލާންވެސް ހަނދާނެއްނުވިއެވެ.

އަލާން ދިޔަގޮތަށްގޮސް ޔައިލީއާ އާކިން ބަލާފާސްކުރަމުންދިޔަ އައިރާގައިގާ މަޑުމަޑުން ކޮށްޓާލިއެވެ. މިއާއެކު އައިރާ ސިހިގެންދިޔުމުން އަލާންއަށް ހުރެވުނީ ބާރަށް ނުހޭންވެގެން ކޯ ފުއްޕާލާފައެވެ. އެމީހެއްގެ ސީޓުގައި ހުރި އާކިންއާ ޔައިލީއަށް އެކަން ނޭނގުނީ ހިޔާލީ ދުނިޔެއަށް ގެއްލިފައި ތިބުމުންނެވެ. އައިރާ އަލާންގައިގާ ޖަހާލާފައި ކިހިނެތްވީހޭ އެހިއެވެ. ދެން އަލާން ބުނެލި އެއްޗަކުން އައިރާއަށް އެއަށް އާއެކޭ ނުބުނެ ހުރެވޭނެ ހެއްޔެވެ؟ އަލާން އެ ބުނި އެއްޗެއް ބުނެފައި އޭނަގެ ސީޓަށް ދިޔައެވެ. އައިރާ އަވަހަށް އުޅުނީ އަލާން ދެންމެ ބުނި ކަންތައް ކުރެވޭތޯއެވެ. އެންމެ ފުރަތަމެވެސް އައިރާ ޔައިލީއަށް ގޮވައި ނުދަންތޯ އެހިއެވެ. އެހެން ބުނުމާއެކު ޔައިލީ އަވަހަށް ފޮތްތައް ދަބަހަށް އަޅާލާފައި ކްލާހުން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ދެން އަޅާލި ފިޔަވަޅާއެކު ޔައިލީ ބަނޑުވަތަށް ވެއްޓެން ދިޔައެވެ. ލޯމަރައިގެން ހަޅޭއްލަވަން ހަނދާންނެތިފައި ހުރި ޔައިލީއަށް ކުއްލިއަކަށް އިހުސާސްވީ ބާރުގަދަ އަތެއް ޔައިލީގެ އަތުގައި ހިފާ ކައިރިއަށް ދަމާލިކަމެވެ. ދަމާލީނުން ވައިރޯޅިއެއްހާ ބާރަކަށްގޮސް ޖެހުނީ މީހެއްގެ ތަނަވަސް މެއެއްގައެވެ.

އިރުގަނޑަކަށްފަހު ޔައިލީ އޭނައާ ކުޑަކޮށް ދުރުވެލަމުން ލޯ ހުޅުވާލާފައި އޭނަގަޔަށް ބަލާލިއެވެ. ޔައިލީ ބަސްހުއްޓުނެވެ. ކީއްވެކަމެއް ނޭނގެއެވެ. އާނއެކެވެ. ޔައިލީގައިގާ ހިފެހެއްޓީ އާކިން ނޫން ދެވަނަ މީހެއް ނޫނެވެ. އެ ކަޅުކަންގަދަ ލޮލުގެ ވެރިޔާއަށް ބަލަންހުރެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެގޮތަށް ކަޅިޖަހައިނުލާ އާކިންއަށް ބަލަންހުރެ ޔައިލީއަށް ވިސްނެމުންދިޔަ ކަންތައް ދެނެވޮޑިގެންވާނީ އެންމެ ފަރާތަކަށެވެ.

