Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ކުރި ދަތުރު 2

darkqueen38
darkqueen38 Level 210 Stories
August 2, 2023 4 Mins Read
4 Comments

ގެއަށް ވަދެވުމާއެކު މަލްޝާ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއަށެވެ. ހުދު ފާރުތަކެއް ހުރި ކޮޓަރީގެ އެކި ވައްތަރުގެ ހިއްގައިމު ތަސްވީރުތަކުން ވަނީ ފުރާލާފައެވެ. މުޅި ކޮޓަރީގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް މަލްޝާ އަކީ ކުރެހުމަށް ލޯބިކުރާ ހުނަރުވެރި ކުއްޖެއްކަން ފާހަގަވެގެން ދެއެވެ. ކޮޓަރީގެ އެއްބިތަކަށް އެނދަކާއި ރީތިވާ މޭޒެއް އިނެވެ. އަދި ވަކިން ކުޑަ ކޮޓަރިއެއްގޮތަށް އިންނަތަންކޮޅުތެރޭ އަލަމާރި އަކާއި ފާހަނާ އެއް އިނެވެ. ކޮޓަރީގެ މެދުން ފަރުދާލީ ކަހާލެވޭ ދޮރު ހުޅުވާލުމުން ޑެކް އެއް ގޮތަށް އިންނަ ހިތްފަސޭހަ ތަންކޮޅަކަށް ނިކުމެވެއެވެ. ޑެކް މަތީގައި ރީތި ކުޑަ މޭޒަކާއި ދެގޮނޑި އިނެވެ. ޑެކް މަތިން ހިނގާލާފައި އެއް ކޮޓަރިން އަނެއް ކޮޓަރިޔާ ހަމައަށް ދެވޭނެވެ.

ދަބަހާ އެނޫނަސް ކިޔަވަން ގެންގުޅޭ ސާމާނު ހުންނަން ޖެހޭ ކަބަޑުތަކުގެ ތެރެއަށް ލިއެވެ. ފާހާނާ އަށް ވަދެ ފެންވަރާ ނަމާދުކޮށް ކާން ދިޔުމަށް އަވަސް ވެގަތެވެ. ކޮންމެ އާއިލާއެއްގެ ތެރޭގައިވެސް އެ ބަޔެއްގެ އާދަކާދައާއި ސަޤާފަތެއް ގެންގުޅެވެ. އެގޮތުން މިގޭގަ ގެންގުޅޭ އެއް އާދައަކީ އެއް ސުފުރާ މައްޗަކުން އާއިލާ އެއްކޮށް ކެއިން ބުއިމެވެ. މިއީ ޖައިދާން އާއި އައިދާ ޚާއްސަ ސަމާލުކަމެއް ދީގެންމިއަދާ ހަމައަށްވެސް ކުރަމުން އަންނަ ކަމެކެވެ. ޖައިދާން ޤަބޫލު ކުރާ ގޮތުގައި މިހާރުގެ ތަހުޒީބީ ޒަމާނުގައި ބޮޑުވަމުން އަންނަ ކުދިންގެ އެއްވެސް ރީތި އާދަކާދަތަކެއް ނުހުރެއެވެ.

