މަލްޝާ އެކަނިމާއެކަނި ރަށުތެރެ ބަލައިލުމަށްޓަކައި ބައިސްކަލު ދުއްވަމުން ދިޔައެވެ. ރީތި ދުވަހެއްކަމުން ޖެހޭ ފިނި ވައިރޯޅިން އިސްތަޑިގަނޑަށް އުންދަގޫ ކުރަމުން ދިޔައެވެ. ދުއްވަމުން ދަނިކޮށް ރުށްތަކެއް ފެނުމުން އެ ދިމާލަށް ބައިސްކަލު އަނބުރާލިއެވެ. އެ ގޯޅިން ލާފަ ދަނިކޮށް ރަށުގެ ފުޓުބޯޅަ ދަންޑު ވެސް ފެނުނެވެ. އެ ދަންޑަކީ މަލްޝާ ހީކުރި ވަރަށް ވުރެ ބޮޑު ދަންޑެކެވެ. ރީތި ފެހިކުލަކަންގަދަ ވިނަގަނޑެއް ލީ ކާޕެޓެއް އަޅާފަ އޮންނައިރު ބޭރުގައުމުތަކުގަ ކުޅޭ ސްޓޭޑިއަމް އަކަށް ދޫނުކުރާނެވެ. ދަންޑާ ތަންކޮޅެއް […]
ގެއަށް ވަދެވުމާއެކު މަލްޝާ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއަށެވެ. ހުދު ފާރުތަކެއް ހުރި ކޮޓަރީގެ އެކި ވައްތަރުގެ ހިއްގައިމު ތަސްވީރުތަކުން ވަނީ ފުރާލާފައެވެ. މުޅި ކޮޓަރީގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް މަލްޝާ އަކީ ކުރެހުމަށް ލޯބިކުރާ ހުނަރުވެރި ކުއްޖެއްކަން ފާހަގަވެގެން ދެއެވެ. ކޮޓަރީގެ އެއްބިތަކަށް އެނދަކާއި ރީތިވާ މޭޒެއް އިނެވެ. އަދި ވަކިން ކުޑަ ކޮޓަރިއެއްގޮތަށް އިންނަތަންކޮޅުތެރޭ އަލަމާރި އަކާއި ފާހަނާ އެއް އިނެވެ. ކޮޓަރީގެ މެދުން ފަރުދާލީ ކަހާލެވޭ ދޮރު ހުޅުވާލުމުން ޑެކް އެއް ގޮތަށް […]
މަލްޝާ. ދަރިފުޅާ އަވަސްކޮށްބަލަ. ގަޑިޖެހެނީ އެޔޮއް. ލައްބަ މަންމާ މި ނިކުންނަނީ. މަލްޝާ އަކީ ޖަލާލުއްދީން ސުކޫލުގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ނަމަވެސް ބައްޕަގެ ވަޒީފާގެ ހާލަތު ހުރިގޮތުން މަލްޝާމެންނަށް ރަށަށް ބަދަލުވާން ޖެހުނީއެވެ. އާ ސުކޫލަކަށް ދެވޭތީ މަލްޝާ ހުރީ ވަރަށް އުފާވެފައެވެ. އުފާވެރިކަމާ އެއްވަރަށް ހިތްވެސް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. މުޅިން އާ ފެށުމެކެވެ. އާ ތަޖުރިބާ ތަކެއް، އާ ކުއްޖެކެވެ. ރާއީކް. ކޮބާ ސައިބޯނިންމާލާ އަވަހަށް. މި ނިމެނީ. ރާއިކް އަކީ […]
މަލްޝާ އަކީ އާދައިގެ ފޯރުންތެރި އާއިލެއްގެ ކުއްޖެކެވެ. މަލްޝާ އަކީ އެ އާއިލާގެ ހެރި ހަމައެކަނި އަންހެން ކުއްޖާ ކަމުން ހުރިހާ އެންމެންވެސް މަލްޝާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް މަލްޝާ އެންމެ ބޭނުންވި އެއްޗަކީ މިނިވަން ދިރިއުޅުމެކެވެ. އެހެން ކުދިންހެން މަޖާކޮށްލާ އާ ކަންތައްތައް ތަޖުރިބާ ކޮށްލުމަށެވެ. މި ދިރިއުޅުން ހޯދުމަށްޓަކައި ބޮޑު ބިޔަ ރާޅުތަކުގެ ކަނޑުގައި ދަތުރު ފަށައެވެ. ނާއިފް އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އުޅުމާ ބަލާފަ އެއީ އާއިލާގެ […]
ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެމުންދާ ކަމުގެ ނިށާންތައް އުޑުމަތީގައި ހުރި ވިލާތަކުން ފެންނަމުން ދެއެވެ. ފާތިހު ގެއަށް ދާން ހިނގައިގަތްތަނާ ކުށްލިއަކަށް އިވުނީ ހޭޅިތަރެއިން މީހަކު ކުކުރާ އަޑެވެ. އެ އަޑު އިވިފައި ފާތިހު ދިޔައީ ސިއްސައިގެންނެވެ. ނާމާން ތަނަކުން އެފަދަ އަޑެއް އިވުމުން ވާނީ ވެސް އެހެނެއް ނޫންހެއްޔެވެ؟ ކޮންމެއަކަސް ދެތިން ދުވަސް ފަހުން އިވުނީ އަޖައިބުން ފުރިގެންދާނޭ ފަދަ ވާހަކަ އެކެވެ. ރަށުގަ މީހަކު ގެއްލިގެން އެ މީހަކު ހޯދުމަށްޓަކައި މަސައްކަތް […]