
ތަގުދީރު
(1) އާއިޝަތު ވަޙީދާ
މިއަނދަކީ ނަދާ ނަރުސް ކޯސް ނިއްމާލުމަށްފަހު ރަށަށް އަންނަދުވަސް؛ އެހެންތަ؟ ހާދަ އުފާވެރި އޭ އެހެންވެ ރަނގަޅު އެއްޗެއް ތައްޔާރު ކުރެވޭތޯ މިބަލަނީ އަހަންނަށްވެސް ގޮވާލިނަމަ މީކީ އެހާ ބޮޑުކަމެއް ނޫނޭ ކުރަން ފެށީމަ އޮއްނާނީ ނިމިފަ ނަދާގެ މަންމަ ފާތުމައަށް ބުންޏެވެ. އަވައްޓެރި އަކަށް ވީތީ ފާތުމަ ވަރަށް ގިނައިން އެގެއަށް ގޮސް އުޅެއެވެ.
ފުލައިޓު މަތީ ގައި އިންއިރު ނަދާއަށް ކުރެވޭ ފޮނި އުއްމީދުތަކާ އިހުސާސް ތަކުން ބައެއް ފަހަރު ހިނިތުން ވެވެއެވެ. ކުޑައިރުގެ ހަދާންތަކެވެ. އެކުވެރިންނާއެކު ތުނޑިމަތީގައި ކުޅެން އުޅުނު ހަދާންތަކެވެ. ސްކޫލް ނިމިގެން ކޯހައްފުރި ދުވަހެވެ. ނަދާގެ ހިތުގައި ފޮރުވާފައިވާ އަޒާން ގެ ލޯތްބެވެ. އެލޯތްބަކީ މުޅި ދުނިޔެއަށް ވެސް ސިއްރުން ނަދާގެ ހިތުގައި މޯޅިއަކަށް ދެމިލާފައި ވާ ޖަޒުބާތެ ކެވެ. މިފަހަރު ނަދާގެ ހިތުގައިވާ ފޮނި ޖަޒުބާތުތައް އަޒާންގެ ކުރިމައްޗަށް ބަނޑުން ކޮއްލާނެއެވެ. އެއްގޮތަކަށްވެސް ދިމާނުވެ މިދިޔަ ތިން އަހަރުގެ ސިލްސިލާ ކުރަހާލަދޭނެ އެވެ. މިކަހަލަ ޚިޔާލެއްގަ ނަދާއިންދަ ސިއްސައިގެން ދިޔައީ ބޯޓު ޖެއްސުމުން އައި ލޮޅުމަކުންނެވެ. .. ޓާމިނަލުން ނިކުމެ ނަދާވަށައިގެން ހޯދާލިއެވެ. ނަމަވެސް ނަދާގެ ދެލޯ އެހޯދާ މޫނެއް ނުފެނުނެވެ. ރައްޓެހިން ނާ އާއިލާމީހުން ނަދާގެ އިސްތިގުބާލު ގައި ތިއްބެވެ. ނަދާ…. މަރީ އުފަލުން ގޮސް ނަދާގެ ގައިގައި އޮޅުލައިގަތެވެ. އެހެން ރައްޓެހިންވެސް ނަދާ ފެނުމުން ވަރަށް އުފާވިއެވެ. މިކޮޅުން ޖޮބު އޯކޭ ވީތަ؟ އާނ ކިހާ ރަނގަޅު އަމިއްލަ ރަށަށް ޚިދުމަތް ކޮއްދޭން ލިބުނީމަ، ތިއެއް ނޫނޭ ބަލާބަ ރީތިވެފަ ދޮންވެފަ ހުރިވަރު ފުރަތަމަ ނުވެސް އެނގުނު…. ހަހަހަ އާންތު މިހެން ބުނުމުން އެއްމެން އެއްފަހަރާ ހީގަތެވެ. .. އެއީތެދެއް އަޒީމާ އެއްބަސް ވިއެވެ. އެއްކަލައަޒީ ނަދާ އަޒީމާ ކޮއްޕާލަމުން ބުއްޏެވެ. ދަރިފުޅާ؛ ކާން އާދޭ … މިދަނީ މަންމާ އައްދެ އައްދޭ މިއަނދު މިގޭތެރެ ހާދަ ވަސް ރަނގަޅޭ ފާތުމަ އެ ގެއަށް ވަންނަމުން ބުނެލިއެވެ. އަނހާ ފާތުންދައްތާ ކިހިނެތްތަ ފާތުންދައްތަ ރަނގަޅު ކަނބުލޮ ކިހިނެތްތަ؟ ހާދަރަނގަޅޭ ފާތުންދައްތާ އަޒާން އެބައުޅޭތަ ރަށުގަ، އާނ މިއަންދު އޮފީސް ކުދިންނާ އެކު ދަތުރު ގޮސްވީ އެހެންތަ، ކަނބުލޮ އަންނަ ކަމެއް ނޭނގޭނެ،.. ނުނިމޭ..