Skip to content
އެސްފިޔަ

ކަތި ފިޔަވަޅު

Listen to this story Audio · 6:16 Powered by Esfiya Voice
0:00 6:16

ޖަލުގެ ކުޑަ ގޮޅިއެއް ތެރޭގައި ޒުވާން ފިރިހެން ކުއްޖަކު އިނެވެ. މާދަމާ އަކީ 4 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށްފަހު އޭނާ މިނިވަންވާ ދުވަހެވެ. ތޭރިތަކުން ބޭރު ބަލަހައްޓައިގެން އިންއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ވޭނާއި ކެކުޅުމެވެ. ހިތްދަތި ހަނދާން ތަކެކެވެ. ހަނދާން ކުރަން ބޭނުން ނުވިނަމަވެސް މާޒީ ޚިޔާލުތައް އޭނާ އަށް އުނދަގޫ ކުރަންފެށިއެވެ.‏ އެއީ އޭނާގެ ޙަޔާތުގެ އުފާވެރި އެހެނަސް ހިތްދަތި ވެސް ދުވަސްތަކެކެވެ.

މާޒީ
……
އޭނާ އަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އަޒީމާ އާއި ހަމްދީގެ 3 ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ކިޔެވުމަށް މޮޅު ވިސްނުންތޫނު ކުއްޖެކެވެ. ކޮންމެ ކްލާހަކުން އެއް ވަނަ ގެނެސް ސްކޫލު ނިންމާލީ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމުގެ އިތުރުން އޯލެވެލް އާއި އޭލެވެލްގެ ގަދަ ދިހަ އަކުން ވެސް އެއްވަނަ ހޯދައިގެންނެވެ. އާއިލާގެ މީހުންނާއި ރަށުގެ ރައްޔިތުންގެ ދުލު ކުރީގައިވެސް ވަނީ އިކާން އަށް ތަޢުރީފުގެ ބަސްތަކެވެ. މައިން އެމީހުންގެ ދަރިންނަށް ނަމޫނާ އަކަށް ދައްކަނީ އިކާންއެވެ. އިކާން ވެސް އަތުކުރި އޮޅާލައިގެން ހުރެ މަސައްކަތް ކުރަމުން ދިޔައީ އެހެން ކުދިންނަށް ނަމޫނާ އަކަށްވެ، މައިންބަފައިން ފަޚުރުވެރި ކޮށްދިނުމަށެވެ. އޭލެވެލް ނިންމުމާއިއެކު ލިބުނު ސްކޯލަރޝިޕެއްގައި ރާއްޖެއިން ބޭރަށް ދިޔައީ ޑަކްޓަރަކަށް ވުމުގެ ފޮނި އުންމީދުގައެވެ.

ފުރަތަމަ ސެމިސްޓަރ އަމާން އޮމާން ކަމާއިއެކު ނިންމާލުފަށްހު ދެވަނަ ސެމިސްޓަރ ފެށީ އެއަށް ވުރެ ހިތްވަރުލައިގެންނެވެ. ދުވަސްތައް މާޒީ ވަމުން ގޮސް ދެވަނަ ސެމިސްޓަރގެ މެދުތެރެއިން އިކާންމެންގެ ކްލާހަށް އައު ކުއްޖަކު އައެވެ. އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ މާ އަލި ނޫނަސް ކަޅު ކުއްޖެކޭ ނުބުނެވޭނެއެވެ. ހިތިފަތު ބުމައާއި ބަޓަން ނޭފަތުގެ އިތުރުން ލޮލަށް ހިޔާދޭ ދިގު އެސްފިޔަ ތަކަކީ އެކުއްޖާގެ ރީތިކަން ފުރިހަމަ ކޮށްދޭ ސިފަތެކެވެ. އިކާންގެ ހިތުގައި އެކުއްޖާ އާއި މެދު ޝައުގުވެރިކަން އުފެދުނީ އެކުއްޖާގެ މަޑުމައިތިރިކަމާއި ހިތްތިރި ކަމުގެ ސަބަބުންނެވެ. އިކާން އަށް ވެސް ނޭނގި މަޑުމަޑުން އެކުއްޖާގެ ނަން ހިތުގައި ކަނޑާ ނެގެން ފެށީ ދުވަހަކުވެސް ނުފިލާނޭ ފަދައިންނެވެ. އެ ޚިޔާލުތައް ރޭގަނޑުގެ ނިދި ނަގާލަން ފެށިއެވެ. އެ ސޫރަ ނުދެކޭނަމަ އިކާންގެ ދުވަސް ވެސް ފުރިހަމަ ނުވާފަދައެވެ.

