އުންމީދު
ކުޑަ ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ މެދުގައި ކިންގް ސައިޒް ބޮޑު އެނދެއް ހުރި އިރު، ދޮރާއި ވީ ދިމާލުން ކަނާތް ފަރާތަށް މޭޒެއް އިނެވެ. މޭޒުމަތީގައި ގަލަމާއި ފަންސޫރު ފަދަ ތަކެތި އަޅާ ދަޅެއް އިން އިރު، ބައެއް ގަލަންތައް މޭޒުމައްޗަށް ވެރިފައި ހުއްޓެވެ. މޭޒުމަތި ފުރާ އެކި ނޯޓްސް ގަނޑުތަކާއި ފޮތްތައް ހުޅުވާފައި ހުއްޓެވެ. އޭރު މޭޒުގައި ބޯ އަޅައިގެން އަންހެން ކުއްޖަކު ނިދާފައި އޮތެވެ. މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. މައުސޫމް ކަމުގެ އިންތިހާއެވެ. ރޭހަތަރުދަމު ކިޔަވަން އިންދާ ނިދުނީ ކަން ގައިމެވެ. އިރު ކޮޅަކުން އެކުއްޖާގެ ފޯނު އެލަރމްވާ އަޑަށް އޭނާ އަށް ހޭލެވުނެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިން ގަޑި ބައި ވީއެވެ. އަވަސްއަވަހަށް ތެދުވެ އެކުއްޖާ ފާހާނާ އަށް ވަދެ ފެންވަރައިލައިގެން ނުކުމެ ދަމު ނަމާދު ކޮށްލިއެވެ. ހަތަރު ގަޑި ފަނަރަ ވުމުން މުސްހަފް ނަގައިގެން ފަތިސް ނަމާދު ބަންގި ގޮވަންދެން ޤުރުޢާން ކިޔަވާލަން އިނެވެ. އެއަށްފަހު ފަތިސް ނަމާދު ކޮށްގެން ހެނދުނުގެ ޒިކުރުތައް ކިޔާލުމަށް ފަހު އަނެއްކާވެސް އިށީދުނީ ފޮތްތައް ދޮށުގައެވެ. މިއީ ކޮންމެ ދުވަހަކު ވެސް ނައުރާގެ ދުވަސް ފެށޭ ގޮތެވެ.
ނައުރާ އަކީ ކިޔެވުމަށް މަސައްކަތް ކުރާ ހީވާގި ކުއްޖެކެވެ. މިއަހަރު ގްރޭޑް ނުވައެއްގައި ކިޔަވަމުން ދާއިރު އޭނާ ތައްޔާރުވަމުން އެދަނީ ފުރަތަމަ ޓަރމުގެ އިމްތިހާނަށެވެ. އަދި ޓަރމް ފެށުނީ ކަމުގައި ވިޔަސް ނައުރާ ދުރާލާ އެކި އެކި ވީޑިއޯ ތަކާއި ޕާސްޓް ޕޭޕަރު ތަކުގެ އެހީގައި ދަނީ ކުރިއަށް ނަގައިދެން އޮންނަ ފިލާވަޅުތައް ދަސްކުރަމުންނެވެ. އެ އަހަރު ސްކޫލު ކެޕްޓަންކަން ވެސް ކުރަމުން އަންނަ ނައުރާގެ އުންމީދަކީ އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން އޭ ސްޓަރ ރިޕޯޓެއް ހާސިލް ކުރުމެވެ. މަންމަ އާއި ބައްޕަ ފަޚުރުވެރި ކޮށްދިނުމެވެ. ދުވަސްތައް މާޒީ ވަމުން ގޮސް އިމްތިހާނު ފެށެން ހަފްތާ އަކަށް ވީއެވެ. އޭރު ނައުރާ އާއި އޭނާގެ އެކުވެރިން ދިޔައީ ގްރޫޕު ސްޓަޑީ ވެސް ހަދަމުންނެވެ. ފުރަތަމަ ޓެސްޓަށް ނައުރާ ދިޔައީ ވަރަށްވެސް ހިތް އަވަސް ވެފައި ހުރެއެވެ. ޓެސްޓަށް ދިއުމުގެ ކުރިން އޭނާ ދެ ރަކްޢަތުގެ ނަމާދެއް ކުރީ ހިތްހަމަ ޖައްސާލުމަށްޓަކައެވެ. ދުވަސްތައް ފާއިތުވެ ޓެސްޓް ތައް ނިމި ލިބޭނެ ނަތީޖާ އަކަށް އޭނާ އިންތިޒާރު ކުރަން ފެށިއެވެ.
