Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބީގެ ކުރި ދަތުރު 3

darkqueen38
darkqueen38 Level 210 Stories
August 8, 2023 4 Mins Read
2 Comments

މަލްޝާ އެކަނިމާއެކަނި ރަށުތެރެ ބަލައިލުމަށްޓަކައި ބައިސްކަލު ދުއްވަމުން ދިޔައެވެ. ރީތި ދުވަހެއްކަމުން ޖެހޭ ފިނި ވައިރޯޅިން އިސްތަޑިގަނޑަށް އުންދަގޫ ކުރަމުން ދިޔައެވެ. ދުއްވަމުން ދަނިކޮށް ރުށްތަކެއް ފެނުމުން އެ ދިމާލަށް ބައިސްކަލު އަނބުރާލިއެވެ. އެ ގޯޅިން ލާފަ ދަނިކޮށް ރަށުގެ ފުޓުބޯޅަ ދަންޑު ވެސް ފެނުނެވެ. އެ ދަންޑަކީ މަލްޝާ ހީކުރި ވަރަށް ވުރެ ބޮޑު ދަންޑެކެވެ. ރީތި ފެހިކުލަކަންގަދަ ވިނަގަނޑެއް ލީ ކާޕެޓެއް އަޅާފަ އޮންނައިރު ބޭރުގައުމުތަކުގަ ކުޅޭ ސްޓޭޑިއަމް އަކަށް ދޫނުކުރާނެވެ. ދަންޑާ ތަންކޮޅެއް ކައިރީ ބައިސްކަލު ޕާރްކް ކޮށްލީ ކުލާސް ކުދިންތަކެއް ކުޅޭތަން ފެނުމުންނެވެ. ގޯލު ޖަހަން އުޅުނު ނާއިފް އަށް އެއްލި ކަޅިއަކުން ހުދު ބައިސްކަލެއްގަ އިން މަލްޝާ ފެނުނެވެ. ރަތް އަތްދިގު މަތިކޮޅަކާއި ކަޅު ޖީންސެއް ލައިގެން ހުރިއިރު މަލްޝާ އާ ވަރަށް ގުޅެއެވެ. އެ މުށި ކުލައިގެ ފަން އިސްތަށިގަންޑު މިނިވަން ކަމާއެކު ދޫކޮށްލާފައިވާއިރު ލޮލަށް އެޅޭ އިސްތަށި ކޮޅުތަކުން އުންދަގޫ ވާހެންވެސް ހީނުވެއެވެ.

އޭތް ނާއްޓޭ. ޝައިދާން ގަސްތުގައި ނާއިފް އާ ދިމާލަށް ބޯޅަ އެއްލުމާއެކު ބޯޅަ އައިސް ޖެހުނީ ނާއިފް ގެ ބޮލުގެ ފުއްކިބާގައެވެ. އައްދިއްޔޯއި. ވީ ތަދާއި ސިއްސައިގެން ދިޔަވަރުން ފައި އަރިއަޅާލާ ފަހަތަށް ވެއްޓުނެވެ. ވެއްޓުނު ގޮތުން ބޯ ޖެހުނީ ބިންމަތީގައެވެ. އެވަގުތު އެތާ ކާޕެޓު އަޅާފަ އޮތުމަކީ ނަސީބެކޭ ހިތަށް އެރިއެވެ. މި މަންޒަަރު ފެނިފައި ބެންޗުގައި ތިބި ކުދިންނާއި ކުޅެން ތިބި ކުދިން ވެސް ހޭންފެށިއެވެ.

” އޭ ޝައްނު މޭން ކީއްތިކުރީ. ”

ބަލަ ކާކު ބުނީ ގޯލަކީ މަގޭ ބޮލެވެ.”

މިހެން ބުނުމާއެކު އެންމެން ހޭންފެށިއެވެ.
” ބަލަ ކަލޭ ކޯޓު މެދުގައި ޚިޔާލީ ފޮޅާ ކައްކަންޏާ އަހަރުން ކުޅެނީ ކިހިނެއްތަ.”

އޯހް.”

“ސޮރީ އިންގޭ ބުރޯސް.”