އާކިންއަށް ކުއްލިއަކަށް ޔައިލީ ވެއްޓޭތަން ފެނުމުން އޭނަގެ ހިތް އިރުކޮޅަކަށް ނަމަވެސް ހުއްޓުމަކަށްއައިފަދައެވެ. އެވަގުތު އިތުރު ވިސްނުމަކާނުލައި ފަޔަށް ނުލެވުނު ބާރެއް ލައިގެން ބަނޑުވަތަށް ވެއްޓެންދިޔަ ޔައިލީގެ އަތުގައި ބާރަކަށް ހިފާ އޭނަކައިރިއަށް ދަމާލިއެވެ. އައި ބާރުމިނުގައި ޔައިލީ އައިސް އޭނަގެ މޭގައި ޖެހުނުވަގުތު އާކިންއަށް ކުރެވުނީ މުޅިން އެހެން އިހުސާސްތަކެކެވެ. އޭރު އާކިން ހުރީ ޔައިލީގެ އުނަގަނޑުގައި ބާރަކަށް ހިފަހައްޓައިގެންނެވެ. އާކިންއަށް ޔައިލީގެ ބާރަށްތެޅެމުންއައި ހިތުގެ އަޑުއިވެންފެށިއެވެ. ނޫނީ އެއީ އޭނަގެތޯވެސް ހިތަށްއެރިއެވެ. އިރުކޮޅެއްވަންދެން އެހެން އޮތުމަށްފަހު ޔައިލީ ކުޑަކޮށް ދުރުވެލުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ ޔައިލީގެ ގަދަ މުށިކުލައިގެ ދެ ލޮލަށް އާކިންއަށް ފީނުނެވެ. އެތާނގައި އިތުރު ދެމީހުން ހުރިކަމެއް ހަނދާނެއްނެތިއެވެ. ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑުއިވިގެން ދެމީހުންނަށް ހަމަބިމަށް އާދެވުނެވެ. އަދި އަވަސްއަވަހަށް ދެމީހުން ދުރުވެލިއެވެ. އަދި އައިރާއާ އަލާންއަށް ނަޒަރު ބަދަލުކޮށްލިއެވެ.

ޔައިލީ ތެދުވެ ދާން ފެށުމުން އަލާން ހުރިތާ ހުރެ އޭނަގެ ފައި ކުޑަކޮށް ބޭރަށް ނެރެލިއެވެ. އެވަގުތު ޔައިލީ ހުރީ އެކަމާ ނުވިސްނާކަމުން ޔައިލީ އަލާންގެ ފައިގައި އަޅައިގަނެ ވެއްޓެންދިޔައެވެ. ވެއްޓެން ދިޔަ ވަގުތު އާކިން ހިފެހެއްޓުމުން އަލާންގެ މޫނުގައިވަނީ ކާބިޔާބުގެ ހިނިތުންވުމެކެވެ. ނަމަވެސް އައިރާގެ ރުޅިވެރި މޫނަށް ބަލާލުމާއެކު އަލާންއަށް ބުމަ އަރުވާލެވުނެވެ. “އަލާން މޮޔަވީތަ؟؟؟ ޔައިއަށް ތަދުވި ނަމަ ކީއްކުރާނީ؟؟؟” އައިރާ ވާހަކަދެއްކީ ވަރަށްވެސް މަޑުންނެވެ. އާކިންއާ ޔައިލީގެ ‘މޮމެންޓް’ ހަރާބު ނުކުރަންވެގެންނެވެ. އެކަމާ އައިރާ އުފާކުރިއެއްކަމަކު އަލާން ދެންމެ ކަންތައްކުރިގޮތުން ހުރީ ހިތްހަމަ ނުޖެހިފައެވެ. “ރިލެކްސް ޑަމްބޯ!! މަށަށް އިނގެޔޭ އާކިން އޭނަ ހިފަހައްޓާނެކަން. އެހެންވެ އެހެންހެދީ. އެހެންނޫނަސް އާކިން ހުރީ ވަރަށް ކައިރީގަ. ދެން އެހެންމަ އޯކޭއެންނު ދޯ. ޕްލޭން ސަކްސެސް އޭ. ބީ ހެޕީ.” އަލާންވެސް މަޑުން ވާހަކަދައްކަމުން އެންމެ ފަހު ވާހަކަ ބުނެލީ އައިރާގެ ކޮލުގައި މަޑުމަޑުން ހިފާލަމުންނެވެ. “ހްމްމް.. ދެން ހެވޭ. ކޮބާތަ އަލާންގެ ފޯނު. ގެނެބަ ރީތި ފޮޓޯކޮޅެއް ނަގާލަން.” އައިރާ ބޭނުންވީ މި ވަގުތުކޮޅު މުޅި އުމުރަށް ހަނދާން ކުރާށެވެ. “އުހޫން. ޑަމްބޯއަކަށް ނުލިބޭނެ މި ފޯނެއް. އެހެންނޫނަސް ޑަމްބޯއަކަށް ނޭނގެނެ ރީތި ފޮޓޯއެއް ނަގާކަށް. އެންމެ ފަހުން ޑަމްބޯ ކައިރީ މަށާ އާކިންގެ ފޮޓޮއެއް ނަގައިދޭށޭ ބުނީމަ އަހަރުން ދެމީހުންނޫން ދެންހުރި ހުރިހާ ތަނަކަށް ފޮޓޯ ނަގާފަ ހުރީ.” އަލާން ދެކޮޅުހެދިއެވެ. އަދި މިދިޔަ ހަފްތާ ވީކަމެއްގެ މަތިން ހަނދާން އާކޮށްލިއެވެ. “ވް.. ވަޓްއެވާ. އޭރު ފަހަތަށްޖެހުނުގަޑީ އަރިއަޅާލި ގޮތުން ވީ ކަމެކޭ. އެހެންނޫނަސް ތީ ވަކި މޮޅު މީހެއްތަ ފޮޓޯ ނަގަން؟ ބުނާނެ މަށަކީ މޭންއެކޭ. ނޫނީ ޕްރޯއެކޭ. އެކަމް ދުވަހަކުވެސް އިރާއަކަށް ނުފެނޭ އަލާން ނެގި ރީތިފޮޓޮއެއް. މިހާރުވެސް ފޯނު ބަލަލީމަ ހުންނާނި އަލާންގެ ސޯ ކޯލްޑް ސެލްފީގެ ނަމުގައި ހުރި މޫނުތަކެއް.” އައިރާ ވަކި ދޫކުރާނެ ހެއްޔެވެ؟ “ދެން ހެވޭ. އައިމް ޓޭކިން ދަ ޕިކްޓާޒް.” މިހެން ބުނެ އަލާން ދެމީހުންގެ ލޮލަށް ގެއްލިފައިހުރި އާކިންއާ ޔައިލީއަށް ސްނެޕުން އެކި ގޮތްގޮތުން ފޮޓޯ ނަގަންފެށިއެވެ. އައިރާވެސް ފޮޓޯ ނަގާ ހިތުން އަލާންގެ އަތުން ފޯނު ޖެހިގަނެގެން ފޮޓޯނަގަން ފެށިއެވެ. އަލާން ވަގުތުން ރުޅިމޫނު ހަދާފައި ކުޑަކުއްޖެއްހެން ފޯނު ޖަހައިގަންނަން ދިމާކުރިއެވެ. މިތަންފެނި އައިރާ އެފޯނު އަލާންގެ އަތުގައި ނުޖެހޭންވެގެން ދުރަށްޖައްސާލި ގަޑީގައި އެ ފޯނު ވިއްސައިގެން ބިންމައްޗަށް ވެއްޓުނެވެ. އަލާންގެ އަނގަދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. “މަގޭ ފޯނު. މަގޭ ލޯބިވާ ފޯނު.” އަލާން އެހުރިގޮތަށްހުރެ ބުންޏެވެ. ނަމަވެސް އަޑުއައީ ކިރިޔާއެވެ. ފޯނު ވެއްޓުނު އަޑަށް އާކިންއާ ޔައިލީ ސިއްސައިގެން ދިޔުމުން އަލާން ގޯސްކުރީ އައިރާއެވެ. އަދި ބާރަކަށްގޮސް ފޯނު ނަގައި ފޮޅާލިއެވެ.

