ޑޮކްޓަރު ވިޔާދުގެ ޙާލު ރަނގަޅޭ ބުނުމާއެކު ސަމާގެ ހިނިތުންވުން ފުންވިއެވެ.އަދި ނީޝާ ގެއަށް ލައިދޭން، އެމީހުން ގެންގުޅޭ ކާރު ޑްރައިވަރ ކައިރީ ބުނުމުން އެމީހާ އައެވެ.އަދި ނީޝާ ގެއަށް ލައިދިނެވެ. ސަމާ ބޭނުންވީ ލޯބިވާ ފިރިމީހާގެ ޚިދުމަތުގައި ހުންނާށެވެ. ******* “ކަލީޝާ ކާން ހަދައިދީބަ..ވަރަށް ބަނޑުހައި..” “ސާބަސް ޔޫޝައު އަށް…މޭޒު ދޮށުގައި ހުންނާނެ ކުރަފި މަސްހުނި ހަދާފަ..ވަރަށް މީރުވާނެ..”ކަލީޝާ ބުނި ވާހަކަ އިން ޔޫޝައު ފަކުރު ގަތެވެ. “ޗީ..ލީޝް ދޭބަ އޭތި ކާން…މަ ނުދާނަން ތިކުރަފި މަސްހުނިގަނޑެއް […]
“ލާޝީން!ލާޝީން އަށް ލިބިފައި ތިހިރީ ކާކުގެ އުޅުމެއް… އޭނ… ލަދެއް ނުގަނޭތަ އަމިއްލަ މީހާގެ އަނބިމީހާ މޫނަށް ކާއެއްޗެހި ޖަހާކަށް..” ޖާވިދު މާބާރަކަށް ހަޅޭ ލަވާތީ މާހިދާ ޖާވިދު ކުރެން ވީގޮތް އޮޅުންފިލުވިއެވެ. ޖާވިދު ގެއިން ނުކުތުމާއެކު ލާޝީން ހިސާބަކަށް ހައިރާން ވިއެވެ. ******* “ދަރިފުޅާ އެއޮތް އިރު އޮއްސެނީ….ހިނގާ ގެއަށް ދާން”ޔޫޝައު އެހެން ބުނުމާއެކު ތުއްތު ތުއްތު ހާވީ އެކަމާ އެއްބަސްވިއެވެ.5 މިނެޓަށް ފަހު އެމީހުންގެ މަންޒިލަށް ވާޞިލުވުމުން ދެމީހުންވެސް ގެއަށް ވަނެވެ. ފަސް ބުރިޔަށް […]
ކައިވެންޏަށް ފަހުވެސް ލާޝީންގެ ފަރާތުން މާބޮޑު އަޅާލުމެއް ނުލިބޭތީ ކައިލީ ހުންނަނީ ދެރަވެފައެވެ.ވާނީވެސް އެހެން ތާއެވެ.ދެމީހުންވެސް ކައިވެނި ކުރީ އެމީހުންގެ މައިންބަފައިން ދެރަ ނުކުރަން ވިއްޔާއެވެ.އެމީހުންނަށް ނޭނގުނު ކަމަކީ އެހެން ހެދިވަރަކަށް އެހެން ބަޔަކަށް އެމީހުން ކުރަމުންދާ މަސައްކަތުން އިތުރު ލުޔެއް ލިބިދާނެ ކަމެވެ. ******** “ޑެޑީ…ހިނގާބަ ކޮއްކި ގޮވައިގެން ބީޗަށް.މަންމި ބުނީ ނުދެވޭނެޔޯ…”ކުޑަކުޑަ ހާވީ އެހެން ބުނުމާއެކު ުޔުޝާއު ހިނިތުންވެލީ ހިނގާށޭ ދާން ބުނާ ފަދަ ގޮތަކަށެވެ.ނަމަވެސް އަނބިމީހާ ދެކެ ރުޅިއަންނަ ޙާލުގައެވެ. ކަލީޝާގެ ކަމަކީ […]
އަޅުގަނޑުގެ ވާހަކައިގައި އުޅޭ ބައިވެރިންނަށް ނަން ހޯދަން ބޭނުންވާތީ މިރޭ 12 ޖެހުމުގެ ކުރިން އެމީހަކަށް ކަމުދާ ނަމެއް ކޮމެންޓްގެ ޒަރިއްޔާއިން އަޅުގަނޑަށް އަންގާލަ ދެއްވުން އެދެމެވެ… -ޑެންޑަލައިން-