Skip to content
އެސްފިޔަ

ބާކީ ނުކުރަމާ

އަހަރެންނަކީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކީމެވެ. އެހެން ކުދިންނެކޭ އެއްފަދައިން އަހަރެންގެ ވެސް އުންމީދު ތަކެއް ވެއެވެ. ހުވަފެންތަކެއް ދެކެމެވެ. ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް ބުނެ އަހަރެން މާޔޫސް ކޮށްލާ މީހުން މަދެއް ނޫނެވެ. އަހަރެންގެ ހުރި ނުކުޅެދުންތެރި ކަމުގެ ސަބަބުން އަހަރެން އިންނަން ޖެހެނީ ބާކީ ވެފައެވެ. މި ކަމުގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ? ވަރަށް ދެރަ ވެއެވެ. ރޯން ވެސް ރޮވެއެވެ. ނަމަވެސް މަންމަގެ ހިތްވަރުގެ ސަބަބުން އަހަރެންގެ ހިތުގައިވާ ފާރު ތަކުގައި މަލަން އަޅައިދެއެވެ. އަހަރެން ނިވިފައި މިވާ އުންމީދުގެ ހުޅު ކޮޅުގައި އިން ހަމައެކަނި އަލި ކޮޅަކީ މަންމަގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށް ހިތުގައި މިވާ އަޒުމެވެ.

އެހެންކުދިން ފަދައިން އަހަރެންގެ އިހްސާސްތައް ބަންޑުން ކޮށްލަން އަހަރެން ބޭނުމެވެ. ނަމަވެސް އަހަރެންގެ ހާލަތު ތަނެއް ނުދެއެވެ. އަަހަރެން ޖައްސާ ވައްތަރުތައް ބަލަން ހުންނަ ހިތްވާނީ ކާކު ހެއްޔެވެ? އާނއެކެވެ! އަހަރެންނަކީ ވާހަކަ ނުދެއްކޭ މަންމަނު ކުއްޖެކެވެ. ނަމަވެސް އަހަރެންގެ އެހެން ހުރިހާ ހިއްސެއް ހަމައަށް މަސައްކަތް ކުރެއެވެ. މީހުން ބުނާތީ އަހަމެވެ. މޮޅަށް ކިޔަވާ ކުދިންނަށް މީހުންގެ ލޮއެއްބާއި އިހުތިރާމް ލިބޭނެއެވެ. އަހަރެންނަކީ ކުލާހުގައި އިންނަ އެންމެ ތޫނުފިލި ކުއްޖާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިހާ ހިސާބަށް އައިއިރު ކިޔެވި ކޮންމެ ގްރޭޑަކުން 1 ވަނަ ހޯދީމެވެ. ނަމަވެސް ވީ އިތުރަށް ބާކީއެވެ. ދެން އަހަރެންނަށް އަޅަންފެށީ ހަސަދަވެރި ކަމުގެ ލޯތަކެވެ. ގްރޭޑް 7 ގެ ފަހު ޓާމުގައި ދިމާވި ނުރައްކާތެރި އެކްސިޑެންޑެއްޓެއްގައި އަހަރެންގެ ބައްޕަ މި ފަނާވަނިވި ދުނިޔެ އާއި އަލްވަދާޢު ކިޔެވެ. އެއާއިއެކު އަހަރެންނަށް ކުރިމަތިވާ މަލާމާތާއި ފުރައްސާރަ ކުރިއަށް ވުރެ އިތުރުވިއެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ގޮސް މޮކް އިމްތިހާނު ބޯމަތި ވެއްޖެއެވެ. އާދައިގެ މަތިން މޮކް އިމްތިހާނު ނިންމާފައި އަހަރެންނަށް މިއަދުވެސް ގެއަށް އާދެވުނީ މެންދުރު ވާން އުޅހެނިކޮށެވެ. އޭރު ގޭ ދަށަށް ވަރަށް ގިނަ މީހުން އެއްވެފައި ތިއްބެވެ. އަހަރެން ބާރު ބާރަށް މީހުންތަކުގެ ތެރެއިން ގޮސް ގޭތެރެއަށް ވަދުނީމެވެ. ފެންޑާގައި ހުރި މޭޒުމަތީ އޮތް މަންމަގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއިއެކު އަހަރެންނަށް ހީވީ މުޅި ދުނިޔެ އެނބުރި ގަތް ހެންނެވެ. އޭރު މަންމަގެ ބޯލާ ކޮޅުގައި ބޮޑުދައިތަ ރޮވިފައި ހުއްޓެވެ. އަހަރެން މަރުވެފައިވާ މައްޔިތެއް ފަދައިން ގޮސް މަންމަގެ ފުރާނަ ނެތް މަސްގަނޑު ކައިރީ މަޑު ކޮށްލީމެވެ. ހިތް އެދެމުން ދިޔައީ އެއީ ދޮގަކަށް ވުމަށެވެ. ނަމަވެސް ހަގީގަތް ބަދަލުވާނީ ފަހެ ކިހިނަކުން ހެއްޔެވެ?

