އަތުގައި އޮތް ފޮޓޯ ގަނޑަށް ބަލަން އޮތް ވަރަކަށް ދާނިޝްގެ ހިނިތުންވުން ފުން ވަމުންދިޔައެވެ.އެ ހިނިތުންވުންވުމުގެ ފަހަތުގައި އެތައް ވޭނަކާއި ، ހަނދާންތަކެއް އެކުލެވިގެންވާކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ.މާޒީގެ ކަޅުއަނދިރި ޞަފްޙާތައް އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔަ އިރު އޭނާގެ ލޮލުން ކަރުނައިގެ މުތީތައް ވިދަން ފެށިއެވެ.އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟.. އަމިއްލަ އަތުން ހުރި ހަމައެކަނި ދަރިފުޅު މަރާލާނީ ހިތުގައި ރަހުމެއް ހަމްދަރުދީ އެއް ނެތް ބައްޕައެއް ނޫން ހެއްޔެވެ؟. އޭނާގެ އަތުގައި އެއޮތީ […]
މިޝާ އަށް ނިދިން ހޭލެވުނު އިރު ހަަގަޑި ސާޅީސް ވަނީއެވެ.ތެޅެމުން ފޮޅެމުން ސްކޫލަށް ދާން ގެއިން ނުކުމެެވުނު އިރު ރަނގަބީލު ޖަހައިފި އެވެ.އާދައިގެ މަތިން މިއަދުވެސް އެންމެ ފުރަތަަމަ އޭނާ ކުރިމަތިލާން ޖެހުނީ ކުލާސް ކުދިންގެ މަލާމާތާއި ފުރައްސާރައާއެވެ.”އޭތް!! އެންމެނޭ! އެއޮތް އައީ ކުލާސް ކްލައުން.ހަމަ ސީދާ ކަޅު ހަމެއް.” އެއް ކުއްޖަކު މިހެން ބުނުމުން ދެން މަޑުމަޑުން ތިބި ކުދިން ވެސް ކަކަކަ އަޅާފައި ހޭން ފެށިއެވެ.މިޝާ އަށް މިމަންޒަރު ފެނުމުން ނުރޯން ކަށިން ހިތްވަރު […]
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާޢު ކިޔަމުން ދިޔަ ވަގުތު އަހަރެން އޮތީ ކޮޓަރީގައި ހިޔާލުގެ ފުން ކަނޑެއްގައެވެ. ލޯތްބަށް ޓަކާ , ހިތް އެދި ދިޔަސް ލޯބިން ވަނީ މަހުރޫމްވެފައިވާ ލަވައިގެ ތަންކޮޅުކޮޅު އަޅާފައިވާ ހެޑް ސެޓުން އިވޭ ވަރަށްކަށް އަހަރެންގެ ލޮލުން ކަރުނަތައް އޭގެ ވާޖިބު އަދާކުރަމުން ދިޔަ އެވެ.އަހަރެން ހިޔާލުގެ ފުން ކަނޑަކަށް އިތުރަަށް ގެނބެމުން ދިޔައީ އަމިއްލަ އިހްތިޔާރަކާ ނުލައެވެ. މީގެ 1 އަހަރު ކުރިން**** .މުޅި ރަށް ތައްޔާރު […]
މަންމަގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަކީ ނަސީބުވެރިންގެ ހައްގެކޭ މީހުން ބުނާތީ އަހަރެން އަހަމެވެ. ނަމަވެސް ، އަހަރެން ވަނީ އެނަސީބުން މުޅި އުމުރަށް މަހުރޫމު ވެފައެވެ. މައެއްގެ އޯގާތެރި ފިރުމުންތަކާއި ، ބަސްތައް އަހަރެންނަށް ބީރައްޓެއްސެވެ.އިރުކޮޅަކަށް އަހަރެންގެ ސިކުނޑީގައިވާ ހިޔާލު ތަކުން ދުރަށް އާދެވުނީ އަހަރެންގެ ދެ ލޮލުގައި ކަރުނައިގެ މުތީތައް ފުރި ބާރު ވަމުންނެވެ.ނަމަވެސް ، އަނެއްކާވެސް ހިޔާލު ތަކަށް އެނބުރި ދާން މަޖުބޫރު ކުރުވީ މަންމަގެ މަތިން ހަނދާން ވުމުން ނެވެ. ހަނދާންވާ ގޮތުން […]
