“މިސްޓާރ މާޖިދު އަވަސްކުރޭ ތާރާގެ ހާލާތު ގޯސްވަމުން އެދަނީ ކުރިއަށް އޮތް 2 ގަޑީރު ތެރޭގައި އޭޕޮޒިޓިވް ލޭ ނުލުބިއްޖިއްޔާމު” ޑޮކްޓާރ މާޖިދުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އޭޕޮޒިޓިވް؟؟ މާޖިދް ގައިގައި ވެސް ހުންނަނީ އޭޕޮޒިޓިވް ލެޔެވެ. ރޫމް ގެ ދޮރުކައިރީ އީކަން ހާސްވެފައި ހުއްޓެވެ. މާޖިދު ނިކުތުމުން އީކަން އަވަސް އަވަހައް ތާރާގެ ހާލު ކިހިނެއްތޯ އަހާލިއެވެ. “ޑޮކްޓާރ ބުނީ ކުރިއަށް އޮތް 2 ގަޑީއިރު ތެރޭގައި ލޭ ނުލިބިއްޖިއްޔާ ތާރާގެ ފުރާނަޔައް ނުރައްކަލޭ” “ބޭބޭ އަހަރެން ވެސް ބޭނުން ޓެސްޓް ހަދަން” އީކަން އާއި މާޖިދު ލެބޯޓެރީ ބަޔައް ވަނީ ލޭޓެސްޓު ހެދުމަށެވެ. ތާރާ އާއި ދިމާވީ މާޖިދުގައިގައި ހުރި ލެޔެވެ. އީކަން ގައިގައި ހުރީ އޯޕޮޒިޓިވް ލެޔެވެ. ކިތަންމެ ސުވާލެއް ސިކުނޑީގައި އުފެދުނެއްކަމަކު މާޖިދު ބެލީ ވިހާވެސް އަވަހަކައް ތާރާ ސަލާމަތްކުރެވޭތޯއެވެ….
ތާރާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެތާހުރި ގޮނޑިއެއްގައި ނިދިފައި އޮތް މާޖިދު ފެނުމުން ތާރާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. އެއީ ކިހާ މާތް އިންސާނެއް.. އެހެންމީހެއްގެ ދަރި އެބަލަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މާޖިދު ތާރާގެ ބައްޕަ އަށް ވީނަމަ އޭ ހިތައް އެރި ވަރެއް ވެސް ނޭނގެއެވެ. ހޭލާ އޮތް ތާރާ ފެނުމުން މާޖިދު އަވަސް އަވަހައް ތާރާ ގާތައް ދިޔައެވެ. “ދަރިފުޅާ” މާޖިދު ތާރާގެ ބޮލުގައި ފިރުމާލީ ލޯތްބާއެކުގައެވެ. “ޑާޑާ ކޮބާ އީކަން؟؟؟” އެވަގުތު ކޮޅު ތެރޭގަވެސް ތާރާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ކަމެކެވެ. ބަދަލުހިފުމެވެ. “ތާރާ އެޑްމިޓް ކުރިންސުރެ އީކަން މިތާ އިނީ ދެން ޑާޑާ ބުނީ ގެއަށް ގޮސް ފެންވަރާލާ ހަދަން ދާށޭ” ކުއްލިއަކައް މާޖިދަށް ފޯނުކޯލެއް އައުމުން ބޭރަށް ދިޔައެވެ. އެކަނި މާއެކަނި އެނބުރެމުން ދިޔަ ފަންކާގެ ފިޔަ ތަކައް ބަލަން އޮތް ތާރާ ސިހުނީ އީކަންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ތާރާ ރަނގަޅުތަ މިހާރު..” “އާން ކުރިއަށްވުރެ ރަނގަޅު” “ކީއްވެ އަހަރެންގެ ކުރި މައްޗައް އެރީ އަހަރެންނާ ހެދި ތާރާ” “ދެން އިތުރަށް ތި ވާހަކަ ނުދައްކާ އަހަރެން އެހެން ކަންތައް ކުރީ ކީއްވެކަން އީކަން އަށް އެނގޭނެ ކަންތައް މިހެން ވިއެއްކަމަކު އީކަން އަހަރެން އެކްސެޕްޓް ކުރާކައް ނުޖެހޭނެ މިބުނީ އީކަން އަހަރެން ދެކެ ލޯބިނުވާހާ ހިނދަކު … އަހަރެން އެއްގޮތަކައްވެސް ބޭނުމެއްނޫން ގަދަކަމުން އެއްޗެއް އަތުލާކައް” ތާރާ ގެ އަނގައިން ނިކުތް ކޮންމެ ބަހަކުންވެސް އީކަންގެ މޫނުގެ ކުލަވަރު ދިޔައީ ބަދަލުވަމުންނެވެ. މިފަހަރު އީކަން ހަމަ ރީއްޗައްވެސް ތާރާގެ މަޅީގައި ޖެހުނީއެވެ. ރޫމް އަށް ވަތް މާޖިދަށް އީކަން ފެނުމުން ހިނިތުންވެލިއެވެ. “ދަރިފުޅާ ޑާޑާ ކުއްލިގޮތަކައް ފުރާން ޖެހިއްޖެ އޯކޭ ތަ ދިޔަ ޔަސް ދަރިފުޅު ނޫނެކޭ ބުނެފިއްޔާ ޑާޑާ އެއް ނުދާނަން” “ނޫނޭ ޑާޑާ އެހާ މުހިންމު ކަމެއް ވެއްޖިއްޔާ ދޭ އައި ކޭން ޓޭކް ކެއާ އޮފް މައި ސެލްފް” މާޖިދު ތާރާގެ ބޮލުގައި ފިރުމާލާފައި އެތަނުން ދިޔައެވެ. “އައި ކޭން ޓޭކް ކެއާ އޮފް މައިސެލްފް އޭ؟؟؟ އަހަ އަހަ ތިހިރީ އޮތް ހާލު އެވަރުންވެސް ވަރުގަދަ ކަން ދައްކަން އެބައުޅެ އެންނު” އީކަން ތާރާގެ ކަންފަތުގައި ހިފާފައި ބުނެލިއެވެ.
ހަފްތާއެއްހާ ދުވަސް ފަހުން ތާރާ ގެއަށް ދޫކޮއްލިއެވެ. އީކަންގެ އެދުމުގެ މަތިން ތާރާ އެއްކޮށް ރަނގަޅުވަންދެން އީކަންގެ އެޕާޓްމެންޓުގައި އުޅުނެވެ. އީކަން ތާރާ އާ ދޭތެރޭ ކަންކުރަނީ ވަރަށް ވެސް ރަނގަޅަށެވެ. އީކަން ހުރީ ބަދިގޭގައި ކައްކާށެވެ. މަޑުހިނގުމެއްގައި ހިނގަމުން ދިޔަ ތާރާ އަށް މި މަންޒަރު ފެނުމުން ހިނިތުންވެލިއެވެ. “އެހެމް!!!” “މިއަދު ހާދަ އަވަހަކަށް ތިހޭލީ” “މީރު ވަސްގަނޑެއް ނޭފަތުގައި ޖެހުނީމަ ކިހިނެއް ނިދަން އޮންނާނީ ކޯޗެއް ތިހަދަނީ؟؟” “މިއުޅެނީ ރެސިޕީއެއް ބަލައިގެން ބިރިޔާނި ހެދޭތޯ ބަލަން” “އަހަ އަހަ އަހަރެން ހަދާފާނަން ބިރިޔާނީ ” “އަނެއްކާ އަހަރެންގެ ބަދިގޭގަ ރޮއެ ކޮއްލާނީކީ ނޫން އަހަރެން ހީކުރީ ތާރާއަށް ކައްކަން ނޭނގޭކަމައް” އީކަން ހެމުން ހެމުން ބުނެލިއެވެ. “އެތެއް އަހަރެއް ވަންދެން އީކަންގެ ގޭގައި އަޅެއްހެން އުޅުނު މީހަކައް ކައްކަން ނޭނގި ނުދާނެ އެންނޫންތޯ” ތާރާ މަޑުމަޑުން