“ޔައި..” ޔައިލީގެ އަތުގައި ބޮސްދެމުން އާކިން ފެށިއެވެ. “އުފަންވީއްސުރެ އަހަރުމެން އުޅުނީ އެއްކޮށް.. ގާތް ރަހުމަތްތެރިންގެ ގޮތުގައި.. އެކަމު އެ ހުރިހާ ކަމެއް ބަދަލުވީ ކޮން އިރަކުކަމެއްވެސް ނޭނގެ.. އަހަރެން ޔައި ދެކެ ލޯބިވެވެންފެށުނީ.. ޔައި ކޮއްލާ ކުދިކުދި ކަންކަމުންވެސް ހިތްފުރިގެންދޭ.. ޔައި ދެރަވީމަ އަހަރެންވެސް ދެރަވޭ، ޔައި ރޯތަންފެނުނީމަ ހިތް ކުދިކުދިވޭ.. ޔައިއާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވޭ.. ޔައި ނެތްތާކު ޔައިމަތިން ވަރަށް ހަނދާންވޭ.. ޔައިގާތަށް ދާން ބޭނުންވޭ.. ކަމެއްވެދާނެތީ ބިރުގަނޭ.. ބޭނުންވަނީ ޔައިއާއެކު […]
އެ ޕިކަޕުގައި ސައިކަލުޖެހި އަލާންއާ އައިރާ ދިޔައީ ވިއްސައިގެންނެވެ. ސައިކަލު މާދުރުގައި އިން ގަހެއްގައިޖެހި ފުނޑުފުނޑުވިއެވެ. ލޯ ހުޅުވާލި ވަގުތު އެ ޕިކަޕުގައި އިން މީހާ ދުވެފައި ދާތަން ފުސްކޮށްފެނުނެވެ. އަލާންއަކަށް ވީނުވީއެއް ނޭނގުނެވެ. ގަޔަކު ވަރެއްނެތެވެ. އޮތީވެސް ބަނޑުވަތަށެވެ. މުޅިގައިގާވަނީ ހުސްލެޔެވެ. ނަމަވެސް ތަދެއް އިހުސާސެއްނުވެއެވެ. ހުރިހާތަނެއް ފެންނަނީ ފުސްކޮށެވެ. ނަމަވެސް މީހުންގެ އަޑުއިވެއެވެ. އެވެސް ކުޑަކޮށެވެ. ދެފަރާތަކަށް ކަޅި ހިނގާލިވަގުތު މާ ދުރުގައި ވެއްޓިފައި އޮތް އައިރާ ލޮލުގައި އަޅައިގަތެވެ. އައިރާގެ ހެދުން ވަކިނުކުރެވޭވަރަށްވަނީ […]
“ދެން އަހަރުން އުޅޭނީ މާލޭގަ.. އެހެންވެ އަހަރުން އެންމެން މި އައީ.. ވީކަމެއްވީ.. އެކަން ހަނދާން ނައްތާލަން މަސައްކަތް ކުރަންވާނެ..” ލާމިއު ވަދީފާއަށް ހިތްވަރުދިނެވެ. “ތިއެއްނޫނޭ.. ބޭބީއަށް ކިޔާނެ ނަމެއް އިނގޭތަ؟” ޝާދިޔާ ވަރަށް ގަޔާވެލާފައި އަހައިލިއެވެ. “ޔައިލީ..” *ސާދަވަނަ ބައި* “އޭގެފަހުން އަހަރުމެން އެއްކޮށް މާލެ ބަދަލުވީ.. ގިނަ ދުވަހެއްނުވެ ނަދޫއަށް އަލާން ލިބުނީ އޭގެފަހުން އައިރާ.. ދެން ދީމާ..” ފާތުން އެވާހަކަ ކިޔާ ނިންމާލިއެވެ. “ދެން ކޮބާ ޔައިގެ ބައްޕަ މިހާރު؟؟” […]
“ޔައިގެ ބައްޕައަކީ ކާކު؟؟” *ތޭރަވަނަ ބައި* ޔައިލީގެ އެ ސުވާލާއެކު މުޅިތަން އެއްކޮށް އަޑުމަޑުވެގެން ދިޔައެވެ. ފާތުން ދިޔައީ އެއްލިގެންނެވެ. ތާރާ ބިންމަތީ ބެހެއްޓުމާއެކު ކޮޓަރިއަށް ދުވެފައި ދިޔައީ އެކުދިންނާއެކު ކުޅޭހިތްވެގެންނެވެ. އެންމެންވެސް ތިބީ ޔައިލީ ކުއްލިއަކަށް އެ ސުވާލު އެހުމުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނަމަވެސް އެ ހިމޭންކަމުން ޔައިލީއަށް ވީ އުނދަގުލެވެ. “ފާންތާ!! އެއްޗެކޭ ބުނެބަ؟ ޔައިގެ ބައްޕައަކީ ކާކު؟؟” ޔައިލީއަށް ނުހުރެވިގެން އަނެއްކާވެސް އަހައިލިއެވެ. “ޔައި ކީއްވެ ކުއްލިއަކަށް […]
