Skip to content
އެސްފިޔަ

ތިޔަ ނޫން ލޯތްބެއް ނޭދެމޭ

އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އިން ރީމްގެ ދެ ލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައީ ހިތާމައިގެ ތަސްވީރެއް ފަދައިންނެވެ. އެއް އަތުގައި ފޮތެއް އޮތްއިރު އަނެއް އަތުގައި ގަލަމެއް އޮތެވެ. ރީމް އަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ. ރީތިކަން ހުސްކޮށްލައިގެން އިން ފަތްމިންޏެއް ފަދަ ކުއްޖެކެވެ. ދޮން، ވަށް މޫނުގައިވާ ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކުން ބޭރު ކުއްޖަކާއި ވަށްތަރު ގޮތެއް ހުރެއެވެ. ރަށުގެ ޒުވާން ގިނަ ކުދިން މަށަށް މަށަށް ކިޔާލަ ކިޔާލައެވެ.

ރީމް އަކީ މުއްސަނދި އާއިލާ އަކުން އައިސްފައި ހުރި ކުއްޖެއް ނަމަވެސް ލިބުނު މާކަށް ބޮޑު އުފަލެއް ނެތެވެ. ރީމް ބޮޑުވެ ފުރާވަރަށް އަރައިގެން އައިއިރު ރީމްގެ ހުރިހާ ކަމެއް ކޮށްދެމުން އައީ ރީމްގެ މާމައެވެ. ރީމްގެ މަންމަ އާމިރާ އާއި ރީމްގެ ބައްޕަ ރަމްޒީ އަކީ ވިޔަފާރީގައި ހަތަރުދަމު އަވަދިނެތި އުޅޭ ދެ މީހުންނެވެ. ހަފްތާ ބަންދުގައި ވެސް ރީމް އާއިއެކު ވަގުތު ހޭދަ ކޮށްލެވޭ ވަރެއްނުވެއެވެ. ކުޑަމިނުން ރީމް ސްކޫލުގައި އުޅުން އިރު ޕޭރެންޓް މީޓިންގ އަކަށް ވެސް ދެވޭ ވަރެއް ނުވެއެވެ. އެ ހުރިހާ ކަމެއް ކޮށްދެނީ ރީމްގެ މާމައެވެ. މިއަދު ރީމް ހިތްވަރު ދޭކަށް، އަޅާލާކަށް އެ މާމަ އެއް ނެތެވެ. މާމަ ނެތް ދުނިޔޭގައި ރީމް އެންމެ ބޮޑު ހިތްވަރެއްދޭން އެންމެ ކައިރީގައި ހުންނަނީ ރީމްގެ އެންމެ ގާތް އެކުވެރިޔާ މައިހާއެވެ. މައިހާ އަކީ ކުޑައިރުއްސުރެ ފަށައިގެން ރީމްގެ އެންމެ ގާތް އެކުވެރިޔާއެވެ.

މައިހާގެ އާއިލާއަކީ ތަނަވަސް އާއިލާއެއް ނޫން ނަމަވެސް ލިބޭ މިންވަރުން ފުދިގެން އުޅޭ އާއިލާއެކެވެ. ރީމްގެ މަންމަ އާއި ބައްޕަ އަކީ މުއްސަނދިވުމުގެ ސަބަބުން ހިތުގައި ބޮޑާ ކަމުގެ ސިފަ އަށަގަނެފައިވާ ދެ މީހުންނެވެ. އެހެންކަމުން ރީމް މައިހާ އާއި އެކީ އުޅޭތީ ރީމް އާއި ދިމާލަށް އޭނާގެ މައިންބަފައިން ވަރަށް ހަޅޭއްލަވައެވެ. މާމަ ނިޔާވިފަހުން ވަކިން އެކަންތައް ގަދައެވެ. ރީމްއަކީ އޭނާގެ މަންމަ އާއި ބައްޕަ އާއި ޚިލާފަށް ހިތްހެޔޮ މިޒާޖެއްގެ ވެރި ކުއްޖެކެވެ.