މި ސަބަބާ ހުރެ ކާގަޑީގައި ވަކި އުސޫލުތަކަކަށް ޢަމަލުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ކާމޭޒަށް އަރަންވާނީ އެއްވެސް ޓެކޮނޮލޮޖީގެ ވަސީލަތެއް ނެތިއެވެ. އެ ވަގުތު ކޮޅަކީ އެ ދުވަހުގެ ކަންތައްތައް ހިނގައިދިޔަ ގޮތް އޮޅުންފިލުވާލާ ވަގުތުކޮޅަކަށެވެ. އެކަކު އަނެކަށް ދިރިއުޅުމުގައި ހިނގާ ކަންތައްތަކާ މެދު މަޝްވަރާކޮށް ގުޅުން ބަދަހިކޮށްލާ ވަގުތުކޮޅަކަށެވެ. އެކުވެރި އާއިލާއެއް ބިނާކުރެވޭނީ އެ އާއިލާގެ ހުރިހާ މެންބަރުންގެވެސް އެއްބާރުލުން ލިބިގެން ކަން މި އާއިލާ ނަމޫނާ މިސާލަކަށް ފުދެއެވެ. މަލްޝާ ކާގޭތެރެއަށް ވަންއިރު ބައްޕަ އާއި ތުއްތު ހުއްޓެވެ. ސުފުރާ މައްޗަށް ކާއެއްޗެތި އަތްގާތްކޮށްދޭން ހުއްޓާ ކާކޮޓަރި ދޮރު ހުޅުވާލި އަޑަށް އެންމެންގެ ކަޅި އެ ދިމާލަށް އަމާޒުވިއެވެ.

ކާކޮޓަރިއަށް ވަންނީ ދޮންބެއެވެ. ކޮބާ ދަރިފުޅު ދަތުރު ކިހިނެއްތަ. ރަންގަޅު. ދޮންބެ މާއިދު އަކީ ޕައިލެޓެކެވެ. މި ސަބަބާހުރެ ގިނަ ވަގުތު ހޭދަކުރަން ޖެހެނީ ރަށުން ބޭރުގައެވެ. ކޮން ރިޒޯޓަކަށްތަ ދިޔައީ ދަރިފުޅު. ލަވިސްޓާއަށް. އެހެންތަ. ދެން އެތާ ކާއެއްޗެހި މީރުތަ. ދެން މަންމަ ދައްކާ ވާހަކަ ދޯ. މަންމަ އެއްނު ތީ މައި ޕާރސުނަލް ށެފް. ހޫން. ދެންދޭ އަނގަގަދަނުކޮށް އަވަހަށް ފެންވަރާގެން އަންނަން. އަވަސްކޮށްލައްޗޭ އިނގޭ. ހޫމް. މަލޫ. ލައްބަ. ފުރަތަމަ ދުވަސް ވީމަ ކިހިނެއް ދިޔައީ. ރަނގަޅަށް. އެކަމު ވަރަށް ނާވަރސް ވެފަ ހުރީ ދިޔައިރު އެކަމު ފަހުން އޯކޭވި. އެހެންތަ. ދެން އެކުވެރިޔެއް ލިބިޖެއްތަ. ނޫން. އެހެންތަ. ދަރިފުޅު ވާނެ އެހެންކުދިންނާ އެކުވެސް ގުޅިގެން އުޅެން. އޭރުން ރަނގަޅު އެކުވެރިޔެއް ލިބޭނެ. ލައްބަ. ކުރިން އަހަރުތަކެކޭވެސް އެއްގޮތަށް ރަނގަޅު ނަތީއްޖާއަކާ އެކު ބައްޕަމެން ސަޕްރައިޒް ކޮށްލައްޗޭ އިނގޭ. އިންޝާﷲ.