އާކިންއާ ޔައިލީ ދުރަށްޖެހެލީ ބޮޑު ބިރެއް ފެނުނު ފަދައިންނެވެ. އަދި ނުވާކަމަށް ހަދާފައި އަލާންއާ އައިރާއާ ދިމާލަށް ބަލާލިވަގުތު ދެމީހުންގެ ލޯ ބޮޑިވެގެން ދިޔައީ އަލާން އޭނަގެ ފޯނުގައި ފިރުމަފިރުމާފައި އޭގައި ބޮސްދޭތަނާއި އައިރާ ބޯ ކަހާތަންފެނިއެވެ. އާކިންއަށް މިވީގޮތް އިނގޭކަށް މާކަގިނައިރެއް ނުނެގިއެވެ. އަދި ފާޑަކަށްހުރެ އަލާންއާ ދިމާލަށް ބަލައިލިއެވެ. އަލާންވެސް ނުވާކަމަށް ހަދާފައި ކިނެއްވީހޭ އެހިއެވެ. އަލާން އެހެން އެހުމުން އާކިން އިތުރަށް ހިތްހަމަނުޖެހުނެވެ. އަދި އިތުރު ގޯހެއް ނުހެދެނީސް ދަބަސް ހިފައިގެން އެތަނުން ނިކުތެވެ. ޔައިލީވެސް އޭނަގެ ދަބަސް ހިފައިގެން މަޑު ހިނގުމެއްގައި ނިކުމެގެންދިޔައީ ގަނެފައިވާ ލަދެއްގެ ބޮޑުކަމުންނެވެ. އިތުރަށް އައިރާއާ ކުރިމަތިލާނެ ހިތްވަރު ނެތުމުންނެވެ.