މިފަދަ ޚިޔާލު ތަކެއްގައި އިން ރީމް އަށް ހޭވެރިކަންވީ މަޣްރިބު ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް ތެދުވެ ގެޔާއި ދިމާލަށް ހިނގައިގަތުމަށްޓަކައި ރީމް ބީޗުން ނުކުތެވެ. ރީމް އަށް ނުކުމެވުނީ ރަށުގެ ޒުވާން ފިރިހެން ގްރޫޕެއްގެ ކުރިމައްޗަށެވެ. އެ ގްރޫޕުގެ މެދުގައި ހުރި މާއިޝް ރީމް ފެނުމާއިއެކު ތުމުން ފުމެންފެށިއެވެ. ބަލާލަން ހުތުރު ޒުވާނެއް ނޫނެވެ. ހަތަރެސްކަން ބައްޓަމުގެ މޫނަކާއި ތުނިކޮށް އެއްވަރަށް ބަހައްޓާފައި ހުރި ތުނބުޅިއެކެވެ. ބޯ ދެބުމައާއި އެ ތޫނު ނަޒަރުން އަންހެން ކުދިންގެ ހިތްތައް ކަތިލެވޭނެ ކަން ގައިމެވެ. މާއިޝް އަކީ މައިހާގެ ދޮންބެ އެވެ. ރީމް އަށް ވުރެ ހަތަރު އަހަރު ބޮޑު ޒުވާނެކެވެ. ނަމަވެސް އެއީ ރީމްގެ ހިތުގައި ބިންވަޅު ނެގިފައިވާ ސޫރައެވެ. އެ ލޯތްބެއް ލިބުމަށް އެދޭ ލޯތްބެކެވެ. ނުފުހެވޭނޭ ގަލަމަކުން ރީމްގެ ހިތުގައި ވަނީ އެނަން ލިޔެވިފައެވެ. މާއިޝް ވެސް އުޅޭ ގޮތުން ރީމް އާއި ގަޔާވާހެން ހީވެއެވެ. ރީމް އަވަސްއަވަހަށް އެތަނުން ހިނގައިގަތީ އަވަސްވެފައިވާ ހިތަކާއިއެކުއެވެ. އޭރު ރީމްގެ ދޮން މޫނަށް ވަނީ ޖަންބު ކުލަ ފާއްދާލާފައެވެ.

ރީމް ގެއަށް ގޮސް މަޣްރިބު ނަމާދު ކޮށްލައިގެން ގުރުއާން ކިޔަވަން އިނުމަށްފަހު މުސްހަފް ބޭއްވީ އިޝާ ނަމާދު ބަންގި ގޮވުމުންނެވެ. ރީމް އަކީ ބަރާބަރަށް ފަސް ވަގުތު ނަމާދު ކުރާ ދީނަށް ލޯބި ކުރާ ޒުވާނެކެވެ. އިޝާ ނަމާދަށްފަހު ރީމް އަބަދުވެސް ކުރާ ދުޢާ ކޮށްލިއެވެ. މަންމަ އާއި ބައްޕަ އަށް ހެޔޮ ވިސްނުން ދެއްވާތޯއެވެ. އެއަށްފަހު ފޯނު ހިފައިގެން އެނދުގައި އޮޝޯވެލީ ދެން ކުރާނެ ކަމެއް ނެތީމައެވެ. އެ ވަގުތު ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. އެ މެސެޖްގައި އޮތީ ތިއީ ރީމް ތޯ އަހާފައެވެ. ރީމް އާނއެކޭ ބުނުމަށްފަހު އެއީ ކާކުތޯ އަހާލިއެވެ. އެކޮޅުން މެސެޖް ކުރި މީހާ އެއީ މާއިޝް ކަމަށް ރީމް ކައިރީގައި ބުންޏެވެ. އަދި ނަންބަރު ހޯދީ މައިހާގެ އަތުން ކަމަށް ވެސް ބުންޏެވެ. އެދުވަހު ފުރަތަމަ ފަހަރަށް ރީމް އާއި މާއިޝް އެތަށް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ދުވަސްތައް ހަފްތާތަަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުންގޮސް ރީމް އާއި މާއިޝްގެ ނަން ވެސް ލޯބިވެރިންގެ ލިސްޓަށް އަރައިފިއެވެ. ލޯބިވެރިންގެ ގޮތުގައި ތިބެ މުޅި ދުނިޔެއަށް ސިއްރުން އެތަށް ވަޢުދުތަކަކާއި އަހުދު ތަކެއް ދެ ޒުވާނުން ވަމުން ދިޔައެވެ. އުފަލުގައި ދުވަސްތައް ވޭތު ކުރަމުން ދިޔައީ އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނެތިއެވެ.