މިއަދު އިކާން ކޮލެޖަށް ދިޔައީ އެކުއްޖާ އާއި ވާހަކަ ދެއްކުމަށް ހިތުގައި ޢަޒުމް ކަނޑައަޅައިގެންނެވެ. ބްރޭކް ގަޑި ޖެހުމާއިއެކު ހުރިހާ ކުދިން ވެސް އަވަސްވެގަތީ ކެންޓީނަށް ދިއުމަށެވެ. އިކާން އާއި އެ އަންހެން ކުއްޖާ ފިޔަވައެވެ. އެހެންޏާ ބްރޭކް ގަޑި ޖެހުމާއިއެކު ކެންޓީނަށް ދިއުމަށް އަވަސްވެގަންނަ އިކާން މިއަދު މަޑު ކޮށްގެން އިނީ އޭނާގެ ހިތުގެވެރިޔާ އާއި ވާހަކަ ދެއްކުމުގެ އުންމީދުގައެވެ. އެހެނީ ހުރިހާ ކުދިން ކްލާހުން ނުކުތުމުން ނޫނީ އެންމެ ދުވަހަކުވެސް އެ ކުއްޖާ ކްލާހުން ނުނިކުންނާތީއެވެ. ” ހެއި! އައިމް އިކާން“ އެކުއްޖާ އަށް ސަލާމަށް އަތް ދިއްކޮށްލަމުން އިކާން ބުންޏެވެ. އެކުއްޖާ ސިހިފައި އިކާން އަށް ބަލައިލީ ދުވަހަކު ވާހަކަ ނުދައްކާ މީހެއް އައިސް ވާހަކަ ދެއްކުމުންނެވެ. ” ނުހާ “ އަނގައިން ބުނަން ނުބުނަން އިނދެފައި ކިރިޔާ ބަނޑަށް އަޑު އިވޭ ވަރަށް ނުހާ ބުނެލިއެވެ. ” ތަންކޮޅެއް ބާރަށް ބުނެބަލަ. ތިހާ މަޑުން ވާހަކަ ދެއްކީމަ އަހަންނަކަށް އަޑެއް ނީވޭ، އަހަރެން ކުޑަކޮށް ބީރުވާނެ“ އިކާން ކުޑަކޮށް ހީލައިގެން ހުރެ އަޑު ނީވޭ ކަމަށް ހެދެމުން ބުންޏެވެ. ” އަޅުގަނޑަށް ކިޔަނީ ނުހާ “ އެކުއްޖާ ކަރުކެހިލުމަށްފަހު ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއީ އިކާން އާއި ނުހާގެ ފުރަތަމަ ބައްދަލުވުމެވެ. މާގިނަ ވާހަކަތަކެއް ނުދެކެވުނު ނަމަވެސް އެދެމެދުގައި އެކުވެރިކަމުގެ ގުޅުން އުފެދުނެވެ. އެދުވަހު ދެ މީހުން ވަކިވީ އަނެއްދުވަހުގެ ބްރޭކް ގަޑީގައި، އެތާ ކައިރި އިންނަ ކޮލެޖަކަށް ދިއުމަށް ނިންމުމަށްފަހުގައެވެ.