ދުވަހަކީ ޓެސްޓް ތަކުގެ ނަތީޖާ ދައްކާ ދުވަހެވެ. އެއްވެސް މާއްދާ އަކުން ނައުރާ އަކަށް އޭ ސްޓަރ އެއް ނުލިބުނެވެ. ދެން އޭނާ އިންތިޒާރު ކުރީ އޭ ރިޕޯޓަކަށެވެ. ނަމަވެސް ރިޕޯޓް ފޮތް ދިން ދުވަހު އޭނާގެ އެ އުންމީދު ވެސް ފެނަށް ވީއެވެ. އިންތިހާ އަށް ނައުރާގެ ހިތުގައި ޖެހުނެވެ. އޭނާގެ އުންމީދުތައް ފުނޑު ފުނޑު ވިއެވެ. ނަމަވެސް މައިންބަފައިންނާއި އާއިލާގެ ހިތްވަރުން ނައުރާ އެ ބަންދުތެރޭ އިތުރަށް މަސައްކަތް ފެށީ ފުރަތަމަ ޓާމުގައި ލިބުނު ބީ ރިޕޯޓް އޭ ރިޕޯޓަކަށް ބަދަލު ކޮށްލެވޭ ތޯއެވެ. އޭނާގެ އެ އުންމީދު ވެސް ދިޔައީ ފެނަށެވެ. އެ ޓަރމުގައި ވެސް ނައުރާ އަށް ލިބުނީ ބީ ރިޕޯޓެކެވެ. އޯލެވެލްގެ ޓޮޕްޓެން އަށް އެރުމުގެ ހުވަފެން ވެސް ފުރިހަމަ ނުވާނޭ ކަން ނައުރާ އަށް ޔަގީން ކުރެވުނެވެ. އެއާއިއެކު ދެން ނައުރާ ފެށީ އޯ ލެވެލްގައި ހުރިހާ މާއްދާ އަކުން ފާސް ވޭތޯ މަސައްކަތް ކުރާށެވެ.
ގްރޭޑް ދިހައެއްގައި ނައުރާ އެއް މާއްދާއިން ފާސްވެސް ނުވިއެވެ. ނަމަވެސް އޭނާ އެއްވެސް މާއްދާ އަކަށް ލާރި ދައްކަން ނުޖެހުނީ ގްރޭޑް ނުވައެއްގައި ހުރިހާ މާއްދާ އަކުން ފާސްވެފައި ވުމުންނެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރު އަދި މާ ދަށް ވީއެވެ. ނަމަވެސް މީހުނަށް ނައުރާގެ އުންމީދުތައް ކިޔައިދިނުން ހުއްޓާލިއެވެ. އޭނާ އަށް އެއްވެސް މާއްދާ އަކުން ފާސް ނުވިޔަސް ހެޔޮލޭ މީހުނާއި ދިމާލަށް ބުނަން ފެށިއެވެ. އެކަމަކު އޭނާގެ ހިތުގައި ފޮރުވާފައިވާ އުންމީދު ހާސިލް ކުރުމަށްޓަކައި ރެއާއި ދުވާލު ގަދަ އަޅައި މަސައްކަތް ކުރަން ފެށިއެވެ. ފާސް ނުވާނޭ ހިތައް އަރާ ކޮންމެ ފަހަރަކު ޤުރުއާނާއިއެކު ވަގުތު ހޭދަ ކުރަން ފެށިއެވެ. އެހެން އުޅުމުގެ ތެރޭގައި އޭނާ އަށް ކީރިތި ޤުރުއާނުގެ ބޮޑުބައެއް އެ މަދު ދުވަސް ކޮޅު ތެރޭ ގައި ހިތުން ދަސްވިއެވެ. ދީނީ ކަންތައްތައް ބޮޑަށް އުނގެނެން ފެށިއެވެ. އޯލެވެލް ނިމުން އިރު މުޅި ޤުރުއާން އެއްކޮށް ހިތުން ދަސްވިއެވެ. ނައުރާ އޭނާ އަށް ކުރެވުނު މަސައްކަތާއި މެދު ފަޚުރުވެރިވިއެވެ. ދުވަސްތައް