ރީމް އާއި މާއިޝްގެ ގުޅުމަށް ފަސް މަސް ވީ ދުވަހެވެ. އެހަފްތާ ހުކުރު ދުވަހު ދެ މީހުންް ދެމީހުންގެ އާއިލާ އަށް ތަޢާރަފްވާން ނިންމިއެވެ. އާދައިގެ މަތިން މިއަދުވެސް ފަތިސް ނަމާދު ކޮށްގެން ރީމް ގޭތެރެއަށް ނުކުތީ އޭނާ ހައްދާފައިވާ މައު ގަސްތަކަށް ފެންދިނުމަށެވެ. ރީމް އަކީ ގަސް އިންދުމަށް ލޯބިކުރާ ޒުވާނެކެވެ. އެވަގުތު ރީމް އަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ މަންމަ އޭނާ އަށް ވަރަށް ލޯބިން ގޮވާލި އަޑު އިވިފައެވެ. އުފަލުން މަންމަ ގާތަށް ރީމް ދިޔައީ މަންމަ އާއި ބައްޕަ އާއިއެކު ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބެނީ މިފަދަ ވަރަށް މަދު ފަހަރަކު ކަމަށް ވާތީއެވެ. އޭރު އެދެމީހުން ތިބީ ގޯތި ތެރޭގެ އެއްފަރާތުގައި ޖަހާފައި އިން ހަޓެއް ކައިރީގައެވެ. ރީމް ވެސް ގޮސް އެ ދެ މީހުން ކައިރީ އިޝީނދެލިއެވެ. ރީމް އިޝީނދުމާއިއެކު އޭނާގެ މަންމަ ދިން ޚަބަރަކުން ރީމްގެ މުޅި ދުނިޔެ ހީވީ އެނބުރިގެންހެންނެވެ. ” ރީމް! ރީމްގެ ކައިވެނި ވަނީ މަންމަގެ ވިޔަފާރި ޕާރޓްނަރުގެ ދަރިފުޅާ ހަމަޖެހިފަ. މިރޭ އެ މީހުން އަންނާނެ ދަރިފުޅާ ބައްދަލުކޮށްލަން. ދެން މި ނިންމުން ބަދަލެއް ނުވާނެ.” ރީމްގެ ކަންފަތުގައި އެ އަޑު ގުގުމަން ފެށިއެވެ. ބޭ އިޚްތިޔާރުގައި ރީމް އަށް ޝަކުވާ ކުރެވެން ފެށުނެވެ. “ކީއްވެ އަޅުގަނޑަށް އަންގާނުލައި މިވަރުގެ ބޮޑުގެ ނިންމުމެއް ތި ނިންމީ. އަޅުގަނޑަށް ތި މަންމަ އާއި ބައްޕަގެ ލޯބި ނުދޭތާ އެހެން ލޯބި ތަކުންވެސް އަހަރެން މަޙްރޫމް ކުރަންތަ ތިއުޅެނީ? އަޅުގަނޑަށް ކީއްވެތަ ތިހެން ތިހަދަނީ? ބުނެބަލަ މަންމާ، ބުނެބަލަ ބައްޕާ” އޭރު ރީމް ގެ ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. ” ކޮންކަމެއްތަ ނުކޮށްދީގެން ތިއުޅެނީ. ބޭނުންވީމަ ބޭނުން އެއްްޗެއް ހޯދައިދެން. އެއީ ހަމަ ލޯބިންނެއް ނޫންތަ. ރެއާ ދުވާލު ގުދާރު ބިންދައިގެން މި މަސައްކަތް ކުރަނީ ހަމަ ރީމް ދެކެ ލޯބިވާތީއެއްނު” ރީމްގެ ބައްޕަ ހިތްހަމަ ނުޖެހިފައި ބުންޏެވެ. ” ބައްޕަ މެނަށް ލޯތްބަކީ ފައިސާ އާއި މުދާ ކަމަށްވިޔަސް އަހަރެންނަށް ލޯތްބަކީ އަޅާލުމާއި އޯގާތެރިކަމޭ. ބައްޕަމެން ދި ގަންދޭ އަގުބޮޑެތި ތަކެތި އަހަރެންނަށް ހެޔޮލޭ ނުލިބުނަސް. އިރު އަރާ އޮއްސިގެންދާއިރު ބައްޕަމެން ހަނދާން ހުރޭތަ ދަރިއަކު ހުންނަކަން. އެ ދަރި ހުރީ ކައިގެންތޯ ބަލައިލާނެ ވަގުތެއް ވޭތަ? އަހަރެންގެ ހިތުގައި ހާދަ ވޭނެއް އަޅައޭ އެހެން ކުދިންގެ މަންމަމެން އެކުދިން ބަލިވީމަ އަޅާލާތަން ފެނުނީމަ، ބައްޕަމެން އެކުދިންނާއިއެކު ވަގުތު ހޭދަ ކުރާތަން ފެނުނީމަ. އަހަރެން މި މުއްސަނދި ކަމަށް ނަފްރަތު ކުރަން. އަދި ބުނަން އަހަރެން ތި ކައިވެންޏެއް ނުކުރާނަން. އަހަރެން ލޯބި ވަނީ މާއިޝްދެކެ. އަހަރެން ކައިވެނި ކުރާނީ މާއިޝްއާ. އެމީހުން ކައިރީ ބުނޭ އަހަރެން ތި ކައިވެންޏަށް ގަބޫލެއް ނޫނޭ” ރީމް ރޮވިފައި ހުރެ އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލިއެވެ. އެއާއިއެކު އެތަނަށް ވެރިވީ މަރުފަދަ ހަމަހިމޭން ކަމެވެ.

