Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ފުރުސަތު

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 Level 2
December 8, 2025 2 Mins Read
17 Comments

މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން އެހާ ފުރިހަމަ ނުވެދާނެ އެވެ… ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ވާހަކަ ތައް އިންޝާ ﷲ ގެނެސްދޭނަމެވެ.

*************************

ކޮންމެ ކުއްޖަކުވެސް ކިޔެވުމުގައި ކާމިޔާބީ އަށް ނުހަނު ފޮނި ހުވަފެންތައް ދެކޭނެ އެވެ.ހަމަ އެބީދައިން އެކުދިންގެ މައިންބަފައިން އެކުދިންނަށް ނުހަނު ފޮނި އުއްމީދުތަކެއް ކުރާނެއެވެ.ހަމަ މިފަދައިން އަހަރެންގެ މައިންބަފައިންނާ އަހަރެންގެ އިތުރަށް ސުކޫލް ޓީޗަރުން ވެސް އަހަރެންގެ ފަރާތުން އުންމީދުކުރީ ރަނގަޅު ނަތީޖާ އަކަށެވެ.ގުރޭޑު 10 އަކުން އެންމެ މަތިން ފާސް ވެގެން އަހަރެން އެންމެންގެ އުންމީދު ތަކާއި ހުވަފެންތަކުގައި ކުލަޖައްސާ ހަޤީޤަތަކަށް ހަދައި ދިނީމެވެ.އޭ މަހެއްހާ ދުވަސް ފަހުން އަހަރެން މަތީ ތަޢުލީމު ޙާޞިލު ކުރުމަށް މާލެ ބަދަލުވީ އެންމެންގެ ނަޞޭހަތްތަކާއި ދިން ހިތްވަރުގައި އަނެއްކާވެސް އާ ޢަޒުމަކާއި އާ ޖޯޝަކާއި އެކި ގައެވެ.ނަމަވެސް , ކަންތައްތައް ވާނެ ގޮތް އެނގޭނީ ކާކުހެއްޔެވެ ؟…ފުރަތަމަ ހަފްތާ ދިޔައީ ވަރަށް އަމާން ކަމާއި އޮމާން ކަމާއި އެކީގައެވެ.ނަމަވެސް ކަމުގެ މަލަމަތި ބަދަލުވާން ފެށީ އަހަންނާއި މާހިން ނަމަކަށް ކިޔާ ކުއްޖަކާ އެއް ގުރޫޕަކަށް ލުމުންނެވެ.އަދި އަހަރުމެންގެ ގުޅުން މީން ދުވަހަކު ބަދަހި ނުވާ ވަރަށް ބަދަހި ވުމުންނެވެ.އަދި މާހިން އަހަރެންގެ މިޒާޖު މަޑުމަޑުން ބަދަލުކުރަން މަސައްކަތް ކުރަން ފެށިއެވެ.އަހަރެން ވެސް ހުރީ އޭނާ ދައްކާ ކޮންމެ ދަޅައަކަށް ހެއްލި ހެންނެވެ.ޖެހިގެން އައި ހަފުތާގައި ގުރޫޕު މަސައްކަތްތެއް ކުރުމަށް ގުރޫޕު ބެހިއިރު އަހަންނާއި މާހިންއާ ދިޔައީ އެއް ގުރޫޕަކަށެވެ.ލިބުން ގުރޫޕާއި މެދު ހިތްހަމަޖެހި ހުރެ އަހަރެމެން ގެޔަށް ދިޔައީ ހަވީރު މާހިން ގެ ގެއަށް މަސައްކަތް ކުރަން ދާގޮތަށް އެއްބަސް ވެގެންނެވެ.އަހަރެން ގެއަށް ގޮސް ފެންވަރާ ކައި ހަދައިގެން ނުކުތީ އެ ގެއަށް ދާން ޓެކްސީއެއް ހޯދާށެވެ.އޭނާ ބުނި އެޑްރެހަށް ޓެކްސީ މަޑުކޮށްލުމުން އަހަރެން ފައިސާ ދީފައި ނުކުމެ އެ ގެއަށް ވަނީމެވެ.އެގެއަށް ވަން އިރު އެތަނުގައި އޭނާގެ އިތުރުން 5 މީހުން ތިއްބެވެ.އަހަރެން އައުމުން މާހިން އަހަންނާއި ވާހަކަ ދައްކަން ފެށިއެވެ.”ޔަން.. ބޭނުންތަ ޓްރައި ކުރަން؟”އަހަރެން އޭނާ ގާތު ކޯއްޗެއް ތޯ އަހާލީ ކޮންމެ އެއްޗަކަށް ވިޔަސް އާނއެކޭ ބުނާނަމޭ ހިތަށް އަރުވައިގެންނެވެ.އެއާއެކު އޭނާ ދައްކާލީ ހުދު ކުލައިގެ އެއްޗެއް އަޅާފައި ހުރި ޕެކެޓް ތަކެކެވެ.އަހަރެން އެއަށް “އާނ”ބަސް ބުނީ އޭނާ އަށް ކުރި އިތުބާރެއްގެ ބޮޑުކަމުންނާއި އަހަރެން މިތަނަށް އައި މަގުޞަދު ހަނދާން ނައްތާލަމުންނެވެ.