އޭގެފަހުން އަހަރެން ބަދަލުވީ ބޮޑުދައިތަ މެންގެއަށެވެ. އައު ހިތްވަރަކާއިއެކު އޭގެ އަނެއްދުވަހު ވެސް ޓެސްޓަށް ދިޔައީ މަންމަ އާއި ބައްޕަ ފަޚުރުވެރިވާނެ ފަދަ ދަރިއަކަށް ވުމަށެވެ. އެެދެމީހުން ނެތް ދުނިޔޭގައި އެދެމީހުންގެ ގަދަރު ހިފައްޓައިދިނުމުގެ އުންމީދުގައެވެ. އޭގެ ނަތީޖާ މިއަދު ވަރަށް ފޮންޏެވެ. އޯލެވެލް ގެ ގަދަ ދިހައެއްގައި އަހަރެން ހިމެނުނެވެ.

މިއަދު އަހަރެންނަކީ ލޯބި ލޯބި ދެކުދިންގެ މަންމަ އެކެވެ. ވާހަކަ ނުދެއްކޭ އަޑު ނީވޭ ކުދިންނަށް ކިޔަވާދޭ މުދައްރިސެކެވެ. ޔޫލީ މިސްއޭ ބުނުމުން ނޭނގޭ މީހެއްް ވަރަށް މަދުވާނެއެވެ. އަހަރެންގެ ދުޢާ އަކީ އަހަރެން ތަހައްމަލު ކުރަން ޖެހުނު ފަދަ ކަމެއް މިއަދު އެކުދިން ތަހައްމަލު ކުރަން ނުޖެހުމެވެ.

ނިމުނީ

ނުކުޅެދުން ތެރިކަމެއް ހުރުމަކީ ބާކީ ކޮށް އެކަހެރި ކޮށްލަން ޖެހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިންނަށް ލޯބި ދޭން ޖެހެއެވެ. އެ ލޯބިން އެކުދިންނަކީ ވެސް މުޖުތަމަޢު އަށް ފައިދާ ހުރި ކުދިން ތަކަކަށް ހެދި ދާނެއެެވެ.

ނޯޓް: މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ. ވާހަކަ އާއި މެދު ޚިޔާލު ފާޅު ކޮއްލުމަކީ ވަރަށް ބޮޑު އެދުމެއް. ކަމުދާނެ ކަމަށް އުންމީދު ކުރަން.☺️

Comments (11)

  1. xXx

    ލޮއެއްބަކީ’- ނުބައި، ލޯތްބަކީ. އުންމީދުގެ ހުޅުކޮޅުގައި ‘އިން’- ނުބައި، ހުޅުކޮޅުގައި ހުރި’. ބައެއް އިބާރާތުގެ ކުށް އެބަހުރި، އެކަމު ފުރަތަމަ ވާހަކައަށް ބަލާފައި ރަނގަޅު! ލ

  2. Gurrly currly

    Varah ufaavehje vaahaka kamu dhiyaeema and comment eh kohleema vx ☺️
    Insha Allah dhn nerey vaahaka ehga thi kankan rangalhu kohlevey thw masahkaiy kuraanan…

  3. Shaba_17

    Gurly Curly? 😳
    Masha Allah vrh Reethi first story vess 💗
    You are talented keep shining ✨
    I really appreciate it 🖤
    Lyy and tc my darllss 😘

    1. Gurly curly
      Shaba_17

      Thank u so much☺️☺️☺️

  4. Alaika_22

    Omg so surprised u vhk eh liyefa up kureema 🙀
    MA vrh rythi story eh….💝
    IA u can do it my lwbi Author 💓😊

    1. Gurrly currly
      Alaika_22

      Thank u soo much ☺️
      Vrh ufaavehje vaahaka reethi veema…

  5. Mar Sha

    v good for a 1st try, Marsha faahaga kollan beynunvi points xXx faahaga kollaafa e hury. good job! looking forward to more from u Gurrly

    1. Anonymous
      Mar Sha

      Thank u Marsha….
      Aslu marsha ge vhk thah vrh reethi.. alhugandu ge emme bodah vhk liyumah shauqu veri v marsha ge vhk thah kiyaafa…
      Vrh ufaavehje comment kohleema ☺️ And vhk kamu dhiyakan inguneema vx

    2. Gurrly currly
      Mar Sha

      Eii alhugandu ge comment eh ingey .. login nuve comment kurevuneema vefa in gotheh

  6. Anonymous

    Hey, I’m a 13 yr old who loves reading. Mashaa Allah, your writing is beautiful. Keep writing—I can’t wait to read more!

    1. Gurrly currly
      Anonymous

      Thank u soo muchh 🥺💖

Comments are closed.