ޖަހާލާ ބާރު ގުގުރީގެ އަޑުން މުޅި ޖައްވު އަލިކޮށްލައެވެ.ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތު އަހަރެން އޮތީ ބިރުން ބޯހިއްލާލަން ނުކެރިފައެވެ.ނަމަވެސް ،އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔައީ އަހަރެންގެ ދަރިފުޅު ޔަލާ ރޮއެގަތް އަޑަށެވެ.އަވަސް އަވަހަށް ގޮސް ދަރިފުޅު މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަން ފެށީމެވެ.އެހެނަސް, ދަރިފުޅުގެ މޫނު ފެނުމުން އަހަރެންގެ ހަނދާނަށް އަންނަނީ އަހަރެންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލި ޝައިޠާނާގެ މަތީންނެވެ.އެ ހިތި މާޒީ ހަނދާން ވުމުން އަހަރެންގެ ލޮލުގައި ކަރުނަތައް ބޮނޑިވެ ގަތެވެ.
2 އަހަރު ކުރިން****
އާދައިގެމަތިން މިއަދުވެސް އަހަރެން ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދާށެވެ އަވަސް އަވަހަށް ދަބަސް ހިފައިގެން ނުކުތް އިރު ގޭގެ އެންމެން ސައިބޯން ތިއްބެވެ.އަހަރެން ފެނުމާއި އެކު މަންމަ ބުންޏެވެ.”ދަރިފުޅު އާދޭ އަވަސް”. އަހަރެން ބޯޖަހާލުމަށް ފަހު ހަމައެކަނި ކިރު ތަށި ބޯލައިގެން ސްކޫލަށް ދާން ދޮންބެއާ އެކު ދިޔައީމެވެ.އެރޭ ސުކޫލުން އައިސް އަހަރެން އޮތީ ފިލްމެއް ބަލާށެވެ.އެހެން އޮތްވައި ގެއިން ކަރަންޓް ދިޔަ އެވެ.މަންމަމެން ގޭގައި ނޫޅޭތީ އަހަރެންވެސް ވީ ކިހިނެތްތޯ ބަލައިލަން ކޮޓަރިން ނުކުންނަން އުޅުނު ވަގުތު ސިހުނީ މީހަކު އަހަރެންގެ އަނގަމަތީގައި އަތް އަޅާ ކޮޓަރި ތެރެއަށް ކޮއްޕާލުމުންނެވެ.އަދި އަހަރެންގެ ގައިގައި ބީހެން ފެށުމުންނެވެ.އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެ ބިރުގަނެފައެވެ.އެމީހާ ދެން ކުރީ އަހަރެން މީން ދުވަހަކު ވެސް މީހަކު އަހަރެންނަށް ކޮއްފާނެހެން ހީނުވާ ކަހަލަ ދަށު ދަރަޖައިގެ އަމަލެކެވެ.އަހަރެންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލީ މީ ކިހާ ވަރެއްގެ ކަމެއްކަން އެމީހާއަށް އެނގޭ ހާލުގައެވެ.އަހަރެންނަށް އަނެއް ދުވަހު ހޭލެވުނީ ދޮންބެ އައިސް ގޮވާފައި ވީޑިއޯއެއް ދެއްކުމުންނެވެ.އެ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ.އަދި އަހަރެން ވައި އަޑުން ބުނީމެވެ.”ދޮ..ންް..ބެ.. އަހަރެން… މިހެން…ހެދީ”.އެހެން ބުނުމުން ދޮންބެ ބޯ ޖަހާލުމަށް ފަހު އާންއެކޭ ލަދެއް ނެތި ބުންޏެވެ.އަދި މީހަކު ގާތު ބުނެފި ނަމަ މަރާލާނެ ކަމަށް ބުނެ ނިކުތެވެ.އެއާއެކު އަހަރެން އިނީ އަހަރެންގެ އަމިއްލަ ހާލާއި މެދު ވިސްނާށެވެ.ދޮންބެ އެކުރީ އަހަރެން މީން ދުވަހަކު ވެސް ދޮންބެގެ ފަރާތުން އުންމީދުކުރީ ފަދަ އަމަލެއް ނޫނެވެ.އޭގެ ހަފުތާއެއް ފަހުން އަހަރެން ސްކޫލުގައި އިންދައި އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދެވުނެވެ.އަދި ޑޮކްޓަރ ޓެސްޓް ތަކުގެ ނަތީޖާ ހިފައިގެން އައިސް ބުނި ވާހަކަ އަކުން މުޅި ތަނަށް ބިންހެލުމެއް އައި ކަހަލައެވެ.އަހަރެން އޮތީ ލަދާއި ވީ ދެރަ އިން ލޯ ހުޅުވާލަން ނުކެރިފައެވެ.އެއާއެކު އަހަރެން ރަށްމެދަށް ބަނޑުބޮޑު ވާހަކަ މުޅި ރަށަށް ފެތުރިގެން ދިޔައީ އަލިފާން ގަނޑެއް ފެތުރޭހާ އަވަހަށެވެ.އަހަރެންގެ މައިންބަފައިން ވެސް އަހަރެން ގެއިން ނެރެލައި މާމަ ދުނިޔޭގައި އުޅުނު މުސްކުޅި ގެއަށް ލިއެވެ.އަހަރެން ދިރިއުޅެމުންދިޔައީ އެކަނިމާއެކަންޏެވެ.
އަހަރެންނަށް ހޭވެރިކަންވީ ދަރިފުޅު ރޯން ފެށުމުންނެވެ.އަގަރެން އަނެއްކާވެސް ދަރިފުޅު މަސަލަސް ކުރުމަށް ފަހު ބުނީމެވެ.”މަންމަ އަބަދު ވެސް ވާނި ދަރިފުޅާއެކު”. މިހެން ބުނެފައި އަހަރެން އަނެއްކާވެސް ބާރަށް ޔަލާ ގައިގައި ބައްދާލީމެވެ.އަދި އަހަރެން ހިތަށް އެރިއެވެ.އަހަރެންގެ ގައިގައި ވިންދު ޖަހާހާ
ނިމުނީ
10 Comments!
Comments are closed.

Haadha reethi story ekey MA!!
Vrh sad story eh dhw 😢….
Alheyy eyna dhonbe vx nuvaane dhw ehen hadhaakah…..
Waiting for more stories from ya!
Keep it up gurll!! ☺️✨
Lyyyyyyyy ❤️
konmes thaakun mi vaahaka keen
Mi vhk ehn kuhjjeh liyefa inn kameh alhugaa akah neynge….and ehnvve mi idea ah liyunee
Thanks shaba… IA vrh avahah upload kohllevey thw balaanan…♥️♥️♥️
AaChaaa cute mashaallah
Thank you yasherr ☺️
Oooo…new year ga kee first vhk…mashaallah vrh salhi…keep it up sissy..lyyyysmm
Aww vrh ufaavehje thihen buneleema
Thank you so much ulya
Lyt
Vrh reethi story eh…but vrh sad dhw 🥲 waiting for more stories keep it up
Yuh sad …thank you ✨✨@insaana