ފަޅުގެ
ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެމުންދާ ކަމުގެ ނިށާންތައް އުޑުމަތީގައި ހުރި ވިލާތަކުން ފެންނަމުން ދެއެވެ. ފާތިހު ގެއަށް ދާން ހިނގައިގަތްތަނާ ކުށްލިއަކަށް އިވުނީ ހޭޅިތަރެއިން މީހަކު ކުކުރާ އަޑެވެ. އެ އަޑު އިވިފައި ފާތިހު ދިޔައީ ސިއްސައިގެންނެވެ. ނާމާން ތަނަކުން އެފަދަ އަޑެއް އިވުމުން ވާނީ ވެސް އެހެނެއް ނޫންހެއްޔެވެ؟
ކޮންމެއަކަސް ދެތިން ދުވަސް ފަހުން އިވުނީ އަޖައިބުން ފުރިގެންދާނޭ ފަދަ ވާހަކަ އެކެވެ. ރަށުގަ މީހަކު ގެއްލިގެން އެ މީހަކު ހޯދުމަށްޓަކައި މަސައްކަތް ކުެރަމުން އަންނަ ވާހަކައެކެވެ. މި ވާހަކަ ވެގެން ދިޔައީ ރަށުގެ ރައްޔިތުން ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލި ވާހަކަ އަކަށެވެ. ގެއްލިގެން ހޯދަމުން ދިޔަ މީހާއަކީ ފާތިހުގެ އާއިލާގެ މީހެއްކަމުން ފާތިހު އިތުރަށް ހާސްވިއެވެ.
ހަފްތާއެއް ވެގެން ދިޔަ އިރުވެސް ގެއްލިގެން ހޯދަމުން ދިޔަ އަނޫފް ޢަލީ ނުފެނުމުން އެންމެ ފަހުން ފުލުހުންވެސް މި މަސައްކަތް ހުއްޓާލިއެވެ. ނަމަވެސް ރަށުގެ ބައެއް ރައްޔިތުންނާއި އާއިލާގެ ފަރާތުން އޭރުވެސް ދިޔައީ އަނޫފް ހޯދުމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެއީ ވެސް އާދައިގެ ދުވަހެކެވެ. ފާތިހު އާއި އޭނާގެ އެކުވެރިން ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ފުށްޓަރު ފަރާތަށް ދިޔައެވެ. ކުޅުމުގެ ތެރެއިން ބޯޅަ ދިޔައީ ގަސްތަކުގެ ތެރެއަށެވެ. ބޯޅަ ހޯދުމަށްޓަކައި ގަސްތަކުގެ ތެރެއަށް ވަދެ އުޅުމުގެ ތެރެއިން ފެނުނު އެއްޗަކުން އެންމެން ވެސް ހައިރާން ވެގެން ދިޔައެވެ. ގެއްލިގެން ހޯދަމުން އަންނަ އަނޫފް ގެ ފައިވާނުގެ ވައަތު ކިބަ ފެނުމުން ހައިރާން ނުވާނީ ކާކު ހެއްޔެވެ ؟
އެ ދުވަހު ގެއަށް ދިޔައީއްސުރެ ފާތިހު އަށް ވިސްނެމުން ދިޔައީ އެ ފައިވާން ކިބަ ގަސްތަކުގެ ތެރެއަށް ދިޔަ ގޮތަކާ މެދުއެވެ. އެހެންކަމުން ފާތިހު އާއި އޭނާގެ އެކުވެރިން ނިންމީ އެ ގަސްތަކުގެ ތެރެއަށް ވަދެ ބަލައިލުމަށެވެ. އޭގެ އަނެއް ދުވަހު ފާތިހު އާއި އޭނާގެ އެކުވެރިން ގަސްތަކުގެ ތެރެއަށް ވަދެ އުޅުމުގެ ތެރެއިން މީހަކު ކުކުރާ އަޑު އިވުނެވެ. ނާމާން ބޯ ޖަނގަލިގަނޑުގެ ތެރެއިން ކުރިއަށް ދިޔަ ވަރަކަށް ވަށައިގެންވާ މާހައުލުން ސިހުން ގެނުވައެވެ.
ވަކި ހިސާބަކަށް ދިޔަތަނާ ކުރީޒަމާނުގެ ވަށްތަރުޖަހާ ބިރުވެރި ގެގަނޑެއް ފެނުނެވެ. އެހެންކަމުން މި ގެގަނޑު ބަލައިލުމަށްޓަކައި ގެގަނޑާ ކައިރި ވީ ވަރަކަށް އިވެމުނަދިޔަ ކުކުރާ އަޑު ގަދަވެ ސާފުވާން ފެށިއެވެ. ގެގަނޑު ދޮރުމަށްޗަށް އެރި އިރު ދޮރު ހުރީ ކިރިޔާ ބާރުލާ ކޮށްޕާލި ނަމަވެސް ވެއްޓޭގޮތަކަށެވެ. ފާތިހު މި ދޮރު ވައްޓާލެވޭނެ ގޮތަކާ މެދު ވިސްނަމުން ދަނިކޮށް ބޮޑު ގާބުރިެއެއް ލޮލުގައި އަޅައިގަތެވެ. ގާބުރި އަކީ ފުދޭވަރެއްގެ ބޮޑު ގާބުރިއެއް ކަމުން ފާތިހު އާއި އޭނާގެ އެކުވެރިންނަށްވެސް އޭތި އުފުށްލުނީ ވަރަށް ހާލުންނެވެ.
ހިތްވަރު ކުރަމުން ގާބުރިގަނޑުން ޖަހާ ދޮރު ވައްޓާލިއެވެ. އެތެރެއަށް ވަދެ ބަލައިލިއިރު ފެނުނު މަންޒަރަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ގޮނޑިއަކަށް ވާގަނޑަކުން ބަނދެފަ އަނޫފް އިން އިރު އޭނާ ދިރިހުރީ ހަމަ ކިރިޔާއެވެ. ހަށިގަނޑުގެ އެތަށް މިތަނުން ލޭ ފައިބަމުން ދިޔައިރު ބޮޑަށް ބެލެވެނީ ގަސްތުގަ މީހަކު އަނޫފް އަށް ހަމަލާ ދީފައިވާ ކަމެވެ. އަނޫފް ފެނުމުން އުފާވި ނަމަވެސް ރަށުގެ ރައްޔިތުންނަށް މި ޖަނގަލި އިތުރަށް ނާމާން ވެގެން ދާނެކަމާ މެދު ށައްކެތް ނެތެއެވެ.
ނިމުނީ
- * މި ވާހަކަ އަކީ އަޅުގަނޑު ސުކޫލު އުޅުނު އިރު ލިޔެފަ އިން ވާހަކަ އެއްކަމުން ހުރިހާ ކިޔުންތެރިންނަށް ވެސް މި ވާހަކަ ކަމުދާނެކަމަށް އުންމިދުކުރަމެވެ.
3 Comments!
Comments are closed.


Nihmumeh innama varah reethivis adhi
Nimmun liyan kudakoh undhagoo veema eyru liyefa in gothah baindhaafa ini ekamu thank you i will keep on improving Insha Allah.
Football kulhen dheytha fuhtaru faraathah?? Fuhtaru faraathaa kaireega huri football dhandahshey buni nama.. Dhn faharakun rangalhu khllaheyyyy… 😁