ރީމް ދުވެފައި ގޮސް ކޮޓަރިއަށްވަދެ މާއިޝް އަށް ގުޅާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މާއިޝް ރީމް ހިތްހަމަ ޖައްސައިދިނުމަށް އެތަށް ވާހަކައެއް ދެއްކިފަހުން ރީމްގެ ރުއިން ހުއްޓުނެވެ. އެ ދުވަހުގެ ހަވީރުގެ ވަގުތެވެ. ރީމްގެ މަންމަ އެ ކޮޓަރިއަށް އައިސް އެ ފިރިހެން ކުއްޖާގެ އާއިލާ އަށް އެރޭ ނާދެވޭ ވާހަކަ ބުންޏެވެ. އަދި އެރޭ ކެއުމަކަށް ދިއުމަށް އަށެއް ޖަހަންވާއިރަށް ތައްޔާރުވުމަށް ބުންޏެވެ. އެވާހަކައިން އަދިވެސް އެ ދެމީހުންގެ ހިތް ބަދަލު ނުވާކަން ރީމް އަށް އިނގުނެވެ. އެރޭ އަށެއް ޖެހުމާއިއެކު ރީމް އޭނާގެ މަންމަ އާއި ބައްޕައާއިއެކު އެދެ މީހުންގެ ރެސްޓޯރެންޓަށް ކާން ދިޔައެވެ. އެ ރެސްޓޯރެންޓްގެ އެންމެ މަތީގައި ހުރި ވީއައިޕީ ބަޔަށް ތިން މީހުން ގޮސް ވަނެވެ. އޭގެ އިރުކޮޅެއް ފަހުން އެބަޔަށް ވަދެގެނެް އައިތަން ފެނުނީ މާއިޝް އާއި އޭނާގެ އާއިލާއެވެ. އެ މީހުން އައިސް ރީމްމެން ތިބި މޭޒުގެ އަނެއް ފަރާތުގައި އިޝީނދުނެވެ. ” ވަރަށް އުފާވެއްޖެ އަޅުގަނޑުމެން ދިން ދަޢުވަތު ޤަބޫލު ކުރައްވާ އައިސްދިނީމަ” މާއިޝްގެ ބައްޕަ ޒިޔާދުގެ އަތުގައި ހިފާ ސަލާމް ކޮށްލަމުން ރީމްގެ ބައްޕަ ރަމްޒީ ބުނެލިއެވެ. ރީމް އިނީ މިވަނީ ކީއްކަން ވެސް އަންދާޒާ ކޮށްލަން ނޭންގިފައެވެ. ކައި ނިމުމަށްފަހު ރަމްޒީ ކަރުކެހިލީ އެންމެންގެ ސަމާލުކަން ހޯދުމަށެވެ. އެންމެން ރަމްޒީ އާއި ދިމާލަށް ބަލައިލިއިރު ވެސް ރީމް އިނީ އިސްޖަހާލައިގެންނެވެ. ” ޒިޔާދު އަހަރެން މިއަދު މިއުޅެނީ ވަރަށް ބޮޑު ކަމަކު ޒިޔާދުގެ ގާތުން އެދެން. ޒިޔާދުގެ ދަރިފުޅު މާއިޝް އާއި އަހަރެންގެ ދަރިފުޅު ރީމްގެ ކައިވެނި ކުރުވަންވީނު އަހަރެން ބޭނުމެއް އެހާ ގިނަ ދުވަހު އެ ކުދިން ރައްޓެހި ވެގެން އުޅޭކަށް” ރަމްޒީ މިހެން ބުނުމާއިއެކު ރީމް އަށް ދެލޯ ބޮޑު ކޮށްލާފައި ރަމްޒީ އާއި ދިމާލަށް ބަލައިލެވުނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. މިއަދު ހެނދުނު ދެއްކީ އެހެންމީހަކާއި ރީމްގެ ކައިވެނި ހަމަޖެހިފައިވާ ވާހަކަ ވިއްޔާއެވެ. އޭރު މާއިޝް ހެވިފައި ރީމް އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ” ރަމްޒީ އަހަރެން ތިކަމުގައި ވަކި ކީކޭ ބުނާނީ. އެދެކުދިން ބޭނުމިއްޔާ ހަމަ މާދަން ވެސް ތައްޔާރުވާން ފަށަންވީ” ޒިޔާދު ރީމް އާއި މާއިޝްއާ ދިމާލަށް ބަލައިލަމުން ބުންޏެވެ. ” ދަރިފުޅާ ރީމް ބައްޕަ މެނަށް އިނގޭ ދަރިފުޅުގެ ހިތުގައި ވަރަށް ސުވާލު އުފެދޭނެކަން ވެސް، ކުރިން ކަންތައް ކުރެވުނު ގޮތުން ބައްޕަ މެނަށް މާފް ކުރޭ، ކުރިން ދަރިފުޅަށް ނުދެވުނު ލޯބި ދެވޭތޯ މިހާރު މި މަސައްކަތް މި ކުރަނީ، ދަރިފުޅު އެ ވާހަކަތައް ދެއްކުމުން ބައްޕަ މެނަށް ވިސްނިއްޖެ، ބައްޕަމެން ވަގުތުން މާއިޝް މެން ގެއަށް ގޮސް އެމީހުނާއި މެދު ކަންތައް ކުރެވުނު ގޮތުން މާފަށް އެދި ދަރިފުޅުމެންގެ ކައިވެންޏަށް އެދުނިން، މާއިޝް ދަރިފުޅަށް މި ކަންތައް ސިއްރު ކުރީ ބައްޕަމެންގެ އެދުމަށް” ރަމްޒީ ރީމްގެ ގާތުން މާފަށް އެދި ރީމްގެ ހިތުގައިވާ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ. ” ދެން ބައްޕަ މެންގެ ބިޒްނަސް ޕާރޓް ނަރަށް އިނގޭނެތަ އަޅުގަނޑު ކައިވެނި ނުކުރާނެކަން އޭނަގެ ދަރިފުޅާ” ރީމް އަހާލިއެވެ. ” އާނ! އޭނަގެ ދަރިފުޅުވެސް އަސްލު ބޭނުމެއް ނުވޭ އެކައިވެނި ކުރާކަށް، އެމީހުން އެ ކުއްޖާ އަށް ވެސް މަޖުބޫރު ކުރީ ދަރިފުޅާއި ކައިވެނި ކުރަން” ރަމްޒީ ބުންޏެވެ. ދެން ފެށިގެން ދިޔައީ ކައިވެނީގެ މަޝްވަރާތަކެވެ. މީގެ އެއް މަސް ފަހުން ކައިވެނި ކުރާ ގޮތަށް ހަމަ ޖެހުނެވެ.