ޕިސްޕިސް. ނާއިފޫ ދަރިފުޅާ ކާން އާދެބަލަ. ޒައިޝާ ނާއިފް ގެ ކޮޓަރީގެ ދޮރުގަ ތަޅަންފެށިއެވެ. ހުޅުވާފައޭ މަންމާ. ޒައިޝާ ދޮރު ހުޅުވާލި އިރު ނާއިފް ގޭމުކުޅޭ ކަނުގައި އިން ސޯފާގާ ފޯނު ހިފައިގެން އޮތެވެ. އަދި ތިއޮއްތީ ފެންނުވަރާ. މަގޭ ހިތަށް އަރާ ކޮންތާކުން އައި ކަންނެތް ފިރިހެނެއް ބާއޭ މަށަށް މި ލިބުނީ. ރިލޭކްސް މަމް. ޗިލްލް. މި ދަނީއްޔޭ އިރުކޮޅަކުން. ތި އިރުކޮޅެއް ގޮވާތާ ވެސް މިހާރު ދެގަޑީރުވީ. ހޫމް މި ދަނީ . ކިތައް މިނޭޓު. 20. ނޫން 15 މިނޭޓު ލިބޭނީ. ފައިން. މަންމަ ދިޔުމުން ކޮޓަރި ދޮރު ތަޅުލުމަށްފަހު ފާހަނާއަށް ދިޔައެވެ. މަޑު ނޫކުލައިގެ ފާރުތަކެއް ލާފަ ހުރި މި ކޮޓަރިއަކީ ވަރަށް ރީތި ކޮޓަރިއެކެވެ. އެންމެ ފަހުގެ ފަރުނީޗަރުތަކުން މުޅި ކޮޓަރި ވަނީ ޒީނަތްތެރިކޮށްފައެވެ. ކޮޓަރީގެ ވައަތު ފަޅި ކަނު ބިތުގައި ސިޑިއެއް އިނެވެ. ސިޑިން މައްޗަށް އެރުމުން ބޮޑު ލައިބްރަރީއެއް ކަހަލަ ތާކަށް ވަދެވެއެވެ. ލައިބްރަރީ ގެ ކަނާއަތު ބިތުގައި އެންމެ ފަހުގެ ކިޔަވާ މޭޒެކާއި ގޮނޑިއެއް އިނެވެ. އަދި ތަންކޮޅެއް ދުރުގައި ބީންބޭގެއްގެ އިތުރުން އިންޑޯރް އިނދޯއްޔެއްވެސް އިނެވެ. ލައިބްރަރީގެ ވާއަތް ފަޅީގަ ކުޑަ ވަރެއްގެ ކަބަޑުލީ މޭޒެއް ހުއްޓެވެ. ކަބަޑުތަކުގެ ތެރޭގައި ތައްޓާއި ޖޯޑު ހުއްޓެވެ. ކޮފީ ހޮޓްޗޮކްލެޓު ފަދަ ތަކެތި ހެދޭނެ ގޮތަށް ބޭނުންވާ ހުރިހާ ސާމާނެއް ވަތްގަނޑުތަކުގައި ހުރެއެވެ. މީގެ އިތުރުން މިނީ ފްރިޖެއްވެސް އިނެވެ. ސިޑިން ފޭބުމާއެކު ސިޑި އާއި މާ ދުރުނޫން ތަންކޮޅެއްގައި ފާހަނާ އެއް އިނދެއެވެ. ބޮޑު ފާހަނައެއްކަމުން އަލަމާރިއަށްވެސް ވަކިން ތަނކޮޅެއް އިނދެއެވެ. އަލަމާރިން ގަދަ ނޫ ކުލައިގެ ޓީށާޓަކާއި ހުދު ސޯޓެއް ނެގިއެވެ.

ކާން ދިޔައިރު ކާން ހުރީ ޕާސްތާއެވެ. ކޮބާ ނަފޫ އާ ނާޔޫ އާ. އެކުދިން ވެއްޖެ ކައިގެން ބެޑްމިންޓަންކުޅެން. ކިހިނެއްތަ މިޔަދު ސުކޫލު. ދެން ރަނގަޅު. މަންމަ އަޑުއެހިން އާ ކުއްޖެއް އައި ވާހަކަ. އެއީ ތެދެއްތަ. ހޫމް. މަލްޝާ ކިޔާ ކުއްޖެއް އައީ. އެހެންތަ. ކޮން ސުކޫލަކުން އައި ކުއްޖެކޯ. ޖަލާލުއްދީން. އެހެންދޯ. މަންމަ ކިހިނެއްވީ. ކަމެއް ނުވޭ. އޮވްހް. ކައިނިމިގެން ޕޫލްގެ ބިއްދޮށު ފަރާތަށް ދިޔަައީ ކުޅޭތަން އޮންނަނީ އެތަނުގަ ވީމައެވެ. އެ ގެއަކީ ވަރަށް ބޮޑު ގެއެކެވެ. ޒަމާނީ ފެންވަރަށް ހަދާފައިން ހަތަރު ފަންގފިލާލީ ބޮޑު އިމާރާތެކެވެ. އެގޭގަ ބޮޑު ޕޫލްއެއް އޮވެއެވެ. ޕޫލްގެ ބިއްދޮށު ފަރާތުގައި ކުޅެން ބޮޑު ކޯޓެއް ފަދަ ހުސްތަންގަނޑެއް އޮވެއެވެ.