ހޫމް.”

ވަރެއް އެބަ ވެއެއްނު ކަލެއަށް.”
ބާކީ ތިބި މީހުންތައް ވަގުތުން ދޯ އޭ ކިޔާ ދިމާކުރަން ފެށިއެވެ.
“ހޫން ވާ ވަރަށް ސަކަރާތް ޖެހިއްޖެ.”

ޔަޤީން ކުޅެވޭނެކަން.”

“އާން އޯކޭ ހިންގާ.”

ނާއިފް ޝައްނު އަށް ބޯޅަ އެއްލުމާއެކީ ޝައްނު ބޯޅަ ދިނީ ޒައިން ކާރިއަށެވެ. ޒައިން އަންބުރާ ބޯޅަ ޝައްނު އަށް ދިނުމާއެކީ ޝައްނު ގޯލެއް ޖަހާލިއެވެ.
“ޔެސްސް.”

ސަޅި އެންގޭ މޭން.”

މިހެން ކުޅެން ތިއްބާ އިރުއޮއްސޭކަމުގެ ކުލަވަރުތައް އުޑުމަތުން ދައްކަން ފަށައިފިއެވެ.

ރާއިކް އެކަނިމާއެކަނި އަތިރި މަތީގައި ހުރި ރުށްގަނޑަކަށް ލެނގިލައިގެން ހުއްޓެވެ. އޭނާއަށް ވިސްނެނީ އޭނާގެ ދިރިއުޅުމާ ދޭތެރެ އެވެ. މި ޒަމާނު މީހަކު މީހަކަށް ވަނީ ހާދަހާ މަސައްކަތެއް ކޮށްގެންނެވެ. އެނާވެސް ބޭނުމީ ހަރުދަނާ މީހަކަށްވެގެން ދޮންތަމެން އޭނާއަށްޓަކައި ވާ ޤުރުބާނީގެ އަގު ވަޒަންކުރާށެވެ. މި ވަގުތު އޭނާގެ މައިންބަފައިން ކައިރީ ހުރި ނަމަ އެމީހުންނަކަށް އެ ބުރަ އުފުލާކަށް ނުޖެހުނީހެވެ. އުމުރުން އެންމެ 15 އަހަރު ކަމުގައިވިޔަސް ރާއިކް ބޭނުންވީ ވަޒީފާއެކެވެ. އެއީ ފިހާރައެއްގެ ސޭޓުކަން ކުރަން ވިޔަސް ހެވެއެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން ފަހަތް ބަލާލެވުނެވެ. އެއީ ކައިރާ އެވެ.

ކައިރާ އެޔޮށް ބޮޑު ހަވޭލިއެއް ފަދަ ބޮޑު ގޯތިތެރޭގައި ކުރާނެ ކަމެއް ނެތިގެން އަތރިއަށް ދާން ނިންމިއެވެ. ލައިގެން ހުރި ކުރު ސޯޓުކޮޅު އާއި އަތްކުރު ޓީށާޓު ބަދަލު ކޮށްލިއެވެ. އަދި ހުދު އަތްދިގު ކޮނޑު ފެންނަ ޓޮޕޮކޮޅަކާއި ކަޅު ޖިންސެއް ލިއެވެ. ކަޅުކަންގަދަ ބުޅިއިސްތަށިގަންޑު މިނިވަން ކަމާއެކު ދޫކޮށްލުމަށްފަހު މޭކަޕު ކުރަން ފަށައިފިއެވެ. ހިތް ފުރޭވަރަށް ރީތިވެވުމުން ސްނީކާރް ބޫޓަކަށް އަރައިގެން އަތިރިމައްޗަށް މިސްރާބު ޖެހިއެވެ. އަތިރިމަތީ ހިންގަމުން ދަނިކޮށް ރާއިކް އެކަނި ރުކަކަށް ލެންގިލައިގެން ހުރި ތަން ފެނި އެ ދިމާލަށް ދިޔައެވެ. ރާއިކް ގެ ހުންނަ މަޑުމައިތރި ކަމަކީ ކައިރާއަށް ކަމުދާ ކަމެކެވެ. އެކަމަކުވެސް ކައިރާ ރާއިކް ދެކެ ފޫހިވާ ކަންތައްތަކެއް ވެސް ހުރެއެވެ.

ކައިރާ ގެ ސިކުންޑިން ބުނާ ގޮތުގައި މުއްސަންދި މީހާ އޭނާގެ މުދާ ދުނިޔެއަށް ދައްކާލަން ޖެހޭނެއެވެ. ރާއިކް އަކީ މުއްސަންދި އާއިލާއެއްގެ ކުއްޖެކެވެ. ހެދުން އަޅާއިރު އޭނާއެކޭ އެންމެ އާދައިގެ މީހެކޭ އެއްގޮތެވެ. ރާއިކް ގެ ދައްތަ އާއި ބޭބެ އަކީ ވެސް އާދައިގެ މެދުމިން ދިރިއުޅުމަކަށް ލޯބިކުރާ ބައެކެވެ. އެހެންކަމުން މި ދިރިއުޅުމަށް އެމީހުން ރާއިކް ކުޑައިރު ވަނީ ހާނުވާފައެވެ.

ކައިރާ ޤަބޫލު ކުރާ ގޮތުގައި ރާއިކް އަށްވެސް އެމީހުންގެ މުދަލުން ބޭނުން ގޮތަކަށް އުޅެވޭނެއެވެ. ނަމަވެސް ކައިރާ އަށް ނޭންގޭ ކަމަކީ ދުނިޔެމަތީ ލިބޭ މުދަލަކީ ނިވިދިއްލޭ ބައްތިއެއް ފަދަ އެއްޗެކެވެ. އެއް ފަހަރު ތިމާ އަކީ ފައިސާ ވެރިއަކަށް ވެދާނެއެވެ. އަދި އޭގެ ދެތިން ދުވަސް ފަހުން އެ ފައިސާ ކޮޅު ގެއްލި މުޅި މީހާ އެއްކޮށް ފަޤީރުވެދާނެއެވެ. ފަޤީރުންނާއި މުއްސަންދިންނަކީ ވެސް ހަމަ އިންސާނުންނެވެ. މި ސަބަބާހުރެ ދެބައި މީހުންނަށްވެސް އިހުތިރާމުކޮށް ހަމަހަމަކޮށް ކަންތައްތައް ކުރުމަށް ދީނުގައި ބާރުއަޅާއެވެ.

ރައިނާ އެކަނިމާއެކަނި ގޭތެރޭ އޮތް ޖޯލިގަންޑުގަ އިނެވެ. ރައިނާ ގެ އުމުރުން 10 އަހަރުގައި ބައްޕަ ވަނީ ނިޔާވެފައެވެ. ރައިނާ ގެ ދެކޮއްކޮ ވެސް ހުރެއެވެ. ރިޝްވާން އާއި ރިފްޝާ އެވެ. ބައްޕަ މަރުވުމުން އާއިލާގެ ޒިންމާދާރަކީ މަންމައެވެ. މަންމަ އަކީ މި ޒަމާނަށް ފެތޭ މިންވަރަކަށް ތަޢުލީމެއް ލިބިފައި ހުރި މީހެއް ނޫނެއެވެ. އެހެންކަމުން ވަޒީފާއެއްގެ ގޮތުގައި އަދާކުރަނީ ކައިރާ ގެ ގޭގައި މަސައްކަތްކުރާ ނޯކަރީއެއްގެ ވަޒީފާއެވެ.

މި ވާހަކަ އަކީ ކައިރާ އާއި ރައިނާ ފިޔަވައި ސުކޫލު ހުރިހާ ކުދިންނަށް ނޭންގޭ ސިއްރެކެވެ. ސަބަބަކީ މި ވާހަކަ ސުކޫލު އެއްވެސް ކުއްޖަކަށް އިންގެއްޖެނަމަ މުޅި އުމުރަށް ރައިނާ އާ ދިމާކުރާނެކަން އެންގޭތީއެވެ. ރައިނާ ދެކޭ އެންމެ ބޮޑު ހުވަފެނަކީ ނަރުސް ކުއަޖަކަށް ވުމެއެވެ. އަދި އޭނާގެ މަންމަ އާއި ކޮއްކޮމެންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުމެއެވެ. އެ ދުވަހެއް ދައްކަވާތޯ ރައިނާ ކިޔެވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރެއެވެ.

