Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޫކޮށްނުލާނަމޭ ކަލާ – 18

Flame Gurl Level 210 Stories
December 25, 2020 4 Mins Read
0 Comments

“ވާއު ރައާ! ޔޫ ވޮން ޔުއަރ ސެލްފް އޭން އޯވަރ ޕްރޮޓެކްޓިކް ފިއުޗަރ ހަޒްބެންޑް.. ޔަޤީން ރައާ ބޭރަށްދިޔަކަވެސް ނުދޭނެކަން.” ޔަލީނާ އެނދުގައި އޮށޯވެލަމުން ބުންޏެވެ.

އެއާއިއެކު އެންމެންގެ ހުނުމުގެ އަޑުން އެކޮޓަރި ގުގުމައިގެން ދިޔައެވެ. ރައާ ހީވަނީ ލަދުންގޮސް ވިރިދާނެހެންނެވެ. އީހަން އަނެއްކާވެސް ރައާގެ ކޮނޑަށް އަތް ވައްޓައިލުަމަށްފަހު ކުޑަކޮށް ކައިިރިކޮށްލިއެވެ. އެންމެންގެ ހުނުމުގެ އަޑު ކެނޑުނީ އެ ޕްރައިވެޓް ރޫމް ތެރެއަށް ވަދެގެން އައި ދެމީހުން ފެނިފައެވެ. ޔަލީނާ ކުއްލިއަކަށް އެނދުން ތެދުވެގެންގޮސް އަޒްލާންގެ ފުރަގަހަށް ވަދެ ފިއްޔެެވެ. އަޒްލާން އާއި އީހަންއާއި އަކްމަލްގެ ދެބުމަވަނީ ގޮށްޖެހިފައެވެ.

“ފަރްޒީން! މާލިކް! ކަލޭމެން ދެމީހުން ކީތްކުރަން ތިއައީ އޭނ? ޔަލޫގެ ދިރިއުޅުން ކިރިޔާ ހަލާކުނުވީ ފަރްޒީން އެބުނާ ޒަރޫންއަކާއި ހެދި.” އަޒްލާން އެންމެ ފުރަތަމަވެސް ހަޅޭލަވައިގަތެވެ.

ފަރްޒީންގެ މޫނުވަނީ މިލާ މޯޅިވެފައެވެ. އަދި މާލިކްގެ ޙާލަކީވެސް އެއީއެވެ. ފަރްޒީން އާއި މާލިކް ކުށްވެރިއަކު ފަދައިން އިސްޖެހިއެވެ.

“ލީނާ އައި އޭމް ވެރީ ސޮރީ.. ކަމަކާ ނުލައި ލީނާ ކުށްވެރިކުރެވުނީ. ޒަރޫންގެ ފޭކު ރުއިންތަކާއި އާދޭސްތަކަށް ހެއްލުނީ. މަށަށް ހީވަނީ މަށަށް މަޢާފު ހައްޤެއްނޫންހެން. އެންމެ ގާތް އެކުވެރިޔާ ދެއްކި ވާހަކަތައް އަޑު ނާހައި ޒަރޫން ދެއްކި ވާހަކަ އަޑު އެހީ.. ހަޤީޤަތް ނުބަލައި… އައި އޭމް ވެރީ ސޮރީ. ޕްލީޒް ފޮރގިވް މީ. ޕްލީޒް.” ފަރްޒީންއަށް ރޮވުނެވެ.

“އަހަންނަށްވެސް މަޢާފުކުރޭ!” މާލިކްވެސް ހިތްވަރުކޮށްލައިފައި އިސްނަގަމުން ބުންޏެވެ.

އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ކަރު އެލުވައިލަމުން ދެމީހުންވެސް ދާން ހިނގައިގަތެވެ. ކުއްލިއަކަށް ޔަލީނާގޮސްް ފަރްޒީން ގައިގައި ބައްދައިލިއެވެ. ފަރްޒީންވެސް ޔަލީނާ ގައިގައި ބައްދައިލިއެވެ.

“ފަރޫ އައި މިސްޑް ޔޫ.. އެންޑް ޔެސް. އައި ފޮރގިވް ޔޫ ބޯތް.” ޔަލީނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ވެއްޓުނެވެ.