އެ ދުވަހަށް ފަހު އަހަރެން މަސްތުވާތަކެއްޗަށް ދެވި ހިފީ ލޮލުން އެސްފިޔަ ޖަހާލާހާ އަވަހަށެވެ.އަހަރެންގެ ކިޔެވުމަށާއި ކުލި ދެއްކުމަށް އަހަރެންގެ މައިންބަފައިން ގައިން ދާއޮހުރުވައިގެން ރޭގަނޑާއި ދުވާލު ހުއްޓާ ނުލާ ފެން ފަދައިން ފޮނުވާ ރުފިޔާއިން މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރަމުން އެ ގަވާއިދުން ބޭނުން ކުރަމުން ދިޔައީމެވެ.ނަތީޖާ އަކަށްވީ އަހަރެން ކިޔެވުމާއި ދުރުވެ ގިނަ ދުވަސް ދުވަހު ކުލާސް ގަޑީގައި ނިދެން ފެށުނެވެ.އަހަރެންނަށް މިއައި ކުއްލި ބަދަލުން ޓީޗަރުން ތިބެނީ ބަސްހުއްޓިފައެވެ.އަދި އަހަރެންގެ މިޒާޖު ބަދަލުކުރުމަށާއި ޓެސްޓް ތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ނަޞޭހަތް ދޭން ފެށުމުން އަހަރެންނަށް ރުޅި އިސްކުރެވެން ފެށުނެވެ.އެންމެ ފަހުން ނެގި ޓެސްޓްތަކުގެ ނަތީޖާ ދައްކަމުން ބަލައިލަން ނުކުރެއެވެ.ނަމަވެސް ،އަހަރެންގެ ފަރުވާލެއް ނެތެވެ.އެއަށް ވުރެ ބޮޑަށް އަހަރެން ހުރީ މަސްތުވާތަކެއްޗަށް ދެވިހިފާފައެވެ.މަންމަ ގުޅާ ކޮންމެ ފަހަރަކު ހުރިހާ ކަމެއް ރަނގަޅޭ ކިޔާ އޮޅުވާލަމެވެ.އާދައިގެ މަތިން މިރޭވެސް އަހަރުމެން ތިބީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގައެވެ.އެހެން ތިއްބައި ފުލުހުންގެ ޖިޕެއް އެތަނަށް މަޑުކޮށްލުމުން އަހަރުމެން ފިލަން ދާން ދުއްވައި ގަތީމެވެ.ނަމަވެސް،އެމީހުން އަހަރުމެން ހައްޔަރު ކުރިއެވެ.އަހަރެން ހައްޔަރުކުރި ޚަބަރު މަންމަމެންނަށް ލިބުމުން މާލެ އައެވެ.ޖެހިގެން އައި ދުވަހު ޝަރީއަތް ނިންމުމަށް އަހަރެން ގެންދިޔަ އިރު އަހަރެންގެ މައިންބަފައިންވެސް ތިއްބެވެ.އަހަރެން ހުރި ހާލަތު ފެނުމުން މަންމަގެ ލޮލުން ކަރުނަ ފާއްދާލިއެވެ.މައި ލަގޮނޑި އަށް ކެތްވާނީ  ވެސް ވަކި ވަރަކަށްތާ އެވެ. ޝަރީއަތް ނިންމުމަށް ފަހު ޣާޒީ ހުކުމްކުރީ އަހަރެން އުމުރަށް ޖަލަށް ލާށެވެ.އަހަރެން ގެންދިޔަ އިރު މަންމަ އިނީ ގަބު ވެފައެވެ.މައިންބައިންނާއި ދިމާލަށް ނަޒަރު ހިންގާލުމެއް ނެތި އަހަރެން ދިޔައީ އަހަރެންނަށް ޚާއްޞަ ކުރެވިފައިވާ ގޮޅިއަށެވެ.އެތަނުގައި ގޮސް އިށީނުމުން އަހަރެންގެ އުންމީދުތަކާއި ހުވަފެންތަކާއި އަހަރެންގެ ހަޔާތް ބަދަލުވި ގޮތް ސިފަ ވުމުން ލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ..އަހަރެންނާއި އަހަރެންގެ މައިންބަފައިންގެ ހުވަފެންތަކާއި އުންމީދުތަކާއި ލިބުނު ފުރުސަތު ވެއްޔާއި މޮޑެލީ ޚުދު އަހަރެންގެ އަމިއްލަ އަތުންނެ ވެ.އަދި އަހަރެން މިއަދު މިހުރީ އަހަރެންނާއި އަހަރެންގެ މައިންބަފައިން އުންމީދު ކުރި ފަދަ މަޤާމެއްގައެއްނޫނެވެ.އޭގެ ބަދަލުގައި ޙަޔާތުގެ ބާކީ އޮތްބައި ކުޑަގޮޅިއެއްގެ ތެރޭގައެވެ.އެވަގުތު އަހަރެންގެ ހިތުގައި ވި އަޒުމަކީ ދެން ދުވަހެއްގެ ކޮޅުންވެސް މިކަމާއި ގާތް ނުވުމެވެ.