މިއަދަކީ މާއިޝް އާއި ރީމްގެ ކައިވެނި ކުރެވޭ ދުވަހެވެ. ކައިވެނި އޮތީ ރަށުގެ ބީޗުގައެވެ. މުޅިތަން ޒީނަތްތެރި ކުރެވިފައިވާލެއް ވަރަށް ވެސް ފުރިހަމައެވެ. ހުދުކުލައިގެ ވެޑިންގ ޑްރެސްގައި ރީމް ފެންނަލެއް ނުހަނު ފުރިހަމައެވެ. މިއަދު ރީމް އަށް އޭނާގެ ހުރިހާ އުފަލެއް ހާސިލް ވެއްޖެއެވެ. މައިންބަފައިންގެ ލޯބި ލިބިއްޖެއެވެ. ލޯބިވާ ފިރިއެއް ލިބިއްޖެއެވެ. ކައިވެނީގެ ހަފްލާ ނިމި ދެމަފިރިން އެއްކޮށް ފޮޓޯ ނެގުމަށްޓަކައި އެކަކު އަނެކަކަށް ބަލަހަށްޓައިގެން ތިބިއިރު އެތަނުގައި އެެދެމީހުން ފިޔަވާ އެހެން ބަޔަކު ނެތް ކަހަލައެވެ. ” އަހަރެން ވަރަށް ލޯބިވޭ، ތި ނޫން ލޯތްބެއް އަހަރެން ނޭދެން” މާއިޝް ރީމް ގެ ކަންފަތް ދޮށުގައި ބުންޏެވެ. ” އަހަރެން ވެސް ތިނ ނޫން ލޯތްބެއް ނޭދެން” ރީމް ވެސް ބުނެލިއެވެ.