ދުވަސްތައް މާޒީ ވަމުންގޮސް ދެމީހުންގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް އަރައިފިއެވެ. ނުހާގެ ”ބޯއީ ފްރެންޑް“ ގެ ގޮތުގައި ނުހާގެ ރައްޓެހިންނަށް އިކާން ތަޢާރަފްވެ، ނުހާމެންގެ ކޮންމެ އެއްވުމެއްގައި އިކާން ވެސް ބައިވެރިވާން ފެށިއެވެ. ނުހާ އާއި އެކު އުޅެމުން ދިޔަވަރަކަށް އިކާން އަށް ނުހާގެ ގޮތް އިނގެން ފެށިއެވެ. ނުހާ އަކީ މަސްތުވާތަކުތި ބޭނުން ކުރާ މީހެކެވެ. ނައިޓް ކްލަބް ތަކުގައި މުޅި ރޭގެ ނިދި ނަގާލައި މީހެކެވެ. އިކާން ނަސޭހަތް ދިން ނަމަވެސް ނުހާ އަންނަނީ އިކާން ދެކެ ރުޅިއެވެ. ނުހާ އާއި ވަކިވާން ވެސް އިކާންގެ ހިތަށް އެރިއެވެ. ނަމަވެސް އިކާން ނުހާދެކެ ވާ ލޯބީގެ ބާރުގައި ނުހާ ރަނގަޅު ކުރެވޭތޯ އިކާން މަސައްކަތް ފެށިއެވެ. ނަމަވެސް ކަންތައްވީ އިކާން ހީކުރި ފަދައަކުން ނޫނެވެ. ނުހާ ރަނގަޅު ކުރަން އުޅުމުގެ ތެރޭގައި އިކާން އަށް އޭގެ ތެރެއަށް ވަދެވުނެވެ. ކިޔެވުމަށްދޭ ސަމާލުކަން ކުޑަވެ މާއްދާތަކުން ދައްވާން ފެށިއެވެ. އިކާންގެ ހުވަފެންތައް ހަނދާން ނެތިއްޖެއެވެ. މައިންބަފައިންގެ އުންީދުތައް އިކާންގެ ދެ އަތުން ފުނޑު ފުނޑު ކޮށްލެވުން އިރުވެސް އިކާން އަށް ނޭނގުނެވެ. އެއަށްވުރެ އިކާންއަށް މުހިންމުވީ ނުހާއެވެ. މަސްތުވާތަކެއްޗެވެ. އިކާން ނުހާ ދެކެވީ ކަނު ލޯބީގެ ސަބަބުން، އިކާންގެ އަމިއްލަ އަތުން މުޅި ދިރިއުޅުން ފުނޑު ފުނޑު ކޮށްލީއެވެ. ހުރިހާ ކަމެއްވެސް ބަދަލުވީ އިކާން އަށް އެޅުނު ހަމަ އެންމެ ކަތިފިޔަވަޅެއްގެ ސަބަބުންނެވެ.

މާގިނަ ދުވަސްތަކެއް ނުވެ ނުހާ މެނާއިއެކު ހިންގި މާރީމާރީ އެއްގައި އެ ގްރޫޕް އެއްކޮށް ހައްޔަރު ކޮށް ރާއްޖެ ގެނައެވެ. އިކާންގެ މައްޗަށް ސާބިތުވީ މާރާމާރީ އެއްގައި ބައިވެރިވުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުނު މައްސަލައެވެ. ހަތަރު އަހަރުގެ ޖަލު ހުކުމެއް އިކާން އަށް އިއްވުނެވެ. ހަމައެވަގުތު އޭނާގެ މަންމަ އަށް ލިބުނު ހިތާމައެއްގެ ސަބަބުން ހާރޓް އެޓޭކެއް ޖެހި މި ފަނާވަނިވި ދުނިޔެ އާއި އަލްވަދާޢު ކިޔެވެ. އިކާން ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ދެން ލިބުނީ ހިތާމަ ކޮށްކޮށް ބައްޕަ ބަލިވެ އުޅުން ޚަބަރެވެ. މާގިނަ ދުވަސްތަކެއް ނުވެ ބައްޕަ ވެސް ނިޔާވީއެވެ. ބޭބެ އާއި ދައްތަގެ ނުރުހުން އިކާން އަށް އަމާޒުވިއެވެ. ހަމައެންމެ ކަމެއްްގެ ސަބަބުންނެވެ. ލޯބީގެ ނަމުގައި މީހަކު ދެއްކި ދަޅަ ތަކަކަށް ހެއްލެވި، އެޅުނު އެންމެ ކަތިފިޔަވަޅެއްގެ ސަބަބުންނެވެ.
………………………….

މިފަދަ ޚިޔާލު ތަކެއްގައި އިން އިކާން އަށް ހޭވެރި ކަމެއްވީ ޖަލު ބަލަހައްޓާ އޮފިސަރު އައިސް ގޮވާލުމުންނެވެ. ސޮއި ކުރަންޖެހޭ އެންމެހާ ލިޔުންތަކުގައި ސޮއި ކުރުމަށްފަހު އިކާން ޖަލުން ނުކުތީ، ދެން ދުވަހަކުވެސް އެފަދަ ކަތިފިޔަވަޅެއް ނޭޅުމަށް ޢަޒުމް ކަނޑައަޅަމުންނެވެ. އެތަނުގެ ތެރެއިން ދަސްވި އެންމެހައި ހުނަރު ތަކެއްގެ ބޭނުން ހިފުމަށް ޢަޒުމް ކަނޑައަޅަމުންނެވެ. ވެއްޓިފައިވާ ދިރިއުޅުން ނަގައި ކޮޅަށް ޖެހުމުގެ އުންމީދުގައެވެ.