މާޒީ ވަމުން ގޮސް އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ނައުރާ އޭނާގެ ނަތީޖާ ނަގަން ފޮނުވީ އޭނާގެ ދައްތައެވެ. އޭނާ ހިތުގައި އުފެދިފައިވާ ފާސް ނުވާނެ ކަމުގެ ބިރު ބޮޑު ކަމުންނެވެ. ދައްތަ ނަތީޖާ ބެލީމާ ނޫނީ އޭނާ ނަތީޖާ ނުބަލާނަމޭ ބުންޏެވެ. ނަތީޖާ ބަލާ ގޮސް އިރު ގަނޑެއް ވީއިރު ދައްތައެއް ނާދެއެވެ. އޭރުވެސް ނައުރާގެ ކަމަކީ ރުއިމެވެ. ނައުރާ އަށް ހިތްވަރު ދިނުމަށްޓަކައި އޭނާގެ މަންމަ އާއި ބައްޕަ ނައުރާ ގެ ކައިރީގައި ތިއްބެވެ. ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ނައުރާ އާއި މެދު އެ މީހުން ފަޚުރުވެރި ވަމޭ ބުންޏެވެ. އިރު ކޮޅަކުން ނައުރާގެ ދައްތަ ގުޅާފައި ނައުރާ ގާތު ސްކޫލަށް އައުމަށް ބުންޏެވެ. އަދި އެއީ ނައުރާގެ ކްލާސް ޓީޗަރު ބުނެގެން ކަމުގައި ވެސް ބުންޏެވެ. ނުދާން އޮވެފައި ވެސް އޭނާގެ މަންމަ އާއި ބައްޕަ އާއިއެކު ސްކޫލަށް ދިޔައެވެ. އޭރު ނައުރާ އަށް ކިޔަވާ ދިން ހުރިހާ ޓީޗަރުންނާއި އެކު ޕްރިންސިޕަލް ވެސް އެތާ ހުއްޓެވެ. އަދި ނައުރާ ކުރި ބުރަ މަސައްކަތާއި މެދު ފަޚުރުވެރި ވަމޭ ޕްރިންސިޕަލް ބުންޏެވެ. އަދި ނައުރާ ގާތު ނަތީޖާ އެ ގަޑީ ބަލައިލުމަށް ވެސް ބުންޏެވެ. އޭނާ ނަތީޖާ ބަލާނީ ގެއަށް ގޮސްފައި ކަމުގައި ނައުރާ ބުންޏެވެ. ނަމަވެސް ޓީޗަރުންތައް ކުރު ނުކުރުމުން ނައުރާ ނަތީޖާ އޮތް ސިޓީ އުރަ ކަނޑާ ބަލައިލިއެވެ. ނަތީޖާ ފެނުމާއިއެކު ނައުރާގެ ދެ ލޮލުން ކަރުން އަންނަން ފެށިއެވެ. އުފާވެރި ކަމުގެ ކަރުނަ އެވެ. އާނ އެކެވެ. ހުރިހާ މާއްދާ އަކުން އޭ ސްޓަރ ލިބި ގަދަ ދިހައެއްގެ އެއްވަނަ އަށް ނައުރާ އެރީއެވެ. އެއީ ނައުރާ އުންމީދު ކަނޑާލުމެއްނެތި، ހިތްވަރު ދޫވި އެތަށް ވަގުތަކާއިއެކު ވެސް އޭނާ ހިތްވަރު އާކޮށް، އުންމީދު ކަނޑައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެ ސްކޫލުން އޯލެވެލްގެ ގަދަ ދިހައެއްގެ އެއްވަނަ އަށް އެރި ފުރަތަމަ ދަރިވަރުގެ ޝަރަފު ނައުރާ އަށް ލިބުނީއެވެ. މާ ގިނަ ދުވަސްތަކެއްނުވެ ރަށުގެ އެންމެ ފުރަތަމަ ޙާފިޒަށް ވެސް ނައުރާ ވިއެވެ.