އަނެއްކޮޅުން އައިރާއާ އަލާންއާ ހުރީ އުފަލުންގޮސް ވާނެއެއްޗެއްވެފައެވެ. އައިރާ އެއްތަނުން އަނެއްތަނަށް ފުންމަން ފެށުމުން އަލާންއަށް ނުހީ ނުހުރެވުނެވެ. “ތީ ދެން ކުޑަކުއްޖެއްތަ ތިހެން އުޅެން؟” އަލާން ހެމުންހުރެ އަހައިލިއެވެ. “ސޯ ވަޓް. އައި އޭމް ހެޕީ. ބަޓް ރިވެންޖު ނަގާނަން ޔައި ވައްޓާލީމަ.” އައިރާ އަލާންއަށް އިންޒާރުދޭ ފަދަ ރާގަކުން ބުންޏެވެ. “ނުވެއްޓެއެއްނު. އެކަމް އައިރާ މަގޭ ފޯނު އެއްލާލީމަ އެކަމުގެ ރިވެންޖްވެސް ނަގާނަން. އައިރާގެ ރިވެންޖަށްވުރެ ބޮޑަށް.” އަލާންވެސް އައިރާކުރި ކަމުގެ ބަދަލުހިފަން ބޭނުންވިއެވެ. “ފައިން. އިމްޕްރެސް މީ. އިފް އައި ވިން.. އަލާން ގެންދަންޖެހޭނެ މަ ބޭނުންތަނަކަށް. ހެޔޮ ކެއުމަކަސް އެހެންތަނަކަސް. އެންޑް އިފް ޔޫ ވިން… އައި ކޭން ފިނިޝް ޔުއަރ ހޯމްވޯކްސް ފޯ އަ ވީކް. ޑީލް؟؟؟” އައިރާ ސަލާމަކަށް އަތް ދިއްކޮށްލަމުން ބުންޏެވެ. “ޑީލް” އަލާންވެސް އެއަތުގައި ހިފަމުން ބުންޏެވެ. ނަމަވެސް މިފަހަރު އެ އަތުގައި ހިފާލުމުން ކުރިން ނުވާފަދަ ގޮތެއް އެ ދެމީހުންނަށްވެސްވިއެވެ. އަޖައިބެއްކަހަލަ ކަމެއްތާއެވެ. ނުވާކަމަށްހަދާފައި ދެމީހުންވެސް ހިނިތުންވެލައިގެން ހުރެ ކްލާހުން ނިކުތެވެ.