ޔަލީނާ ފަރްޒީން ދުރުކޮށްލުމަށްފަހު އަޒްލާންއަށް ބަލައިލިއެވެ. އަޒްލާން އަދިވެސްހުރީ ހަދާނެގޮތެއް ނޭނގިފައެެވެ. ޔަލީނާ އައިސް އަޒްލާންގެ ގާތުގައި ހުއްޓުނެވެ.

“ލާން! މަށަށް އިނގޭ ތިއުޅެނީ ހަދާނެގޮތެއް ނޭނގިގެންކަން. އެކަމަކު ބުނަން؟ ﷲ ސުބަޙާނަހޫ ވަތަޢާލާ ތައުބާވާ ހުރިހާ މީހުންގެ ތައުބާ އިންޝާﷲ ޤަބޫލުކުރަށްވާނެ. ތައުބާވުމަކީ ދީނުގައި އޮންނަ ކަމެއް. އެހެންވީމާ ނުބައި ކަމެއްކޮށްފަވެސް ތައުބާވެވޭނެ. އެމީހުން އެހެރީ މަޢާފަށް އެދެން އައިސް ދުވަހަކުވެސް މީހަކު ހަމަ ބުނާ ބަހަކަށް ނުހެއްލެން ޢަޒުމު ކަނޑަލއަޅައިގެން. އެއީ ތައުބާވުން. ލާން އަވަހަށްގޮސް މަޢާފުކޮށްބަލަ. ކޮންމެ މީހަކުވެސް ރަނގަޅު މަގުން ދަންޏާ ކިހާ ރަނގަޅުތަ؟” ޔަލީނާ އަޒްލާންއަށް އެދިން ނަސޭހަތަކީ ދީނީ ޢިލްމުވެރިއަކު ދިން ނަސޭހަތެއްކަން ޔަޤީނެވެ.

އެތާ ތިބި އެންމެންވެސް ތިބީ ސޮނި ވެއްޓޭވަރުވެފައެވެ. ޚުދު ޔަލީނާވެސް ހުރީ އެހާ ހައިރާންވެފައެވެ. މިގޮތަށް މީހުންނަށް ނަސޭހަތް ދިނުމަކީ އޭނާ އެއްގޮތަކަށްވެސް ކުރާ ކަމެއް ނޫނެވެ. އަޒްލާން ޔަލީނާއަށް ބަލައިލުމަށްފަހު މާލިކް ކައިރިއަށްގޮސް ހުއްޓުނެވެ. އަދި ބައްދައިލިއެވެ.

“އަޒޭ މަށަށް މަަޢާފުކޮށްފިންތަ؟” މާލިކް މަޑުމަޑުން އެއްސެވެ.

“އާނ! ތިދެމީހުންނަށްވެސް މަ މަޢާފުކޮށްފިން. ޔަލޫ ދޭ އަސަރުގަދަ ލެކްޗަރތަކުންވެސް މީހަކަށް މަޢާފުނުކުރެވޭ ވަރެއްތަ؟” އަޒްލާން އެންމެ ފަހު ޖުމުލަ ބުނީ މަޖާގޮތަކަށެވެ.

“ތެންކިއު ލީނާ. ތެންކިއު އަޒޭ..” ފަރްޒީންއަށާއި މާލިކްއަށް އެހެން ބުނެވުނީ އެކުއެކީގައެވެ.

“ސޯ…ކޭން ވީ ބީ ފްރެންޑްސް އެގެން؟.” ފަރްޒީން އެއްސެވެ.

“ޕްލީޒް..” މާލިކް އެހެން ބުނުމުންް އޭނާވެސް އެހުރީ އަލުން އެކުވެރިންނަށް ވާން ނުހަނު ބޭނުންވެފަކަން އެނގުނެވެ.

“ޔެސް…” އަޒްލާން އާއި ޔަލީީނާ އެހެން ބުނުމަށްފަހު އެންމެން އެންމެންނާއި ތަޢާރަފުކޮށްދިނެވެ.

“އޭތް އަދި ބުނަން ހަނދާންނެތިފައޭ މިހުންނަނީ. މިއަދު ހަތަރެއް ޖަހާއިރު ލީނާ ދޫކޮށްލަޔޯ.” ދަހްލާ ބުންޏެވެ.

