Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވާ މަންމާ…..

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 Level 2
March 10, 2026 2 Mins Read
6 Comments

މަންމަގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަކީ ނަސީބުވެރިންގެ ހައްގެކޭ މީހުން ބުނާތީ އަހަރެން އަހަމެވެ. ނަމަވެސް ، އަހަރެން ވަނީ އެނަސީބުން މުޅި އުމުރަށް މަހުރޫމު ވެފައެވެ. މައެއްގެ އޯގާތެރި ފިރުމުންތަކާއި ، ބަސްތައް އަހަރެންނަށް ބީރައްޓެއްސެވެ.އިރުކޮޅަކަށް އަހަރެންގެ ސިކުނޑީގައިވާ ހިޔާލު ތަކުން ދުރަށް އާދެވުނީ އަހަރެންގެ ދެ ލޮލުގައި ކަރުނައިގެ މުތީތައް ފުރި ބާރު ވަމުންނެވެ.ނަމަވެސް ، އަނެއްކާވެސް ހިޔާލު ތަކަށް އެނބުރި ދާން މަޖުބޫރު ކުރުވީ މަންމަގެ މަތިން ހަނދާން ވުމުން ނެވެ.

ހަނދާންވާ ގޮތުން އޭރު އަހަރެންނަށް ވާނީ 12 އަހަރެވެ.އޭރު އަހަރެން ދިރިއުޅެމުން ދިޔައީ އަހަރެންގެ މާމަ ގާތުގައެވެ.އަހަރެންގެ ބައްޕަ ހުންނަނީ ވަޒީފާ އަދާކުރުމަށް މާލޭގައެވެ.އޭރު ވެސް އަހަރެންގެ މަންމަ އަހަރެންގެ މަންމަ ވަނީ އަހަރެން ލިބުނުތާ 6 މަސް ނުވަނީސް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފަ އެވެ.އަހަރެންނަށް މުޅިން ވެސް މަންމަ ފެންނަނީ ފޮޓޯ އަލްބަމުންނެވެ.މީހުން ބުނާތީ އަހަމެވެ.އަހަރެންގެ މަންމައަކީ ހިތްހެޔޮ ކަމާއި އޯގާތެރި ކަމުގެ ލާމަސީލު މިސާލެކެވެ.ސުކޫލުގައި އެއްޗެއް ހުށަހަޅާ ކަމައް ވަންޏާ މަންމަ ހުންނާނީ އެންމެ ކުރީ ސަފުގައެވެ. ކުޑައިރު އަހަރެންނަކަށް މަންމަ ނެތް ކަމުގެ އިހުސާސެއް އެއްވެސް ވަރަކަށް ނުވެއެވެ.ބައްޕަ އަހަރެންނާއި ދުރުގައި މާލޭގައި ހުއްޓަސް އަހަރެންނަށް މަންމައެއްގެ އުނިކަމެއް އިހުސާސެއް ނުކުރެވެ އެވެ.ސަބަބަކީ، އަހަރެންގެ ލޯބިވާ މާމަ ދިޔައީ ދެވޭނެ އެންމެ ފުރިހަމަ ގޮތުގައި އެ ލޯބި ދެމުންނެވެ.ނަމަވެސް، އަހަރެން ފުރާވަރަށް އެޅުމުން މަންމަގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަށް ފެންބޮވަން ފެށިއެވެ.މާމަ އަހަރެންނަށް ލޯބި ނުދެނީކީ ނޫނެވެ.އަހަރެންނަށް ފެންނަނީ ކޮންމެ ދުވަހަކު ކުދިން ގޮވައިގެން އެކުދިންގެ މަންމަ ސްކޫލަށް ދާ ތަނެވެ . މުބާރާތެއްގައި ބައިވެރިވިޔަސް އެކުދިންގެ ފަހަތުގައި އެކުދިންގެ މަންމަ ހުންނަ ތަނެވެ. ކާމިޔާބީ ލިބުމުން އެ ފާހަގަ ކުރަން އެކުދިންގެ މަންމަ އަތުކުރި އޮޅާލައިތަނެވެ.ނަމަވެސް، އަހަރެންނަކަށް އެ ނަސީބެއް ނުލިބެއެވެ.މާމަ އަހަރެން ގޮވައިގެން ސްކޫލަށް ދާން އުޅޭނެއެވެ.ނަމަވެސް ، އަހަރެން މާމަޔަށް އެފަދަ ބުރައެއް ޖައްސާކަށް ބޭނުމެއްނުވެ އެވެ.އެތައް ފަހަރަކު އަހަރެންގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ރޮވެއެވެ.އަހަރެންނަށް މަންމަ ނުހަނު ބޭނުން ވާތީއެވެ.އެ މަންމަގެ އުނގުގައި ބޯ އަޅާލަން ހާދަހާ ބޭނުމެވެ . އަހަރެންގެ ހުރިހާ ކަމެއްގެ ފަހަތުގައި މަންމަ ހުންނަން އަހަރެން ހާދަހާވާ ބޭނުމެވެ.ނަމަވެސް، މިހުރިހާ ކަމަކަށް ހުރަސް އަޅަނީ ތަގުދީރެވެ.އެމަންމަގެ ވާހަކަ އަޑުއިވޭ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ނީރާލައެވެ.ބައިވަރު މީހުން އަހަރެން ގާތު ބުނެއެެވެ.އަހަރެންމީ ހަމަ އަހަރެންގެ މަންމަގެ ކޮޕީ އެކެވެ.އަހަރެންގެ ހިތުގައިވާ ޝަކުވާތައް އަހަރެންގެ މާމަޔާ އަހަރެން ހިއްސާއެއް ނުކުރަމެވެ.އޭގެ ބަދަލުގައި އަހަރެން އަހަރެންގެ ހިތުގައިވާ ހުރިހާ އުދާސް ތައް ހިއްސާ ކުރަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާއެވެ.އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އަހަރެން ރަނގަޅު މަގަށް އަޅުވައިދީ ، އަހަރެންގެ ޝަކުވާތައް އަޑުއަހާ އަހަރެންނާއި އެންމެ ގާތުގައި ހިތްވަރު ދޭން ހުރީ ހަމަ  އެ އެކުވެރިޔާއެވެ. ހިޔާލުގެ ފުން ކަނޑަކުން އަހަރެންނަށް ނުކު މެވުނީ ކަރުނަ ތިކިތައް މުތީތަކެއް ފަދައިން ފައިބާން ފެށުމުންނެވެ.ނަމަވެސް، އަހަރެންގެ ހިތުގައި ވަނީ “މަންމާއެވެ! ތިޔަ ލޮބުވެތި މަންމަ އަޅުގަނޑާއި ކިތަންމެ ދުރުގައި ވިޔަސް، އަޅުގަނޑު މަންމަގެ އުންމީދުތައް ހަގީގަތަކަށް އިންޝާ ﷲ ހަދައި ދޭނަމެވެ.މަންމައާ ބައްޕަ އެ ދަރިޔަކަށް ޓަކައި ފަޚުރުވެރިވާފަދަ ދަރިޔަކަށް ވާނަމެވެ.އަދި އިސްލާމީ ރިވެތި ގޮތުގައި އަޅުގަނޑުގެ ދިރިއުޅުން ކުރިޔަށް ގެންދާނަމެވެ.މަންމަ އަޅުގަނޑު ގާތުގައި ނެތަސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުގައި ރަން އަކުރުން ލިޔެވިގައި ވަނީ ހަމަ މަންމަގެ ނަމެވެ.އިންޝާﷲ އަޅުގަނޑު މަންމައާ އެކު ސުވަރުގޭގައި ވާނަމެވެ.”އާދެ! މިއަދު ބައިވަރު ކުދިންގެ ދުލުން ތިމަންނަގެ މަންމަ ތިމަންނަ ދެކި ލޯތްބެއް ނުވެޔޭ، ތިމަންނަގެ މަންމަ ތިމަންނައަށް އެއްޗިހި ގޮވައޭ ބުނެ އެވެ.ނަމަވެސް، މަންމައެއްގެ މުހިންމުކަން އިހުސާސް ވާނީ މަންމަގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުން މަހުރޫމު ވުމުން ނެވެ.އެހެންކަމުން ، ދުނިޔޭގައި ތިބާއަށް ލިބިފައިވާ ރަނުގެ ފުރުސަތު އެންމެ ހެޔޮގޮތުގައި ހިފައި ތިބާގެ މައިންބަފައިންނަށް އަޅާލާ ، އޯގާތެރި ވާށެވެ . އޭއީ ، ވަރަށް މަދު މީހަކަށް ނޫނީ ނުލިބޭނެ ނަސީބެކެވެ.