ނިމުނީ

މި ވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދު ކުރަން☺️

Comments (12)

  1. Un_known

    Masha Allah vrh reethi 🤩💯
    Kurin vhk ah vuren improve vefa hurikan faahaga veyy
    Keep going ✨💫
    Waiting for another story
    IA alhuganduge support gurly ah libeyne🫶🏻

    1. Gurrly currly
      Un_known

      Thank u so much Un_known☺️
      Vrh ufaavey thi gothah support dheythee…
      Insh Allah next story vx vrh avahah upload kurevey thw balaanan…
      Stay tuned ☺️☺️

  2. Alaika_22

    Omg gurly… Mo vrh vess vrh rythi MA!!!!😍✨
    You are so talented my dear 💕
    When’s nxt story?????
    Lysm and tc 🖤✨

  3. Alaika_22

    Omg gurly… Mi part vess vrh rythi MA!!!!😍✨
    You are so talented my dear 💕
    When’s nxt story?????
    Lysm and tc 🖤✨

    1. Gurrly currly
      Alaika_22

      Thank u so much alaika…
      Vrh ufaavehje vhk kamu dhiyaeema…
      Insha allah liyevunuhaa avahakah up kohlaanan..
      Stay tuned…
      Take care and love you too ☺️💖💓

  4. Mrs.Black

    Heii…All story liyanee thw??

  5. Mrs.Black

    MashaAllah ❤️ Gurly Such a Aesthetic tale
    Aslu I’m so proud as a Friend gurlly ‘s story ah kiyalaane chance ah libunee thee…
    When’s next?✨🩶
    Lysm and Tc my sis

  6. Gurrly currly

    Thank u so much Mrs.Black…
    Next stry vx liye vunuhaa avahakah genesdheynan…
    Vrh ufaavehje stry kamudhiyakan enguneema…
    Love you too and take care….

    1. Gurll_17
      Gurrly currly

      Masha Allah what a beautiful masterpiece 😍
      Vrh Ufaavehje u ge vhk eh kiyaalan libunyma
      First story vx vrh vrh vrh Reethi 💯
      When’s next story?
      Lyy and Tc ❣️

    2. Gurrly currly
      Gurrly currly

      Awwwnnnnnn thank youuuu sooo muchh ☺️☺️
      Vrh ufaavehje u ah dhe stry vx kamudhiyaeema….
      Next stry next week ga upload kohlevey thw balaanan..
      mi week ga kudakamakaa busy vegen…..
      Love you and take care too..

  7. Eddie

    Hii gurly 😊
    Your story is absolutely captivating 💓
    You are as bright as a star 🌟
    Don’t stop until your proud 😎

  8. Gurrly currly

    Awwwn thak youu soo much….
    Insha Allah I will try my best ☺️☺️

Comments are closed.