“ނޫން.. ދުލެއްނުކުރާނެ.” ޔަލީނާ އެހެން ބުނުމުންް އެންމެން ދެލޯ ބޮޑުކޮށްލަމުން ޔަލީނާއަށް ބަލައިލިއެވެ.

“ކިހިނެތްވީ؟ ލާން ދުަވަހަކުވެސް މަށެއް ދުލެއްނުކުރާނެދޯ ލާން؟…” ޔަލީނާ އަޒްލާންއަށް ދޯ ޖަހައިލިއެވެ.

“އޯހ..މަ މިބުނީ އަޒޭ ވާހަކައެއް ނޫނޭ! މަމި ބުނީ ހޮސްޕިޓަލު ވާހަކައޭ..” ދަހްލާ މޭމަތީގައި އަތް އަޅައިފައި އެހެން ބުނިއިރު ހީވަނީ މިއޮތް ހުރިހާ އިރަކު ދަހްލާހުރީ ހާސްވެފަ ހެންނެވެ.

“އާނ އެހެންވިއްޔާ އޯކޭ! ނުބުނޭވިއްޔާ ހޮސްޕިޓަލެކޭ.” ޔަލީނާ ބުންޏެވެ.

“ހޫނ! މާ ރީތި ފިރިހެނަކު ލިބުނީމަޔޯ މީނަ މި ފޮނި ކަނޑަނީ!” ފަރްޒީން ބުންޏެވެ.

“ކިހިނެތްވީ؟ ޖެލެސްވީތަ؟” ޔަލީނާ ބުންޏެވެ.

“ކީތްކުރަން ޖެލަސްވާނީ. މިހިރީ މަގޭ ގާލްފްރެންޑޭ.” މާލިކް ގަސްތުގައި ފަރްޒީން ލަދުގަންނަވައިލަން ބުންޏެވެ.

“މާލް!!!!!” ފަރްޒީން ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.

“ސީރިއަސްލީ ލަވް..” މާލިކް އެހެން ބުނެލުމާއިއެކީ ހީވީ މާލިކް އޭނާއަށް އުޑުމަތީގައި ހުރި ހުރިހާ ތަރިއެއް އޭނާއަށް ގެނެސްދިން ހެންނެވެ.

“ނިއު ޓޫ ކަޕަލް ލިސްޓަށް އިތުރުވީ ނުން؟..” ޔަލީނާ އަޒްލާންގެ ކޮނޑުގައި އޭނާގެ ކޮނޑު ޖައްސައިލަމުން ބުންޏެވެ. އަޒްލާން ހިނިތުންވުމަކުން ފުއްދައިލީއެވެ.

“ލާން ކީތްވެ އެހާ މަޑުން ތިހުންނަނީ؟” ޔަލީނާއަށް އުނދަގޫވެގެން ބުންޏެވެ. “ކިހިނެތްވީ؟” އަޒްލާން އެއްސެވެ.

“ތިހެން ހުންނައިރު ލާންއަކާ ނުގުޅޭ.” ޔަލީނާ ބުންޏެވެ.

“އެހެންވިއްޔާ ހަޅޭލަވަންވީތަ؟” އަޒްލާން ޔަލީނާ ކަތްފަތް ކައިރިއަށް ގުދުވެލުމަށްފަހު ވަރަށް ބާރަށް ބުންޏެވެ.

ޔަލީނާ ސިއްސައިގެން ދިޔަވަރުން ކޮޅަށް ތެދުވެވުނީ ކިހިނެތްކަމެއްވެސް ނޭނގެއެވެ. ޔަލީނާ ލޯއަޅައިފައި އަޒްލާންއާއި ދިމާއަށް ބަލައިލަމުން އޭނާގެ ކައިރިއަށް އައެވެ. އަދި ޔަލީނާ އަޒްލާންގެ ކޮނޑުގައި ދެތިން ބޮނޑި އަޅައިފައި ހަރަމްބަންނަމުން އަނެއް ފަރާތަށް އެނބުރެލިއެވެ.