ނުފިލާނޭ ހިތުން ، ތިޔަ ކުލުނާ ރަހުމް

އޭ މާތްވި އެ ގުރުބާން ޔަގީން

ވަޢުދޭ މީ މަގޭ ، މަންމާއޭ މަގޭ

ފަހުރެއް ކަމުގައި ވާނަން ޔަގީން

 

……..ނިމުނީ………….

 

 

Share Article

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
Follow Me Written By

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

Level 2

Well this is my first time writing stories inshallah I'll improve after reading the comments please comment to my stories

Other Articles

Previous

ނޭދެން އުފާ އަދު ޔާރު ނޫން [ ޓެރްއިލާރ]

Next

ލާރާ: (2)

Next
March 10, 2026

ލާރާ: (2)

Previews
March 10, 2026

ނޭދެން އުފާ އަދު ޔާރު ނޫން [ ޓެރްއިލާރ]

6 Comments!

  1. shynyx inax shynyx inax says:
    March 10, 2026 at 2:34 pm

    Vrh reethi

  2. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    March 10, 2026 at 5:54 pm

    Thank you ❤️@shynyx inax

  3. Anonymous says:
    March 10, 2026 at 6:42 pm

    how old r you
    which atoll?
    can u tell?

    1. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
      March 11, 2026 at 12:21 am

      Omg haadha Gina suvaaleh if u wanna know Pinterest acc dhee dhn I can tell…mithaa public veema

    2. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
      March 11, 2026 at 12:23 am

      And can I ask smthn why do u wanna know that all … Hama ahaalee 😁

    3. mishal says:
      March 28, 2026 at 3:13 pm

      ey keehkuran eynage age balani

Comments are closed.



All Right Reserved!