އިރު އޭގެ އެންމެ ފުރިހަމަ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއަށް އަލްވަދާުއު ކިޔަމުން ދިޔައީ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނުވާފައި ނަމަވެސް ، އަހަރެންގެ ހިތުގައި ލެވިފައިވާ ފާރުގަނޑަށް އިތުރު ޒަޚަމެއް ގެނުވާފައެވެ.އަހަރެންގެ މުޅި ހަށިގަނޑާއި ފުރާނަ ،އެއްވެސް ސުވާލެއް ކުރުމެއްނެތި އޭނާއަށް ވެދުން ކުރީ ,ލޯތްބަކީ ކޮބައިކަން އަހަރެންނަށް ފުރަތަަމަ އިހުސާސް ކުރެވެން ފެށީއްސުރެ އަހަރެން ލޯބިވަމުން އައި ހަމައެކަނި ފިރިހެނަކީ އެއީ ކަމަށް ވާތީއެވެ. ލޯތްބަކީ ނަސީބުވެރިންގެ ހައްގެކޭ މީހުން ބުނާތީ އަހަރެން އަޑުއެހީމެވެ.އެނަސީބުވެރިންގެ […]
ކިޔުންތެރިންގެ ސަމާލުކަމަށް…. މިދުވަސްވަރު އަޅުގަނޑު ވަރަށް ބުރަކޮށް އުޅޭތީވެ ވާހަކަ އެއް ޖެނުއަރީމަހުގެ 26 ގެ ކުރިން ލިޔެވެން ނެތް ވާހަކަ ހިތާމަޔާ އެކު ދަންނަވަމެވެ.ހުރިހާ ކިޔުންތެރިން ވެސް މިނިންމުމަށް އިހުތިރާމް ކޮށްދެއްވުން އެދެމެވެ.އަދި ތިޔަ ބޭފުޅުން ތިޔަ ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. ސަލާމް
ޖަހާލާ ބާރު ގުގުރީގެ އަޑުން މުޅި ޖައްވު އަލިކޮށްލައެވެ.ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތު އަހަރެން އޮތީ ބިރުން ބޯހިއްލާލަން ނުކެރިފައެވެ.ނަމަވެސް ،އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔައީ އަހަރެންގެ ދަރިފުޅު ޔަލާ ރޮއެގަތް އަޑަށެވެ.އަވަސް އަވަހަށް ގޮސް ދަރިފުޅު މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަން ފެށީމެވެ.އެހެނަސް, ދަރިފުޅުގެ މޫނު ފެނުމުން އަހަރެންގެ ހަނދާނަށް އަންނަނީ އަހަރެންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލި ޝައިޠާނާގެ މަތީންނެވެ.އެ ހިތި މާޒީ ހަނދާން ވުމުން އަހަރެންގެ ލޮލުގައި […]
މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން އެހާ ފުރިހަމަ ނުވެދާނެ އެވެ… ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ވާހަކަ ތައް އިންޝާ ﷲ ގެނެސްދޭނަމެވެ. ************************* ކޮންމެ ކުއްޖަކުވެސް ކިޔެވުމުގައި ކާމިޔާބީ އަށް ނުހަނު ފޮނި ހުވަފެންތައް ދެކޭނެ އެވެ.ހަމަ އެބީދައިން އެކުދިންގެ މައިންބަފައިން އެކުދިންނަށް ނުހަނު ފޮނި އުއްމީދުތަކެއް ކުރާނެއެވެ.ހަމަ މިފަދައިން އަހަރެންގެ މައިންބަފައިންނާ އަހަރެންގެ އިތުރަށް ސުކޫލް ޓީޗަރުން ވެސް އަހަރެންގެ ފަރާތުން އުންމީދުކުރީ ރަނގަޅު ނަތީޖާ އަކަށެވެ.ގުރޭޑު 10 އަކުން އެންމެ […]