“ޔަލޫ އެހާ އަވަހަށް ރުޅި އައީތަ؟” އަޒްލާން ޔަލީނާގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލަމުން ބުންޏެވެ.

“ހަހަހަ…ހީވޭތަ؟” ޔަލީނާ ހިނިތުންވެލިއެވެ.

“ގާއިޒް ހަތަރެއް ޖެހީ!” އަކްމަލް ގަޑި ބަލައިލަމުން ބުންޏެވެ.

“އެެއްޗެހި ޕެކް ކުރަންވީނުން؟” ރައާ ޔަލީނާގެ ފެންފުޅި ކުޑަ ދަބަހަކަށް އަޅަމުން ބުންޏެވެ.

“ތިތާ ތިހިރީ އެންމެ ފެންފުޅިއަކާ…” ޔަލީނާއަށް އިތުރަށް އެއްޗެކޭ ނުބުނެވެނީސް އަޒްލާން އައިސް ޔަލީނާގެ އަނގައަށް ސޮސެޖު ރޯލެއް ވެއްދިއެވެ.

“ކައިގެން ވާހަކަ ދައްކަންވާނީ.” އަޒްލާން ބުންޏެވެ.

“އަޒްލާން!!!!” ޔަލީނާ ސޮސެޖު ރޮލް ދިރުވައިލުމަށްފަހު ހަޅޭލަވައިގަތުމުން އެންމެން ހޭން ފެށިއެވެ.

“ކިހިނެތްވީ؟ އެއްޗެއް ކާންދިނުމުން މަދެކެ އެހާ ރުޅި އައީ؟” އަޒްލާން ދެރަވާގޮތް ދައްކައިލަމުން އެއްސެވެ.

“ކަމް އޯން.. މެރީކުރިއަސް އަދި މަ ކޮންޓްރޯލެއް ނުކުރެވޭނެ. މަ ކާނެ އިރަކުން ކާނީ. މަ ބޯނެއިރަކުން ބޯނީ. ސޯ… ގޮޓް އިޓް؟” ޔަލީނާ ތުންއޫކޮށްލަމުން ބުންޏެވެ.

“ހަހަހަ… ރިއަލީ؟ އެހެންވިއްޔާ ޔަލޫ އުރައިލަންތަ؟” އަޒްލާން އެއްސެވެ.

ޔަލީނާގެ ޖަވާބެއް ނުލިބެނީސްް އަޒްލާންގޮސް ޔަލީނާ އޭނާގެ އަތްދަނޑި މައްޗަށް އުފުއްލައިލިއެވެ. ޔަލީނާ ވެސް އަޒްލާންއަށް ބަލައިލައިފައި ހީލަމުން އަޒްލާން ކޮނޑުގައި ދެއަތުން ހިފަހައްޓައިލިއެވެ.

“ހިނގާ ދާން.” އީހަން ގޮވައިލި އަޑަށް އަޒްލާން ޕްރައިވެޓް ރޫމުން ނިކުތެވެ.

ހަމަ އެތަނުން ނިކުތްތަނާ އެންމެންގެ ލޮލުގެ ޝިކާރައަކަށް އަޒްލާންއާއި ޔަލީނާ ވެގެން ދިޔައެވެ. އަޒްލާން ހުރީ ހަމަޖެހިލައިގެންނެވެ. ނަަމަވެސް ޔަލީނާހުރީ މީހުން ބަލާތީ އަޒްލާންގެ މޭގައި މޫނު ފޮރުވައިލައިގެންނެވެ. އަޒްލާންގޮސް ކާރު ކައިރީގައި ހުއްޓިފައި ޔަލީނާ ބެހެއްޓިއެވެ. އެއިރުވެސް ޔަލީނާހުރީ ލަދުގަނެފައެވެ. މިތަންފެނި އަޒްލާން ލާނެތް ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިކުރުވަމުން ކާރު ދޮރު ހުޅުވައިލިއެވެ. ޔަލީނާ ވަގުތުން އެތެރެއަށް ވަނުމުން އަދިވެސް ހަމައަކަށް ނޭޅޭކަން އެނގެއެވެ.

“އޭތް! ވާހަަކަ ހުސްވީތަ؟” އަޒްލާން ޔަލީނާގެ އަތުގައި ހިފައިލަމުން އެއްސެވެ. އެއިރު އެއަތް ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ.

