ކުޑަ ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ މެދުގައި ކިންގް ސައިޒް ބޮޑު އެނދެއް ހުރި އިރު، ދޮރާއި ވީ ދިމާލުން ކަނާތް ފަރާތަށް މޭޒެއް އިނެވެ. މޭޒުމަތީގައި ގަލަމާއި ފަންސޫރު ފަދަ ތަކެތި އަޅާ ދަޅެއް އިން އިރު، ބައެއް ގަލަންތައް މޭޒުމައްޗަށް ވެރިފައި ހުއްޓެވެ. މޭޒުމަތި ފުރާ އެކި ނޯޓްސް ގަނޑުތަކާއި ފޮތްތައް ހުޅުވާފައި ހުއްޓެވެ. އޭރު މޭޒުގައި ބޯ އަޅައިގެން އަންހެން ކުއްޖަކު ނިދާފައި އޮތެވެ. މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. މައުސޫމް ކަމުގެ އިންތިހާއެވެ. […]
އަހަރެންނަކީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކީމެވެ. އުމުރުގެ އެހެންކުދިންނާއި އަޅައި ބަލާއިރު އަހަރެން ހުންނަނީ ވަރަށް ހިކި ކޮށެވެ. އަދި އަހަރެންނަކީ ކިޔެވުމަށް އެހައި މޮޅު ކުއްޖެކޭ ވެސް ނުބުނެވޭނެއެވެ. ނަމަވެސް ހުރިހާ މާއްދާ އަކުން ވެސް ފާސްވެއެވެ. ”ޓީޗަރުންނަކީ ކުދިންނަށް ނޭނގޭ އެއްޗިހި ބުނެދޭ ބައެކެވެ. ޓީޗަރުން ކުދިންނާއި ދިމާލަށް ހިތްމަރުވާފަދަ އެއްވެސް ބަހެއް ނުބުނާނެއެވެ. މަލާމާތެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ކަންކަމުގައި ކުރިއަށް ދިއުމަށް ހިތްވަރުދީ ނަސޭހަތްދޭނެއެވެ. ގޯސް މަގަކުން ކުދިން ދާނަމަ […]
ޖަލުގެ ކުޑަ ގޮޅިއެއް ތެރޭގައި ޒުވާން ފިރިހެން ކުއްޖަކު އިނެވެ. މާދަމާ އަކީ 4 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށްފަހު އޭނާ މިނިވަންވާ ދުވަހެވެ. ތޭރިތަކުން ބޭރު ބަލަހައްޓައިގެން އިންއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ވޭނާއި ކެކުޅުމެވެ. ހިތްދަތި ހަނދާން ތަކެކެވެ. ހަނދާން ކުރަން ބޭނުން ނުވިނަމަވެސް މާޒީ ޚިޔާލުތައް އޭނާ އަށް އުނދަގޫ ކުރަންފެށިއެވެ. އެއީ އޭނާގެ ޙަޔާތުގެ އުފާވެރި އެހެނަސް ހިތްދަތި ވެސް ދުވަސްތަކެކެވެ. […]
އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އިން ރީމްގެ ދެ ލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައީ ހިތާމައިގެ ތަސްވީރެއް ފަދައިންނެވެ. އެއް އަތުގައި ފޮތެއް އޮތްއިރު އަނެއް އަތުގައި ގަލަމެއް އޮތެވެ. ރީމް އަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ. ރީތިކަން ހުސްކޮށްލައިގެން އިން ފަތްމިންޏެއް ފަދަ ކުއްޖެކެވެ. ދޮން، ވަށް މޫނުގައިވާ ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކުން ބޭރު ކުއްޖަކާއި ވަށްތަރު ގޮތެއް ހުރެއެވެ. ރަށުގެ ޒުވާން ގިނަ ކުދިން މަށަށް މަށަށް ކިޔާލަ […]
އަހަރެންނަކީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކީމެވެ. އެހެން ކުދިންނެކޭ އެއްފަދައިން އަހަރެންގެ ވެސް އުންމީދު ތަކެއް ވެއެވެ. ހުވަފެންތަކެއް ދެކެމެވެ. ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް ބުނެ އަހަރެން މާޔޫސް ކޮށްލާ މީހުން މަދެއް ނޫނެވެ. އަހަރެންގެ ހުރި ނުކުޅެދުންތެރި ކަމުގެ ސަބަބުން އަހަރެން އިންނަން ޖެހެނީ ބާކީ ވެފައެވެ. މި ކަމުގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ? ވަރަށް ދެރަ ވެއެވެ. ރޯން ވެސް ރޮވެއެވެ. ނަމަވެސް މަންމަގެ ހިތްވަރުގެ ސަބަބުން އަހަރެންގެ ހިތުގައިވާ […]