މި ވާހަކަ އަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. 18 އަހަރުގެ ރެވިޔާ އަކީ އަމިއްލަ އަށް ދިރިއުޅުމަށް މަސައްކަތް ކުރާ ހީވާގި މީހެކެވެ. މުރާލި ކަމާ އެކީ ވަޒީފާ އަށް ގޮސް ކިޔަވަމުން އަންނަ މީހެކެވެ. މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގައި ތިބެނީ ދެބޭއިންނެވެ. ހަތަރު މީހުން ހިމެނޭ މި ކުޑަ އާއިލާ އަކީ އުފާވެރި އާއިލާއެކެވެ. މި ކުޑަ އާއިލާ އަށް އިތުރު މެހެމާނަކު އަންނަ ޚަބަރު […]
ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އުފަލާއި ހިތާމަ އެކުލެވިގެންވެއެވެ. އެއް ދުވަހު އުފާވެރި ޚަބަރަކުން ދުވަސް ފެށިއްޖެނަމަ އޭގެ އަނެއް ދުވަހު ހިތާމައާ ކުރިމަތިލާން ޖެހެއެވެ. މިއީ ދިރިއުޅުމުގެ އުސޫލެވެ. އެއްވެސް އެނގުމެއްނެތި ދިރިއުލުމުގައި ހިނގާ ކޮންމެ ހާދިސާ އަކުން ވެސް ލިބެނީ އައު ތަޖުރިބާއެކެވެ. ދަސްވެގެން ދަނީ އައު ފިލާވަޅުތަކެވެ. ހިތްވަރާ އެކީ ދިރިއުޅުމުގައި ކުރިއަށް ދިޔުމާއި ނުދިޔުމަކީ އެ މީހަކު އަމިއްލަ އަށް ނިންމާ ނިންމުމެކެވެ. މި ވާހަކަ އަކީ ވެސް މީހެއްގެ ދިރިއުޅުން […]
އާ ދުވަހެކެވެ. ލޯގަނޑު ކުރިމަތީ ބުރުގާ އަޅަން ހުރިއިރު އިރު ކޮޅު ކޮޅާ ގަޑިއަށް ބަލައިލައެވެ. ހީވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭ ހެންނެވެ. މައިރީން އަކީ ވިސްނުން ތޫނު ކުއްޖެކެވެ. ގަދައަޅާ ކިޔެވުމަށް މަސައްކަތް ކުރާނަމަ މައިރީން ވެގެން ދާނީ ސުކޫލުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހޮވާލެވޭނެ ދަރިވަރަކަށެވެ. ” ރީން، އަވަސްކޮށްލައިގެން އާދޭ.” އެއިވުނީ ބޮޑުދައިތަގެ އަޑެވެ. މައިރީންގެ ހުރިހާ ވެސް މީހަކީ ބޮޑު ދައިތައެވެ. ބޮޑު ދައިތަގެ ވާހަކަތަކުން އިންގޭ ގޮތުގައި […]
ގަނާގެ ޝިކާރައަކަށް ވުން އެއީ އަހަރެންގެ ކުށް ހެއްޔެވެ؟. ކުދިންގެ މަލާމާތުގެ އަމާޒު ފަތްގަނޑަކަށްވުން އެއީ އަހަރެންގެ ކުށް ހެއްޔެވެ؟. މައިންބަފައިން ދިރިހުރެ އެ މީހުންގެ އަޅާލުން ނުލިބުމަކީ އަހަރެންގެ މައްސަލަ ހެއްޔެވެ؟. ދިރިއުޅުމަކީ ކުޑައިރު ކުޅެން ގެންގުޅުނު ރާވާ ޕަޒްލް އެކޭ ވެސް ހިތަށް އަރައެވެ. ތަސްވިރު ފުރިހަމަ ކުރުމަށްޓަކައި އޭގެ އެކި ބައިބައިތައް ފުރިހަމަކޮށް ވަކި ތަރުތީބަކުން އަތުރަން ޖެހެއެވެ. ހަމަ މި ބީދާއިން ދިރިއުޅުމުގައި ވެސް އެކި މަރުޙަލާތައް ކަޑައްތުކޮށް ވަކި މިސްރާބަކަށް […]