“ކޮބާ އަނެއް މީހުން؟” ޔަލީނާ އަޒްލާންގެ ސުވާލަށް ޖަވާބުދިނުމެއް ނެތި އެއްސެވެ.

“އެމީހުންގޮއްސި އީންގެ ކާރުގަ.” ޔަލީނާގެ އަތުން ދޫކޮށްލަމުން އަޒްލާން ބުނީ މަގުމައްޗަށް ނަޒަރު ހުއްޓުވަމުންނެވެ.

“ކޮބާ ޔަލޫގެ މަންމަ؟ ބައްޕަ؟” އަޒްލާން އެހި ސުވާލުން ޔަލީނާގެ ހޭޒެލް ބޮޑު ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން އެކަރުނަތައް ފޮރުވުމަށް މޫނު އަނބުރައިލިއެވެ.

އަޒްލާންއަށް މިމަންޒަރު ފެނުމާއިއެކު އެހީ އަހަން ނުވާ ސުވާލެއްކަން އެނގުނެވެ. އަޒްލާން ހަދަންވީ ގޮތެއް ނޭނގިގެންއިން އިރު ޔަލީނާ އިރުކޯކޮޅާ ކަރުނަ ފޮހެލައެވެ. އަޒްލާން އެޕާޓްމެންޓަށް ކާރު މަޑުކޮށްލުމާއިއެކު ޔަލީނާ ފައިބައިގެން އޭނާގެ ބަޔަށްގޮސް ކޮޓަރިއަށްވަނެވެ. އަދި ވަތްގޮތަށް މޫނު މަތީގައި އަތް އެޅިއެވެ. އެވަގުތު އޭނާއަށް ރޮވުނެވެ. އެހެން އިރުކޮޅަކު އިނދެފައި އަލަމާރިން ރަަތްކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޓައިޓެއްނަގައި ފާޚާނައަށް ވަނެވެ. ޔަލީނާ ދިއުމުން އަޒްލާން ކާރު ޕާކްކޮށްފައި އެޕާޓްމެންޓަށްވަނެވެ. އަދި ޔަލީނާގެ ބަޔަށް ވަތްއިރު އެއްވެސް މީީހަކު ނެތުމުން ސޯފާގައި އިށީނެވެ. އެެހެން އިންދައި އަޒްލާންގެ ފޯނަށް ވައިބާރ އިން މެސެޖެއްއައެވެ. އޭގައި ކުޑަކުދިންގެގ ބަގީޗާއަށް އަންނަން އީހަން އެދިފައިވުމުން އަޒްލާން ދާން އުޅުނެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވައިލައިފައި ކަޅުކުލައިގެ ބުރުގާއެއް އަޅައިގެންހުރި ޔަލީނާ ފެނިފައި އަޒްލާން މަޑުކޮށްލިއެވެ.

“ޔަލޫ… ސޮރީ.. އަހަން ނުވާކަހަލަ ސުވާލެއްދޯ އެހުނީ؟” އަޒްލާން ވާހަކަ ދެއްކިއެވެ.

“ނޫން. އިޓްސް އޯކޭ. މަންމަ އާއި ބައްޕަ މަށަށް އެންމެ ހަތަރު އަހަރުގަ ނިޔާވީ! ކާރު އެކްސިޑެންޓެއްގަ. އޭގެ ފަހުން ބޮޑުދައިތަ މަ ގެންގުޅުނީ. ބޮޑުދައިތައަކީ ލައާލީގެ މަންމަ.” ޔަލީނާ ބުންޏެވެ.

ޔަލީނާއަކީ އެއިރު ޔަތީމެއްނުންހޭ އަޒްލާން ހިތަށް އެރިއެވެ. އަޒްލާން ޔަލީނާގެ ހާލަށްޓަކައި ހަމްދަރުދީވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

އެކުއްޖާ 2 – 10

Next

ފަތްގަނޑު ފުރޭތަ 5

Next
December 25, 2020

ފަތްގަނޑު ފުރޭތަ 5

Previews
December 25, 2020

އެކުއްޖާ 2 – 10



All Right Reserved!