އުދަރެސް މަތިން އިރުއޮއްސޭކަމުގެ ނިޝާންތައް ދައްކަމުން ދިޔައިރު ވަރަށް ވެސް ހިއްގައިމެވެ. އިރުއޮއްސޭއިރު އަތިރިމަތީ ހުރުމަކީ ރަންގަޅު ކަމަކަށް ނުވާތީ ބައިސްކަލުގަ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ރަށްފުށު ދިރިއުޅުމާ މާލޭ ދިރިއުޅުމާ ހާސްބައި ތަފާތެވެ. ރަށްފުށު މާހައުލަކީ ހިތްފަސޭހަ އަޑުފަށްގަންޑު ނީވޭ ބޮލަށްފަސޭހަ މާހައުލެކެވެ. މި ރަށުން ރައްޓެހި އެކުވެރިއެއް ލިބުމުން މި ރަށުގެ ކަންކަން ބޮޑަށް އެންގޭނެހެން މަލްޝާ އަށް އިހުސާސްވިއެވެ.

މަލްޝާ ގެ އިންނަ ގޯޅިއަށް އެޅި އިރު އެ މަގުގެ ގެއެއް ކުރިމަތީ އިން ޖޯއްޔެއްގައި ނާއިފް އިށީންދެގެން އިންތަން ފެނުނެއެވެ. ދާހިތްލާފަ ހުރުމުން އެ އިސްތަށިގަންޑު ހުރީ އެކަތި ގަންޑެއް ހެން ތަތްލަވާފައެވެ. މި ސުކޫލުގެ ކުދިން ބޯ ވެސް ކޮށަން ނުޖެހެނީ ބާއެވެ. ކޮންމެއަކަސް ނާއިފް އަށް މަލްޝާ ފެނުމުން ހީލިއެވެ. އަތުން ހަނާއަޅާފައި ގޭތެރެއަށް ވަދެގެން ދިޔައެވެ. އެހެން އިންދާ ބަންގި ގޮވާއަޑަށް ސިއްސައިގެން ގޮސް ބައިސްކަލުން ނުވެއްޓުނީ ކިރިޔާއެވެ. ނާއިފް ހުރީ ގޭ ސިޓިންގްރޫމް ކުޑަދޮރުތަކުން މަލްޝާގެ ހަރަކާތްތައް ބަލާށެވެ. މި މަންޒަރު ފެނުމުން އޭނާ އަށް ހިނިއައިސް ޗޮކެއް ކަންޑައިލެވުނެވެ. މި ގޮތްނޭންގޭ އަންހެން ކުއްޖާ މަށަށް މި ޖައްސަނީ ކޮންކަހަލަ ޖާދުލެއް ބާ؟

“ދޮންބޭ.”

ސިއްސައިގެން ގޮސް ފަހަތް ބަލާލިއިރު ހުރީ ނަފާއެވެ. “ކީކޭ ނަފޫ.”

“އަދި ދަރިފުޅު މިސްކިތަކަށް ނުދަން.”

ނާއިފް މަންމައަށް ނާއިފް ކުޅެންދާން ލައިގެންހުރި އެއްޗެހި ލައިގެން ހުއްޓާ ފެނުމުން އަހާލިއެވެ. “އަވަސްކޮށްލަބަލަ އިރުކޮޅަކުން ޢިޝާ އަށް ގޮވާނެ.”

“ދަމުން ފޮތިގަންޑު ކަހާލައްޗޭ.”

“އާން.”

ނަފޫ.

“ކޮބާ ނާޔޫ.”

“ނަމާދުކޮށް ޤުރުއާން ކިޔަވާފިންތަ.”

“ނޮޕް.”

ދޭ އަވަހަށް ކިޔަވާލަން މާދަން ފްރައިޑޭ އެއްނު.

“އޮހް ޔާ.”