އެދުވަހުގެ ހަވީރެވެ. ޔައިލީ އައިރާ އަދި ދީމާ ހުރީ ދީމާމެންގޭގައެވެ. މިރޭގެ ޕާޓިއަށް ލާނެ ހެދުމެއް ހޯދާށެވެ. ދީމާއަކީ ފެޝަނަށް ވަރަށް ލޯބިކުރާ ކުއްޖެއްކަމުން ލާނެ ހެދުން ހުންނަނީ އަބަދުވެސް ގިނަވެފައެވެ. ނަމަވެސް ލާނެ ރީތި ހެދުމެއް ނުފެނިގެން ދީމާ އޭނަގެ ކަބަޑު އެފުންމިފުށަށް ޖަހަމުންދިޔައީ މުޅި ކޮޓަރިއަށް ހުރިހާ ހެދުންތަކެއް އުކަމުންނެވެ. ބައެއް ފަހަރު އައިރާގަޔަށް ހެދުމެއްދެއެވެ. އަނެއްފަހަރު ޔައިލީގަޔަށެވެ. އެވަރުންވެސް ދީމާ އުޅުނީ އޭނައަށް އެންމެ ރީތި ކަޅުކުލައިގެ ހެދުން ނުފެނިގެންނެވެ. ދީމާއަށް އެންމެފަހުން އެ ފެނުނީ އޭނަގެ ދޮންތި ލާރާގެ ކޮޓަރިންނެވެ. “ދޮންތީ!! ކީއްވެ ދީގެ ފޭވް ހެދުން ނެގީ؟؟ ދޮންތިއަކަށް ހެޔޮވަރެއްވެސް ނުވާނެ އެ ހެދުމެއް.” ދީމާ ލާރާގެ ކޮޓަރީގައި ޓަކިޖަހަމުން ބާރަކަށް ވާހަކަ ދެއްކީ ކޮޓަރީގައި ހުރި ލާރާއަށް އަޑު އިއްވަންވެގެންނެވެ. “ދީ އެހާ ބޮޑަށް އެކަމަ ނުވޭ.” ދީމާގެ ފަހަތުން އިވިގެން ދިޔައީ ލާރާގެ ފިރިމިހާ ރާދުގެ އަޑެވެ. އެއަޑަށް ދީމާ އެނބުރެލިއެވެ. “ދޮންތި ދޮންތިބެ ކައިރީ ބުނެފަ އޮންނަނީ ރީތި ހެދުމެއް ގަނެދޭން. އެކަމު ބިޒީކަމުން ނުވީ. ހަމަ ދެންމެ މިއައީ ފިހާރައަށްގޮސް ހެދުން ގަނެގެން.” ރާދު ބުންޏެވެ. “ދޮންތިބެ ކީއްވެ ދީއަށްވެސް ނުގަތީ؟” ދީމާ ބޮޑާހާކާލިއެވެ. “ހެހެ. ދީގެ ކަބަޑު ބަލާލި މީހަކަށް ހީވާނީ ހެދުމުން ގެއެއް އަޅަން އުޅޭހެން. އެހެންވެ ނުގަތީ.” ރާދު ބޯކަހާލަމުން ބުންޏެވެ. “ހަހަހަ.. އޯކޭ. ބައެއް ހެދުން ކުރުވީމަ އަންގާލާނަން.” ދީމާވެސް ކަޑަ ނުވާންވެގެން ބޯކަހާލާފައި ބުންޏެވެ.

ވަރަށް ގިނައިރުގެ ހޯދުމަކަށްފަހު ތިންކުދިންނަށްވެސް ކަމުދާ ތިންހެދުން ފެނިގެންދިޔައެވެ. އޭރު ގަޑިން އަދި ފަހެއް ޖެހީއެވެ. ޕާޓީ އޮތީ 8 ޖަހާއިރު ކަމުން އެތިންކުދިން ރީތިވެލައިގެން ބޭރަށް ނިކުތީ ހަވީރު ގަޑީގައި ގޭގައި ނުހުންނަންވެގެންނެވެ. ތިންކުދިންވެސް މުޅި މާލެ ވަށައި ހިނގަމުންދިޔައީ އެތައް ވާހަކައެއް ދައްކަމުންނެވެ. އެ ވާހަކައިގެ ތެރޭގައި ދީމާ ދިޔަފަހުން އަކިންއާ ޔައިލީއާ ދިމާވި ‘ކަންތައް’ ވެސް ހިމެނެއެވެ. އައިރާ އެވާހަކަ ކިޔައިދީ ނިމެންދެން ދީމާ ހުރީ ހޭށެވެ. ހީހީ ލޮލުން ކަރުނަ އަންނަން ފެށުމުންވެސް ދީމާއަކަށް ހުނުން ހުއްޓައެއްނުލެވުނެވެ. ޔައިލީ އެކަމާ ލަދުންހުރި ހާލު މައުޟޫ އޮޅުވާލަން ބޭނުންވިއެވެ. “ދީ މިއަދު ކީއްވެ މާ އަވަހަށް ކްލާހުން ދިޔައީ؟” ޔައިލީ އަހާލިއެވެ. އެވާހަކައަށް އައިރާގެ ސަމާލުކަން ހުއްޓުމުން ޔައިލީ ކުޑަކޮށް ހިތްހަމަޖެހުނެވެ. “އެއީ މާ ބޮޑުކަމެއް ވެގެނެއްނޫން.” ދީމާ ބުންޏެވެ. މިއަދު ވީ ކަންތައް ހަނދަންވުމާއެކު މޫނުމަތިން ފެންނަމުންދިޔަ ރަކި ހިނިތުންވުން ފޮރުވާކަށް ދީމާ ހަނދާނެއްނެތެވެ. “އޯ މައި ގޯޑް. ދީ. ޔޫ ހޭވް އަ ކްރަޝް އޮން ޒިލާލް. ޑޯންޓް ޔޫ؟” ޔައިލީ ލާނެތްކަމާއެކު އަހައިލިއެވެ. “ވަޓް. ނޯ އައި ޑޯންޓް. ހީޒް ނޮޓް އީވެން މައި ޓައިޕް. ބިސައިޑްސް.. އައި ކުއިޓް ޑޭޓިން އަ ލޯންގ ޓައިމް ބެކް.” އަޑަށް ބާރުލަމުން ވާހަކަ ފެށި ދީމާ ވާހަކަ ނިންމާލީ އަޑަށް މޮޅިވެރިކަން ގެނުވަމުންނެވެ. މޫނުމަތިން ނުރުހުމުގެ އަސަރުވެސް ފެންނަން ހުއްޓެވެ. “ދެން އެ ވާހަކަ ބާއްވަމާ ދޯ. ހިނގާބަ ޖޫގޯ ބޯންދާން.” އައިރާއާ ޔައިލީއަށް މިކަން ފާހަގަވުމުން އައިރާ އަވަހަށް ބުންޏެވެ. ދީމާވެސް ހިނިތުންވުމަކާއެކު ބޯޖަހައިލިއެވެ. އަދި ތިންކުދިންވެސް ޖޫގޯ ބޯންދިޔައެވެ.