ބުނެލިއެވެ. “އީކަން ދޭ ފިޔާ ކޮށަން” “ޔެސް މޭމް” ކުއްލިއަކަށް އެތާ ހުރި ފުށްތައްޓުން އެތިކޮޅެއް ނަގާ ތާރާ އީކަންގެ މޫނުގައި ހާކާލިއެވެ. އީކަން ވެސް ދުލެއްނުކުރިއެވެ. އެ ފުށްތަށިއެއްކޮއް ނަގާ ތާރާގެ ގަޔައް ޖެހިއެވެ. “އައުޗް މައި އިންޖުރީ” ތާރާ ހިތާދިމާލު އަތްބާއްވަމުން ބުނެލިއެވެ. އީކަން އަވަސްއަވަހައް ކީއްވީތޯ ބަލަން ތިރިވެލި ވަގުތު ތާރާ ތޭފުޅި އީކަންގެ ބޮލަށް އޮއްސާލިއެވެ. އީކަން ތާރާ ފަހައި ދާން ފެށުމުން އީކަން އަށް އަތުނުވުމަށް ދުއްވައިގަތް ތާރާ ވެރިފަ ހުރި ތޭތަކައް އަރައި ކައްސާލިއެވެ. ހަލުވި ކަމާއެކު އީކަން ތާރާގެ އުނަގަނޑުގައި ހިފެއްޓިއެވެ. ނަމަވެސް އެ ތޭތަކައް އަރާއީކަންވެސް ބެލޭންސް ނުކުރެވިގެން ތާރާއާއެކީ ބިންމައްޗައް ވެއްޓުނެވެ. މަޑު މުށި ކުލައިގެ ބޮޑު ދެލޮލެކެވެ. އެސްފިޔަ ގިނަވެފައި ބޮލެވެ. ހިމަދިގު ނޭފަތަކާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. އީކަން ތާރާގެ މޫނަށް ބަލަހައްޓައިގެން އިނީ ލޮލު ފިޔައެއްވެސް ޖަހާނުލައެވެ. އީކަންގެ ހިތް އާދަޔާ ހިލާފައް ބާރަށް ތެޅެމުންދާކަން ފާހަގަވިއެވެ. މިކަހަލަ އެއްވެސް ކަމެއް ތާރާ އަށް އިހުސާސްނުވާއިރު ދެން ވާނީ ކީއްކަން ތާރާ އަށް އެނގޭ ކަހަލައެވެ. އީކަން މަޑުމަޑުން ތާރަގެ ތުންފަތަށް ބޮސްދިނެވެ. އީކަން ކޮއްޕާލަން ކިތަންމެ ބޭނުންވިއެއްކަމަކު ތާރާގެ އަތް އޭގެ މަގާމުން ގުޑިވެސް ނުލިއެވެ. ހިނދުކޮޅަކައް ލޯމެރުނު ނަމަވެސް އަނެއް ސިކުންތުގައި ތާރާ މޫނު އަނެއްފަތާއް އަނބުރާލީ އެވަނީ ރަނގަޅުކަމެއް ނޫންކަން ވިސްނޭތީއެވެ. އީކަންވެސް އަވަސް އަވަހައް ތެދުވިއެވެ. ބިރިޔާނި ހެދުމުން ދެމީހުން ކާމޭޒުމަތީގައި އިށީންދެގެން ތިބެ ބިރިޔާނި ކަމުން ދިޔައީ އަނގައިން ބަހެއްވެސް ބުނުމެއްނެތިއެވެ. ބިރިޔާނި ކަމުން ދިޔައިރު އީކަންްގެ ހިޔާލަށް އައީ ކޮންމެ ހުކުރު ދުވަހަކު ނޯޔާ ހަދާ މީރު ބިރިޔާނިގަނޑު މަތިންނެވެ. އީކަން ވަށްކަޅިން ތާރާ އާ ދިމަލައް ބަލާލިއެވެ. ތާރާގެ ތުންފަތްކާރީ އޮތް ބަތްފުށް ފެނުމުން އީކަން ހޭން ފެއްޓިއެވެ. “އެއޮތީ ބަތް ފުކެއް” އީކަން ބުނެލިއެވެ. ތާރާ އަވަސް އަވަހައް އެ ނެގިއެވެ. ރޭގަނޑުގެ ވަގުތެވެ. ތާރާ އަށް ވިސްނެމުން ދިޔައީ މިއަދު ވީ ކަންތަކާއެވެ. ތާރާއަށް އީކަން ދުރު ނުކުރެވުނީ ކީއްވެބާއެ!! “ވެދާނެ އެއީ ބޭބެ ކޮއްކޮގެ ލޯބި އޮތީމަ ކަންވެސް އާހް އޭރުން އަދި މާ ގޯސް” ނުނިދިފައި އޮތް ތާރާ އަށް އިވުނީ ސިޓިންގރޫމް ސޯފާގައި ނިދާފައޮތް އީކަން ހަޅޭލަވައިގަތް އަޑެވެ. ލައިގެން ހުރެވުނީ ސޯޓަކާ ޓީޝާޓެއް ކަން އެވަގުތު ތާރާގެ ހަނދާނަކަށް ނައެވެ. ދުވެފައި ގޮސް އީކަން ކޮބާ ތޯ ބަލާލަން ދިޔައެވެ. ދާހިތްލާ ފޯވެފައި އޮތް އީކަންގެ އަނގައިން ނިކުތީ ހަމަ އެންމެ ބަހެކެވެ. “ނޯޔާ” ތާރާ ގޮސް ސޯފާގައި އިށީންދެފައި އީކަންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އީކަން ތާރާގެ އަތުގައި ހިފިގޮތަސް ދޫވެސް ނުކުރިއެވެ. ދެލޯ ހުޅުވާލި ގަޑީގައި އެންމެ ފުރަތަމަ ވެސް އީކަން އަށް ފެނުނީ ތާރާގެ މޫނެވެ. އީކަން އަށް ތާރާގެ އުނގުގައި ބޯ އަޅައިގެން ނިދުނީ ކިއްވެ ކަމެއް ނޭނގުނެއްކަމަކު އަވަހަށް ތެދުވިއެވެ. ލޯބި ލޯބިކޮއް ނިދާފައި އޮތް ތާރާ އަށް އީކަން ބަލާލިއެވެ. ހޭލާ ހުންނަ އިރު ތާރާ ކިތަންމެ ގޮތްދޫ ނުކޮށް އަނގަ ދަކަ ވިއެއްކަމަކު ނިދާފަ އޮންނަ އިރު ވަރަށްވެސް މައުސޫމެވެ. އީކަން މަޑުމަޑުން ތާރާގެ މޫނާކައިރިވެލާފައި އެ މައުސޫމު މޫނަށް ބަލަން އިނީ ފޫހިކަމެއް ނެތިއެވެ. ދެލޯ ހުޅުވާލި ވަގުތު އީކަންގެ މޫނު އެހާކައިރިން ފެނުމުން ތާރާ ހަޅޭލަވައިގަތެވެ. ސިހިފައި އީކަންވެސް ތެދުވަން އުޅެނިކޮއް ތާރާ އީކަންގެ ކަރުގައި ދެއަތް ވަށާލިއެވެ. ތާރާ ހުރީ ކުރުކުރު ސޯޓެއް ލައިގެން ކަމުން ދެފައިގައި ހުރި ލަކުނުތައް ފެންނަން ހުރީ ވަރަށްވެސް ސާފުކޮށެވެ. އީކަން އަށް އެ ލަކުނު ތައް ފެނިއްޖިއްޔާމު ތާރާގެ މިޝަން އެއްކޮއް ފެއިލް ވީއެވެ. އީކަން އަނެއްކާވެސް ތެދުވަން އުޅުމުން ތާރާ ކުރިއަށް ވުރެ ބާރު ކޮއްލިއެވެ. އީކަންގެ މޫނު ގޮސް ޖެހުނީ ތާރާގެ މޭމަތީގައެވެ. ތާރާ ކުރިއަށްވުރެ ބާރަށް ހަޅޭލަވައިގަތެވެ. އަދި ބާރަށް ދުވެފައި ގޮސް ފާހާނައަށް ވަނެވެ. ސޯފާގައި އިށީންދެގެން އިން އީކަން ހުރީ ތާރާގެ އަމަލު ހުރިގޮތުގެ ސަބަބުން ނަގަންވީ ކޮންމާނައެއް ކަމެއް ނޭނގިފައެވެ. “ތާރާ ތާރާ ހަމަ ކިރިޔާ އޭ ތި ސަލާމަތްވީ އީކަން އަށް ލަކުނު ތައް ފެނުނު ނަމަ ކަލޭގެ ދުވަސް ދިޔައީ މިފަހަރު ސަލާމަތްވިއަސް ކޮންމެ ކޮންމެ ފަހަރަކު އެހެން ނުވާނެ ކަން ހަނދާނުގަ ބަހައްޓަބަލަ.. ކަލޭގެ ފަރުވާކުޑަ ކަމުން ހުރިހާ ބުރައެއް އުފުލަން ޖެހުނީ އަހަރެންގެ.. އާހް އައި ހޭޓް ޔޫ” ތާރާ އަމިއްލަ ފައިގައި ތުކުއްޔެއް ކަނޑާލަމުން ބުނެލިއެވެ. ތާރާ އަވަސް ކޮއްލައިގެން ފާހަނައިން ނިކުތެވެ. އޭރު އީކަން ފެންނަ ހިސާބަކު ނެތެވެ. ކުއްލިއަކަށް ތާރާގެ ފޯނު ރިންގުވާން ފެއްޓިއެވެ. ގުޅަނީ އީކަން އެވެ. “ހަލޯ ތާރާ އަލަމާރިމަތީގައި އޮންނާނެ ކަޅު ކުލައިގެ ފައިލެއް އޭތި ގެނެސްދެވިދާނެތަ އޮފީހަށް ވަރަށް އާޖެންޓް” “ޕިސް ޕިސް މިފަހަރު ފައިލު ދެން ބޮކްސާ ގެނެސްދޭށޭ ކަންނޭނގެ ބުނާނީ ހަހަ މިދަނީ” ގޮނޑިއެއް ހިފައިގެން ގޮސް އަލަމާރިކައިރީ ބަހައްޓާފައި ތާރާ އެއަށް އެރިއެވެ. ކަޅު ކުލައިގެ ފައިލު ފެނުމުން އެ އަވަހަށް ނެގިއެވެ. ނަމަވެސް އެތާ ހުރި ކުޑަ ކުޑަ ފޮށި ތާރާގެ ލޮލުގައި އަޅައިގަތެވެ. ތާރާ ގޮނޑިން ފޭބީ އެ ފޮށިވެސް ހިފައިގެނެވެ. ތާރާ މަޑުމަޑުން އެ ފޮށި ހުޅުވާލިއެވެ. އޭގެތެރޭގައި އޮތް ފޮޓޯގަނޑު ފެނުމުން ތާރާގެ ދެލޯ ބޮޑުވިއެވެ. އެއީ ތާރާ އަމިއްލަ ފުރާނައަށް ވުރެ ބޮޑައް ލޯބިން ގެންގުޅުނު ފޮޓޯގަނޑެވެ. އެ ފޮޓޯގަނޑު އީކަންގެ އަތުގައި އޮންނަންވީ ކީއްވެބާ؟ ވަފާ އެ ފޮޓޯގަނޑުގައި އަލިފާން ރޮއެކުރިތަން ތާރާ އަށް ފެނުނެވެ. ދެން ތާރާ ހަނދާންވީ އީކަންގެ މޭމަތީގައި ފިހިފައި ހުރި ތަންކޮޅު މަތިންނެވެ. ތުރުތުރު ލަމުން ދިޔަ އަތަކާއެކު ތާރާ އެ ފޮށި ހުރިތާގާ ބަހައްޓާފައި ފައިލު ހިފައިގެން ސްޓޭޝަނައް ގޮސް އީކަންގެ އަތައް ދިނެވެ. މިއަދު ވީ ކަންތަކުން ތާރާގެ ސިކުނޑީގައި އެތަކެއް ސުވާލެއް އުފެދުނެވެ. ގަބޫލު ކުރަންވީ ކޯޗެއް ކަމާ ގަބޫލު ނުކުރަންވީ ކޯޗެއް ކަމެއް ފުރަތަމަ ފަހަރައް ނަމަވެސް އޮޅިއްޖެވެ. ތާރާގެ ސިކުނޑި ބުނަމުންދާ ގޮތާ ހިތް ބުނަމުންދާ ގޮތް ހާސްބައި ތަފާތެވެ. އެކި އެކި ހިޔާލުތަކުގައި ސިކުނޑި ގާނަން އިން ތާރާ ސިހުނީ ދޮރުން ވަދެގެން އައި އީކަން ފެނުމުންނެވެ. އީކަންގެ އަތުގައި ކޭކެއް