“މަންމި މާދަން ނަފޫ ކުލާސް ކުއްޖެއްގެ ބާތުޑޭ.”

“އެހެންތަ.”

“ކޮން ކުއްޖެއްގެ ބާތުޑޭ އެއްތަ.”

“ރިފޫ ގެ އެއްނު.”

“ދަރިފުޅު މާދަން ހަވީރު އެގެއަށް ދާއިރު ވާނެ ގިފްޓެއް ގެންދަން ދޯ.”

“ޔެސް މަންމީ.”

“އޭރުން ރިފޫ ވަރަށް އުފާވާނެ.”

ރިފްޝާ އަކީ ނަފާ ގެ އެންމެ ގާތް އެކުވެރިޔާއެވެ. ތުއްތުއރުއްސުރެ އެއް ކުލާހަކަށް ދަމުން އަންނާތީ އެ ދެކުދިންނަކީ އަބަދުވެސް އެއްކޮށް އުޅޭ ދެކުދިންނެއެވެ. ރިފްޝާ އަކީ މަޑުމައިތިރި ބަސްމަދު އަންހެން ކުއްޖެކެވެ. ރިފްޝާ ގެ ސިއްރުވެރި ހުނަރުތަކެއް ހުރެއެވެ. އޭގެ ތެރޭގައި އޭނާގެ ރަން އަޑުފުޅުން މަދަހަ ބަންދި ރައިވަރު ކިޔުން ހިމެނެއެވެ. އޭގެ އިތުރުން ސުކޫލުގައި ބޭއްވޭ ސައިންސްފެޔާރް ގައި ހަދާ އެއްޗެހި ހިމެނެއެވެ. މީގެ އިތުރުން އެންމެ ޝައުޤުވެރި ކަމާއެކު ބައިވެރިވާ ޤުރުއާން މުބާރަތްތަކުން ހޯދާ ނަތީއްޖާ ތަކުންވެސް ރިފްޝާ ގެ ހުނަރުވެރިކަން ސާބިތުކޮށްދެއެވެ.

ރައިނާ ނަމާދުކޮށް ޤުރުއާން ކިޔަވާލުމަށްފަހު ފިލާވަޅު ދަސް ކުރުމާއިގެން އަވަދިނެތި އުޅެމުންދިޔަ ރައިނާ އަށް މަންމަގެ އަޑު އިވުމުން ކުރަން ހުރި ކަންތައްތައް މަޑު ޖައްސާލިއެވެ. އެއް އަތުން ބުރަކަށީގައި އަތް އަޅައިގެން ހުރި އިރު ލައިގެން ހުރީ އާދައިގެ ކަޅު ހެދުމަކާއި ކަޅު ތިނެސްކަން ބުރުގާއެކެވެ.

” މަންމާ ބުރަކަށްޓަށް ތަދުވަނީތޯ؟ ”

އާން ކުޑަކޮށް ކައްސާލީ މިޔަދު މޮއްޕުލާން އުޅެން ހަދައިގެން”

“ވަރަށް ތަދުވޭތަ” އެއީ އެހާވަރުގެ ކަމެއް ނޫން”

މަންމަ ބުނަން މިއުޅެނީ މި އުޅެނީ މިރޭ މޭޒުމަތީ ކާން ހަދާލާފަ ކޮއްކޮމެންނަށް ކާން ދެއްޗޭ”

މަންމަ މިޔަދު ތަންކޮޅެއް ކުރިން ޖައްސާލަން ކަމަށް” އެންމެ ރަންގަޅު މަންމާ”

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

އިންތިޒާރު 1

Next

ވިންދޭ ތީ މަގޭ-6

Next
August 8, 2023

ވިންދޭ ތީ މަގޭ-6

Previews
August 7, 2023

އިންތިޒާރު 1

2 Comments!

  1. someone says:
    August 8, 2023 at 9:58 pm

    When next

    1. darkqueen38 darkqueen38 says:
      August 9, 2023 at 2:15 pm

      Soon insha Allah

Comments are closed.

Next Episodeލޯބީގެ ކުރި ދަތުރު 4←


All Right Reserved!