އެތެރެއިން އެއްވެސް އަޑެއް ނީވުމުން ޔައިލީގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ކޮޓަރި ހުރީ ތަޅުލާފައެވެ. އަވަސް އަރުވާލާފައި ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދައި ދޮރު ހުޅުވާ މަންމައަށް ގޮވާލިއެވެ. އެއާއެކު ފެނުނު މަންޒަރަކުން ޔައިލީގެ ހިތް އަނގައަށް ނައީ ކިރިޔާއެވެ. *އެގާރަވަނަ ބައި* ވަރޑުގައި ވަދީފާ ބާއްވާފައި އޮތް އެނދުގައި ޔައިލީ ބޯ އަޅާލައިގެން އޮތީ މަންމަ ނުބެލުނުކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުއެވެ. އެހެނީ ޔައިލީގެ މަންމައަކީ ޔައިލީގެ ހުރިހާވެސް މީހެވެ. […]
ވަދީފާ ހިނަވާ ނިމި މޫނު ދައްކަން ފެށިއިރުވެސް ޔައިލީ ހެޔެއް ނާރައެވެ. ވަދީފާ ގާތު އޭނަގެ އެންމެ ގާތް އެކުވެރިންތައް ތިބީ ރޮއެރޮއެ ވަރުބަލިވެފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ ކުއްލި ވަކިވުމުގެ ސަބަބުން އަސަރު ނުކުރާ ހިތެއްނެތެވެ. އެންމެންވެސް ވިސްނީ ޔައިލީއާ މެދުއެވެ. ވަދީފާ މަޖަލަކަށް ނަމަވެސް ވަދީފާ ނެތް ދުވަހަކުން ޔައިލީ ބަލައިދިނުމަށް ބުނި ބުނުން ހަނދާންވެ އިތުރަށް އެންމެނަށް އަސަރު ކުރުވިއެވެ. އަދި އެންމެންގެ ހިތުގައި ޔައިލީ ބެލެހެއްޓުމަށް ވަރުގަދަ […]
އެތައް އިރެއްވަންދެން ވާހަކަދައްކަން ތިބެފައި އެރެއަށް ނިންމާލީ ދަންވަރު ބާރަޖަހަން ކައިރިވެފައި ހުރުމާއެކު މާދަން ހެނދުނު ސްކޫލަށް ދާންޖެހޭތީއެވެ. އެންމެންވެސް ފޯނު ދުރަށްލާފައި ހިނިތުންވުންތަކާއެކު އޮށޯވެ ނިދީ ފުން ހުވަފެންތަކަށް ގެނބެމުންނެވެ. – ދިހަވަނަ ބައި – އިރުގެ ދޯދިތައް ޔައިލީގެ މޫނަށް އެޅެން ފެށުމާއެކު އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. އަދި ކައިރީގައި އޮތް ފޯނު ހުޅުވާ ބަލާލިއެވެ. އެއާކު ޔައިލީގެ ދެލޯ ބޮޑުވެ ކުއްލިއަކަށް ފުންމައިގެން އެނދުން ތެދުވިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ގަޑިން ހަތްގަޑި […]
ވަކިހިސާބަކަށް ދެވުނުތަނާ އައިރާއާ ދީމާ ހުއްޓުމުން ޔައިލީވެސް ހުއްޓުނެވެ. “ގައިޒް! ލޯ ހުޅުވަނީ އޭ. ހެލޯ!” ޔައިލީ މަޑުމަޑުން ގޮވާގޮވާ އެކެއްވެސް އަނގައިކުން ނުބުންޏެވެ. އެކަމަކު އަދިވެސް ހުރީ ޔައިލީގެ އަތުގައި ހިފައިގެންނެވެ. އެއްވެސް މީހަކު އެއްޗެކޭ ނުބުނެ ގިނައިރުވަން ފެށުމުން ޔައިލީ ލޯހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އިންތިހާ ދެރައާއެކު ޔައިލީއައީ ރުޅިއެވެ. ♡ނުވަވަނަ ބައި♡ “ބްރޯ.. ތި ބުރިގަނޑު ތާކު ޖައްސާލަބަ ނިކަން. ޔައިލީމެން އެ އަންނަނީއޭ…. ދެން ނުޖެހޭނޭ އިންތިޒާރުކުރާކަށް.” އާކިން ހިތްހަމަޖައްސާލުމަށް […]
“ތޭންކްސް ގައިޒް. އިޓް މީންސް އަލޮޓް.” ހަގީގަތުގައިވެސް އާކިން ހުރީ ވަރަށް އުފާވެފައެވެ. “ޔައި އެޑެއް ނުކުރަންތަ؟” ޔައިލީ އެ ގްރޫޕުގައި ނެތުމުން އަލާން ސުވާލުކުރިއެވެ. “ބޮޑު ސޭކު. ޔައި ލާނެތަ މި ގްރޫޕަށް. ޔައި އަށޭ އާކިން ޕްރޮޕޯޒް ކުރަން އެ އުޅެނީ. އެކަންތަށް ސަކްސެސް ވީމަ ޔައި އެޑް ކުރާނީ.” އައިރާ ހުރީ އަލާންގެ ސޭކުކަމާހެދި ބޯގޮވާވަރުވެފައެވެ. ދެން ފެށުނީ ޕްލޭން ކުރާށެވެ. އެންމެންވެސް ހިތްހަމަޖެހޭ ވަރުވީމަ އެރެއަށް ނިންމާލިއެވެ. ♡އަށްވަނަ ބައި♡ އެރޭ […]