ތިންކުދިންވެސް ޖޫގޯ ގަނެގެން ހިނގަމުން ދިޔައީ އާޓިފިޝަލް ބީޗުކައިރީގައެވެ. އެތާގައި ހުންނަ ބެންޗެއްގައި ތިންކުދިން އިށީންދެ ޖޫގޯ ބޮއެ ނިންމާލަފައި ކުދިން ކުޅޭތަން ބަލަން ހުއްޓެވެ. ޔައިލީއާ އައިރާ ހޭވައްޓާލާފައި ކުދިން ސްކޭޓް ކުރާތަން ބަލަންހުއްޓެއްކަމަކު ދީމާއަށް މިކަމަކަށް ޝައުގެއްނުދެވުނެވެ. ކުޑަކޮށް އެކަނިވެލުމަށްޓަކައި ޔައިލީއާ އައިރާގާތު މޫދާ ކައިރިއަށް ދަނީއޭ ބުނެ އެދިމާލަށް ދިޔައެވެ. ޔައިލީއާ އައިރާ އެހާބޮޑަށް އެކަމާނުވީ އެއީ ދީމާގެ އަބަދުވެސް ހުންނަގޮތެއްކަމަށް ވާތީއެވެ.

މޫދުކައިރީގައި އެކަނި ހިނގަމުންދިޔަ ދީމާއަށް ވިސްނެމުންދިޔައީ ޔާލްއާ މެދުއެވެ. 2 އަހަރުވަންދެން އެކީގައި އުޅުނު ލޯބިގޮތެވެ. ރައްޓެހިވާންވެގެން އެހިގޮތެވެ. އޭރު ދީމާއަށް 12 އަހަރުވާން ކުޑަ ދުވަސްކޮޅެއް އޮތެވެ. އަދި ޔާލްއަށް 15 އަހަރެވެ. ދީމާއަށް ސިފަވީ ކޮންމެ ދުވަހަކު ޔާލް ދީމާ ގޮވައިގެން ހިނގާލަންދިޔަ ގޮތެވެ. ޔައިލީއާ އައިރާ އެކަމާ ޝަކުވާކުރި ގޮތެވެ. ދީމާގެ އުފަންދުވަހުގައި ޔާލް ދީމާއަށް ފަށެއް ދިން ގޮތެވެ. އެކަމާ ވިސްނަންހުރެފާ ކަރުގައި އަޅުވާފައި އޮތް ފަށެއް ނަގައި އެއަށް ބަލައިލިއެވެ. އެއީ ހިތެއްގެ ބައްޓަމަށް ކާރސިވް ރައިޓިންއިން އެއްޗެއް ލިޔެވިފައިވާ ރިހި ފަށެކެވެ. އޭގައި ލިޔެވިފައިވަނީ ‘ޔޫ އެންޑް މީ އޯލްވޭޒް އެންޑް ފޯއެވާރ’ އެވެ. އާނއެކެވެ. އެއީ ޔާލް ދީމާގެ 12 ވަނަ އުފަންދުވަހުގައިދިން ފަށެވެ. ދީމާ ޔާލްއާ ރުޅިވިފަހުންވެސް އެ އަޅައިގެން ހުރީ އެއްވެސް މީހަކަށް ނޭނގޭގޮތަށެވެ. ޔައިލީއާ އައިރާއަށްވެސް މެއެވެ.