މިއަދު ނައުރާ އަކީ ރަށު ރައްޔިތުންގެ ލޯބި ލިބިފައިވާ ހީވާގި ނަރުހެކެވެ.
ނިމުނީ
ތިޔަ ހުރިހާ ކިޔުންތެރިންގެ ތެރެއިން ހުރިހާ ކިޔަވާ ކުދިން ނައުރާ ފަދަ ކުއްޖަކަށް ވުމަށް މަސައްކަތް ކުރާށެވެ. އުންމީދެއް އޮތިއްޔާ ކޮންމެސް ދުވަހަކުން އެކަން ހާސިލް ވާނެއެވެ. ނުވިނަމަވެސް އެކަން ވެސް ވާނީ ހަމަ ރަނގަޅަކަށް ކަން ގަބޫލު ކުރާށެވެ. މި ވާހަކަ އަކީ ވެސް ކިޔުންތެރިންނަށް ކަމުދިޔަ ޝައުގުވެރިވި ވާހަކަ އަކަށް ވިކަމަށް އުންމީދު ކުރަން. ވާހަކަ އާއި މެދު ދެކޭ ގޮތް އަންގާލަ ދިނުން އެދެން. ތިޔަ ކިޔުންތެރިންގެ ފާޑު ކިޔުމަކީ އަޅުގަނޑުގެ ކުރިއެރުން.😁❤️
16 Comments!
Comments are closed.

OMG Haadha reethi story ekey MA 💗
Vrh iburaiytheri story eh mee 😊
You are so talented ✨ keep it up ✨ Keep shining
I’m so proud of you girllll 😍
I really appreciate your hard work 🤗
Waiting for the next story whens next?
Lysm and Tc 💕
Awwwwn haadha loabi comment ekeyy 🥺💖
Thank u sooo much..
Vrh ufaavehje kamu dhiyaeema..
Insha Allah liye nimunuhaa avahakah
Chill.. Me 1st❤️ YaY – YaY yay..
This story Vvvv Furihama & Rythi.. EXCELLENT PROGRESS!
Hama Aslu vx kiyevvumakee Bura masahkathaaeku Kaamiyaabah vaccine kurevyne ehcheh.💔Actually Nauru was right,She never give up! Maybe it’s my wish too
BTW, keep it up!
Curiously waiting for another one…
You’re my Fav Authorrrr 💔
Ly yaaaaaaaaaaa Tc Bbgg
*vaasil
Awwwn thank u soo much ☺️
Vrh ufaavehje vhk kamudhiyakan enguneema & fav author ah v ma 🥺
Yeah… insha allah black ge thi ummeedhu vx furihama vaane… hiy varaaeku kuriah dhey….😁
Insha allah liye nimunuhaa avahakah…
Stay tuned..
Next time black ☺️
U are second
Dear reader’s….
Konkahala story eh dhen kiyaalan beynun vanee??
Angaala dhehvahchey e reader eh beynunvaa type 😁
Dhigu vhk plx
Dhigu one
Mystery genre ge story eh then kiyaalan beynun vanee!
Alhugandhu vx Mystery gene ge tale ehh plx
Dhigu vuk
Dhigu
Dhigu
Mi story vx vrh vrh Reethi MA 💯
Yhh kiyeveynee hama hiyvareh huregen… 😊
Love storys. Dhigu vhk eh kiyaalan beynumee dhn
Curiously waiting for the next story When’s next ?
Awwwnn thank you so much….
Yeah kiyeveynee hiyvareh hiregen…
Dhigu vaahaka eh neynge libeyne dhuvaheh…
Insha allah love story eh genes dheynan ingey adhi…
Next liye nimunu has avahakah…
Stay tuned..
Gurly ge name akee Naura dhw…
So Nau kiyanee