ހިތުވިންދު(1) އާއިޝަތު ވަޙީދާ އަޅޭ! ހާދަމީހުން ގިނައޭދޯ ނަޒީ ވާހަކަ ދެއްކީ ކައިރީގައިތިބި އޭނަގެ ރަޙުމަތް ތެރިންނާއެވެ. ނަޒީ އަކީ ރާއްޖެތެރޭ ކުއްޖެކެވެ. މާލެއައީ ސްކޫލް ޗުއްޓީގައެވެ. ނަޒީމެން ގޮސްވަނީ ޖެހިގެން ހުރި ރެސްޓޯރެންޓަށެވެ. އެކި އެކި މަޖާވާހަކަ ދައްކަމުން ހެމުން އެއިގެ ހަތަރު ކުދިން ގޮސް މޭޒެއްގެ ވަށާލައިފިއެވެ. ކުއްލިއަކަށް ނަޒީގެ ސަމާލުކަން ގޮސް ހުއްޓުނީ ދޮރުން ވަދެގެންއައި ޒުވާނާާއަށެވެ. އޭނަ ހިގާލާފައި ދިޔަ ގޮތް ނަޒީއަށް ވަރަށް ހިތްގައިމުވިއެވެ. ދިގުއިސްކޮޅަކާއި ރީތި ކަސްރަތީ ހަށިގަނޑެކެވެ. […]
އެ މަޚްލޫގު {1} { އާއިޝަތު ވަޙީދާ} މިއަނދަކީވެސް އާދައިގެ މަތިން އިމްރާން އޭނަގެ ރައްޓެހިންނާ އެކު ޖަންގައްޔަށް ޝިކާރަ ކުރަން ދިޔަ ދުވަހެކެވެ. ސަކަރާތްޖަހަމުން ހީ ސަމާސަ ކުރަމުން އެއިގެ ހަތަރުކުދިން ޖަންގައްޔަށް ވަނދެގެން ވަރަށް ދުރަށް ދަތުރު ކުރީ އެމީހުންގެ މޮޓޯސައިކަލް ތަކުންނެވެ. ކުއްލިއަކަށް އުޑުމަތީގައި ވިލާ ބޯވެ މާހައުލުގެ ކުލަވެސް ބަދަލުވިހެން ހީވިއެވެ. އޭ އިއްމަ” މިވަނީ ކިހިނެތް ! ޝައްމޫނު ކަންބޮޑުވެފައި ވާރާގަކަށް ބުނެލިއެވެ. އެއްކަލަ ޝައްމޫނު މިއުޅެނީ.. މީނަ މިގަންނަ […]
(1) އާއިޝަތު ވަޙީދާ މިއަނދަކީ ނަދާ ނަރުސް ކޯސް ނިއްމާލުމަށްފަހު ރަށަށް އަންނަދުވަސް؛ އެހެންތަ؟ ހާދަ އުފާވެރި އޭ އެހެންވެ ރަނގަޅު އެއްޗެއް ތައްޔާރު ކުރެވޭތޯ މިބަލަނީ އަހަންނަށްވެސް ގޮވާލިނަމަ މީކީ އެހާ ބޮޑުކަމެއް ނޫނޭ ކުރަން ފެށީމަ އޮއްނާނީ ނިމިފަ ނަދާގެ މަންމަ ފާތުމައަށް ބުންޏެވެ. އަވައްޓެރި އަކަށް ވީތީ ފާތުމަ ވަރަށް ގިނައިން އެގެއަށް ގޮސް އުޅެއެވެ. ފުލައިޓު މަތީ ގައި އިންއިރު ނަދާއަށް ކުރެވޭ ފޮނި އުއްމީދުތަކާ އިހުސާސް ތަކުން ބައެއް ފަހަރު […]
އާއިޝަތު ވަޙީދާ 8 މެއި 2024 ހިތްގައިމު ދުވަހެކެވެ . ހެޔޮވަރު ވަރަކަށް ވައިރޯޅި ވީ ނަމަވެސް، އުދަރެހުން ފެންނަ މަންޒަރު ވަރަށް ޗާލެވެ. ލޯންޗުގެ ސީޓަކަށް، ލެނގިލައިގެން ފަޒާފެތެރެއަށް، ހިތް ބަންޑުން ކޮއްލައި ގެން އަހަރެން އިނީމެވެ. ޗުއްޓީ ހޭދަ ކޮއްލުމަށް، ކައިރީ ގައި އޮތް އައްޑު އަތޮޅަށް ދެވޭތީ އަހަރެން އިނީ ވަރަށް އުފަލުންނެވެ. އާ ތަންތަން ބެލުމާއި އާ ކަންތައް، ތައް ،ތަޖުރިބާ ކޮއްލުމަކީ އަހަރެންގެ ތޮބީޢީ އުފަލެކެވެ. އަހަރެންނަކީ ލިއުންތެރިކަމަށް ޝައުގުވެރިކަން […]
އާއިޝަތު ވަޙީދާ / ފެހިވިލާގެ ޏ ފުވައްމުލައް އޭ ލޯބިމަގޭ މިލްކުކުރަން ޔާރުއެދެންޏާ ވާލޯބި ކަލާ ހާމަކުރޭ އެދިރުހިވަންޏާ ގެންދާށެ އަމޭ ހިތްމިއޮތީ ދީފައެކީގާ ވިންދާއި ހިތާ މޭގެގުޅުން އަބަދު އެދެންޏާ ޔާރާއެ ހިމޭން މަންޒިލަކަށް ދާނަމެއެކުގާ މީރާގެއަސަރު އަރުގެތެރޭ ދައުރު ވެލަންޏާ އިޝްގެއްގެ ތަރާނާ އިއްވާދޭށެ އަސަރުގާ މަސްތީވި އަރާމާ ލައްޒަތު ހިތުގަ ދިރެންޏާ ގުޅިލާށެ އެކީ ރީތި ޒަވާޖެއްގެ ޣަރާމާ މުޅިއުމުރު އެކީ އެކުއުޅުމަށް އަގުދުކުރަންޏާ އަތްދޭށެ އަތާ އަތްޖެހުމަށް ލޭފަގޮތެއްގާ ހިތްދޭށެ ހިތާ […]