Skip to content
އެސްފިޔަ

ޢަޒުމް

Listen to this story Audio · 5:16 Powered by Esfiya Voice
0:00 5:16

އަހަރެންނަކީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކީމެވެ. އުމުރުގެ އެހެންކުދިންނާއި އަޅައި ބަލާއިރު އަހަރެން ހުންނަނީ ވަރަށް ހިކި ކޮށެވެ. އަދި އަހަރެންނަކީ ކިޔެވުމަށް އެހައި މޮޅު ކުއްޖެކޭ ވެސް ނުބުނެވޭނެއެވެ. ނަމަވެސް ހުރިހާ މާއްދާ އަކުން ވެސް ފާސްވެއެވެ.

”ޓީޗަރުންނަކީ ކުދިންނަށް ނޭނގޭ އެއްޗިހި ބުނެދޭ ބައެކެވެ. ޓީޗަރުން ކުދިންނާއި ދިމާލަށް ހިތްމަރުވާފަދަ އެއްވެސް ބަހެއް ނުބުނާނެއެވެ. މަލާމާތެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ކަންކަމުގައި ކުރިއަށް ދިއުމަށް ހިތްވަރުދީ ނަސޭހަތްދޭނެއެވެ. ގޯސް މަގަކުން ކުދިން ދާނަމަ ރަނގަޅު މަގު ދައްކާދޭނެއެވެ.“ މިއީ އަހަރެން ބޮޑުވެގެން މިހާ ހިސާބަށް އައިއިރު އަބަދުވެސް އިވޭ އަޑުތަކެވެ. ނަމަވެސް އަހަރެންނަށް ފެންނަ މަންޒަރު ތަފާތެވެ. އަހަރެންގެ ސްކޫލުގައި އުޅޭ ޓީޗަރެކެވެ. ކިޔަވާދެނީ ހިސާބު މާއްދާއެވެ. އެއީ އަހަރެންނަށް ވަރަށް އުނދަގޫ މާއްދާއެކެވެ. އަހަރެންނަކީ ކްލާހުގައި މާ ގިނައިން ކުދިންނާއި ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. އެންމެ ފުރަތަމަ އަހަރެންނަށް އެކަން ފާހަގަވާން ފެށީ ގްރޭޑް 8 ގައި އަހަރެން އުޅުނު އިރެވެ. ހިސާބު މާއްދާ އަކީ އަހަރެންނަށް ވަރަށް އުނދަގޫ މާއްދާއެކެވެ. އެހެންކަމުން ކްލާހުގެ އެހެން ކުދިންނަށް ވުރެ ގިނައިން އަހަރެން ޓީޗަރާއި ސުވާލު ކުރަމެވެ. އެކުރާ ސުވާލުތަކުގެ ތެރެއިން ޖަވާބު ލިބޭނީ އެންމެ ދެ ތިން ސުވާލަށެވެ. ބާކީ ސުވާލުތައް ވަނީ ބޭކާރު ސުވާލުތަކަށެވެ. އަހަރެންނަކީ ހިކިކޮށް ހުންނަ ކުއްޖެއް ކަމުން އަހަރެންނަށް މަލާމާތް ވެސް ކުރަންފެށިއެވެ. އަހަރެންގެ އިންނަނީ ސިކުނޑީގެ ބަދަލުގައި މީދާކޭ އުނބެކޭ ވެސް ބުންޏެވެ. ވަރަށް ދެރަވެއެވެ. ރޯންވެސް ރޮވެއެވެ. ކުރިން ޓީޗަރުގެ ކުރިމަތީ ވެސް ރޮވުނެވެ. ފަހުން ހިތްވަރު ގަދަ ކުރަން ދަސްކުރީމެވެ. މިއިން އެންމެ ޝަކުވާ އެއްވެސް، އެއްވެސް މީހެއް ކައިރީ ނުކުރަމެވެ. ނަމަވެސް ހިތުގައި ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅީމެވެ. އެއީ ޓީޗަރު އަހަރެންނާއި ދިމާލަށް އެބުނާ އެއްޗިއްސަށް އަނގައިން ރައްދު ދިނުމުގެ ބަދަލުގައި ޢަމަލުން ރައްދު ދިނުމެވެ. އިޙުސާސްތައް ފޮރުވަން ނުވާނެ ކަން ވެސް އިނގެއެވެ. ނަމަވެސް ޓީޗަރެކޭ ކިޔައިގެން އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރާނީ ކާކު ހެއްޔެވެ? މި ހުރިހާ ވަގުތެއްގައި ވެސް އަހަރެންނަށް އެންމެ ގިނައިން ހިތްވަރު ދެނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މަރީއެވެ. ކްލާސް ޓީޗަރ ކައިރީ ބުނުމަށްވެސް މަރީ ބުންޏެވެ. ނަމަވެސް އަހަރެންނަށް އެ ހިތްވަރެއް ނުލިބުނެވެ.