އޮތް އިރު މޫނުގައި ވަނީ ބޮޑު ހިނިތުންވުމެކެވެ. “މިއަދަކީ އަހަރެންގެ އުފަންދުވަސް އަހަރެންނާއެކީ ފާހަގަ ކުރާނަންތަ؟؟” އީކަން ކޭކުގެނެސް މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. ތާރާ ވަގުތުން ބޯ ޖަހާލިއެވެ. ތާރާ އުއްބައްތިއެއް ރޯކޮއްފައި ކޭކަށް ޖެހުމައްފަހު ވަޅިއެއް ހިފައިގެން އައިސް އީކަންގެ އަތައް ދިނެވެ. އީކަން ކޭކުފަޅާފައި އެތިކޮޅެއް ތާރާގެ އަނގަޔައް ލެއްވިއެވެ. ތާރާ އިނގިލިން އައިސިންކޮޅެއް ނަގާ އީކަންގެ ނޭފަތު ކޮޅުގައި ހާކާލިކަމެއް ނޭނގެ އީކަން އަނެއްއަތުން ތާރާގެ މުޅި އަނގަމަތީގައި ކޭކު ހާކާލިއެވެ. ހަތަރު ކަޅި ހަމަވި ވަގުތު ދެމީހުންގެ ވެސް މޫނުމަތިން ފެންނަމުންދިޔައީ ސީރެސްކަމެވެ. ލޮލުގެ ޒަރީއްޔާއިން އެތަކެއް ވާހަކައެއް ދެމީހުން އެކަކު އަނެކަކާ ހިއްސާކުރިއެވެ. ތާރާ މަޑުމަޑުން އޭނަގެ ހިތުގައި އަތް ޖައްސާލިއެވެ. ހިތުގެ ތެޅުން އަވަހެވެ. ނަމަވެސް ހިއްވަރު ކޮއްފައި އަނެއްފަރާތައް އެނބުރުނީ މިއީ ކަންތައް ވާންޖެހޭ ގޮތްކަމައްނުވާތީއެވެ. އީކަން އަކީ ތާރާގެ ބޭބެއެވެ. ކައިވެނި ހަރާން ދެމީހުންގެ މެދުގައި މިކަލަ ކަންތައް ހިނގައިގެނެއް ނުވާނެއެވެ. ނަމަވެސް މާ ލަސްވެއްޖެއެވެ. އީކަން މިފަހަރު ހުރީ ފުރުސަތު ގެއްލުވާލާގޮތަކައް ނޫނެވެ. އީކަން ތާރާގެ އަތުގައި ހިފައިފައި އީކަން އާ ދިމަލައް އަނބުރާލިއެވެ. އަދި ތާރާގެ ތުންފަތައް ބޮސްދިނެވެ. ލޮލުން ކަރުނަ ފައިބާ ހާލު ތާރާ ދެލޯ މަރާލިއެވެ..
ބޮޑު ގޮނޑީގައި އިށީންދެގެން އިން މާޖިދު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނަގެ އަތުގައި އޮތް ރިޕޯޓުން ދައްކާގޮތުގައި ތާރާ (ނޯޔާ) އަކީ މާޖިދުގެ ދަރިއެކެވެ. މާޖިދުގެ ލެއެވެ…
……..ނުނިމޭ……….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.





me first dhw.. varah reethi mi part vx ❤️..
mi bai ves v reethi????
iam 1st yay cannot wait for the next part???
alhuga first yeyyyyyy
vvvv reeethi .masha allah..curiously waiting for the next part .
when next part.. avahah up kohlaba <3
thank u lucy
Wooooooooooooooooooowwwww ?????