ނިމުނީ

މި ވާހަކަވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން. ވާހަކައިގެ ހުރި ކުއްތައް ފާހަގަ ކޮށްލަ ދިނުން އެދެން☺️

Comments (19)

  1. Shaba_17

    This is such a beautiful and touching story. ♥️ even though it carries sadness, the feelings and emotions behind it make it truly special 💞 Hope to read more stories from you!
    When’s next story?
    Lysm and Tgc 💗

    1. Gurrly currly
      Shaba_17

      Awwwn vrh ufaavehje mi comment kiyaalaafa 😍
      Insha Allah Wednesday noony thursday ga…
      Ly and tc u too..
      Stay tuned….

  2. Shaba

    I ge stories Vrh las adhives pending

  3. Alaika_22

    Mi story vess vrh rythi MA!!😍💯
    Alhey ikaan dhn noolhey thi ehn…. Nuha vesss noolhey thi…. Nuha drug beynun nukuraathi dhn 😭😂
    Curiously waiting for next story…… When’s next?
    Lysm and tc 💕✨

    1. Gurrly currly
      Alaika_22

      Thank u soo much alaii ☺️
      Ikaan and nuhaa basahaaba dhw 🤣🤣
      Insha Allah Wednesday noony Thursday ga…
      Stay tuned

  4. Un_known

    MA vhk vrh reethi 💗
    Ikku and nuha dhw miulheni😅
    Dhemyhun filaavalhu nagaathi vhk kiyaigen🤭
    Btw, when’s next???

    1. Gurrly currly
      Un_known

      I’m glad u like it…
      Yeah ikku and nuhaa 🤣🤣
      Next Insha Allah Wednesday noony Thursday ga..
      Stay tuned….

  5. Nuha.aaaaa

    Maa bodah lwbi nuvaan dhww filaawalhu hoadhan v 😂
    BY THE WAY story vrh rythi MA!!
    When’s nxt??????
    Lysm 💕😊

    1. Gurrly currly
      Nuha.aaaaa

      Thank u soo much nuhaa ☺️☺️
      Yeah maa bodah loabi nuvaan filaavalhu hoadhan v 🤣🤣
      Next Insha Allah Wednesday noony Thursday ga..
      Stay tuned…
      Ly too 😍💙

  6. Eddie

    Suhboo ikku and nuhaa kihineh thi ulheny pis pis
    Ehen noolhey thi Nama Nama 😭😂
    Anyways stry hama awesome 😍
    Waiting for a next story?

    1. Mysha
      Eddie

      Story vrh Reethi MA 💗
      Alhey ikaan and nuhaa ulhun goiy 😭
      I feel bad for them.. When next story?

    2. Gurrly currly
      Eddie

      Thank u sooo much eddie for your support…☺️☺️
      Dhw nuhaa and ikku kihineii miulhenee… bas ahaabala dhw 🤣🤣🤣
      Next Insha Allah Wednesday noony Thursday ga..
      Stay tuned

    3. Gurrly currly
      Eddie

      I’m glad u like it mysha…
      Kuriah huri stry thah vx kamudhaane kamah ummeedhu kuran….
      Next Insha Allah Wednesday noony Thursday ga ..
      Stay tuned ☺️☺️

  7. Anonymous

    Reethe

    1. Gurrly currly
      Anonymous

      Thank u☺️

  8. Gurll_17

    Vrh Reethi Hama 💯 eh
    Keep it up ✨ ✨ ✨
    Lysm ❤️

    1. Gurrly currly
      Gurll_17

      Awwn thank u so much…
      I’m glad that u like it…
      Love you tooo 💖😍

  9. Black

    MA 🖤 Vvvv Furihama n Rythi.
    Lysm 💔 & Tc

    1. Gurrly currly
      Black

      Thank u sooo much ☺️😁

Comments are closed.