ދުވަސްތައް މާޒީ ވަމުން ގޮސް ދިހަ އެއްގެ ފުރަތަމަ ޓަރމް ޓެސްޓް ބޯމަތި ވެއްޖެއެވެ. އަހަރެން މިފަހަރު ކުރިއަށް ވުރެ ހިތްވަރު ލައިގެން މަސައްކަތް ކުރީ ހިސާބު މާއްދާގެ ނަތީޖާ ކުރިއަށްވުރެ ރަނގަޅު ކުރެވޭތޯ އެވެ. އެގޮތުން ޔޫޓިއިބުން އެކި އެކި ފަސޭހަ މެތަޑުތައް ބަލައި ދަސްކުރަން ފެށީމެވެ. ހިސާބުން ވަކިން ހާއްސަކޮށް ޓިއުޝަން ނަގަން ފެށީމެވެ. ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ކުރިން ހިސާބުން ”ސީ“ ލިބޭ ކުއްޖާ އަށް އެފަހަރު ”އޭ“ އެއްލިބުނެވެ. ނަތީޖާ އާއި މެދު ވަރަށް ހިތްހަމަ ޖެހުނެވެ. ނަމަވެސް އެދުވަހު ޓީޗަރު ބުނި ވާހަކަ އިނގޭ ހެއްޔެވެ؟ ”އައިނީ ތި ކިޔަވަނީ ހެއްޔެވެ. ކިޔަވާނަމަ މަތިން ފާސް ވާނެއެވެ. ސަކަރާތް ޖަހަންޏާ ވާނީ ތިހެން ނޫން ހެއްޔެވެ“ އެއީ އަހަރެން ވަރަށް ދެރަވި ދުވަހެކެވެ. އަހަރެން ކުރި މަސައްކަތް ޓީޗަރު ދުވަހަކުވެސް ބަލައި ނުގަންނޭ ހިތަށް އެރިއެވެ. ނަމަވެސް އަހަރެން ހިތްވަރު ދޫ ނުކޮށްލާ ކުރިއަށް ދިޔައީ އަހަރެންނަކީ ކިޔަވާ ކުއްޖެއްކަން އެ ޓީޗަރަށް ސާބިތު ކޮށްދިނުމަށެވެ.

ދުވަސްތައް މާޒީ ވަމުން ގޮސް އޯލެވެލް އިމްތިހާނު ހަދައި އޭގެ ނަތީޖާ ވެސް ލިބިއްޖެއެވެ. އަހަރެން ކުރި ހިތްވަރުން ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ހިސާބު ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓަރ ހޯދައި ތިން މާއްދާއިން އޭ ހޯދީމެވެ. އޯލެވެލްގެ ގަދަ ދިހައެއްގެ ތިން ވަނައިގައި ހިމެނުނެވެ. އަދި ހަމައެހެންމެ އެ އަހަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ. އެދުވަހު އަހަރެން ކުދިންނަށް މެސެޖެއްގެ ގޮތުގައި އިހުސާސްތައް ބަންޑުން ކޮށްލީމެވެ. ބުނީމެވެ. ”މީހަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، މަލާމާތް ކޮށް ލަދު ގަންނަވާލިޔަސް ތިޔަ ކުދިންގެ ހިތް ވަރެއް ހުރިއްޔާ ކާމިޔާބުވާނެއެވެ. އެންމެ ގިނައިން މިކަހަލަ ކަންތައްތައް ތަހައްމަލު ކުރަންޖޭހޭނީ އެންމެ ހީނުކުރާ މީހުންގެ ފަރާތުންނެވެ. މާޔޫސްވާ އެތަށް ވަގުތެއް އަންނާނެއެވެ. ނަމަވެސް ﷲ ގެ ރަހްމަތުން އުންމީދު ކަނޑާ ނުލައިށެވެ. ކުރިއަށް ވާނޭ ގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ.“ އެދުވަހު އެ ޖަލްސާ ނިމުމަށްފަހު އަހަރެން ކައިރިއަށް އައިސް އެ ޓީޗަރު މަޢާފަށް އެދުނެވެ. ހިތުގައި އެ ޒަޚަމްތައް ނުފިލައި ހުރި ނަމަވެސް މާފު ކުރީ އެއީ މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ޢަމަލަކަށްވާތީއެވެ.