އެއީ މީގެ ފަސް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 18 އަހަރެވެ. ރަން ވަނަ ތަކާއެކު ސުކޫލު ދައުރު ނިންމާލީ ފަޚުރުވެރި ދެވަނަ ދަރިވަރެއްގެ ގޮތުގައެވެ. ސުކޫލު ދައުރު ނިންމާލުމަށްފަހު އަހަރެން އިންގުލެންޑަށް ފުރުން ވީ އަަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލި ކަމަކަށެވެ. ރުކާޝް އަކީ ތުއްތު އިރުއްސުރެ މިއަދާ ހަަމައަށް ޖެހެންދެންވެސް ދެބަސްވުމެއް ނުވާ އެކުވެރިޔާއެވެ. ކޮންމެ ކަމެއްވެސް އެންމެ ފުރަތަމަ ހިއްސާކޮށް ޚިޔާލު ހޯދާ އެކުވެރިޔާ އަކީ ރުކާޝްއެވެ. ސުކޫލު ދައުރު […]
” އެއީ އަލައިކާ އެހެން ބުނި އެއްޗެއް ނޫނޭ.” ” ޔަދާ ރުޅި ނާންނައްޗޭ.” ” އޭތް!.” “އެންގޭތަ.” ” އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އިފްޒަން ހުރީ ހުހަށޭ ބުނީމަ.” ” އިށީންދެގެން އިން ޔަދާ ދިމާލަށް ގޮނޑި އަނބުރާލާމުން ސަފްލީން ބުނެލިއެވެ.” ” އޭނާ މިހާރު ހުރީ ހުހަށޭ؟.” ” ކުރިން އުޅުނީ ފާޑެއްގެ ކުއްޖަކާ ރައްޓެހި ވެގެން.” ” ދޯ ޔަދާ.” ” މި ޔަދާ އަށް އިފްޒަންގެ ކަންތައްތައް ރަންގަޅަށް އިނގޭނީ.” […]
ރައިޒެލް އަކީ އަނާޔާގެ ދެލޮލުގެ ނޫރުއެވެ. އެ ލޮލުގެ ފިނި ކަމެވެ. އެހާ ވެސް ލޯބިވެއެވެ. އާއިލާގައި ދެން ތިބި ދެ މާމަ ދަރިންނަށްވުރެ އަނާޔާ އަށް ރައިޒެލް ޚާއްސައެވެ. އަނާޔާގެ ހަރަކާތްތައް ފެނި ރައިޒެލްގެ ހިތަށް ހަމަޖެހުން ގެނެސް ދިނެވެ. މިޔަދު އޭނާ އަށް ދަސްވި ރީތި އާދަ އެއް ވެއްޖެއްޔާ ދަސްވެފައި ވަނީ އެ މާމަ ފަރާތުންނެވެ. އަނާޔާ އަށް ވުރެ މިޔަދު އިސްކޮޅުން ދިގު ކަމުގައި ވިޔަސް އިޙްތިރާމް ކުރުމުގައި އަނާޔާގެ ހުރިހާ […]
” ވަރަށް ފޫހިވޭ!” ” މި މީހާ މިތަނުން ދާކަށް ވެސް ނޫޅެޔޭ.” ” އިއްޔެ ވެސް ސުޕަވައިޒަރަށް ހުންނަ އަކުމަލް އަށް ގުޅާފަ އަހާފިޔޭ ރިސެޕްޝަނުގަ އިންނަ ދޮން ކުއްޖާ އަންނާނީ ކޮން އިރަކުންހޭ.” ” އަކުމަލް ވެސް ހުންނަނީ ފާޑަކަށް.” ” އަދި މަށާ ދިމާލަށް އޭނާ ވެސް ބުނަނީ ރިސެޕްޝަންގެ ފޯނުން މީސް މީހުންނަށް ނުގުޅައްޗޯ.” ” އެއީ އަމިއްލަ ބޭނުންތަކަށް ލާފައި ހުރި ފޯނެއް ނޫނޯ.” ” ޕާރސަނަލް ކަންތައްތައް އޮފީހާއި […]
ރައިޒެލް އަށް އެ ކުޑަ ފިރިހެން ކުއްޖާގެ އަތުގައި ހިފައިގެން ހުރެ ހިނގަމުން އަންނަ އަންހެން ކުއްޖާ އަށް ބަލާލިއެވެ. ސިކުނޑީގެ ފޮރުވިފައިވާ ބައެއްގައި މީހަކު ކޮށްޓާލިހެން ހީވިއެވެ. އޭނާ އަށް އެ އަންހެން ކުއްޖާގެ މޫނުން ދަންނަ ވައްތަރު ޖެހިއެވެ. އާމިރު ކާރު ދުއްވާލަން އުޅެން ފެށުމުން އިހަށް މަޑުކޮށްލުމަށް ރައިޒެލް އެންގިއެވެ. އަދި ކާރުގަ ކައިރިން ލާފައި އޭނާ އަށް ފެނުނު ކުޑަ ފިރިހެން ކުއްޖާ އާއި އޭނާގެ އަތުގައި ހިފައިގެން ހުރި އަންހެން […]