ކޯޓުގައި ބެޑްމިންޓަން ކުޅެން އުޅޭތަން ފެނި ނާއިފްވެސް ކުޅޭހިތްވިއެވެ. ނަފޫ ދީބަ ދޮންބެ ކުޅެލަން. ދޮންބެ ވާރސެސް ނާޔޫ ދޯ. ހޫމް. ނާޔޫ ދޮންބެ ބަލިކޮށްލާނަން އެނގޭ. އެހެންތަ. ނާޔޫ ވިލް ލޫޒް ފަރސްޓް. ނޯ އައި ވޯންޓް. ފެށުން އޮތީ ނާޔާ އަތުގައެވެ. އެންމެ ފުރަތަމަ އެއްލި އެތި ނާއިފަ ކާމިޔާބު ކަމާއެކު ހިފިއެވެ. ކިތައް ސެޓު. 10 ސެޓު. އޯކޭ. ނާޔާ އަކީ ވަރަށް ވެސް ހަލަނި މިޒާޖެއްގެ ކުއްޖެކެވެ. އުސްތަންތަނަށް އަރާ ފުންމުމަކީ އޭނާއަށް އާ ކަމެއް ނޫނެއެވެ. އޯހް މޭން. ހަހަހާހަ. ބުނީމެއްނު އޭރުވެސް ނާޔޫ ދޮންބެ ބަލިކޮށްލާނަމޭ. ކޮއްކޮމެންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު ކޮޓަރިއަށް ދިޔައެވެ.

އޭތް ކައި. ކައިރާ. މި ދޮރުގަނޑު ހުޅުވާނީތަ ނޫނީ ވައްޓާލަންވީތަ. އެއީ ރައިނާ އެވެ. ކިހިނެއްވީ. ދޮރު ހުޅުވުމަށްފަހު ކަންނެތް ކަމާއެކު އެނދަށް ވެއްޓިގަންނަމުން އަހާލިއެވެ. މިޔަދު އަޔެއްނު ދޯ އާ ކުއްޖެއް. ހޫން. އެއްކަލަ އަންހެނާ ކިހިނެކޯވީ. މަށަށް ހީވަނީ އޭނަ ވަރަށް ކިޔަވަން މޮޅުހެން. ތީ ހީވާ އެއްޗެއް. އަދި ކިރިޔާ އެ ކިޔެވުން ފެށީ. އެކަމަކުވެސް މަށަށް ހީވަނީ އެހެން. ދެން ހެޔޮ. ހުއްޓާލާ. ކައި އެއްޗެއް ކާފިންތަ. ކާހިތެއް ނެތް. ކަޕްކޭކެއް ކާފިން. ފިސްފިސް. ފޮނިކާދާތާ. ކީކޭ. އެއްޗެކޭ ނޫން. ހަނދާން ކުރާތި މަށާ ދިމާލަށް ފާޑުފާޑުގެ އެއްޗެހި ކިޔަންޏާ ތަގޭ ހުރިހާ ސިއްރެއް ބޭރުކޮށްލާނަން. ކައިރާ ފަހުބަސް އިއްވާލުމުން ރައިނާ ގެ އަނގަ ބަންދުވިއެވެ.