ނިމުނީ

 

 

 

 

Share Article

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
Follow Me Written By

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

Level 2

Well this is my first time writing stories inshallah I'll improve after reading the comments please comment to my stories

Other Articles

Previous

ދެވުނީ ވޭނޭ 23

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 6

Next
December 8, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 6

Previews
December 8, 2025

ދެވުނީ ވޭނޭ 23

17 Comments!

  1. Shaleen says:
    December 8, 2025 at 10:35 pm

    Hi
    Aakko ge vaahaka ah reply mi kollanee v ufalun. Sababakee v ufaavejje Alah vaahakaeh publish kolleema ingey.
    Vaahakage haadhisaa hama v reethi ingey. V kurukoh beykaaru vaahakathah nuhimanaa liyelaafa ineema Hama v reethi ♥️
    Dhivehi bahuge hamathakah vahaaka liyeveytho balanvaane abadhuves…
    Dhen jeheynee ginain liyan, eyrun kuh fenna varakah rangalhu kuran ithurah furusathu libeynee..
    “Liyumakee liyan dhassvaakamei” 🤗

    1. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
      December 12, 2025 at 6:57 am

      Thank you shaleen vrh bodah♥️🥰🥰💖💞… inshallah kuri ah oii thaanga rangalhu kohllaanan…aslu midhuvas kolhu ehn vhk eh upload nukohlevign miulhenee test vee ma

  2. Shaba_73 says:
    December 9, 2025 at 6:39 am

    Masha Allah Vrh ibraiy theri Reeth story eh u have the talent to write stories hope to read more stories from you 😊🖤

    1. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
      December 9, 2025 at 10:32 am

      ♥️💖💖

  3. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    December 9, 2025 at 10:27 am

    Thank you shaba … Inshallah kuri ah oii thaanga vaguthu vaa varakun liyedheynan

  4. Yasherr says:
    December 16, 2025 at 12:13 pm

    Hi …. vrh Reethi vhk eh mashaallah😍😍💕💕💕💕💗💗💗keep it up . ..hope more stories from u ingey….
    BTW my name is yashaa

    1. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
      December 16, 2025 at 8:29 pm

      Thanks yashaa..I’ll write more stories IA.. mihaaru test nimijje so free time…♥️♥️✨

  5. mishall says:
    December 26, 2025 at 11:23 pm

    Wah….vrh salhi M.A ….y new story upload nukuranee…I know u won’t respond … 😕

    1. mishall says:
      December 26, 2025 at 11:25 pm

      Plz rEply fst

  6. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    December 28, 2025 at 2:03 am

    Thanks…mhr futsal nd handball fiesta v ma mirey nimuni…but I don’t think dhn story mi Anna year he kurin Liye veyne heneh

  7. mishal says:
    January 9, 2026 at 11:07 pm

    vrh salhi m.a ….hope more stories from u i know u are in hdh.finey for holidayz

  8. kiyerrn says:
    January 20, 2026 at 4:18 pm

    omgggggg……..wah mashaallah upload more stories girll…proud of u…..hope more stories from u ….vrh reethi keep it up…u can do it inshaallah

  9. binthumuhammad says:
    January 20, 2026 at 4:26 pm

    adhi kiriyaa thi kiyaalevunee hehe…but its fine ing…and thanks ia will upload more stories sooner and ill keep it up inshaallah

  10. theebarr says:
    February 10, 2026 at 2:22 pm

    Mee dhen vhk eh tha eyn,,,,kiyaa hitheh vx neii

  11. loooth says:
    February 10, 2026 at 2:22 pm

    ey y how dare u to call that to the Author…..

  12. theebarr says:
    February 10, 2026 at 2:23 pm

    Keeh vee e ii @looth ge amaatha….

  13. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    February 10, 2026 at 6:24 pm

    Kobaa alhugandu neydhen comment section ga bodu fight eh hingaakah….ekam alhugaa ah heevanee @theebarr vx thankolheh reethikoh vhk dhakkan veehn sababakee Mithaa ehn meehunnah vx respect adhaa kuran jeheyne theeve.. alhugaa ge ehvx faruvaaleh NEII vhk hadivumakun noony Mi vhk thiyabeyfulhaage nazaruga vhk akah nuvumun….adhi alhugandu dhekey gothuga kuriyah dheveynee negative comments vx libign….thiya dhevvi comment ah vrh bodah shukuriyya… alhugandu ge hiyy @theebar ah hama saafu

Comments are closed.



All Right Reserved!