Skip to content
އެސްފިޔަ

…މިޝަލް…

Listen to this story Audio · 3:32 Powered by Esfiya Voice
0:00 3:32

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާޢު ކިޔަމުން ދިޔަ ވަގުތު އަހަރެން އޮތީ ކޮޓަރީގައި ހިޔާލުގެ ފުން ކަނޑެއްގައެވެ.

ލޯތްބަށް ޓަކާ , ހިތް އެދި ދިޔަސް

ލޯބިން ވަނީ މަހުރޫމްވެފައިވާ

ލަވައިގެ ތަންކޮޅުކޮޅު އަޅާފައިވާ ހެޑް ސެޓުން އިވޭ ވަރަށްކަށް އަހަރެންގެ ލޮލުން ކަރުނަތައް އޭގެ ވާޖިބު އަދާކުރަމުން ދިޔަ އެވެ.އަހަރެން ހިޔާލުގެ ފުން ކަނޑަކަށް އިތުރަަށް ގެނބެމުން ދިޔައީ އަމިއްލަ އިހްތިޔާރަކާ ނުލައެވެ.

މީގެ 1 އަހަރު ކުރިން****

.މުޅި ރަށް ތައްޔާރު ވަމުން ދިޔައީ ތިނަދޫގައި އޮންނަ ވޮލީ މުބާރާތުގެ ފައިނަލް ބަލަން ދާށެވެ.ރަށް ފައިނަލް ގައި ކުޅޭތީ އެންމެން ވެސް ތިބީ ނުހަނު ޖޯޝާއި ފޯރީގައެވެ.އަހަރެންނަކީ ވެސް މިކަހަލަ ކަންކަމުގައި އުޅޭ މީހެކެވެ.ނަމަވެސް، އެދުވަހަކީ މޫސުން ގޯސް ދުވަހަކަށް ވާތީ އަހަރެންގެ މަންމަ އަހަރެން ފޮނުވަން ދެކޮޅު ހެދި އެވެ.ވީ ފޫއްސެއްގެ ބޮޑުކަމުން ކޮޓަރީގައި ފޯނު ހިފައިގެން އޮއްވާ މޫނު މައްޗަށް ހިނިތުންވުން ގެނުވީ އަހަރެން މިހާރު ރައްޓެހިވެގެން އުޅޭ މިޝަލް އަހަންނަށް މެސެޖު ކުރުމުންނެވެ.އަހަރެންގެ ޝަކުވާތައް އޭނައަށް އޮއްސާލުމުން އޭނާ ވެސް އަހަރެން އުޅުނު ގޮތް ފެނިފައި ހޭން ފެށިއެވެ . “ދެން ވިއްސާރަ އެއްނު!! ނުދިޔަ ކަން ނަސީބެއް..ޔޫ ކްނޯ އެއްނު އައިލް ބީ ވޯރީޑް ކަން ދޫނި”އޭނާ މިހެން ބުނުމުން އަހަރެންގެ ކޯތާފަތަށް ޖަންބު ކުލަ ވެރިވިއެވެ.އަހަރެން ޖަވާބަކަށް “ހުޫމް” ފޮނުވުމުން އޭނާ ލަދު ގަތީ ދޯ އޭ ބުންޏެވެ.އަހަރެން “ޔެސް ” ބުނުމަށް ފަހު ފޯނު ބޭއްވީ ކުރިއަށް އޮތް ހަފްތާ ގައި ޓާރމް ޓެސްޓް ފެށޭތީ އެވެ.

އަހަރެންނަށް ޓެސްޓަށް ދަސްކުރަން އިނަސް ދަސްވަނީކީ ނޫނެވެ.މިޝަލް މަތިން ހަނދާން ވާތީއެވެ.އޭނާ ބުނެލާ ބަހަކާއި ލޯބި ވެޔޭ ބުނެލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި އޭނާއަށް ޓަކައި ހާއްސަ މަގާމެއް ދެވެއެވެ.އެންމެ ފަހުން ނީންދެވިގެން އޭނަޔާ މެސެޖު ކުރަން ފެށީމެވެ.އެރޭ އެއްކޮށް ހޭދަވީ މިކަހަލަ ގޮތެއްގައެވެ.