ރާއީ. ގޭތެރެއިން ރާއިކް ގެ އަޑެއް ބަޑެއް ނީވުމުން ލުއާ މިސްރާބު ޖެހީ ރާއިކް ގެ ކޮޓަރިއަށެވެ. މަޑު ޕީޗުކުލައެއް ލާފަ ހުރި ހިއްގައިމު ކޮޓަރިއެކެވެ. މި ކޮޓަރީގެ ހުރިހާ ފަރުނީޗަރެއްވެސް ހަދާފަ ވަނީ ޒަމާނީ ވައްތަރުޖަހާ ޚާއްސަ ލަކުންޑީގެ ބާވަތަކުންނެވެ. މި ކޮޓަރީގެ އެންމެ ހިއްގައިމު ތަންކޮޅަކީ ކޮޓަރީގެ މެދުން އިންނަ ކުޑަދޮރެވެ. އިށީންދެވޭ ގޮތަށް އަރާމު ކުށަން ތަކާއެކު އިންނަ މި ކުޑަދޮރަކީ ރާއިކް އަށް މުޅި ކޮޓަރީންވެސް އެންމެ ކަމުދާ ތަންކޮޅެވެ. ކުޑަދޮރުން ފިނިވައިރޯޅި ޖެހެމުން ދިޔައިރު ފާރުގައި ބުރަކަށިޖައްސާލައިގެން ވާހަކަ ކިޔައިން އިން ރާއިކް އިނީ ފޮތުގެ ތެރެއަށް ގޮސްހުސްވެފައެވެ. ވަށައިގެންވާ މާހައުލުން ރާއިކް އަށް އަޑެއް ބަޑެއް ނީވޭ ފަދައެވެ. ވާހަކަ ފޮތުގެ ދުނިޔެއިން ބޭރުވެވުނީ އޭނާ ގެ ދޮންތަ ލުއާ އޭނާ ވާހަކަ ކިޔަން އިން އައިޕެޑް އަތުލުމުންނެވެ. ސިއްސައިގެން ދިޔައެއް ކަމަކު މީހާ ހަމަޖެހިލަމުން އަހާލިއެވެ. ދޮންތަ ކިހިނެއްވީ. ރާއީ މިޔަދު ނުވެސް ކާ ދުވަހެއްތަ. އުންހޫ. އަޅުގަނޑު ކާފިން. ދޮންތަ ކޮޓަރީ ޓަކިދިނިން ދެތިން ފަހަރަކު. އެހެންތަ. ދޮންތަ އެގަޑީ ހުރީ ނަމާދަށޭ. އޯކާވާނެ. މިޔަދު ސުކޫލު ކިހިނެއް. ދެން ރަންގަޅު. ދޮންތަ އަށް ވެސް އެންގޭނެންނު ފުރަތަމަ ދުވަސް ދާނެގޮތް. ހޫމް. ދޮންތާ މިޔަދު ހަވީރު ހިންގާލަން ދިޔަޔަސް އެންމެ ރަންގަޅުތަ.ހޫމް.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

އެކުވެރިޔާ

Next

ގަނޑުވަރުގެ ސިއްރު 4

Next
August 2, 2023

ގަނޑުވަރުގެ ސިއްރު 4

Previews
July 31, 2023

އެކުވެރިޔާ

4 Comments!

  1. Aluu says:
    August 3, 2023 at 7:06 am

    Mi part ves vrh reethi
    Ekam adhi ves dialogue thah hury egothah vaki nuve
    Ehen authors ge vaahaka kiyaalaba eyrun vrh faseyha in improve vaane IA
    Mi faharu thankolheh avahah next part genesdhehchey

  2. darkqueen38 darkqueen38 says:
    August 3, 2023 at 11:35 am

    Alright
    Thank you varah bodah mistakes thah kiyaadheythi
    3 vana part faharegga lasvedhaane
    Alhugandu liyamun upload kuraathi ve kudakoh undhagoo adhi but insha allah im hoping i will get used it.

  3. 🤍💫 says:
    August 6, 2023 at 12:31 am

    Next when ?

  4. darkqueen38 darkqueen38 says:
    August 6, 2023 at 7:18 pm

    Insha Allah I will try to upload next part soon

Comments are closed.

Next Episodeލޯބީގެ ކުރި ދަތުރު 3←


All Right Reserved!