އެ ވިސްނުމަށް ގެއްލިފައިވާ ދީމާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ވަރަށް ބާރަކަށް މީހަކުއައިސް ދީމާގައިގާ ޖެހުމުންނެވެ. އަނެއްފަރާތަށް އެނބުރެލިއިރު ހުރީ ދީމާވަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާއަށް ރީތި ކަޅު އިސްތަށިގަނޑެއް ލިބިފައިވެއެވެ. ދީމާގެ އިސްކޮޅާ ގާތްގަނޑަށް އެއްވަރެވެ. ނަމަވެސް ދީމާއަށްވުރެ ހަންގަނޑު އައްޔެވެ. އަދި ހިކިވެފަ ބައްޓަންވެސް ރީއްޗެވެ. “ސޮރީ. ނުބަލާ ދެވުނީ.” އެ ކުއްޖާ ބުންޏެވެ. “އިޓްސް އޯކޭ. އެއީ އެކްސިޑެންޓެއްނު.” ދީމާވެސް ބުންޏެވެ. “ޔެއާ. އައިމް ވިތް މައި ހަޒްބެންޑް. އޭނަ ދިޔައީ އައިސް ކޯން ގަންނަވެގެން. އައިމުކުރިން ފިލަންދާންކަމަށް. ބައި ދަ ވޭ. އައިމް ކައިރާ.” ކައިރާ ވީގޮތްކިޔައިދީފައި ސަލާމަށް އަތްދިއްކޮށްލިއެވެ. ދީމާވެސް ކުޑަކޮށް ހައިރާންވެފައި އެއަތުގައި ހިފިއެވެ. “އައި ނޯ. އައި ލުކް ޔަންގ. ދެޓްސް ބިކޯޒް އައިމް ޖަސްޓް 19 ޔިއަރޒް އޯލްޑް. އެންޑް މައި ހަޒްބެންޑް އިޒް 20. މިދިޔަ އަހަރު އިނީ. އިނގޭ އަވަސްކަންވެސް އެކަމް ދެމީހުން ލޯބިވަންޏާ ކޮންމެހެން މާ ގިނަދުވަހު ރައްޓެހިވެގެން ހުންނާކަށް ނުޖެހެއެއްނު ދޯ.” ކައިރާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. ދީމާގެ ހައިރާންކަން ދެގުނަވިއެވެ. ހީވަނީ ދީމާގެ ވިސްނުން ކިޔާލިހެންނެވެ. “ސޮރީ. ވަރަށް އަނގަގަދަ ދޯ. އެކަމް ހީވޭ ވަރަށް ޓްރަސްޓް ކުރެވޭނެހެން. އޯ. އެކަމް އަދި ތިކުއްޖާގެ ނަމެއް….” ކައިރާ ވާހަކަ ދައްކާނުނިމެނީސް ކޮންމެވެސް ފިރިހެނަކު ކައިރާގެ ނަމުން ގޮވާލިއެވެ. ” އޯ ނޯ. ދެޓްސް މައި ހަޒްބެންޑް. ގޮޓަ ގޯ. ހޯޕް ޓު ސީ ޔޫ ސޫން އޯކޭ؟ ބާއީ!!” ދީމާއަށް އަނގައިން ނުބުނެވެނީސް ކައިރާ ދުވެފައި ކަހަލަގޮތަކަށް ދިޔަތަން ބަލަންހުރެވުނީ ވެފައިވާ ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. އޭނަގެ ނަންބަރުވެސް ނުލިބެއެވެ. ކުޑަމިނުން ދީމާގެ ނަންވެސް ކައިރާގާތު ނުބުނެވެއެވެ. އެކަމާ ދީމާ ކުޑަކޮށް ދެރަވިއެވެ. ގިނައިރުނުވެ ޔައިލީއާ އައިރާވެސް ދީމާއަށް ގޮވިއެވެ.
ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

ލޯތްބަކުންދިން…5 ވަނަ ބައި

Next

ހިނިތުންވެލާށޭ ކަލާ 12

Next
April 2, 2023

ހިނިތުންވެލާށޭ ކަލާ 12

Previews
April 1, 2023

ލޯތްބަކުންދިން…5 ވަނަ ބައި



All Right Reserved!