މިއަދު އަހަރެންނަކީ ވެސް ޓީޗަރެކެވެ. ރަށުގެ ރައްޔިތުންނާއި ދަރިވަރުންގެ ލޯބި ލިބިފައިވާ އައިނީ މިސް އެވެ. އަހަރެން މަސައްކަތް ކުރަމުން މިދަނީ އެކުދިންގެ އެކުވެރިއަކަށް ވެގެން ކިޔަވާ ދެވޭތޯއެވެ. ކިތަންމެ ގިނައިން ކުދިން ސުވާލު އެހިނަމަވެސް އަހަރެން ބަލަނީ ފޫހިކަމެއް ނެތި ޖަވާބު ދެވޭތޯއެވެ. ހުރިހާ ޓީޗަރުންނަކީ އަހަރެންގެ ހިސާބު ޓީޗަރު ފަދަ ޓީޗަރަކަށް ނުވެދާނެއެވެ. ނަމަވެސް އަހަރެން ބުނެދޭން ބޭނުންވީ މަދުން ނަމަވެސް އެފަދަ ޓީޗަރުން އުޅޭކަމެވެ. އެފަދަ ޓީޗަރުންގެ ސަބަބުން ބައެއް ދަރިވަރުން ކިޔެވުން މަތިން ފޫހިވާ ކަމެވެ.

ނިމުނީ

މި ވާހަކަ ވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން. ވާހަކަ ކިޔާލުމަށްފަހު ވާހަކަ އާއި މެދު ޚިޔާލު ފާޅު ކޮށް ރަނގަޅު ކޮށްލަން ޖެހޭ ކަންތައްތައް ބުނެލަދިނުން އެދެން. ތިޔަ ކިޔުންތެރިންގެ ފާޑު ކިޔުމަކީ އަޅުގަނޑުގެ ކުރިއެރުން. 😁💖☺️💙

Comments (10)

  1. Shaba

    Mi story vx vrh Reethi MA 💗💯
    Vrh rangalhu ibratheh eh Mi vhk in libey 🥀
    Yhh madhun Nama vx ulhey ekahala teachers 😭
    Waiting for a new story When’s next?
    Lysm & Tc 💕

    1. Gurrly currly
      Shaba

      Awwwn.. vrh ufaavehje story kamu dhiyaeema…
      Next insha allah liye nimunuhaa avahakah..
      Stay tuned
      Love you & take care too 💖😍😁

  2. Mysha

    Mi story vx vrh perfect 💯
    Curiously waiting for the next story whens next?
    Lysm and Tc 💗

    1. Blac
      Mysha

      Bravo!!💔 Mi story vx vv Furihama MashaAllah❤️
      Keep it up! 🙃
      Gurlll… MAKE IT shine day by day..
      You can do it my angel 😇
      Lysm & Tgsm..
      My support will always with u.. Story ahh recommend nukurevvunas daily I read ingeyy So I’ll give vveevaraknn support as a reader❤️
      & one thing you’re my fav Authorrrr.. 🌺🌺

    2. Gurrly currly
      Mysha

      Thank u sooo much mysha…
      Next story liye nimunuhaa avahakah insha allah..
      Stay tuned..
      Love you & take care too💓💖☺️

    3. Gurrly currly
      Mysha

      Awwwn… mioh loabi comment eh ☺️ Neynge bunaane ehcheh vx…
      Thank u sooo much.. vrh ufaavehje Blac ge fav author kan inguneema adhi knme stry ehvx kiyaalaakan inguneema…

  3. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

    Mashallah vrh reethi iburahtheri vhk eh …keep it up 💪🏻💯✨
    U can do it inshallah

    1. Gurrly currly
      𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

      Awwwn thank u soo much…
      I’m glad that u like it ☺️

  4. Un_known

    Masha Allah vhk vrh reethi 💗🔥
    Vrh iburaiytheri vhk eh..
    Mihr ge mujthamaun madhun nama vx fenna Kan Kan..
    Baehfaharu kudhinge hiy maruva fadha ehchiss bunaneee kiyavaidhey teachers 🥺
    Keep going gurlyyy
    When’s next??

    1. Gurrly currly
      Un_known

      Vrh ufaavehje story kamu dhiyaeema…
      Next insha allah liye nimunuhaa avahakah..
      Stay tuned..
      Lysm 💖

Comments are closed.