އެސްފިޔަ ޖަހާލައިހާ އަވަހަށް ކަންތައްތައް ބަދަލުވާއިރު އަހަރެންނާއި މިޝަލް ވަކިވީ އަހަރެން ކިޔަވަން ބޭނުންވާތީ އެވެ.އަބަދުވެސް ހަނދާން ކުރައްޗޭ އިނގޭ…އަބަދުސް ލޯބި ވާނަން…އުމުރަށް ވެސް..ތިއީ މަގޭ ފުރާނަ…ފުރާނަ ނެތް ހާ ހިނދަކު ހަށިގަނޑުގައި ދިރުމެއް ނުވާނެ…ހިތުގަ ވިންދު ޖަހާހާ ހިނދަކު އަަބަދުވެސް ހިތުގެ އެންމެ ފުންމިނުގައި ލެއިން ފަވާލެވިފައި ވަނީ ހަމަ ތިޔަ ލޯބި…އަހަރެންގެ އެތަކެއް ކަމެއް ބަދަލު ކޮއްދިނީތީ ތެންކިއު… ވަރަށް ލޯބިވޭ މުޅި އުމުރަށް ވެސް…މީ އެދުވަހު އަހަރެން ގާތު އޭނާ ބުނެލި އެންމެ ފަހު ބަހެވެ.އެބަސް ކޮޅަކުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލި ބަސްތަކެވެ.އެ ގަސްތަކުން އޭނާ އަހަރެން ދެކި ވާ ލޯބި ބަޔާން ކޮށްދޭ ބަސް ތަކެވެ.އަބަދުވެސް އަހަރެންގެ ހިތުގައި ހަރުލާފައި ހުންނަ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ބަސްތަކެވެ..އާދޭހެ….އެ ލޯބި އަހަރެން ދޫކޮށްލުމުން އަހަރެންނަށް ބޮޑެތި ބަދަލު ތައް އައެވެ.ނަމަވެސް ، މިއީ ހަމައެކަނި އަހަރެންނަށް އެނގޭ ބަދަލު ތަކެކެވެ.

އެއަހަރުގެ ޑިސެމްބަރު މަހުގެ ބޮޑު ޗުއްޓީގައި މާލެ ދިޔައިރު އަހަރެންނަށް ފުރަތަމަ ފަހަރަށް އޭނާ ފެނުނެވެ.އެ ވެސް ހޮސްޕިޓަލުންނެވެ.ދެމީހުންނަށް ވެސް ކުރެވުނު ކަމަކީ ބަލައިލުމެވެ.އަހަރެންނަށް އޭނާގެ ލޮލުން ފެނުނު ހަމައެކަނި އެއްޗަކީ އާދޭހެވެ …

 

ހިޔާލުގެ ފުން ކަނޑަކުން އަހަރެންނަށް ނުކު މެވުނީ ޖަހާފައިވާ ލަވަ ނިމުމުންނެވެ.މިހާރު ވަކިވިތާ އަހަރެއް ވެފައި ވިޔަސް އެއީ އަހަރެންގެ ހަނދާނުން ފިލުވާލަން އުނދަގޫ ހަނދާން ތަކެކެވެ.އަބަދުވެސް ހިތުގެ އެންމެ ފުންމިނުގައި ވާނީ ހަމަ ކަލާގެ ނަމެވެ .

ވަކިވެ ދިޔަޔަސް ، އަދު މިދުނިޔޭން

ސޫރަތިޔަ މިހިތުން ނުދާނެޔޭ

ތިޔަ ހަނދާން ތައް،އާވެ އާލާ

މިހިތުގައި އަބަދައްމެ ވާނެޔޭ

Comments (4)

  1. mishhhhhhhhhhhh

    no words proud of u mashallah///

    1. binthumuhammad
      mishhhhhhhhhhhh

      😁👍🏻 thanks @mishhhhhhhhh

  2. Anonymous

    wth is thiss

    1. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
      Anonymous

      Mee hama vhk eh… kihineh vee thw

Comments are closed.