Sis mi prt ves varah reethi..????
thank u no one
Sis avahah up kohdhehche v v reethi??♥
Mi part v romantic dho??? waiting for the next part ??? luv yuh
Ummmwahh?
mi part ves vrh sali
waiting for the next
lysm 🙂 :):)
stay safe dear sissyy
vvv salhi mi prt………waitinggg for nxt prt……lysmmm
thank u shai
Mi part ves vrh Sali Masha Allah. ???????Hama thaaraa is Majid ge daughter eh dhw ??happy to know cause eekaan aa thaaraa ah marry kureveyney thee hehehe??????????
Waiting for next ??
Love uu sis ???❤️❤️
TC ?? stay safe ❤️?
I’m happy toooo riloooooooo ?????????? we guess it correctly ahahahhahahahhahah
Yaaaa afuuu Hama ragalah heekurevuny dhw
Heheheh?????
thank u ril
Masha Allah…Lilly luv u luv u luv u so much???????????thankx avahah up kohdhiniyma nxt prt vx plssssssss…up kodhehchey mihaa avahah… curious to read nxt.. gud luck
thank u laalu
Sis….?wowww…..it’s suprising….i love it so much❤❤…..dhen koba viyaam…..#vira? eh…..mi buniy viyaam an tara eh✌…..edhemiyhun gulheyne nama dhw?…BTW waiting for next part ????
thank u abu
Masha Allah Vrrrr Reethi mipartves waiting for the next part. When next sis. Keep it up be safe sis Lvy?????
thank u shae
Wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow just wow wow wow varah varah varah varah varah varah varah varah reethi mi prt vx ♥️♥️♥️♥️♥️♥️♥️ hama speechless ???? alhe thaaraa n eekan is so sweet now ??? n hama this prt is so funny tooooo ??????? n siss there is a spelling mistake theythakeh noon kiyaanee theyothah ?? hope siss negetive Koh eythi nunagaane kamah Hama bunelee it’s a mistake eh vma siss plx don’t get angry ….. Waiting for nxt !!!!! Alhe dhn kihinei baa vaanee ???? curiously waiting for nxt ???? lysssssmmmmmm ❤️❤️❤️❤️
Stay safe ?????
TC ?????
Saranghae ♥️♥️♥️♥️♥️
Lots lots and lots of love from Afu ❤️❤️❤️?♥️??♥️?♥️?♥️❤️?♥️❤️?♥️?❤️♥️
n ehn mistake ehvx ebain afu ah faahagavaa roekuri eh noon roakuri …… Siss plx don’t take it negetive Koh ??????……. N hope siss rulhi naahnaane kamah ???
thank u afu
Afu sis eh rulhieh Naannaaney aharun mistakes faahaga kohdhinas sis ah ves ragalhu dhw vaane sis ge vhk ge mistakes bunedhineema dhw sis ???????????
Eyrun dhw sis ah mistakes ves ragalhu koh leaveynee ??????eyrun eh nu sis ge vhk furihama vhk akah vaane ???????dhw my lwbi sisoo
Afu pls don’t be sad ….afu and kairaa and lamkko and riloo dheraveema ahuu ves sad v?????????always be happy my lwbi friends ???????
Awn ahuuu happy that u accept me as a frnd did u I will be happy
Ooo shit my lwbi sis nulaa sis sad veema ves ahuu varah sad veyyyyyyyyyyyyyy igey lwbi sisoo ooo ????????????????????????????????????????????????
thank u ahu
What just happen??thaara maajidh ge dhari akah v kihineh???vrh curious kollaafa thi ninmaalee?
Varah varah reethi masha allah???waiting for the nxt part????
thank u ryn
thank u lamko
Cuty pie ???????????
thank u ryn
Sissy.. V. Obi mi part ves.. Sry too late… V. Bxy Koh mi ulheny.. But story V. Salhi ??????????❤️❤️❤️❤️❤️
thank u shyn
Mi part vex v reethi…. Keep it up lilly sis… purple u ???????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️UwU